އަވައްޓެރި ސްރީލަންލާގައި ތިބި ރާއްޖެ އަންނަން ބޭނުން ދިވެހިންނަށް އެފުރުސަތު ހުޅުވާލައިފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، ލަންކާގައި ތިބި ރާއްޖެ އަންނަން ބޭނުންވާ ދިވެހިން ގެނައުމަށް ޖުލައި ދެ ވަނަ ދުވަހު ކޮލޮމްބޯއިން ހާއްސަ ފްލައިޓެއް އޮންނާނެ ކަމަށެވެ.

މޯލްޑިވިއަންގެ މި ފްލައިޓްގައި 200 ދިވެހިންނަށް ޖާގަ ލިބޭނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މިނިސްޓްރީން ވިދާޅުވީ، މި ފްލައިޓްގައި ރާއްޖެ އަންނަން ބޭނުންފުޅުވާ ދިވެހިން ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ގުޅައިން އިންތިޒާމްތައް ހަމަޖެއްސޭނެ ކަމަށާއި ރާއްޖެ އަންނަ ބޭނުންވެގެން ހައިކޮމިޝަނަށް އަންގާ ފަރާތްތަކަށް ފްލައިޓާ ބެހޭ މައުލޫމާތު ހައިކޮމިޝަނުން ފޯރުކޮށްދެމުން ދާނެކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ނާދެވި، ބޭރު ގައުމުގައި ތާށިވެފައި ތިބި ދިވެހިން ގެނައުމަށް ފޮރިން މިނިސްޓްރީ އާއި ގުޅިގެން މޯލްޑިވިއަނުން އަންނަނީ ގިނަ ފްލައިޓްތަކެއް އަޅަމުންނެވެ.

އެގޮތުން ކޮވިޑް-19 ފެތުރެން ފެށުމާއެކު މިހާތަނަށް 38 ފްލައިޓަށްވުރެ ގިނަ ފްލައިޓް އަޅާފައިވާ ކަމަށާއި 4000 އަށްވުރެ ގިނަ މީހުން ބޭރުގެ އެކި ގައުމުތަކުން ރާއްޖެއަށް ގެނެސްފައިވާ ކަމަށް މޯލްޑިވިއަނުން މީގެ ކުރިން ވަނީ ބުނެފައެވެ.

މީގެ އިތުރުން 11 އަށްވުރެ ގިނަ ފްލައިޓެއްގައި 1094 އަށްވުރެ ގިނަ މީހުން ރާއްޖެއިން ބޭރަށް ފޮނުވާފައިވާއިރު މިއަދުވެސް ބަންގްލަދޭޝްގެ 200 މީހަކު ވަނީ ގައަށް ފޮނުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު