ވެރިކަމަށް ބޭފުޅަކު އިންތިޚާބުކުރާއިރު، އެމީހާގެ ހިތްހެޔޮ ކަމަށްވެސް ވިސްނަންޖެހޭނެ ކަމަށާއި، އެއީ ރާއްޖޭގެ ތަރައްގީއަށާއި، ރައްޔިތުންނަށް ކޮންކަހަލަ ޚިދުމަތެއް ދީފައިވާ ބޭފުޅެއްތޯވެސް ބައްލަވަން ޖެހޭ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ޖޭޕީގެ ކެމްޕޭން ދަތުރުތަކުގައި މިހާރު އއ. އަތޮޅަށް ވަޑައިގެން އެއަތޮޅު ބޮޑުފުޅުދޫ ރައްޔިތުންނާއި ވާހަކަ ދައްކަވަމުން ޑރ. ވަހީދު ވިދާޅުވީ، ވެރިކަމަށް މިހާރު ކުރިމަތިލާފަ ތިބި ބޭފުޅުންގެ ތެރެއިން ބަލަންވީ ރައްޔިތުންނަށް ޚިދުމަތްކޮށްދީފައި ހުރީ ކާކުތޯ ކަމަށެވެ.

"ބަލާއިރުގަ ހުރިހާ ބޭފުޅުންނަާވެސް ނުބައްދަލު ބޭފުޅެއް ގާސިމް އިބްރާހީމަކީ. ގާސިމްގެ އެހީތެރިކަން ނުލިބޭ މީހަކު އުޅޭ ރަށެއް ދިވެހިރާއްޖެއަކު ނެތް. ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެކަން. އެއީ ތިބޭފުޅުންގެ ގާތް ތިބޭފުޅުންގެ ތިމާގެ ބޭފުޅަކަށްވީމަ ފަހަރެއްގަ އެކަން އިހުސާސްކުރަން ދަތިފުޅުވެދާނެ.". ޑރ. ވަހީދު ވިދާޅުވިއެވެ.

ދިވެހި ގިނަ ރައްޔިތުންނަށް ގާސިމްގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވަމުން ޑރ. ވަހީދު ވަނީ، ތައުލީމީ ގޮތުން ބެލިއަސް ރާއްޖެއަށް އެންމެ ބޮޑު ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅަކީ ގާސިމް ކަމަށް ވިދާޅުވެފައެވެ.

" އަޅުގަނޑު އެއްދުވަހު ތަފާސް ހިސާބް ބަލާލިން. ބަލާލިއިރުގައި ޔުނިވާސިޓީ ޑިގްރީއަށް ކިޔަވާދެއްވާފައި އެބަތިބި ދެހާހެއްހާ މީހުންނަށް. މިބޭފުޅާ [ގާސިމް އިބްރާހީމް]ގެ ހަރަދުގައި. އޭގެ ތެރޭގައި ހިމެނޭ ސާޅީހަކަށް ޕީއެޗްޑީ. އޭގެ ތެރޭގައި ހިމެނޭ ގާތަގަނޑަކަށް 700 އެއްހާ ޑިގްރީ. އޭގެ ތެރޭގައި ހިމެނޭ ޑޮކްޓަރުންނާއި، ބިޒްނަސް އެޑްމނިނިސްޓްރޭޝަންގެ މީހުން.". ޑރ. ވަހީދު ވިދާޅުވިއެވެ.

ޑރ. ވަހީދު ވިދާޅުވީ، ގާސިމް ނޫނަސް އެތައް ވިޔަފާރިވެރިންނެއް ރާއްޖޭގައި އެބަތިބި ކަމަށާއި، އެހެން ނަމަވެސް ގާސިމް ރާއްޖެއަށް ކޮށްދިން ވަރަށް ރާއްޖެއަށް ޚިދުމަތްކޮށްދިން ބޭފުޅަކު ނެތް ކަމަށެވެ. ގާސިމަކީ އެހާވެސް ދީލަތި ބޭފުޅެއް ކަމަށާއި، ވެރިކަންވެސް އެބޭފުޅާއާ ހަވާލުނުކުރަންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން މިދިޔަ ފަސް އަހަރުގައި ގައުމަށް ޚިދުމަތްކުރައްވާފައިވާ ފަރާތްތައް އެބައުޅުއްވާ ކަމަށާއި، އެހުރިހާ ބޭފުޅުންގެ ރެކޯޑަށް ބަލާއިރު، ގާސިމްއާ އަޅާނުކިޔޭނެ ކަމަށް ވިދާޅުވިއެވެ.

