ނުކުޅެދުންތެރިކަން ހުންނަ މީހުން ގިންތިކޮށް އެލަވަންސް 6000 ރުފިޔާ އާއި ހަމައަށް ބޮޑުކޮށްފިއެވެ. ނަމަވެސް މިއަދަދު ލިބޭނީ ވަކި އަދަދެއްގެ މީހުންނެވެ.

އަލަށް ނިންމި އެންމެ މުހިއްމު އެއް ނިންމުމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް އެންމެ މަދުން ލިބޭ މީހަކަށް ވެސް ޖޫން މަހުން ފެށިގެން 3000 ރުފިޔާ ލިބޭނެ ގޮތް ހަމަޖެއްސުމެވެ. އޭގެ އިތުރުން އަމިއްލައަށް ނޫޅެވޭ މީހުންނަށް 2000 ރުުފިޔާގެ އެލަވަންސެއް ދެން ލިބޭނެއެވެ.

އަދި އަސާސީ ބޭނުންތަކަށް ސެލްފް ކެއާ އެލަވަންސެއް ތައާރަފްކޮށް އިތުރު 1000 ރުފިޔާ ލިބޭނެއެވެ. އެއް ގޭބިސީއެއްގައި ނުކުޅެދުންތެރިކަން ހުންނަ ތިން މީހުންނަށްވުރެ ގިނައިން ތިބި ނަމަ މީހުން ތިބި ނިސްބަތުން 1000 ރުފިޔާގެ އެލަވަންސެއް ވެސް ލިބޭނެއެވެ.

އެންސްޕާގެ ސީއީއޯ އިސްމާއީލް އައްޒާމް ވަޖީހު ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެންމެ ބޮޑުކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 6000 ރުފިޔާ ދެން ލިބޭނެ ކަމަށެވެ.

އިނާޔަތް ލިބޭ މީހުންގެ %42 މީހުންނަށް 3،000ރ.އާ ހަމައަށް އިނާޔަތް ލިބޭނެއެވެ.

15% މީހުންނަށް 4،000ރ. ލިބޭނެއެވެ. %25 މީހުންނަށް 5،000ރ. ލިބޭނެއެވެ. އަދި %15 މީހުންނަށް 6،000ރ. ލިބޭނެއެވެ.

މީގެ ކުރިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެމުންދިޔައީ މަހަކު 2000ރ.ގެ އެލަވެންސެކެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. އެނަމާ

    ޕްރެޒިޑެންޓް ގެ އެއްބަޑު އެއްބަފާ ތިބޭނެ ޚާއްޞަ އެހީއަށް ބޭނުންވާ 2 ނުވަތަ 3 ބޭފުޅުން.

    28
    2
    • އަލީ

      ތިގޭގަ ނެތްތަ؟

      2
      3
  2. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    މިއީ އިބޫ އަކީ ކާކު ކަން ވަރަށް ރަނގަޅަށް ހާމަ ކޮށްދޭ މިސާލެކެވެ. ކޮންމެ ކަމެއް ވެސް އިބިލީހު ކައިވެންޏަށް، "މާދަމާ މާދަމާ މާދަމާ" އެވެ. ނުކުޅެދޭ މީހުންގެ ދަފުތަރު ނުވަތަ ލިސްޓެއް ނުލިޔެވިގެން، ކަރުމަރު ހިފާތާ ވެސް އެއް އަހަރު ވީއެވެ. 4 އަހަރު ވަންދެން ޢިނާޔަތް ބޮޑު ނުކޮށް، އޮތުމުން ލިބުނު ގެއްލުން ވެސް އޮއްނާނެ ތާއެވެ. ބޭނުމީ ވަގުތުން ވަގުތައް ކަންތަށް ވެވޭ، ފާސްޓް ރައީސް އެކެވެ.

