ކަރަންޓް ބިލްބޮޑުވުމާއި ގުޅިގެން ރައްޔިތުން ރުޅިގަދަވެ، އެކަމާއި އަޑުއުފުލުމުން ޖޫން މަހުގެ ބިލުން 40 އިންސައްތަ ކުޑަ ކޮށްފި އެވެ.

މިގޮތަށް ކުޑަކުރިކަން ހާމަކޮށްފައި ވަނީ ކަރަންޓްބިލް ބޮޑުވެގެން އެކަމުގެ ޝަކުވާ ކުރަމުން ދަނިކޮށް މިއަދު ހަވީރު ސްޓެލްކޯގައި އެކަމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެއްގެ ތެރެއިންނެވެ.

ކޮވިޑް-19 އާ ގުޅިގެން އޭޕްރިލް މަހާއި މެއި މަހުގެ ފެނާއި ކަރަންޓް ބިލް ކުޑަކޮށްދޭން ސަރުކާރުން ނިންމިއެވެ. އަދި މި ދެމަހުވެސް ކަރަންޓު ބިލުން 40 އިންސައްތަ ފެން ބިލުން 30 އިންސައްތަ ކަނޑައިދީފައި ވެއެވެ.

އެހެން ނަމަވެސް މި މަހު ކަރަންޓް ބިލް އައިއިރު އައިސްފައި އޮތީ އެހެން މަސްތަކަށްވުރެ މާބޮޑު ބިލެކެެވެ. އެކަމާއި ގިނަ ރައްޔިތުންތަކެއް ޝަކުވާ ކުރަމުން ގޮސްފައިވާއިރު، އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށްވެސް ވަނީ ހުށަހަޅާފައެވެ.

އެހެންވެ ޖޫން މަހުގެ ކަރަންޓް ބިލްވެސް ސަބްސިޑައިޒްކޮށް، ބިލުން 40 އިންސައްތަ ކަނޑާލަން ސްޓެލްކޯއިން ވަނީ ނިންމާފައެވެ.

ސްޓެލްކޯގައި މިހާރު ކުރިއަށްދާ ބައްދަލުވުމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ، ކަރަންޓް ބިލާއި ގުޅޭ ގޮތުން މައުލޫމާތު ސަރުކާރާއި ހިއްސާ ކުރި ކަމަށާއި، ގޭތަކަށް ފޮނުވި ބިލަކީ އެންމެ އެކިއުރޭޓް ބިލް ނޫން ކަމަށް ގަބޫލު ކުރާ ކަމަށެވެ.

ސްޓެލްކޯއިން މިއަދު ބޭއްވި ބައްދަލުވުން -ވަގުތު އިމޭޖްަސް: މުހައްމަދު އަފްޒަލް

"ބިލް ހަދަން މީޓަރު ނަމްބަރު ފޮނުވަން ބުނުމުން މެއި މަހު 80 އިންސައްތަ މީހުން ނުފޮނުވާ. އެހެންވީމަ ހެދީ ތިން މަހުގެ ކަރަންޓް ބިލް ބޮޑުވި މިނަށް ބަލާފައި އެވްރޭޖް ނެގީ". މުޣުނީ ވިދާޅުވިއެވެ.

މުޣުނީ ވިދާޅުވީ، ބިލް ހެދީ ހޫނު މޫސުމަށް ވެފައި ކުދިންނާއި މީހުން އޮފީހަށް ނުގޮސް ގޭގައި ތިބެން ޖެހުމުން ކަމަށެވެ. އަދި އެކަން ކުޑަ ކުރުމަށް އެނާޖީ ސޭވިންގ ވޯކްޝޮޕެއް ހިންގި ކަމަށް މުޣުނީ ވިދާޅުވިއެވެ.

އަދި ބޮޑެވި ގިނަ ކަރަންޓް ބިލަކީ އެވްރޭޖް ބިލަށް ހެދި ގޭތަކުގެ ކަރަންޓް ބިލްކަންވެސް މުޣުނީ ވަނީ ފާހަގަކުރައްވާފައެވެ.

