ޤައުމީ އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސް ސްކީމު ހިންގާ ބެލެހެއްޓުމާއި އިޖްތިމާޢީ ރައްކާތެރި ކަމުގެ ޤާނޫނުގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމްތައް ރާވާ ހިންގުމުގެ މަސައްކަތް ކުރާ ނޭޝެނެލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ސީއީއޯގެ މަގާމުގައި އިސްމާއިލް އައްޒާމް ވަޖީހު ހުރިއިރު އޭނާގެ އަނބިކަނބަލުން ޝިފާޒާ ވަޖީހު އެތަނުގެ ޑިރެކްޓަރ ޖެނެރަލަކަށް ހުރުމުން މީސް މީޑިއާގައި ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އިސްމާއިލް އައްޒާމް އެންސްޕާގެ ސީއީއޯއަކަށް އައްޔަން ކުރީ 2017 ވަނަ އަހަރުއެވެ. ނަމަވެސް ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެން އެންސްޕާގެ އިސް މަގާމުތަކަށް ބަދަލުތައް ގެންނެވިއިރު ވެސް އިސްމާއިލް އައްޒާމް މަގާމުން ދުރުކޮށްފައެއް ނުވެއެވެ.

މީސް މީޑިއާގައި ޚިޔާލު ފާޅުކުރި މީހަކު ބުނީ އެންސްޕާ އަކީ "ކޮރަޕްޝަންގެ ހާއްޔެއް" ކަމަށާއި، ކޮރަޕްޝަންގެ އަމަލުތައް ހިންގަން މަގުފަހިވަނީ ދެމަފިރިން، ނުވަތަ އާއިލާ މެންބަރުން ފަދަ މީހުން އިސް މަގާމުތަކުގައި ތިބުމުން ކަމަށެވެ.

"އެންސްޕާގެ ނިޒާމު މިއޮންނަނީ އެހީއަށް އެދޭމީހަކަށް ހަމަ އެބޭފުޅުންނަށް ފެނިވަޑައިގަތުމުން އެހީތައް ދޭގޮތައް. އެހާލަތެއް ކުރިމަތިވެފައި ތިބޭ ދެމީހަކު އެހީއަށް އެދުމުން އެކަކަށް އެހީއެއް ލިބިފައި އަނެކަކަށް އެހީ ނުލިބިވެސް އެބަދޭ. މިފަދަ ކަންކަން އަދި މިއަށްވުރެ ވެސް މާބޮޑެތި ކޮރަޕްޝަންގެ އަމަލުތައް ހިންގުމަށް މަގުފަހިވަނީ މެނޭޖްމަންޓްގެ ސަބަބުން." އޭނާ ބުންޏެވެ.

އިތުރު މީހަކު ބުނީ އެއްއިދާރާއެއްގެ އިސް މަގާމުތަކުގައި ދެމަފިރިން ތިބުން އެއީ މަސްލަހަތު ފުށުއަރާނެ ކަމެއް ކަމަށާއި، ނަމަވެސް މިފަދަ ކަންކަން ދިމާވި ނަމަވެސް ވަޒީފާ އިން ވަކިނުކޮށް ތިބެނީ އެފަދަ ފަރާތްތަކުގެ ނުފޫޒު ގަދަކަމުން ކަމަށެވެ.

"މިއިން މައްސަލައެއް ބެލޭނެ ގޮތެއް ނެތް. މަސްލަހަތު ހިމެނޭ ކަމެއްގައި ވަކި ގޮތަކަށް ކަންތައް ކުރި ނަމަވެސް މައްސަލަ ހުށަހަޅަން ޖެހޭ ތަނުގައި އަނެއްކާ އެމީހުންގެ ނުފޫޒު މިއޮންނަނީ. އެހެންވެ މައްސަލަތައް ހައްލު ކުރެވޭނެ ގޮތެއް ނެތް." އޭނާ ބުންޏެވެ.

މެޑިކަލް ވެލްފެއަރ (ބޭސް ފަރުވާގެ އެހީ) އާއި ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީއާއި ފަޤީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެކުދިން ބަލަހައްޓާ ފަރާތަކަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީ ވެސް ދެނީ އެންސްޕާ އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އިބްރާހީމް

    އަޅުގަނޑަކީ އެންސްޕާގަ މަސައްކަތް ކުރި ސްޓާފެއް. މި ދެމީހުން އެތަން ހިންގަނީ އަމިއްލަ ކުންފުންޏެއް ގޮތަށް. މުވައްޒިފުންނަށް ހަދަނީ ހަދާނެ އެެއްޗެއް. ބޭސްފަރުވާގެ އެހީ ދެނީ ހިތަށް އެރި ބަޔަކަށް. މި ދެމީހުންގެ ރައްޓެހިންނާ ފަހަރިންނާ ޅިޔަނުންނަށް ވަޒީފާތައް އެތަނުން ދީ ނިންމައިފި. މި ދެމީހުންނަކީ ސޯޝަލް ޕްރޮޓެކްޝަން ސާރވިސްގަ ބަހައްޓަން ހެޔޮވާ ވަރުގެ ބައެއް ނޫން

    5
    1
    • ާސައްހަ

      ސައްހަ މައުލޫމާތު ތެދުދޮގު އެގޭއިރު ފިތުނަފަސާދަ އުފައްދަން ބިރުނުގަނޭތަ؟ މާދަމާއެއް އޮތްކަން ހަނދާން ނައްތާނުލާތި، މަޤާމާ ވެރިކަން ބޭނުންވެގެން އުޅުނަސް ބޮޑުވަރު

  2. ޢާއިލާގެސަލާމަތް

    ތިދެމަފިރިންގެސަލާމަތައް އުފައްދާފަހުރިތަނެއްކަމައްވާނީ

    12
    2
    • ށަވިޔަނި

      މިހީވަނީ، އެންސްޕާ އުފެދުނީއްސުރެ މިދެމަފިރިންހެން އެތާގަ ވެެރިންގެ ގޮތުގަ ބައިތިއްބާފަ ތިބީ... ކޮއްކޮ ރައީސްގެ އަރިހުން އެދެންވީނުން ތަން ހަވާލުކުތުރުކުމަށް ތިހާ ދަހިވެތި ވާނަމަ... މީހުންނާއިމެދު ތިހާ ހަސަދަލައިގެން އުޅެނީ ކަން ކުރަން ނުދަންނަ ދަހިވެތިވާ ހަސަދަވެރިން

  3. ސުނީ

    ގޭގެ ތިބެގެން ވެސް ރައްޔިތުންނަށް ހިދުމަތް ދެވޭނެއެއް ނޫންތޯ؟ މަޝްވަރާ ކުރަން ޖެހުނަސް ފަސޭހަވާނެއެއް ނޫންތޯ؟ ވައްސަލާމް

    12
    2
  4. ނީނު

    މަސްލަހަތު ފުށު އަރާ އެތައް ކަމެއް. މަޖްލިސަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރަކަށް ރޮޒޭނާ. ޢޭނާގެ ބޮޑު ދައިތަ އާމިރާ. އެމީހާ ވަކި ނުކުރެވިގެން އުޅެނީ އެހެންވެ

    13
    2
  5. ދެން ލަލަލާ

    ބޯގަންވިލާ ފަޔާޒުގެ ބޭބެ އަންހެނުންގެ ކޮއްކޮ ތީ

    11
    2
  6. ސަޓޯ

    މުޅިން އާއިލީ ވެރިކަން ކުރާ ސަރުކާރެއް މިއީ... ހުދުމުހުތާރު ލާދީނީ... މައުމޫނު ފަކީރު ނަންވާނީ...

    3
    1