    34
    5
    • ދީދީ

      ބަލަ ކަލޭގެ ހިންގުންތެރި ވެރިކަމުގަ ކީއްވެތަ ނުވީ. ގައިމު އޭރު ކޮވިޑެއް އެކެއްޗަެއްވެސް ނެތް. ރަނގަޅު ބުރިޖަކާ ހޮސްޕިޓަލަކާ އެޅި. ރަށްރަށުގަ ބަނދަރާ ނަރުދަމާޔާ ކުލާސްރޫމާ ތިހިންގުންތެރި ވެރިކަމުގަ އެޅިނަމަ މިއަދު ރަށްރަށުގަ އެކުރާ މަސައްކަތް ގައިމު ކުރާކަށް ނުޖެހުނީސް. މާލޭން ބޭރުވެ ކަލޭ އަތޮޅު ތެރޭ ރަށްރަށުގަ ކުރާ މަސައްކަތް ބަލައިލަބަލަ. އޭގެ ފަހުގަ އަނގަ ހާވައިބަލަ.

      5
      10
      • މުބީނު

        އަމިއްލަ އަނގައިން އެއްބަސް ވެފަ ތިޔޮތީ. އަމިއްލަ އަށް ތިޔޮތީ ބުނެވިފަ ރަނގަޅު ބުރިޖަކާ ރަނގަޅު ހޮސްޕިޓަލާ އެޅިއޭ!

        • އަލީ

          ކޮމެންޓު ލިޔުނު މީހާގެ ރާގުން އެނގެނީ ޖެއްސުމަށް "ރަނގަޅު، ބުރިޖަކާ ހޮސްޕިޓަލަކާ އެޅި" މިހެން ލިޔަން އުޅުނުހެން. އެހެން ގޮތަކަށް މާނަ ކުރާނަމަ ބުނެވޭނީ ރަނގަޅު ބުރިޖަކޭ އޮތީ ރަނގަޅު ހޮސްޕިޓަލެކޭ ވެސް ނެތް. ދެން މީހަކު ކަމެއް ކުރީމަ ޑރ. ރާމީގެ ދަށު ދަރަޖަޔަށް ނުވެއްޓި އެކަން ގަބޫލު ކުރުމަކީ ރީތި ސިފައެއް.

  3. މަކަރެ

    ތި ގިންތީގަ 6000 ރުފިޔާ ލިބޭ މީހަކު ހުންނާނެބާ ނަރުހުންނާ ޓީޗަރުންގުނބޯ ހައްދާފަ ނުކުޅަދުންތެރުކަން ހުންނަ މީމީހުންވެސް ގުނބޯ ހައްދަނީ ޗޯރޭ

    36
    2
  4. ނަނަނ

    ސިވިލް ސަރވިސްގަ އުޅޭނެ ކަމެއް ނެތް އެއްވެސް މީހެއް
    އެއްޗެހީގެ އަގު މިހާ މަތިވެގެން ދާ އިރުވެސް ނިލިބޭ 8 ހާސް ވެސް

    28
  5. ބީޓޭ

    6000 ކީތްކުރަން 60،000ދިނަސް ބާލާނަން.

    38
    1
  6. ވެދުން

    މިހުރިހާ އެލަވަންސްތަށް ހަމަޖައްސަމުން ދާއިރު ކޮބަަާ ރަައްޖޭގަ ތިބި ބުރަ މަސައްކަތް ކޮށް އުމުރުގެ ބޮޑުބައެއް ސަރުކާރަށް ހޭދަކޮށްލި 65 އަހަރު ނުވާ ޕެޝަނަރުންގެ ހައްގުތަށް މީ އެއްވެސް ބަދަލެއް އަންނަން ނުޖެހޭ އެއްޗެއްތަ

    40
    1
  7. ފާދިސް ސާނީޒް

    އިންތިހާބު ހޯދަން ދައުލަތުގައި ނެތް ލާރު ބަަހަން ވަވައުދުވެދަރުވާލަން ތި ކުރާ މަސައްކަތްކަތް ހުއްޓުވަންޖެހޭ. ބަލަ މަސައްކަތްކޮށްގެން ވެސް 4000ރ މުސާރައަށް ނުލިބިގެންމިއުޅެނީ. ލާރިބަަހާ، ގޯތިބަހައި އެޕާޓްމަންޓްތައް ބަހާ ވޯޓުހޯދަން ޗރ އިބޫ މިހުރީ މޮޔަވެފައެއްނު!!!

