ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިއްކުމުގެ މަޝްރޫޢު ފެށުމަށް ކޮންޓްރެކްޓްގައި ސޮއި ކުރެވުނީ 2013 އަހަރުގައި ކަމަށް ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ހޮނަރަބަލް ޤާސިމް އިބްރާހިމް މިހާރު ކުރައްވަމުން ގެންދަވާ އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިން ދަތުރުފުޅުގައި އއ.ތޮއްޑޫ އަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ.ވަހީދު ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެއަށް އެތައް ގިނަގުން ހިދުމަތްތަކެއް ކޮށްދެއްވާފައިވާނެ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ޖީއެމްއާރް އަތުން އެއާޕޯޓް ހޯދުމުގެ މަސައްކަތާއި ލާމު ލިންކް ރޯޑް ހެދުމުގެ މަސައްކަތާއި އަދި ޚާއްސަކޮށް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަސައްކަތް ޑރ.ވަހީދު ވަނީ ފާހަގަކުރައްވާފައެވެ.

"ހުޅުމާލޭގެ ދެވަނަ ފޭސް ހިއްކަން ފެށީ ހިއްކަން ފަންސާސް ނުވަ މިލިއަން ޑޮލަރު ހަވާލުކުރީ ޖޫން މަހު 2013 ވަނަ އަހަރު. އެތަން ހިއްކަން ހަވާލުކުރި އިރު އޭރުގެ ރައީސުލްޖުމްޙޫރިއްޔާ އަކަށް ކަން ދިމާވި ގޮތުން ހުރީ އަޅުގަނޑު. އެކަމަކު އެތަން ހިއްކުމުގައި ވެސް އަޅުގަނޑުގެ އެއްވެސް ރޯލެއް އޮތްކަމަކަށް ނުވޭ. އެއީ އަޅުގަނޑު ސިޔާސީ ކަންކަމުގައި ދުރުގައި ހުރީމަ. އަޅުގަނޑުގެ ވާހަކަ ދައްކާނެ މީހަކު ނެތީ.". ޑރ.ވަހީދު ވަނީ އެމަނިކުފާނުގެ އަތެއް ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކުމުގައި ވާކަމަށް ވިދާޅުވެފައެވެ.

އޭގެއިތުރުންވެސް ޑރ.ވަހީދު ވިދާޅުވީ އެމަނިކުފާނަށް ލިބުނު ކުރު މުއްދަތެއްގައި ވެސް ރާއްޖޭގެ ގިނަ ކަންކަން ކޮށްދެއްވާފައިވާނެ ކަމަށެވެ.

"އަޅުގަނޑަށް ވެސް ލިބުނު ދެ އަހަރެއްހާ ތެރޭގަ ކުރު މުއްދަތެއްގެ ތެރޭގަ ވަރަށް ގިނަ ބަނދަރުވެސް ހެދިން. ވަރަށް ގިނަ އެއާޕޯޓް ވެސް އެޅިން.ތިމަރަފުށީގެ އެއާޕޯޓަކީ ފެށުނީއްސުރެ ނިމެންދެކަށް އެ ދެއަހަރު ތެރޭގައި އެޅުނު އެއާޕޯޓެއް.". އޭރު ގިނަ ރަށްރަށުގެ ބަނދަރާއި އެއާޕޯޓްގެ މަސައްކަތް ވެސް ކޮށްފައިވާނެކަމަށް ޑރ.ވަހީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވާނީ ވީވަރަކުން ކަންކަން ކޮށްދެއްވާފައި ކަމުން މިއަދު އެމަނިކުފާނު ވާހަކަ ދައްކަން އެރުމުން ރައްޔިތުން އަޑު ނާހަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ކާޅު ރާއްޖެ

    މީނަޔަށް ކާޅު ކިޔަނީ ހަމަ ކިޔަންވެގެން!