" ގާސިމާ އަޅާ ކިޔާލާއިރުގަ އެއްގޮތަކަށްވެސް ކިޔޭވަރެއް ނޫން. ގާސިމާ އަޅާކިޔޭ ވަރުގެ ބޭފުޅަކު ނެތް. ހަގީގަތަކީ އެއީ، ގާސިމް އިބްރާހިމް އަޅުގަނޑު ދަންނަތާ ވަރަށް ގިން ދުވަސްވެއްޖެ. އަޅުގަނޑުމެން މި ޑިމޮކްރަސީގެ މަސައްކަތުގައި ގުޅިގެން މަސައްކަތް ފެށީ 1998 ވަނަ އަހަރު." ޑރ، ވަހީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ހޮއްކޮބެ

    ވަހީދޫ ގާސިމަކީ ބަލިމީހެއް ހަނދާންނެތޭމީހެއް ވިޔާފާރިވެރިއެއް ހުރިހާއެއްޗެއް އަބައޮތް ވެރިކަންފިޔަވާ ގާސިމު ކާރީގަތިބި މީހުން ގާސިމައް ލަނޑުދެނީ އެންމެރަނގަޅީ އިބޫއާ ގުޅިނިއްޔާ

    8
    14
  2. އަލީބުނީ

    ބަލައިފިން! އެއީ މުއިއްޒު

    27
    2
    • އަހުމަދު

      ކިތައްމީހުންގެނަން ޕާޓީގައި ވަގައްޖަހައިގެން އުޅެނީ

  3. ޝުއައިބު

    އެންމެބޮޑަށް ކަލަގޮވާމީހަކީ އެއީކަމަށް މިބަލަނީ

    19
  4. ފިޔަވަޅު

    އެއީ މުއިއްޒު

    10
  5. ޕޮގުބާ

    މޒިކޮންތާކު ބުރާންޗެއް

  6. ޥާޒީ

    މިއަދު ބަޔަކަށް އަވާމެންދުރެއް ފަދައިން މުއިއްޒު އަކީ އުރުދުގާން ކަމުގައި ފެނިދާނެއެވެ. މުއިއްޒު އަކީ އެއީ ހުންނަ މީހެއްކަންވެސް ރައްޔިތުންނަށް އެނގެންފެށީ 2018 ގަ ރައީސް ޔާމީންގެ ކެބިނެޓުންނެވެ. އެއީ މީހެ ފަސް އަހަރު ކުރިއެވެ. އެކަމަކު ދިވެހިން ގާސިމް އިބްރާހިމް ދަންނަން ފެށީ 1990 ގެ ހިސާބުންނެވެ. އޭރުވެސް ކުރިއަރަމުން އަންނަ ވިޔަފާރިވެރިއެއްގެ ގޮތުގައެވެ. އަދި އެތަކެއް ނިކަމެތީންނަށް ހިލޭ ބޭސްފަރުވާކޮއްދެއްވަމުން އަންނަ ދިވެހި ފަރުދެއްގެ ގޮތުންނެވެ. މިއަދާއި ހަމައަށްވެސް ދިވެހިންނަށް އަމިއްލަ ހައްސިއްޔަތުން އަދަދު ކުރަން ދަތިގިނަ ގުނަ އެހީ އަމިއްލަ ހައްސިއްޔަތުން ކޮއްދެއްވަމުން އަންނަނީ ގާސިމް އިބްރާހިމްއެވެ. އެހެން ކެންޑިޑޭޓުން ކަންކަން ކުރައްވާފައި ހުރިކަން ފާހަނގަ ކުރެވެނީ ސަރުކާރުތަކުގައި ރައްޔިތުންގެ ފައިސާއިންނެވެ. އެއްވެސް ހާލެއްގައި ގާސިމްއާއި އަޅާކިޔޭ ހިސާބަށްވެސް އެހެން އެއްވެސް ކެންޑިޑޭޓަކު އަމިއްލަ ހައްސިއްޔަތުން ކަމެއް ކޮއްދީފަކާއެއް ނެތެވެ. މިއަދު ސިޔާސީ މައިދާންތަކުން ފެންނަ އެތަކެއް މިނިސްޓަރުން ނުވަތަ ވަޒީރުންނަކީ ގާސިމްގެ ދީލަތި އެހީގައި މަތީ ތައުލީމު ހާސިލްކޮއްގެން ތިއްބެވިބޭފުޅުންނެވެ. އެބޭފުޅުންގެ ބަފަޔެއްފަދަ ބޭފުޅަކީ އެމަނިކުފާނެވެ. ދެން ރައްޔިތުން ވިސްނަވާށެވެ. މިގައުމުގެ ރައްޔިތުންނަށް އެމީހެއްގެ ވެރިކަމެއްގައި އެންމެ ގިނަ އެހީތެރިކަން ކޮއްދެވޭނީ ނުވަތަ އެކަމުގެ ރޫޚު ހުރީ ކޮންބޭފުޅެއްގެ ކިބާގައިތޯއެވެ.