"ބިލްގެ ރީޑީންގ ލިބެން ޖެހޭ ބިލް އެކިއުރޭޓްވާން، ތާރީހުގައިވެސް އެވްރޭޖްކޮށް ބިލެއް ހެދީ އަލަށް. ބިލް ނުހަދާ ވާކަށް ނެތް، އެއްފަހަރާ ބިލް ހަދައިފިއްޔާ މާބޮޑުވާނެ". މުޣުނީ ވިދާޅުވިއެވެ.

މުޣުނީ ވަނީ ޖޫން މަހުގެ ކަރަންޓް ބިލް ސަބްސިޑައިޒަ ހިމަނައިގެން އިސްލާހް ކުރުމަށްފަހު އަލުން ގޭތަކަށް ބިލްތައް ފޮނުވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން ސްޓެލްކޯއިން ވަނީ ކަރަންޓު ބިލްތައް ބަހާލައިގެން ދެއްކޭނެ ގޮތް ގޭބިސީތަކަށާއި ވިޔަފާރިތަކަށް ހަމަޖައްސައިދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

 1. ބޯގޯސް

  ލޮލް މިވެރިންގެ ނުހުރެޔޭ ހޭވެރި ކަން އެއް ކަމެއްގަވެސް ރައްޔިތުން މިޖެހެނީ މިމީހުން ހޭވެރި ކުރުވަން ހުސްވަގުން

  61
  1
 2. ޢެނެއްކާވެސް

  ޢެނެއްކާވެސް ރައްޔަތުން ސަރުކާރައް ސަލާމް ޖެހުމުގެ ސަގާފަތެއް އުފައްދަނީތައް....

  41
  1
 3. ޢެެނެއްކާވެސް...

  އެނެއްކާވެސް ރައްޔެތުން ސަރުކާރައް ސަލާން ޖެހުމުގެ ސަގާފަތެއް އުފައްދަނީތައް...
  ..
  ( ކޮންމެފަހަރަު ރައްޔަތުން އާދޭސްކުރީމަ ނުވަތަ ރައްޔަތުން ރަތައް އެރީމަ ނުވަތަ މުޒާހަރާ ކުރީމަ ކަންކަން ކޮއްދޭ އުސޫލުން ކަންކަން މިހާރު ކުރަމުން ދަނީ..)

  33
  • ދޮގު ބޮނޑި

   ހުސް ދޮގު. މިއަދު ގުޅީމަވެސް ބުނީ އެވްރެޖް ބިލް ހެދީ އެޕްރީލް މޭ މަހު އޭ. ޖޫން ބިލް ހެދީ ރީޑިން ނަގައިގެނޭ. ހަމަ ޔޫސޭޖް ބޮޑުވެފައޭ. އެކަމް މުގުނީ ބުނެފަ އޮތީ އެހެން އެެއްޗެއް.

   12
   1
 4. ސޮނިފޮދު

  ޖޫން މަހުގެ ބިލް ބޮޑުކުރެވުނީ އޮޅުމަކުން.... ސަރުކާރު

  39
 5. ލީޝް

  ބިލްތައް ބޮޑުވިގޮތް ބަލަންޖެހޭ. ދިސް އިޒް ނޮޓް އަ ސޮލިއުޝަން...

  36
  1
  • ޢަހޫ

   މުރުގީ އެހެދީ ބޮޑުދޮގެއް އަހަރެންމީ ހުރިހާމަހެއްގެ މީޓަރފޮޓޯ ފޮނުވިމީހެއް. މިގޭބިލްވެސް 3އަހަރު ނާރާވަރުގެ ބިލެއްލިބުނީ. ލޮ ކްޑައުންވިޔަސް ބޮޑުވަންޖެހޭނީ %100ތަ. ޢެ ކަމަ ކު އެއަށްވުރެވެސްބޮޑުބިލެއް ލިބުނީ. މީސީދާޖަރީމާއެއް.މި ކަންބަލަންޖެހޭ.