    44
    5
    • ޙިންނަބެ

      އެއްވެސް މީހަކާ ދިމާލަށް އެފަދަ ބަހުރުވައިން ކިޔާކަށްނުވާނެ

      45
      2
    • ޚިޔާލު 2

      ހުޅުމާލެ ބާނީ އަކީ މައުމޫން އޭގެެފަހުން އެ ރަށް ތަރައްގީ ކުރެއްވުމުގައި އެހެނއވެރިންވެސް ބައިވެރިވުން އޮތް އެކަން ވާންޖެހޭނީވެސް އެހެން

    • ޝާން

      ރައީސް ވަހީދަކީ ރާއްޖެއަށް ފަހުގެ ތާރީޚެއްގައި ދިމާވި އެންމެ ނުރައްކާތެރި އެއް ވަގުތުކޮޅުގައި ގައުމުގައި ސުލްހަގާއިމުވުމަށް ފުރުސަތުދެއްވައި އެ ދަތި ދުވަސްވަރު އިޚްލާސްތެރިކަމާއި އެކު ސަރުކާރު މެނޭޖްކޮއްދެއްވާފައެވެ. މިއީ އެއްގޮތަކަށްވެސް ކުޑަކަމެއް ނޫނެވެ. އެއީ ގައުމަށް އައި ވަރަށް ނާޒުކު ދުވަސްވަރެއް. އެ ދުވަސްތަކުގައި ހިކުމަތާއި ސުލްހަ އިސްކުރައްވައި ރައީސް ވަހީދު ގައުމަށް ކޮއްދެއްވީ ވަރަށްވެސް އާދަޔާއި ޚިލާފު އިޚްލާސްތެރި ޚިދުމަތެކެވެ. މިއީ ދިވެހި ރައްޔިތުން އަދި މުޅި ދުނިޔެވެސް ގަބޫލުކުރާނެ ހަގީގަތެކެވެ. އެދުވަސްތަކުގައި ގައުމު ނުބެލެހެއްޓުނު ނަމަ އެފްރިކާ ފަދަ ތަންތާގައި ފެނިގެންދާފަދަ ބޮޑެތި ހަމަ ނުޖެހުންތަކާއި އެކު ގައުމުގެ ސުލްހަ ބީވެގެން ދިޔައީސް. ވީމާ ރައީސް ވަހީދުގެ އަގު ވަޒަންކުރުމަކީ އެއީ ކޮންމެ ޕާޓީއެއްގެ މެމްބަރުންތަކެއް ކަމުގައި ވިޔަސް ދިވެހި ރައްޔިތުންގެ ހައްސިއްޔަތުތަކެއްގެ ހައްސިއްޔަތުން ހަމަ ކުރަންޖެހޭ ކަމެކެވެ. އެފަދަ ޚިދުމަތެއް ކޮއްދެއްވާފަ ހުންނެވި އިސް ރައްވެއްސަކަށް އަޚްލާގީ މިންގަނޑުން ބޭރުވާފަދަ ގޮތަކަށް މުޚާތަބު ކުރުމަކީ ދިވެހި ރައްޔިތުންގެ އަގު ވެއްޓި މުޖުތަމައުގެ އަޚްލާގު ހަލާކުވެގެންދާފަދަ ކަމެކެވެ. އަދަބްވެރިކަން އިސްކުރުމަކީ ދީނީ ވާޖިބެކެވެ. އެއީ ސިޔާސީ ވާދަަވެރިކަމުގައި ބަހުސް ކުރިކަމުގައި ވިޔަސް ނުވަތަ ކެމްޕެއިން ކުރިކަމުގައި ވިޔަސްމެވެ.

      6
      4
  2. މަހުދީ

    ނޫނޭ ވާ ބުރިޖު ވެސް އެޅީ މިކަލޭގެ . ދަރުމަވަންތަ ހޮސްޕިޓަލް ވެސް. މީނާގެ ވެރިކަމުގެ ދުވަސްކޮޅު ވެސް ވެރިކަން ހިފަހައްޓާދިނީ ޕީޕީއެމްގެ މެމްބަރުންނާއި އިސްވެރިންގެ ސަބަބުން

    48
    5
  3. ބޭބެ

    ކާޅު ކިޔަސް ތެދުވާނީ ތެދައް.

