ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު މިރޭ ޕީޕީއެމްގެ އެޑްވައިޒަރަކަށް އައްޔަން ކުރައްވަން ނިންމަވައިފި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ޕީޕީއެމްގެ ނޫސްވެރިންގެ ބައްދަލުވުމެއް މިރޭ 21:00 ގައި ބާއްވަން ނިންމަވައި، އެބައްދަލުވުމުގެ ދައުވަތު މިހާރު ވަނީ މީޑިއާތަކަށް ފޮނުވާފައެވެ. ބެލެވޭ ގޮތުގައި ނޫސްވެރިންގެ ބައްދަލުވުމަކީ ރައީސް ވަހީދު ޕީޕީއެމްގެ އެޑްވައިޒަރު ކަމަށް އައްޔަން ކުރައްވަން ބާއްވަވާ ބައްދަލުވުމެކެވެ.

ރައީސް ވަހީދު ޕީޕީއެމްގައި ހަރަކާތްތެރިވާން ފަށައިފިނަމަ އެއީ 2013 ވަނަ އަހަރު އެމަނިކުފާނުގެ ވެރިކަން ނިމުނު ފަހުން ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާން ފެއްޓެވި ފުރަތަމަ ފަހަރަށް ވާނެއެވެ. ރައީސް ވަހީދުގެ ވެރިކަން ނިމުނު ފަހުން އެމަނިކުފާނު މިހާތަނަށް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެ ވަޑައިގެންފައެއް ނުވެއެވެ.

ރައީސް ވަހީދު ޕީޕީއެމްގެ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންފިނަމަ ޕީޕީއެމް އަށް ވެސް އިތުރު "ހިތްވަރެއް" ލިބިގެން ދާނެ ކަމަށް "ވަގުތު" އަށް މައުލޫމާތު ދެއްވި ޕީޕީއެމް ކައުންސިލްގެ މެންބަރަކު މިރޭ ވިދާޅުވިއެވެ.

"ރައީސް ޔާމީން ޖަލަށް ލުމުން ޕީޕީއެމްގެ ލީޑާޝިޕް ވަރުގަދަ ކުރަން މިވަނީ ޖެހިފައި. މިހާލަތުގައި ރައީސް ވަހީދަކީ ޕީޕީއެމް އަށް ވަރަށް މުހިއްމު ބޭފުޅެއް. އެމަނިކުފާނަކީ ބައިނަލްއަޤުވާމީ މައިދާނުގައި ބަސް ވިކޭ ބޭފުޅެއް. ހާއްސަކޮށް އަރަބި ގައުމުތަކާއި އެކު ވެސް ވަރަށް ގާތް ގުޅުމެއް ބާއްވަވާ. އަދި ވަރަށް ބޮޑު ސިޔާސީ ތަޖުރިބާކާރެއް. އެހެންކަމުން ރައީސް ވަހީދަކީ ޕީޕީއެމްއަށް މިވަގުތު ވަރަށް މުހިއްމު ބޭފުޅެއް." އޭނާ ވިދާޅުވިއެވެ.

2013 ވަނަ އަހަރު ރިޔާސީ އިންތިޚާބަށް ރައީސް ވަހީދު ޕީޕީއެމްގެ ޓިކެޓްގައި ނިކުންނަވަން ވެސް ބައެއް ބޭފުޅުން ލަފާދެއްވެވިއެވެ. ނަމަވެސް ރައީސް ވަހީދު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވީ ޑީއާރްޕީ އާއި ކޯލިޝަން ހައްދަވައިގެން، އަމިއްލަފުޅު ޕާޓީގެ ޓިކެޓްގައެވެ.

