ދިވެހިންގެ އާއިލާ އެއް އަވަށްޓެރި ސްރީލަންކާ އިން ހައްޔަރުކޮށްފިއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުން ހައްޔަރު ކޮށްފައި ވަނީ މޯލްޑިވިއަން އަައިޑޮލް އިން މަޝްހޫރު ވި ލަވަކިޔުންތެރިޔާ ހުސައިން އިރުފާން (ޒަކިއްޓޭ)ގެ އާއިލާގެ ބައެކެވެ.

ލަންކާ އިން ދިވެހި އާއިލާއެއް ހައްޔަރުކޮށްފައިވާކަން ފޮރިން މިނިސްޓްރީން "ވަގުތު"އަށް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު "ވަގުތު"އަށް ވިދާޅުވީ، ލަންކާއިން ދިވެހި އާއިލާއެއް ހައްޔަރުކޮށްފައިވާކަމުގެ މައުލޫމާތެއް މިއަދު ލިބިފައިވާ ކަމަށެވެ.

މިއުވާން ވިދާޅުވީ، އެފަދަ މައުލޫމާތެއް ލިބިގެން މިހާރު ބަލަމުންދާ ކަމަށެވެ. އެމީހުން ހައްޔަރުކޮށްފައި ވަނީ ކޮން ކަމަކާއި ގުޅިގެންކަން އޭނާ ސާފުކޮށް ދީފައެއް ނުވެއެވެ. އޭނާ ވިދާޅުވީ، އެކަން ބަލަމުންދާ ކަމަށެވެ.

"މާބޮޑު ޑީޓެއިލްއެއް އަދި ލިބިފައެއް ނެތް، މިހާރު ބޭރުގައި އުޅޭ މީހުންގެ ވިސާ އިޝޫސް އެބަ ދިމާވޭ، ބޭރުގައި ތިބި ހުރިހާ އެންމެންނަށް އަހަރުމެން އެބަ އަންގަން ވިސާ ކަންތައްތަކުގައި ސަމާލުވާން" މިއުވާން ވިދާޅުވިއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ލަންކާ އިން ދިވެހިން ހައްޔަރު ކުރީ އެމީހުންގެ އަތުގައި އެއްވެސް ލިޔެކިޔުމެއް ނެތިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ގޮއްބުރި

  ހާދަ އާދައިގެ ބަހުރުވައިން މިއުވާނު ވާހަކަ ދައްކަނީ؟ ބަލަ ސަރުކާރުގެ ވުޒާރާއަކުން ނޫސްވެރިންނަށް މައުލޫމާތު ދޭއިރު ކަލޭ ކަލޭ ކިޔައިގެން ވާހަކަ ދައްކާ އަޑެއް އަދި ނާހަން މިފަހަރު ނޫނީ!

  46
  2
 2. ައަހުމަދު

  ބަލަ މިޤައުމުގައި އެކަނި އުޅެވޭނީ ވިސާޔާނުލާ ، ދެން ދުވަސްކޮޅަކުން ޤަވައިދަށް ފައްތާނެ މީބޮޑު ޖޯކެއްކަހަލަ ޤާނޫން އާއި ޤަވައިދެއް އޮންނަ ޤައުމެއް . މިޤައުމުގެ އުފަން ރައްޔިތުން އުޅެންޖޭހެނީ މިޤައުމުގައި އޮންނަ ޤާނުޫން އާއި ޤަވާއިދުން ސަލާމަތްނުވެގެން ، ބިދޭސިން އުޅޭނީ ހިތުހުރިގޮތަކަށް އޯކޭ ވާނެ