    9
    21
  4. ލުޓޭރުންގެ ސަރުކާރު

    މިސިޔާސީމީހުންގެ ކަންތަމާމައްޗަށް ގޮއްސި ވަހީދޫ ޗޑސ ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ސައިމަން ބުނެފައެއޮތީ އެޕޮރޮޖެކްޓް ފެއްޓީ ރޔާމީންގެ ވެރިކަމުގަކަމަށް ލޯނުހޯދިގޮތާ އޭގެ ތަފްސީލު.. ވަހީދު ރިޔާސީޓިކެޓަކާހެދި ތިދަރަޖައަށް ވެއްޓުން ހާދަހަޑިއޭ...

    52
    4
  5. Anonymous

    ކަާޅަކައްވުރެ ވެސް މާގޯސް ،ބެއްޔާ އެއީކޮންދުވހެއް

    17
  6. Anonymous

    ރ. ޑ.ވަަހީދު ތިހާވަރަށް ކަލަގޮވަން އުޅެގެން ރައްޔިތުން އޮޅުވާލަން ނުއުޅުއްވާ، ބިންހިއްކުމުގެ މަޝްރޫއަކީ ރ.މައުމޫނުގެ ދައުރުއްސުރެންވެސް މިގައުމުގައި އަބަދަށް ހިނގާ މަޝްރޫއެއް، ހަމައެހެއްމެ ތިމަނިކުފާނު ވެރިކަމުގެ ދުވަސްވަރުވެސް ހުޅުމާލެ ބިންހިއްކުމުގެ މަސައްކަތްވެސް ހިނގަހިނގާހުރީ ނަމަވެސް "2ވަނަފޭސް" ނަންދީގެން އެބައި ވަކިގޮތަކަށް ޕްލޭންކޮށް އޮށްޓަރުލެވި ކުލަޖެހިގެން ދިޔައީ ރޔާމީނުގެ ސްޕީޑީ ތަރައްގީގެ ތެރެއިން ނޫންކަމަށް ނުވާނެ، ޖީއެމްއާރް އަތުން އެއާޕޯޓް އަތުލީވެސް ތިމަނިކުފާނުގެ ވެރިކަމު ދައުރުގައިވިޔަސް އެ އެއާޕޯޓް އަނބުރައި ނަގަންޖެހޭކަން އެއްމެފުރަތަމަ ވިސްނައިގަތީ އަދި އެ ޕްރޮސެސްގެ އެންމެ މުހިންމު ރޯލު އަދާކުރި މޭސްތިރިއަކީވެސް ރ ޔާމީނެވެ. މިކަން ނުދަންނަ ރައްޔިތަކު މިހާރު މަދުވާނެ، ކިތައްމެ ތައުލީމީ ބޭފުޅަކަސް ތިގޮތަށް ކަލަގޮވުމަކީ ނާތަހުޒީބު އަގުވެއްޓޭކަމެއް!!!

    40
    1
    • Anonymous

      ރައީސް ވަޙީދުގެ ބަސްފުޅުގައި ބުނެފައިވަނީ ހުޅުމާލޭގެ ދެވަނަ ފޭސްގެ ބިން ހިއްކަން ފެއްޓެވީ ވަޙީދު ދައުރަގައޭ. މީ ކަނޑައެޅިގެން މެންދުރުގެ އިރު ފާޅުވެފައި ހުއްޓާ ހަނދޭ ބުނުންފަދަ ދޮގު ވާހަކައެއް.
      ދެވަނަ ފިޔަވަހި ފުރަތަމަވެސް ފެއްޓެވީ ޔާމީންގެ ދައުރުގައި

      5
      1
  7. ޭއީގަލްކްރޯ

    ކަޅުކާޅުބާޒް ހޭބަލިވޭ

    13
    3
  8. އއ

    ވަޙީދު ވެރިކަމުގައިތަ، ހުޅުމާލޭގެ ފޭސް 2 ހިއްކަން ފެއްޓީ؟ ހަމައެކަނި ހިތުގައި އޮތްކަމެއްކަމަށްވާނަމަ، 2013 އިން 2018 އަށް މިރާއްޖޭގެ ވެރިކަންކުރީވެސް ވަޙީދު. 2013 ގައިވެސް ވަޙީދުގެ ވެރިކަމުގެ ދަހިވެތިކަން ހުރި މިންވަރު ރައްޔިތުންނަށް ފެނުނުވިއްޔަ.