    4
    19
  7. އަހަންމަދު

    ވަހީދޫ އަދިވެސް ބަލަންޖެހޭ މުހިއްމު ކަމެއް އެބައޮތޭ! އެއީ އެމީހަކު ކައިރިކޮށްެން އުޅޭ ބައިގަޑު.
    ލަޑަޔާ ވާނީ ލަޑަޔާދޯ؟

    13
    • ނަފީޒް

      ތިއީ މުޅިންގޯސް ވާހަކައެއްވެސް ނޫނެވެ. އެކަމަކު ދިވެހިންނަކީ ދިވެހިންނެވެ. މިތާގަ ތިބިބަޔަކީ މި ދިވެހިންނެވެ. މިތާގަ ތިބި ބަޔަކު ގޮވައިގެންނޫންތޯ އުޅެވޭނީ އަދި އުޅެންޖެހޭނީ. މިތާގަ ނެތް ބަޔަކު ނުވަތަ ނެތްފެންވަރެއްގެ ބަޔަކު ހޯދާށޭ ކިޔާފަ ފަރަންޖީންނާއި އިންޑިޔާމީހުން ލައިގެންތޯ ގައުމު ހިންގަންވީ. ވިސްނަވާ. މިތާގެ ލީޑަރަކު ޖެހޭނީ މިތާ ތިބި ބަޔަކު ލައިގެން މަސައްކަތް ކުރަމުން އިސްލާހު ގެނެވޭތޯ ބަލާށެވެ. ސިންގަޕޫރުގެ ބާނީ ލީކާންޔޫވެސް މަސައްކަތް ކުރީ ހަމަ އެތާ އޭރު ތިބި ބަޔަކު ގޮވައިގެންނެވެ. މިއަށް ނޫންތޯ ލީޑާރޝިޕްއޭ ކިޔާއުޅެނީ....

      4
      0
      • މުހައްމާ

        ވޯލްޑް ބޭންކް އިން ދިން ލޯން ދިނީ ޟަރުތު ކޮށްފަ ތިޔަ ބުނި ކަންތަށް ހިލޭ ސާބަހަށް ކޮށްދޭން. ޚޮންމެހެން އޭނަގެ ހެޔޮކަމަކުން ކޮށްދޭ ކަންތަކެއް ނޫން