    30
    1
  8. ާމމހ

    ާއަޅެ ކީއްތަ ވާނީ ސިވިލް ސާވަންޓުން ގެ މުސާރަ ބޮޑުކުރަން

    27
    2
  9. ރަގަޅު

    އިސްރައްވެހިންނަށް 5000ރ ދެވޭޤައުމެއްގައި ނުކުޅެދުންތެރިކަންހުންނަ ފަރާތްތަކަށް ޚާއްޞަކޮށް ނުކުޅެދުންތެރިކަމުގެ އެންމެތަކުލީފްބޮޑު ފަރާތްތަކަށް 6000ރ ދޭންނިންމެވުމަކީ ވ.ރަނގަޅުނިންމެވުމެއް. ނަވަވެސް ނުކުޅެދުންތެރިކަމުގެ އެންމެތަކުލީފްބޮޑު ފަރާތްތައް ރަގަޅަށް ދެނެނުގަނެވިއްޖެނަމަ ރާއްޖޭގެ އެންމެހައި ނުކުޅެދުންތެރިންނަށް 6000ރ އިން ދޭންޖެހޭނެންހީވޭ.

    13
    6
  10. ހައިރާން

    މި ދެން ކޮންފަދަ ކަމެއް. މިހާރުވެސް ފައިސާގެ އަގު ބޮޑުތަނުން ވެއްޓިފަ އޮތީ. ވޯޓުގެ ބޭނުމުގަ ފައިސާ ޗާޕުކުރުން ހުއްޓާލާ

    17
  11. ކިނބޫ

    ސެޕްޓެމްބަރައް ފަހު ޖީއެސްޓީ %15 އައް ޖައްސާލާނީމަ ނިމުނީ

    14
  12. އަހަރެންގެ ވަގުތު

    އެންސުޕާގަ ދަފްތަރު އޮންނާނެ، ނުއޮންނާނެ ބުނުމަކީ ވަރަށްބޮޑު ދޮގެއްް، އެން ސު ޕާގެ ވުވަޒަފުންނަށް މަކަރު ހަދާގެން ފައިސާ ހޯދުމަށް ހުޅުވާދިން ދޮރެއް މިއީ، އޭނަ ހިމެނެނީ 6000 ރުފިޔާ ލިބޭ ކެޓެގެރީ އޭ ކިޔާ 5000 ރުފިޔާ ދެވިދާނެ، ސަރުކާރަށް އެކަން އެގޭނެ.

  13. އައްޑޫ ދަރިއެއް

    ކަލޭ މީހުން ހޮސްޕިޓަލަށް ގެންގޮސް ކަލޭގެ މުއައްޒަފުން ލައްވާ އޮޅުވާލައިގެން އެޑްމިޓް ކޮށްފަ ނުކުޅެދުންތެރިންނަށް ހަދާފަ ބަކައްޓާ ކަލޭ އަތުން ލާރި ބޭނުން ވެގެން ނޫޅޭ ބަޔަކު.ﷲގެ ޢަޒާބު ގަދަފަދަ ވެގެންވޭ.ވެރިކަމުން ފެއިބި ދުވަހަކުން ކަލެއަށް ރާއްޖޭގަ ހުރުމަށް ދަތިކުރާނަން

  14. ދަރަނިން މިނިވަންވުމަށް

    މިކަހަލަ ކަންކަމަކީ ރައްޔިތުން އުފާކޮށް އަތްޖަހަންޖެހޭ ވަރަށްވުރެ ބިރުވެރިކަންކަން ފަހަތުގައި ހިނގާ ކަންކަމެވެ. އާމްދަނީ އިތުރު ކުރާނެ މަގެއް ނުދައްކާ ރައްޔިތުން ފެލައިގެން ސަރުކާރު ހިންގުމަކީ ދެވަނަ ދައުރެއް ދޭންޖެހޭ ސަބަބެއްނޫނެވެ. ދަރަނި އަރަންޏަށް ބަދަލު ކުރުމަށް މަގެއް ކޮށާދޭށެވެ. ނޫންނަމަ ތަންތަނުން ލޯނުނެގުން ހުއްޓާލާށެވެ.