  9. Anonymous

    ދޮގު ހެދިޔަސް ބޮޑުވަރު ތީ

  10. ހިކި ކިރު

    ސަހަރޯ! ރާއްޖެއަށް އިސްލާމްދީން ވެސް ގެނައީ އިނބަ ދޮތަ! ނޫނޭ ވާ މިއީ ފިރިހެނެއް!

  11. 1111

    ރައްޔިތުން އަޑުއަހްންޖެހޭ ކަމާއި ނުޖެކޭކަން އެނގޭނީ ރައްޔިތުންނަށް. ރައްގުލިތުން އަޑުހަންވީ މީހަކާއި ނާހަންވީ މީހަކު ެސް އެނގީ އެމީހޖންނަށް. ތިއީ ކަލަގޮވުން. ސޭޓު ކައިރިއަށް ދެވުނީމަ ވާރުތަވީ ތޯއްޗެ.
    ހަމަ ވެރިކަމަށް ބޫތުކައިގެން އުޅޭ ބާޒުތަކެއް.

  12. ސަރީ

    ހައްހައްހާއްހާހާހާހާހާހާއްހައް ސަހާދެއް މީހަކު ހޭބަލިވިޔަސް ބޮޑުވަރު މިއީ.

  13. އެޑްމުންޑޯ

    އަސްލު އެއީ ތެދެއް ، ބަޔަކު ގަބޫލުކުރިއަސް ނުކުރިއަސް ބަނދަރުތަކާއި ސްކޫލްތަކުގެ އާއިމާރާތްތަކާއި ހިމެނޭހެން ގިނަމަސައްކަތްތަކެއް ކުރެއްވި ، ޔާމީހުގެ ސަރުކާރުގައި ރައްރަށުގައި ކުރެވުނު ގިނަމަސައްކަތް ތަކަކީ ވަހީދުގެ ދައުރުގައި ފައްޓާފައި ހުރި މަސައްކަތްތައް ، ވަހީދަށް ތާއީދު އަހަރެން ނުކުރަން ، ނަމަވެސް މިއީ ހަގީގަތެއް ،

    2
    3
  14. ހާމިދު ޝާހިދު

    މިއީ ކީކޭ ކިޔާ މީހެއްތަ! ހަމަ މީނާގެ އަނގައިން ގައިމު އެއްވުމެއް ގެތެރޭގައި ބުނި، އެއަރޕޯޓް ހޯދާ، ހުޅުމާލެ 2 ވަނަ ފިޔަވަހި ތަރައްގީ ކޮށް، ބްރިޖް އަޅާ، ދަރުމަވަންތަ ހޮސްޕިޓަލް ބިނާކުރެއްވި ތަރައްގީގެ ބާނީ ރައީސް ޔާމީން ޖެހޭނީ ހަމަ މިނިވަން ކުރާށޭ! އޭރު އެހެން އެބުނީވެސް އެހެންވިއްޔާ ހިތާ ދެކޮޅަށްތާ! ބޭނުންވަނީ ހަމަ "ޓިކެޓް". ވެރިކަމުގައި ހުންނަވައިގެން %5 ހޯއްދެވި ބޭފުޅަކު ދެންވެސް ހުރިގޮތަށް ޕީޕީއެމް ގައި ހުރިނަމަ އަސްލު މުސްތަގުބަލު މާ އުޖާލާވާނެ. ތިމާއަކީ މޮޅު މީހެއްނަމަވެސް، ތިމާއަކީ މީހުންނަށް ވެރިއެއްގެ ގޮތުގައި ވިއްކަން ކަމުދާ މީހެއް ނޫން. އެހެންނޫންނަމަ، ޤައުމީ އިއްތިހާދު ޕާޓީ އަދިވެސް ވުޖޫދުގައި އޮތީސް. ތިމާގެ ފަހަތުގައި ތިމާއަށް ތާއީދުކުރާ އެތައް ހާސްބަޔަކު ތިބިނަމަ ތިގޮތަށް މަގުމަތިވެގެން ނުދިޔައީސް! ދެންވެސް ޔޯލަ ޔޯލަ ވާހަކަ ނުދައްކަވާ، އަވަހަށް ސިޔާސީ މަސައްކަތުން އެކަހެރިވެލައްވާ އަޅުކަމައިގެން އުޅުއްވާ!