      • އަހަންމަދު

        މުސްލިމުން ކަންކަން ކުރުމުގަ ބަލަންޖެހޭނީ އިސްްލާމް ދީނަށް. އެގިވަޑައިގަންނަވާނޭ ފަދައިން ރަޙުމަތްތެރިކަން އާލާކުރަންޖެހެނީ ރަގަޅު މީހުންނާ!؛ މަގާމުތަކަށް ލާންޖެހެނީ ގާބިލު އިޚްލާސްތެރިން. ވާތްގަށް އެދެންޖެހެނީ ﷲ ތަޢާލާގެ ކިބަފުޅުން. އަދި ސާބިތުކަމާއެކު ވަކީލު ކުރަންޖެހެނީ ﷲ ތަޢާލާ އަށް!
        ވިސްނަވާ. ތިޔަ ޕޯޑިއަމް ތަކުގަ ކަރުފަލަކޮށްފަ ހަޅޭއްލަވާ ބައިގަޑުގެ ދަށުދަރަޖައިގެ ޢަމަލުތަކާހުރެ އެބައިގަޑާއި ގުޅެން ބޭނުންނުވެގެން ދުރުގައި ތިބީ ކިތައް ގާބިލު ދިވެހި ދަރިންތޯ.
        އެ ބޭފުޅުން ހޯދާ އެބޭފުޅުން އަބުރުވެރިކަމާއެކު ރާއްޖޭގެ ލީޑަރޝިޕްގައި ބައިވެރިކުރުވައި، އެބޭފުޅުންގެ ޚިދުމަތް ގައުމަށް ހޯދައިދޭން އެގުން ނޫންތޯ އެއީ މޮޅުލީޑަރޝިޕަކީ؟
        ސިންގަޕޫރުގެ ލީ ކުައަން ޔޫ
        ވިދާޅުވީ އޭނާ ވެރިކަމަށް ވަޑައިގެންނެވި އިރުވެސް އެތަނުގައި ގަވައިދުތަކެއް ހެދިފަ ހުރިކަމަށާއި އޭނާ ކުރެއްވިހާވެސް ކަމަކީ އެގަވާއިދުތަޢް ތަންފީޒު ކުރެއްވުން ކަމުގައެވެ.

        އަޅުގަޑުމެންގެތެރޭ ގަވާއިދު ތަޢް ހެދިފަ ނެތީތޯއެވެ. ހޮޓާ،ކެފޭތަކު ސިރެޓް ބުއިން ހުއްދައީ ތޯއެވެ؟ ވަންވޭ މަގު ތަކުގަ ދެކޮޅަށް ދުއްވުން ހުއްދައީތޯއެވެ! ސިގިރެޓު ބޮމުން ސައިކަލު ދުއްވުން ހުއްދައީތޯއެވެ؟ މިހިރަ ކަންކަން ބަލާ ފިޔަވަޅު އަޅާބަތަކު (ވަކިން ޚާއްސަކޮށް އިންތިޚާބާ ކައިރިވީމަ) އެބަ އުޅޭތޯއެވެ.
        ހަރާމު މަގަގަކުން ކުރާކަމަކުން ރަގަޅު ނަތީޖާއެއް ނުނެރެވޭނެއެވެ.

    • ސާމް

      ތިއީ މުޅިންގޯސް ވާހަކައެއްވެސް ނޫނެވެ. އެކަމަކު ދިވެހިންނަކީ ދިވެހިންނެވެ. މިތާގަ ތިބިބަޔަކީ މި ދިވެހިންނެވެ. މިތާގަ ތިބި ބަޔަކު ގޮވައިގެންނޫންތޯ އުޅެވޭނީ އަދި އުޅެންޖެހޭނީ. މިތާގަ ނެތް ބަޔަކު ނުވަތަ ނެތްފެންވަރެއްގެ ބަޔަކު ހޯދާށޭ ކިޔާފަ ފަރަންޖީންނާއި އިންޑިޔާމީހުން ލައިގެންތޯ ގައުމު ހިންގަންވީ. ވިސްނަވާ. މިތާގެ ލީޑަރަކު ޖެހޭނީ މިތާ ތިބި ބަޔަކު ލައިގެން މަސައްކަތް ކުރަމުން އިސްލާހު ގެނެވޭތޯ ބަލާށެވެ. ސިންގަޕޫރުގެ ބާނީ ލީކާންޔޫވެސް މަސައްކަތް ކުރީ ހަމަ އެތާ އޭރު ތިބި ބަޔަކު ގޮވައިގެންނެވެ. މިއަށް ނޫންތޯ ލީޑާރޝިޕްއޭ ކިޔާއުޅެނީ....