   13
   2
 6. ކަނީރު

  މިހާރު ފައިސާދެއްކި ފަރާތްތަކަށްއޮތީ ކޮންގޮތެއް؟

  42
 7. އހ

  އެހެންވީމަ މުޙުނީ ތިއޮތީ ބޮޑު ބައްކަމެއް ކޮއްފަ. ލަފާކޮން އެވްރެޖް ހަދަން ޖެހޭތަ؟،، ހިތަން އެރިވަރެއް ބިލުގައި ލެޔެފަ ތި ފޮނުވީ މި ވަގުސަރުކާރަން ރައްޔިތުން ފެލާލައިއގެން ލާރި ހޯދަދޭންތަ؟ އެއްމެ ފަހު ވަގު މުޙުނީ...

  32
  1
 8. މާޅު

  ކޮވިޑާއި ގުޅިގެން ރައިސްމީހާ ބުނި %40 ކުޑަ ކުރާނަމޭ ދެން ކޮން، ޖޫން، ޖުލައިއެއް، 24 ގަޑި އިރު ހަމައިން ނެއްޓުނީމާ، ދެން އެބަގޯސްވޭ ؟ހަމައިން ނެއްޓެން ވަކިއިރުއިރު ހުންނަންވާނެ ދެއްތޯ

  23
  1
 9. އިނގޭތަ

  ކަރަންޓްބިލްވެސް ޒައިޒައް، އެފް އޭ އެމްއާކުޅެލީމަވެސް ސަޒައްތިރިކޮއްލީ...ސަޅި

  23
 10. ޭއަންތަރީސް

  ބިލް ބޮޑުނުވާ ކަމަށް ވޭތަ؟

  14
 11. މުސާގުއަ

  މަ ބިލް ދައްކަެިފިން 2 ޖުލައި އަށް ޑިއުވާތީ

  12
 12. ޢަލިބެ

  މީ އޮޅުންބޮޑު ސަރުކާރު. ހުރިހާކަމެއްވެސް އޮޅުމަކުން ވަމުންދާނީ. ހޭވެރިކަން ނެތްބަޔަކަށް ހުރިހާކަމެއް ހަވާލުކޮށްގެންތިބެ ކޮންމެހެން ރައްޔިތުން ރަތަކަށްނޫން އެހެން ކުލައެއް އަރާކަށް ނުޖެހޭދޯ.

 13. ޜައްޔިތެއް

  ކޮބާ ފެނަކަ އިން ދިން ބިލްތަކުން ވެސް ސަބްސިޓައިޒް ނުކުރޭ. މި ވާހަަކަ ނުދައްކާ އެކަކުވެސް...

 14. މުގުރިހަ

  ފެންބިލު ބޮޑު ވީ އަތްދޮންނަލެން ގިނަކަމުން! ތިހެންކަން ބުނާނީ މާކުރިންވެސް އިނގޭ! ކީއްވެތޯ މުގުނީ އާއި ސެޓެލްކޯގެ އެހެނިހެން ވެރިން ދިރިއުޅޭގޭގެ ކަރަންޓުބިލުގެ ސްކްރީންޝޮޓެއް ނުދެއްކީ! ވެގުން ވާނީ ވަގުންނަށް!

  4
  1
 15. Anonymous

  އިސްތިއުފާދީފަ ގެއަށް ވަޑައިގަނޭ . އަހަރެމެން ހައްޕު ކިޔައިގެން ތިބިނަމަ ޖެހޭނީ މިމީހުން ބުނާހާވަރެއްގެ ބިލެއް ދައްކަން

  6
  1
 16. ށުކުރު

  ކިހިނެއް އެނގެނީ %40 ކަން އިތުރަށް ލެވުނީ. ހިތައް އަރާ ގޮތަކަށް ހިސާބު ޖަހާ ބައެއް ދޯ..

