ނުކުޅެދޭ މީހުންގެ އިނާޔަތް ބޮޑުވިޔަސް އިިތުރު އެހީއަށް އެންސްޕާގައި އެދެވޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ދައުލަތުން ކޮންމެ މަހަކު ވެސް މާލީ އެހީ ދެމުން އަންނަ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް ގިންތިކޮށް 6،000ރ.އާ ހަމައަށް ބޮޑު ކުރަން ސަރުކާރުން ވަނީ ނިންމައިފައެވެ.

މިއީ މީގެ 13 އަހަރު ކުރިން ފެށިގެން ދޭން ފެށި އެލަވަންސަށް ބަދަލު ގެނައި ފުރަތަމަ ފަހަރެވެ.

އަލަށް ސަރުކާރުން ކަނޑައެޅި އުސޫލުގެ ދަށުން މިހާރު ދެމުން އަންނަ 2000ރ. ގެ އިތުރުން 1000ރ.ގެ އެލަވެންސެއް އެންމެންނަށް ދޭން ރައީސް ސޯލިހް ވަނީ ނިންމަވައިފައެވެ. އަދި 3،000ރ. ގެ އެލަވަންސް ލިބޭނީ ވަކި އުސޫލުތަކެއް ފުރިހަމަވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެކަންޏެވެ.

އެކަމާ ގުޅިގެން އާސަންދަ ކުންފުނީގެ އެމްޑީ އިސްމާއިލް އައްޒާމް ވަޖީދު ރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމް އޮންނަ ގޮތުން ހަރަދުތައް ހަމަޖައްސައިދެނީ އާސަންދައިގެ ތެރެއިން ކަމަށެވެ.

އާސަންދަގެ އެމްޑީ އިސްމާޢީލް އައްޒާމް ވަޖީހު

"ހަރަދު ހަމަޖެއްސުމުގެ ނިޒާމުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، މިހާރުވެސް އިތުރު އެއްޗެއް، ނުވަތަ އިތުރު އެހީއެއް ބޭނުންވާ ކަމަށް ވާނަމަ، ސްކީމެޓިކަލީ، ރައްޔިތުންނަށް މި ލިބޭ އެހީގެ އިތުރުން، އެމީހެއްގެ ހުރި ހާލަތެއްގެ ސަބަބުން، އެމީހާ ތަހައްމަލް ކުރާ ހާލަތެއްގެ ސަބަބުން އިތުރު ރިކުއާމެންޓެއް އޮތް ކަމަށް ވަންޏާމުން، އެހީއަށް އެދުމުގެ ޖާގަ މިހާރުވެސް އޮންނާނެ.". އައްޒާމް ވިދާޅުވި އެވެ.

އަައްޒާމް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަކި ވަކި ކޭސްގައި، އެ މީހުންނަށް އެ ބޭނުންވާ އިތުރު ރިކުއާމެންޓެއް އޮންނަ ކަމަށް ވަނީނަމަ އެދުމުގެ ޖާގަ އެބަ އޮތް ކަމަށެވެ.

ނުކުޚެދުންތެރިކަމުގެ އެލަވަންސް ބޮޑުކުރި ގޮތުން މިހާރު ދެމުންދާ 2000 ރުފިޔާގެ އިތުރުން ނުކުޅެދުންތެރިކަމުގެ ސަބަބުން އަމިއްލައަށް ނޫޅެވޭ ނުވަތަ އެހެން މީހެއް ބަލަހައްޓަން ޖެހޭ މީހުންނަށް އިތުރު 2،000ރ. ލިބޭނެއެވެ. ނުކުޅެދުންތެރިކަމުގެ ސަބަބުން އަސާސީ ބޭނުންތަކަށް އާންމުކޮށް ބޭނުންކުރަން ޖެހޭ އިތުރު ތަކެތި- ކޮންސިއުމަބަލް ހޯދުމަށް އެހީތެރިވުމަށް 1000ރ. ލިބޭނެއެވެ. އެއް ގެއެއްގައި ނުކުޅުންތެރިކަން ހުންނަ މީހުން ތިން މީހުންނަށް ވުރެން ގިނަ ނަމަ މީހަކަށް 1،000ރ. ލިބޭނެއެވެ. އެކަމަކު، މި އިނާޔަތް ލިބިގެންދާނީ އުމުރުން 65 އަހަރުން ދަށުގެ މީހުންނަށް އެކަންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަލިޔު

    ކައުންސިލްތަކުގެ އިދާރީ މަސައްކަތް ކުރަަ މީހުން މީ ސަރުކާރަށް އެއްވެސް ބައެއް ނޫން.

  2. ޖަމަލު

    ވަރަށް ތަފާތު ކުރުން ބޮޑު ތަނެއް ކަޅު މީހާ ބޮޑު މީހާ ސޭޓު ، ސޮރު އެގޮލާ ، މިހެންގޮސް ތަފާތު ގެ އިންތިހާ އޮތް ތަނެއް. ތަފުސީލް އަންނަނީ