ރައީސް ވަހީދު އެނބުރި ސިޔާސީ މައިދާނަށް މިނިކުމެ ވަޑައިގަންނަވަނީ އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގެންނެވި ގޮތް ތަޙްޤީޤު ކުރަން ވެރިކަން ކުރާ އެމްޑީޕީން ގޮވާލަމުންދާ ގޮވާލުންތަކުގެ އަޑު ގަދަވެފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ބޯގޯސް

    މުހިންމެއްނޫން

  2. ހޭލާ

    އަލްހަމްދު ﷲ އުފާވެރި ހަބަރެއް އެބަރަނގަޅުވެ ދީނާ ގައުމަށްޓަކާ . ދީނާއި މިވަތަން ދެކެ ލޯބިވާ އެންމެން އެއްގަލަކށް އަރާ މިވެއްޓެމުންދާ ހިޔަޅު އެބަޖެހޭ ދަންތުރައެއްގަ ޖައްސާ މިކަން ނިމުމަކަށް ގެންނަން ދަރީންގެ ދަރީންގެ ހައްގުގާ މި ހިޔަޅުތަށް މިގައުމު ލަދީނީ ފިކުރުން ތަތް ތެޅުވިޔަނުދީ ޑިސް އިނފެކްޓް ކޮށް އެޖެންޑަރ19 ރީދޫ ހުމުގެ ވައިރަސް ނައްތާލަން ކޮވިޑް 19އަށް ވުރެ ނުރައްކާ މި އެޖެންޑާ 19 %100 ގުނަ ނުރައްކާ ހަމަލާ މިދެނީ މާތްވެގެންވާ އިސްލާމް ދީނަށް ވެކްސިން އެބަޖެހޭ ވީ އެންމެ އަވަހަށް ނެރެން އުމަރުގެ ލެބޯޓްރީން އުމަރާ އަވަސްކުރޭ ހެޔޮނުވާނެ ދިވެހި ގެ ދީން ހިމާޔަތް ކުރާނެ ލީޑަރެެއް އެބަބޭނުންވޭ މިގައުމަށް މިކަން ކުރެވޭނީ އުމަރުކަހަލަ ހިއްވަރު ގަދަ ފަހުލަވާނަކަށް

  3. ބަކުރުބެ

    ބަޣާވާތުގެ ފުރަތަމަ މަރުޙަލާގެ ރޭވުން ފެށުނީ ދޮތަ؟

  4. ވަތަނީ

    ޑރ ރައީސް ވަހީދު ޕޕމ އާ ގުޅިވަޑައިގަތުމަށް މަރުޙަބާ!
    ޕޕމ އާއިއެކު ރ ވަހީ ކުރައްވާނެ މުހިއްމު ކަންކަމުގެ
    ތެރޭގައި މިސަރުކާރުގެ ހައްދުފަހަނަ އަޅާފައިވާ ވައްކަމާއި
    ކޮރަޕްޝަންގެ މައްސަލަތައްބެލުމާއި ރައްޔިތުންގެ މަޖިލިސްގެ ރިޔާސަތު ބަދަލުކޮށް، ޒިއްމާދާރު ކުރުވުމާއި ވީހާއަވަހަކަށް
    ރިޔާސީ އިންތިޚާބެއް ރާއްޖޭގައި ބޭއްވުމަށް މަގުފަހި ކުރުން
    ހިމެނޭނެކަމަށް ބެލެވެއެވެ. މިއީ މިވަގުތު ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަންކަމެވެ.

    2
    1
  5. މަންމާފުޅު އަދުރޭ

    ވެރިކަމުގައިހުރެ އިންތިހާބެއްގަ ވާދަކޮށް %5 ލިބުނުު ވެރިއެއް ތިނޫނީނެތް، ކުޑަވެސް ލަދުހަޔާތެއްހުރިނަމަ ސިޔާސީ ކަންކަމަކުު ނޫޅޭނެ

    2
    4
  6. ޢާރިފާ

    އުފާވެރި ޚަބަރެއް

    3
    1
  7. ޓައްޕު

    ރ ޔާމީން އެއީހިތުގެ ރައިސް. އެކަން ބަދަލެއްނުވާނެ ޑރ ވަހީދަށް އިހްތިރާމް އާ ގަދަރު ކުރަން ވައްސަލާމް

  8. އަލިބެ

    މަރުޙަބާ! ރައްޔިތުންދެކެ ލޯބިވިވެރިޔެއް!

    5
    1
  9. ސޮރީ

    ސޮރީ އެންމެ ފަހުވަގުތުވެސް އެމްޑީ ޕީގެ ދިފާއުގައި ނިކުތީ ރައީސްޔާމީންގެ މަޤާމަކަށް ރައީސް ވަހީދު ކުފޫހަމަނޫން ނޯ ނޯ ނޯ ރވަހީދަށް އިހުތިރާމް ނަމަވެސް ސޮރީ!