ކޮޅިގަނޑެއްގައި ކ. ގުޅީފަޅުގައި ބޭނުންކުރަމުންދިޔަ ޕްލާސްޓިކް ޝީޓްތަކެއް ކަނޑަށް ދޫވެ އޮޔާދާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފް އިން އެދިއްޖެއެވެ.

އެމްއެންޑީއެފް އިން މިރޭ ވިދާޅުވީ، މިއަދު އައި ބާރުގަދަ ކޮޅިގަނޑެއްގައި، ގުޅީފަޅުގައި ބޭނުންކުރަމުންދިޔަ 20 ފޫޓްގެ ގިނަ އަދަދެއްގެ ޕްލާސްޓިކް ޝީޓްތަކެއް ކަނޑަށް ދޫވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަަމަށެެވެ. އަދި އެ މައުލޫމާތު ލިބިފައި ވަނީ އިރުއޮއްސި 18:49 ހާއިރުކަމަށް އެމްއެެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އަދި މިތަކެތި އޮޔާދަނީ ވިލިމާލެ އާއި މާލެ އާ ދޭތެރެއިން އިރުއުތުރަށް ކަމަށެވެ. އަދި މިސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން މިތަކެއްޗަށް ސަމާލުވުމަށް ވަނީ އެދިފައެވެ.

ޝީޓްތަކެއް އޮޔާދާތީ ސަމާލުވުމަށް އެދުނުއިރު، ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރު ދަނީ ވިއްސާރަ ކުރަމުންނެވެ. އަދި ރާއްޖޭގެ ބޮޑު ސަރަހައްދެއްގައި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ރީނދޫ ސަމާލުވެސް ނެރެފައެވެ.