  15. ކަރުކެހި

    ބުރަމަސައްކަތް މިކުރަނީ މުސާއުޅެނީ 4800 ރުފިޔާ ސަރުކާރު ހިއްސާވާ ތަނެއް މިކަމައް ހައްލެއް ގެނެސްދެއްވާ ލިބޭ އެއްޗަކުން ދެކޮޅުނުޖެހޭ ތަންތަނައް ދަރާފަ މިއޮންނަނީ މިދެންކިހާ ބޮޑުވެއްޖެކަމެއް

  16. ޢުތީމު ތަކުރު

    ޝުކުރިއްޔާ އެކަމަކު ދެވަނަ ދައުރެއް ނުދޭނަން

  17. އިއްބެ

    2018 ގެ ކެމްޕެއިންގައި ޔާމީން ގެ ވަޢުދަކީ ގިންތިކުރުމެއްނެތި އެފަދަ ފަރާތްތަކަށް 7000 ދިނުން. 65 އަހަރުގެ މީހުންނަށް 8000 ދިނުން! ދެން 2023 ގަވެސް އެކަން އޮންނާނީ އެހެން!

  18. ޜޮވޭ

    ސިވިލްސާރވިސް އަށް ނިކަމެތި ގޮތް މިހަދާ ސަބަބެއް ނުވިސްނޭ..އިހްތިޖާޖަށް ނުކުންނާނެ ދުވަހެއްވެސް އަންނާނެ...މީހުން ނިކަމެތި ވާނެކަން އެނގޭތީ އަނގަ ނުހުޅަވާ އަޅުވެރިކަމުގާ އަބަދަކު ނުތިބޭނެ...މުސާރަ ބޮޑު ނުކޮށް ދެންވެސް ތަކެތި ހެޔޮކުރޭ......

  19. ޜޮވޭވޭ

    ސިވިލްސާރވިސް އަށް ނިކަމެތި ގޮތް މިހަދާ ސަބަބެއް ނުވިސްނޭ..އިހްތިޖާޖަށް ނުކުންނާނެ ދުވަހެއްވެސް އަންނާނެ...މީހުން ނިކަމެތި ވާނެކަން އެނގޭތީ އަނގަ ނުހުޅަވާ އަޅުވެރިކަމުގާ އަބަދަކު ނުތިބޭނެ...މުސާރަ ބޮޑު ނުކޮށް ދެންވެސް ތަކެތި ހެޔޮކުރޭ......

  20. ހަޖަާންބެ

    ސަޅި. ޢަހަރެމެން 9 ގަޑިއިރު މަސައްކަތް ކުރީމަ ވެސް މިއުޅެނީ އަތާއި އަގައާއި ދިމާނުވެގެން.

  21. އަބްދޫ

    ގާނޫނަށް ބަދަލު ނުގެނެސް ގިންތިކޮށްގެން ތިގޮތަށް ފައިސާ ނުދެވޭނެ. ގާނޫނުއަސާސީގެ 20 ވަނަ މާއްދާގަ ބުނަނީ ގާނޫނުން ލިބެންވާ މަންފާ އެންމެނަށް ހަމަހަމ ގޮތުގަ ލިބެންވާނެ ކަމަށް ވީމާ ތިޔަ ގިންތިކުރުން ވާނީ ބާތިލް ކަމަކަށް،

  22. އަބްދޫ

    ގާނޫނުއަސާސީގެ 20 ވަނަ މާއްދާގަ ބުނަނީ ގާނޫނުން ލިބެންވާމަންފާ އެންމެނަށް ހަމަހަމ ގޮތުގަ ލިބެންވާނެ ކަމަށް . ވީމާ ގާނޫނާއި ގާނޫނުއަސާސީއާ ހިލާފަށް ދެވޭ ފައިސާ ހިމެނީ އެންޑީކަރެޕްސަނުގެ ގާނޫނުގަ ބުނާ އަމިއްލަޔަށް ނަާޖާއިޒްމަންފާލިބިގަތުމާއި ބަޔަކަށް ނާޖާއިޒް މަންފާހޯދާދިނުމުގެ ކެޓަގަރީގަ.

  23. ޙާފިޡު

    ޙާފިޒު ންގެ އެލަވެ ންސް ވެސް ބޮޑު ކޮށް ދެއްވާ