    2
    1
  15. އަހްމަދު

    ނަޝީދު 3 އަހަރާއި 2 މަހާއި 6 ދުވަހު ވެރިކަން ކޮށްފައިވާއިރު ވަހީދު 2 އަހަރު ވެރިކަން ކުރީ ކޮން ގޮތަކަށްތޯ؟ ޔާމީނު 800 މިލިއަން ޑޮލަރުގެ މައްސަލައެއް ހިނގަމުން ދަނިކޮށް ވަހީދު ވެރިކަމަންއަރާ ދިވެހި ދަޢްލަތުން 6 މިލިއަން ރުފިޔާ ދައްކާފަ އެމައްސަލަ ނެގިކަމަށް ބުނާތީ އަޑު އިވޭ އެވެސް ގަޢްމަށް ކޮށްދިން ފައިދާ ހުރި މަސައްކަތެއްތަ؟

  16. ޒުލޭ

    މީހަކު އެކުސިޑެންޓުވެ ހަތެރެސްފައި ބިނދިއްގެން ޒަހަމް ވެއްޖެއިޔާ އޭނާއަށް ފަރުވާކުރަން ހަވާލު ކުރަންވީ ކާޕެންޓަރަކާއި ނުވަތަ އިންޖިނިއަރަކާއިތޯ.؟ ނޫނީ މެޑިކަލް ޑޮކްޓަރަކާއިތޯއެވެ. އެހެންކަމުގައިވާނަމަ، ދަރާފައިވާ ގައުމެއްގެ ވެރިކަން ހަވާލު ކުރަން އެންމެ ރަނގަޅުވާނީ ސިވިލް އިނޖިނިއަރަކާއި ތޯ؟ ނުވަތަ ވިޔަފާރިއާއި މާލީކަންކަމުގެ ތަޖުރިބާކާރަކާއިތޯއެވެ.؟ ޖަވާބު ވަރަށް ސާފު ދެއްތޯ. ގާސިމް އިބްރާހީމްއަށް ވުރެ މާލީކަންކަމާއި ވިޔަފާރީގެ ތަޖުރިބާ ހުރި އެހެން ކެންޑިޑޭޓެއް އެބަހުރިތޯ.؟

    1
    2
  17. ވަށްޑެ

    އޭ ކަލޯދޯ ޓަވަރުތަށްވެސް އެޅީ ޔާމީނެއްނޫންދޯ މަހީކުރީ ޔާމީނުކަމަށް ޓަވަރުތަށްއަޅާ އެތަން ތަރަށްގީކުރީ ތިހާފަހުން އެވާހަކަ ބުނީމަ މަށަށްއޮޅުނީ ބޭފުޅާ ދެންވެސް ކާޅުއުޅޭހެން އުޅުން ދޫކޮށްލާ.