  71
  1
 3. ދެރަ

  އަޖައިބަކީ ރާއްޖޭގަ ދުވަހަކުވެސް ވިސާމައްސަލައިގަ މީހަކު ހައްޔަރުކުރާއަޑު ނީވޭތީ

  72
  1
 4. މުހައްމަދު

  އެއީ ބޭރުގައުމުގަ ދިވެހިން ވިސާ މައްސަލަ ދިމާވެއްޖިއްޔާ ވާގޮތަކީ. އެކަމަކު މިރާޢްޖޭގައި ބިދޭސީން އެއުޅެނީ ވިސާއެއް ވޯލް ޕާމިޓެއް އެކައްޗެއްވެސް ނެތި ފްރީކޮށް. ރާއްޖޭގެ އިޤްތިޞާދުން އެތައް މިލިއަން ޑޮލަރެއް ބޭރުކުރަމުން. ޒިިންމާދާރު މުއައްސަސާތަކާއި އެތަންތަނުގައި ތިބި ވެރިން ލަދެއް ނުގަނޭތޯ؟ ވަޒީފާގެ މަސްޢޫލިއްޔަތު އަދާނުކުރެވޭ ތާގަ ލިބޭ މުސާރަ ހަލާލުތޯ؟

  55
  1
 5. ބޮޑީ މޫސަ

  ޢެކަމު ރާއްޖޭގަ އުޅެވޭ ވިސާ ނުލާވެސް

  52
 6. ޑަރޭ

  ލެޔެކިއުން ނެތި ފުރީކޮށް ހަމަ އެކަނި އުޅެވޭ ގައުމަކަށް އޮންނާނީ ދިވެހިރާއްޖެ. އެވެ ސް ހާއ ސަކޮށް ބަނގުލަދޭ ސް ބޭފުޅުންނަށް.

  62
 7. އަލި ރަސްގެފާނު

  "ލަންކާ އިން ދިވެހިން ހައްޔަރު ކުރީ އެމީހުންގެ އަތުގައި އެއްވެސް ލިޔެކިޔުމެއް ނެތިގެންނެވެ." އެހެން ނަމަވެސް ރާއްޖޭގައި މިކަން އޮތީ ދިމާއިދިކޮޅަށް، ކުޅުދުއްފުށީގައި މިހާރު އުޅޭ ބަންގާޅި ދެބޭފުޅުން އަތުގައި އެއްވެސް ލިއުމެއްނެއް އެހެންވެ އެމީހުން ގައުމަށް ފޮނުވާލެވޭކަށްވެސް ނެއް ހައްޔަރުކުރެވޭކަށް ނެތް، ދިރިއުޅޭނެ ތަނެތްނެތް އެހެންވެ މިހާރު އުޅޭކަމަށްވަނީ ހަދާނިމި މީހުން ދިރިއުޅޭން ހަވާލުނުކޮށްހުރި ފްލެޓެއްގައި އެވެސް އެމީހުން އަމިއްލަޔަށް އެތަނަށްވަދެ... ކިހާ އަރާމު

 8. އާރު

  މިލިއުން ކިޔައިމާ ސިސްސައިގެން ހިނގައްޖެ. ކޮބައިތަ މިތަނުގެ ފުލުހުން. ކޮބައިތަ މިތަނުގެ އިމިގުރެޝަން. ކޮބައިތަ ދިވެހިދައުލަތް. ދައުލަތުގެ ފައިސާ ޚަރަދުކުރާނެގިތާ ބަހާނެގޮތާ ލޯނު ނަގާނެގޮތާ ވަކިބަޔެއެއްގެ މައްޗަށް ދައުވާ ކުރުމާ ވަކިބަޔަކު ޙިމާޔަތް ކުރުމާ ޓެކުސް ނެހުމާ ޖޫރިމާނާ ކުރުން އެކަނިތަ. ދައުލަތް ހިންގުމަކީ.

 9. ޙަފޮޅު

  ބަލަ ކަލޭކިޔަސް ނުކިޔަސް މިހާރު ވާނީ ހަމަހަމަ
  މީ އެޖެންޑާ 19 ވަކިއުސޫލެއް ވަކިގޮތެއް ނެތް
  ކީއްކުރާނީ ހުރިހާކަމެއް މިދަނީ ގާދޫކޮލުން ބޭރަށް