ދެން ފުލުހުން ތަޙްޤީޤު ތަޙްޤީޤު ކުރާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ އެކްޓިވިސްޓުން އެދޭ ކަންތައްތައް އެކަނި ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ދާދިފަހުން އިދިކޮޅު ޕީޕީއެމްގެ މުޝީރުކަމާއި ހަވާލުވެ ވަޑައިގެންނެވި ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ބާރުގެ ދަށަށް ޖިނާއީ ތަޙްޤީޤު ގެންގޮސް، ޖޭއެސްސީ އިން ކޯޓުތަކުގެ ހިންގުމުގެ ނިޒާމަށް ވަދެ، ރާއްޖޭގެ އިސްލާހީ މަސައްކަތް މުޅިން ކިލަނބުކޮށް، ސިޔާސީ ޝިކާރައަކަށް ހަދައިފި ކަމަށެވެ.

"ދެން ތަޙްޤީޤު ކުރާނީ މަޖިލިސް ރައީސް އާއި އެމްޑީޕީގެ އެކްޓިވިސްޓުން އެދޭ ކަންތައްތައް އެކަނި. ޕޮލިސް ކޮމިޝަނަރ އަދި ބޮޑު ފަނޑިޔާރު މަނިކުފާނަށް ވުމުން ފުރިހަމަ ޑިކްޓޭޓަރަކަށްވެ ނިމުނީ." ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ވަކި ކުށްތަކެއް ދެން ކުށަކަށް ނުވާނެކަން ފޮޓޯތަކުން މިހާރު ފެންނަން ފަށައިފި ކަމަށެވެ.

ޖަމީލްގެ ޓްވީޓްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމާއި އެމްޑީޕީ މެންބަރުން މާރާމާރީ ހިންގިއިރު ކަންތައް ކުރަންވީ ގޮތުގެ "އިރުޝާދު ދެއްވަން" ނަޝީދު ހުންނެވި މަންޒަރު ފެންނަ ފޮޓޯއެއް ވެސް ހިމަނުއްވާފައެވެ.

ދެން ތަޙްޤީޤު ކުރާނީ އެމްޑީޕީގެ އެކްޓިވިސްޓުން އެދޭ ކަންތައްތައް އެކަނި ކަމަށް ޖަމީލް މިއަދު ވިދާޅުވިއިރު ސަރުކާރުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ފުލުހުންގެ ބިލްގައި މަޖިލީހަށް ބޮޑެތި ބާރުތަކެއް ވަނީ ދީފައެވެ. ހާއްސަކޮށް މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީއަށް ވަކިވަކި ފުލުހުން ހާޒިރުކޮށް، ސުވާލު ކުރުމުގެ ފުރުސަތު ވެސް ވަނީ ފަހިކޮށްފައެވެ.

ފުލުހުންގެ ބިލް މިހާރު އޮތްގޮތައް ފާސްކޮށްފިނަމަ، ރައްޔިތުންގެ މަޖިލީހުގެ ނުފޫޒު ފުލުހުންގެ މައްޗަށް ފޯރާނެ ކަމަށް ބުނެ، ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބެއްޔާ

    ތިކަންވެ ނިމިއްޖެ. މިހިނގަނީ ބަރުލަމާނީ ނިޒާމު ކަމުން ރިޔާސީ. އެމްޑީޕީ ފިކުރުގެ ވަކީލުންނަށް ތަފާތު ނުފެންނަނީބާ. ރުހުމުގެ ލޮލަށްއައިބެއް ނުފެންނާނެތާ. މަޖްލިހުގެ ރައީސަކީ ބޮޑުވަޒީރު، މެމްބަރުންނަކީ މިނިސްޓަރުންނާއި ތަހުޤީގު އިދާރާތަކުގެ ވެރިން. މިއީ ބަރުލަމާނީގެ ސިފަތަކެވެ. މިގައުމު ހިނގަމުންދަނީމިމަގުންނެވެ. އިބޫއަކީ ކީއްކުރާ މީހެއްބާ؟؟؟؟ އިބޫ އަދިވެސް ސައިލެންޓްވާންވީ

  2. މުހަންމާ

    ދެން ހަޖަމްކޮއްލާ ބޮޑިބަތް ޖަމީލް. ދެން ލަލަލާ...