  4
  1
 17. ރައްޔިތުން

  200% ބޮޑު ކޮށްފަ %40 ކަނޑާ މިދިނީ...

 18. ބުއްޅަބޭޭ

  މުޢުނީގެ މުސާރައިން އުނިކުރިބައި ނެގީއުތަ!

  5
  1
 19. ރަބަރޭ

  ތީ އަނެއްކާ “ އޮޅިގެން “ ހެޔޮކުރެވުނީކީ ނޫންބާ

 20. އައްޔަ

  ކުޑަކުރިއަސް ނެތް ސަލާމަތެއް
  ނޫސް ވެރިން މިކަ މާ އުޅެދީ ހެޔޮނުވާނެ

  2
  1
 21. ފާތޭ

  ކޮބާ ރާއްޖެ ތެރޭ މީހާ ބާކީވީ?????????? މިވަރު މީހުން މިއުޅެނީ??????????????????????

 22. އަޙްމަދު

  ބަޔަކު މިކަމާ މައްސަލަ ނުޖެއްސިނަމް ޖީބަށް އަޅާނެ ރަނގަޅު ލާރިކޮޅެއް ލިބުނީސް! މީހާރު މިވީގޮތުން ވަރަށް ދެރަ!

 23. ކައުންސެލަރު

  ސްޓެލްކޯއިން މިނިންމުން އައިއިރު ފެނަކަ ގޮތްދޫނުކޮށް ގޮތުގައި ހިފަހައްޓައިގެން. މެއި މަހަަށްވުރެ ޖޫންމަހުގެ ބިލު 100 ފަސަންޓް ބޮޑު. ރޯދަމަހޭ އަނެކައްޗެކޭ ކިޔާއިރު މެއި25 ން ޖޫން 24 އަށް ބިލުހެދިއިރު ރޯދަމަސް ގޮސްފި. ޖޫން މަހުގައި ގިނަވެގެން އޮންނާނީ ހަރޯދައިގެ 6 ދުވަސް. މިހިރީ ކަރަންޓް އަގުހެޔޮކޮށްފަ?

 24. ނޫސްކިޔާމީހާ

  ދެންރާއްޖެ ތެރޭގެ ބިލްތަކޯ މިއަށް ވެސް ލުއި ގޮތެއްހަދާދޭންޖެހޭ ދޯ އަޅުގަނޑު މެން ގެޔަކީ އެންމެ ދެމިހުން ދިރިއުޅޭގެޔެއް . އެކަމަކު ބިލަށް 700 ރުފިޔާ އަރާފަ އިން މީ ބޮޑުވަރެއް . އަހަރެމެންނަކަށް އެޕްރީލު މަހަކުވެސް ބިލްކުޑައެއް ނުވޭ މޭ މަހުގަ އެކަނި ކުޑަވީ މިވާ ގޮތެއް ނޭގޭ

 25. ރައްޔިތުމީހާ

  ދެން ޖުލަި މަހު ބިލް ފޮނުވާއިރު %500 ބޮޑުކޮށްލާ

 26. ކިއުން ތެރިއެއް

  ދޫދިން ބައި ދެންއަންނަ ބިލުތަކުން ނަގާނެ. ކުރިންވެސް %40 ޑިސްކަައުންޓް ލީ ބިލަށް %40 އިތުރު ކުރުމަށް ފަހު.

 27. އެމަންޖެ

  ކަލޭމެން ހަދާ އެއްޗެއް ކަލޭމެނައް އެންގޭނީ ބިލް ބޮޑުކޮއްފޮނުވިޔަސް ރައްޔިތުމީހާ ޖެހޭނީ ބިލްދައްކަން.

 28. Anonymous

  ބިލް ދެއްކި މީހުންނަށް ކިހިނެތް ވާނެބާ؟؟ އެމީހުންނަށް އަންނަ މަހުގެ ބިލް އިން އުނިކުރެވޭނެބާ؟؟