  18. ނާޒާ

    ރައީސް ވަހީދަކީ ރާއްޖެއަށް ފަހުގެ ތާރީޚެއްގައި ދިމާވި އެންމެ ނުރައްކާތެރި އެއް ވަގުތުކޮޅުގައި ގައުމުގައި ސުލްހަގާއިމުވުމަށް ފުރުސަތުދެއްވައި އެ ދަތި ދުވަސްވަރު އިޚްލާސްތެރިކަމާއި އެކު ސަރުކާރު މެނޭޖްކޮއްދެއްވާފަވާ ބޭފުޅެކެވެ. މިއީ އެއްގޮތަކަށްވެސް ކުޑަކަމެއް ނޫނެވެ. އެއީ ގައުމަށް އައި ވަރަށް ނާޒުކު ދުވަސްވަރެކެވެ. އެ ދުވަސްވަރުގައި ހިކުމަތާއި ސުލްހަ އިސްކުރައްވައި ރައީސް ވަހީދު ގައުމަށް ކޮއްދެއްވީ ވަރަށްވެސް އާދަޔާއި ޚިލާފު އިޚްލާސްތެރި ނަމޫނާ ލީޑަރެއްގެ ޚިދުމަތެކެވެ. މިއީ ދިވެހި ރައްޔިތުން އަދި މުޅި ދުނިޔެވެސް ގަބޫލުކުރާނެ ހަގީގަތެކެވެ. އެދުވަސްވަރުގައި ގައުމު ނުބެލެހެއްޓުނު ނަމަ އެފްރިކާ ފަދަ ތަންތާގައި ފެނިގެންދާފަދަ ބޮޑެތި ހަމަ ނުޖެހުންތަކާއި އެކު ގައުމުގެ ސުލްހަ ބީވެގެން ދިޔައީސް. ވީމާ ރައީސް ވަހީދުގެ އަގު ވަޒަންކުރުމަކީ އެއީ ކޮންމެ ޕާޓީއެއްގެ މެމްބަރުންތަކެއް ކަމުގައި ވިޔަސް ދިވެހި ރައްޔިތުންގެ ހައްސިއްޔަތުން ހަމަ ކުރަންޖެހޭ ކަމެކެވެ. އެފަދަ ޚިދުމަތެއް ކޮއްދެއްވާފަ ހުންނެވި އިސް ރައްވެއްސަކަށް އަޚްލާގީ މިންގަނޑުން ބޭރުވާފަދަ ގޮތަކަށް މުޚާތަބު ކުރުމަކީ ދިވެހި ރައްޔިތުންގެ އަގު ވެއްޓި މުޖުތަމައުގެ އަޚްލާގު ހަލާކުވެގެންދާފަދަ ކަމެކެވެ. އަދަބްވެރިކަން އިސްކުރުމަކީ ދީނީ ވާޖިބެކެވެ. އެއީ ސިޔާސީ ވާދަަވެރިކަމުގައި ބަހުސް ކުރިކަމުގައި ވިޔަސް ނުވަތަ ކެމްޕެއިން ކުރިކަމުގައި ވިޔަސްމެވެ.

    1
    1
  19. ސަމްކުޅިބޭ

    އެހެންވީމާ ހުޅުމާލެ 2ވަނަ ފިޔަވަހިން ވަހީދަށް ހިލޭ ގޯއްޗެއް ދިނުމަށް އާދަންކޮޔަށް އިލްތިމާސް ކުރަން.

  20. އަބްދޫ

    ތިމަރަފުށީ އެއާޕޯޓް ވަހީދު އަޅާފަ ނުވޭ. ވަހީދުކުރިކަމަކީ ރިސޯޓަކަށަ އައިސްހުރި ގެސްޓަކަށް ފައިސާ ދީފަ އެއާޕޯޓް ހަޅާކަންދެއްކުމަށް ހެދި އެގްރީމެންޓެއްގާ ސޮއިކުރުވުން.މިކަނަހިގިގޮތުގަ ހަގީގަތަކީ މިއީ އެއާޕޯޓް އަޅާފައިވަނީ މާފަހުން ޔާމީުގެވެރިކަމުގަ

  21. އިބިލީސް

    ވަހީދު އެވިދާޅުވީ ތެދެއް، 2013 ގެ އެޕްރީލްމަހު
    ރައީސް އޮފީހުގެ ސައިޓް އާ މިނިވަން ނޫހުގެ އާކައިވް އަދި އެމްއެންޔޫގެ އާކައިވް އިން ފެންނަނަން އެބަހުރި