  8. އަހަންމަދު

    ވަހީދޫ އަހަރުމެން އަހަންވީ ކާކުގެބަހެއް! ސޭކު އިލްޔާސްގެ ބަސްތަ ނޫނީ ކަލޭގެ ބަސްތަ؟
    އިލްޔާސް ބުނާގޮތުންނަމަ އޭނާ އެބުނާ މީހާއަށް ވޯޓުނުލައިފިނަމަ އެމީހަކަށް ﷲތަޢާލާ ބޮޑުު އަޒާބު ދެއްވާނެ.
    ގާސިމަށް ވޯޓުނުލައިފިނަމަވެސް އަޒާބު ލިބޭނެތަ؟
    ދެމީހުންގެ ރަގަޅު ފާހަގަ ޖަހައިފިއްޔާ ވޯޓު ބާތިލުވާނެނު!
    ދެންފަހެ ހަދަންވީގޮތެއް ނޭގުނޭ!
    ވަހީދޫ ބުނެދީބަލަ!

  9. ޒިންދާބާދު

    ގާސިމް ޒިންދާބާދު އިބޫ ބަރުބާދު މުއިއްޒު ބަރުބާދު ގާސިމް ޒިންދާބާދު އިބޫ ބަރުބާދު މުއިއްޒު ބަރުބާދު ގާސިމް ޒިންދާބާދު އިބޫ ބަރުބާދު މުއިއްޒު ބަރުބާދު ގާސިމް ޒިންދާބާދު އިބޫ ބަރުބާދު މުއިއްޒު ބަރުބާދު ގާސިމް ޒިންދާބާދު އިބޫ ބަރުބާދު މުއިއްޒު ބަރުބާދު ގާސިމް ޒިންދާބާދު އިބޫ ބަރުބާދު މުއިއްޒު ބަރުބާދު ގާސިމް ޒިންދާބާދު އިބޫ ބަރުބާދު މުއިއްޒު ބަރުބާދު

  10. އއ

    ކޯލިޝަން ހަދަން ނުޖެހިދާނެކަމުގެ ބިރަށް، ޤާސިމް ތެޅިފޮޅެނީ. ރިޔާސީ ޓިކެޓް ނުލިބުމުން ވަޙީދު މޮޔަވެގެން ކޮސްގޮވަނީ.

    7
    1
  11. އއ

    ވެރިޔަކަށް އަންނަމީހާގެ ހުރި ހިތްހެޔޮކަން، އޭ.ޑީ.ކޭ ހޮސްޕިޓަލްގެ އެގްރީމެންޓް އިތުރުކޮށްދިން ގޮތް މިސާލަކަށް ފުދޭ ނޫންތަ؟

