ޖިންސީ ގޯނާ ފަދަ ހާދިސާއެއް ހިނގުމުން އެ ހާދިސާ ގުޅިގެން އިތުރު މައްސަލަތައް މީހުން ރިޕޯޓް ކުރާ ވަރު އިތުރުވާ ކަމަށާއި، މިފަދަ މައްސަލަތައް އަންނަ ޕެޓާން މިހާރު ދެނެގަނެވިފައިވާކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޖެންޑާ މިނިސްޓްރީ، އައިޖީއެމްއެޗް އަދި ޕީޖީ އޮފީހާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޝަމީމް ވިދާޅުވީ، މިފަދަ މައްސަލަތައް އަންނަ ޕެޓާން މިހާރު ދަނެގަނެވިފައިވާ ކަމަށާއި، އެއް މައްސަލައަކާއި ގުޅިގެން އަނެއް މައްސަލަ ފެންމަތިވާނެ ކަމަށް މިހާރު ތައްޔާރުގައި އެބޭފުޅުން ތިބޭ ކަމަށެވެ.

މިސާލެއްގެ ގޮތުން ޝަމީމް ވަނީ މިއަހަރު ޖެނުއަރީ މަހު މީހުން ރިޕޯޓް ކޮށްފައިވާ މިންވަރު އިތުރުވެފައިވަނީ ކަނޑުހުޅުދޫ ގައި ހިނގާދިޔަ ހާދިސާ އާއި ގުޅިގެން ކަން ފާހަގަ ކޮށްފައެވެ.

"އެއާއި ގުޅިގެން ވަރަށް ގިނަ މައްސަލަތައް ރިޕޯޓް ކުރެވިގެން ދިޔަ. އަނެއްކާ މިހާރު މިހިނގައިގެން އުޅޭ ކަންތަކާއި ގުޅިގެން ހަމަ ވަރަށް ބައިވަރު މައްސަލަތައް ރިޕޯޓް ކުރެވިގެން ދާނެ" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، އެކަމަށް ތައްޔާރުވެފައިވާތީ، އެބޭފުޅުންނަށް އެފަދަ މައްސަލަތަކެއް އަންނަނީ ކޮން ރަށްތަކުން ކަމާއި ކޮން ހިސާބުތަކުން ކަން ދެނެގަނެވިފައިވާ ކަމަށެވެ. އެހެން ކަމުން އެފަދަ މައްސަލަތައް ކުރިއަށް އޮތްތާ އަންދާޒާ ކުރަން އެނގޭނެ ކަމަށާއި މިގޮތަށް މި މަސައްކަތް ކުރިއަށް ގެންދެވިއްޖެނަމަ، ކުރިއަށް އޮތް 2-3 އަހަރު މާ އެފިޝެންޓް ކޮށް އެކަން ކުރެވޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަމީމް ވަނީ މިދިޔަ އަހަރު ހުށަހެޅިފައިވާ މަައްސަލަތަކާއި މިއަހަރު ހުށަހެޅިފައިވާ މައްސަލަތަކުގެ ހިސާބު ހާމަ ކޮށްފައެވެ. އެގޮތުން މިދިޔަ އަހަރު ޖިންސީ ކުށުގެ 122 މައްސަލައެއް 71 ދުވަސްތެރޭ ކޯޓަށް ހުށަހަޅާފައިވާއިރު، މިއަހަރު މިހާތަނަށް 39 ދުވަހުގެ ތެރޭގައި 106 މައްސަލައެއް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޝަމީމް ވަނީ ފާހަގަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ނޭނގޭތީ އަހާލީ

  މިހާރު މާސްކު އެޅުން ހުއްދަވީތޯ

 2. ޖަމީލާ

  މަނިކުފާނު މަޤާމާއި ޙަވާލުވެ، 1 އަހަރު ކޮށްފަ ހުދުހެދުން ތުރުކުރައްވައިގެން ފިޓް ޕީޖީއަށް ވެވަޑައިގެން ނޫސްކޮންފަރެންސްއަށް އަރާވަޑައިގެން ޖިންސީ ގޯނާ މައްސަލައިގެ ޕެޓާން ދެނެގަނެވިއްޖެއޭ ބުނުމަކުން ނުފުދޭ. މިޤައުމު އިންޑިޔާއަށް ވަންދެންތޯ ތިމަޑުކުރައްވަނީ. މަނިކުފާނަށް ޕެޓާން ދެނެގަނެވުނު ފަހުންތޯ ޢިއްފަތްފޭރުމުގަ މިޤައުމު ފާލުންނައްޓައިގެން މިދަނީ؟

 3. ފެކްޓް

  ކަލޭ އަނގަ ނުހުޅުވާ ހުރިޔެއް ތާހިރުވާނީ! އެއްވެސް އޮޓަރެއް ހުންނަ ވާހަކައެއް ދައްކަން ނޭގޭ. ކުޑަކުދިންނާ ވާކަހަ ދައކާހެން ހޯވަނީ.
  ކަންކަބް ވާގޮތް ނޭގިތަ ހައްލު ނޮހޯދިގެން ފިޔަވަޅުނޭޅިގެން އުޅެނީ!

 4. ޔޫތު

  Hus foni

 5. ކިއުން ތެރިއެއް

  ޕީޖީ އަށް އަދި ކިރިޔާ ތި އިނގިލެއްވީ؟