  12. ށާމޫ

    މޮޅެތި މެނިފެެސްޓޯ ހަދައިގެން އައި ސަރުކާރެއް މިއަދުވެސް މިތާ އޮތީ. މެނިފެސްޓޯ ހެދިދާނެ އެ ބަލާފަ މީހުން އަންތަރީސްވެ ހޭބަލިވެގެން ވެއްޓޭވަރު މޮޅެތި ވާހަކައާއި ޚިޔާލު ހިމަނައިގެން. އެކަމަކު ހަގީގަތަކީ އެއްވެސް މެނިފެސްޓޯއެއް ހަގީގަތަކަށް ހެދޭނީ އެކަން ހިންގޭނެ ވަރުގެ ބުއްދި އާއި ތަޖުރިބާ އަދި ހިންގުންތެރިކަމާއި ވަރުގަދަ ސިޔާސަތު ހުރި ޝަހުސިއްޔަތެއް ހުންނަ ވެރިޔަކު ހޯދައިގެން ކަމެވެ. އަދި ހަގީގަތަކީ މިއަދުގެ ދައުލަތުގެ މާލީހާލަތު ތިޔަ ބުނާ މޮޅެތި ތަރައްގީގެ ކުލަވަރު ހުރި މެނިފެެސްޓޯއެއް ހިންގުމަށް ތަނެއް ނުދޭކަމެވެ. ރާއްޖެއަކަށް ތިޔަބުނާ މޮޅުތަރައްގީ ގެނެވޭވަރުގެ އާމްދަނީ މިއަދަކު ނުވަދެއެވެ. ވަންނަ އާމްދަނީވެސް މިޖެހެނީ ދަރަނި ދެއްކުމުގައި ބޮޑުބައި ބޭނުން ކުރާށެވެ. ދެން އަސާސީ ކަންކަން ނުކުރެވިގެން ޖެހެނީ އިތުރަށް ދަރަނިވެސް ނަގާށެވެ. އަދި ރާއްޖެ މިއަދުވަނީ ދަރަނީގެ ގޮތުން މުޅި ދުނިޔޭގައިވެސް އެންމެ ހާލަތު ދެރަކަމަށް ފާހަނގަުފެވިފައިވާ ލިސްޓުގެ ކުރީގައި ހިމެނިފައިވާ ގައުމެއްގެ ގޮތުގައެވެ. މި ވަގުތަކީ ގައުމު ނިކަން ނާޒުކު ހައްސާސް ހާލަތެއްގައި ވާ ދަނޑިވަޅަކަށް ވެފައި ދުނިޔޭގައި ބައިނަލްއަގުވާމީ ހަނގުރާމައެއް ފެށިއްޖެ ހާލަތެއްގައި ގައުމު ނިކަމެތިވެދާނެ ހާލަތެއްގައެވެ. މި ދަނޑިވަޅަށް ބޭނުންވަނީ ހަގީގީ ޝަހުސިއްޔަތެއް ނެތި އަދި ދައުލަތުގެ މާބޮޑު ތަޖުރިބާއެއް ނެތް ދަޅަދައްކާނެ ވެރިޔެއް ނޫނެވެ. މިއަދު ރައްޔިތުން ހޮވަން ޖެހެނީ އުނދަގޫ ނިންމުންތަށް ނިންމުމާއި ދަތިހާލަތްތަކުގައި ލީޑާޝިޕް މާޒީގައިވެސް ދައްކާފަހުރި ވަރުގަދަ ވެރިޔެކެވެ. މި ޝަރުތު އެންމެ ރަނގަޅަށް ހަމަވާ އެއްވެސް ކެންޑިޑޭޓަކު މިފަހަރަކު ނެތެވެ. އެކަމަކު މިއާއި އެންމެ ގާތްކުރަނީ ގާސިމް އިބްރާހިމް އެވެ. އެއީ ބަޔަކު ކިތަންމެ ނުރުހުނަސް ހަގީގަތް ނިމޭގޮތެވެ.

  13. މާރޝް

    މިމިންގަނޑުން ބަލާއިރުވެސް ރަންވަނަ ލިބޭނީ ޑރ. މުޢިއްޒަށް. ކޯވިޑް 19 ޕެންޑެމިކްތެރޭގައި މުވައްޒަފުން ބިކަކޮށްފަ، ޓީނޭޖަރަކާ ކައިވެނިކޮށް، ފަންއައިލަންޑްގެ ކޮޓަރިއެއްގައި ޕެންޑެމިކް ނިމެންދެން ހަނީމޫންގައިހުރި ގާސިމް އިބްރާހީމަކަށްނޫން.

  14. ނަޝްރީނާ މޫސާ

    ކުރީގެ ރައީސެވެ. މަނިކުފާނަކީ އަހަރެމެން ކުރިން ވަރަށް އިޙްތުރާމް ކުރި މީހެކެވެ. ދެން އިތުރަށް އަނގަގޮއްވަން ނޫޅުއްވާށެވެ. އަވަހަށް އެއްފަރާތެއްގައި މަޑުކޮށްލާށެވެ. ދެންވާނީ ބޭޒާރެވެ. އެއްވެސް ޙާލެއްގައި މީގެ 30 އަހަރުކުރިން ޕީއެޗްޑީ ހެދީމާ އެއީ ތިމާ އެންމެ މޮޅީކަމުގައި ހީނުކުރައްވާށެވެ. މިހާރު ތިފަދަ މީހުން ބައިވަރެވެ. ޤާސިމަކީ ހަމަ ހިތްހެޔޮ ބޭފުޅެއްހެއްޔެވެ؟ މީހުންނަށް އެއްޗެހި ދީ ކަލަގޮވައި ބަވަނީ އެހެންވެހެއްޔެވެ؟ މަނިކުފާނުވެސް ހިތުގެ އަޑިން މުޢިއްޒަށް ތާޢީދު ކުރައްވާނެެވެ. އެހެނަސް ވެރިކަމުގެ ދަހިވެތިކަމަކީ އިންސާނާ އުވަހަކުވެސް އަލާ ކެނޑޭ ކަމަކަށް ނުވާތީ މަނިކުފާނުވެސް އެހުވަފެން ދެކެނީއެވެ. މާތްﷲ ގެ ރަޙްމަތުން އެއްވެސް އުނދަގުލަކީ ނުލައި ވާދަނުކޮށް އެއްފަހަރު ވެރިކަންކޮށްލަން ލިބެއްޖެނޫންހެއްެޔެވ. ދެންވެސް ވީ އުފަލާއި މޮޅުގައި އަތް މޮޑުއްވަމޮޑުއްވާ ގޭގައި އިންނަވާށެވެ. މިހާރު ގެ ކުއްޔަށް ދެއްވައިގެންވެސް ވަރަށް ގިނަ ލާރި ލިބޭނޫންތޯއެވެ. އަހަރެމެން މިއުޅެނީ އަދިވެސް ވަރަށް ޙާލުގައެވެ. މަހުން މަހަށް ޒަޫރީ ބޭނުންތައް ފައްދާލާނެފަދަ ނެތިގެންނެވެ. މުސާރަކޮޅު މަހުގެ ވިއްސާ ހަމައަށް ދާއިރަށް ހުސްވެއެވެ. ދެން ޖެހެނީ ރައްޓެއްސަކަށް ސަލާން ޖަހައިގެން ބޭނުންތައް ފުއްދާލާށެވެ. މިކަންކަމަށް ޙައްލެއް ހޯދައްިދެއްވަން ވަކާލާތުކުރައްވާށެވެ. ބައެއް މީހުންނަށް 20000ރ 25000 ރ ދޭއިރު އަނެއް ބަޔަކަށް 7000ރ އަކީ ހަމަ އިންސާފތޯއެވެ.

  15. Anonymous

    މީހަކު އެކުސިޑެންޓުވެ ހަތެރެސްފައި ބިނދިއްގެން ޒަހަމް ވެއްޖެއިޔާ އޭނާއަށް ފަރުވާކުރަން ހަވާލު ކުރަންވީ ކާޕެންޓަރަކާއި ނުވަތަ އިންޖިނިއަރަކާއިތޯ.؟ ނޫނީ މެޑިކަލް ޑޮކްޓަރަކާއިތޯއެވެ. އެހެންކަމުގައިވާނަމަ، ދަރާފައިވާ ގައުމެއްގެ ވެރިކަން ހަވާލު ކުރަން އެންމެ ރަނގަޅުވާނީ ސިވިލް އިނޖިނިއަރަކާއި ތޯ؟ ނުވަތަ ވިޔަފާރިއާއި މާލީކަންކަމުގެ ތަޖުރިބާކާރަކާއިތޯއެވެ.؟ ޖަވާބު ވަރަށް ސާފު ދެއްތޯ. ގާސިމް އިބްރާހީމްއަށް ވުރެ މާލީކަންކަމާއި ވިޔަފާރީގެ ތަޖުރިބާ ހުރި އެހެން ކެންޑިޑޭޓެއް އެބަހުރިތޯ.؟