ހދ. ނޭކުރެންދޫގައި ކަނޑޫފާ ހަލާކުވަމުންދާ ކަމަށް ވިދާޅުވެ، ކަނޑޫފަލުން ގެނައި ބައެއް ކަނޑޫތައް ރައްޔިތުންގެ މަޖިލިހުގެ މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާއީ، މަޖިލިހުގެ އިދާރާއަށާއި އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއާ ހަވާލުކުރައްވައިފިއެވެ.

ގދ. ތިނަދު އަށް ވަރަށް ބޮޑަށް އުދަ އެރި މައްސަލައިގައި ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން ރާއީ ވިދާޅުވީ ނޭކުރެންދޫގައި އޮތް ކަނޑޫފާއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ކަނޑޫފާ ކަމަށާއި އެ ތަން ހަލާކުވަމުންދާ ކަމަށެވެ. އަދި އެ ތަނުގައި ހުރި 10،000 ގަސް ހަލާކުވެފައިވާ ކަމަށް ވިދާޅުވެ، އެތަނުގެ ހާލަތު އޮތް ގޮތުގެ ފޮޓޯއެއް ރާއީ ވަނީ ދައްކާލައްވައިފައެވެ.

"މިއީ އޭގެ އެއް ފޮޓޯ. ހަމައެކަނި ކަނޑޫ ހަލާކުވަމުން ދަނީ،" ކަނޑޫފާ އޮތް ގޮތުގެ ފޮޓޯއެއް ދައްކަވަމުން ރާއީ ވިދާޅުވިއެވެ.

ނޭކުރެންދޫގައި އޮންނަ ކަނޑޫފާ. --- ފޮޓޯ: ކައުންސިލް

އޭގެ ފަހުގައި، ރާއީ ދެއްކެވީ އެ ރަށުގެ ކަނޑޫފާ އިން ގެނެސްފައި ހުރި ކަނޑޫތަކެކެވެ. އޭގެ ތެރެއިން އެއް ޕެކެޓުގައި ފެންނަނީ ފެހި ކުލައިގެ ކަނޑޫތަކެކެވެ. އަދި ދެ ވަނަ އަށް ހުރި ޕެކެޓުގައި ފެންނަނީ މަޑު މުށިކުލައެއްގައި ހުރި ކަނޑޫތަކެކެވެ.

ރާއީ ވިދާޅުވީ މި ތަކެއްޗަށް ވެފައި ހުރި ބަދަލުތައް ބައްލަވައި ދެއްވުމަކީ ރަށުގެ ރައްޔިތުންނާއި އޭނާގެ އެދުމެއް ކަމަށެވެ.

ރާއީ ވިދާޅުވީ މިކަމުގައި އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދާ ބައްދަލު ކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި މައުލޫމަތު ލިބިފައިވާ ގޮތުގައި މިނިސްޓްރީގެ މާހިރުންގެ ޓީމެއް އެ ރަށަށް ދަތުރު ކުރަމުން އަންނަ ކަމަށް ވެސް ރާއީ ވިދާޅުވިއެވެ.

"އެކަމަކު، އަޅުގަނޑުމެންނާއި ނޭކުރެންދޫ ރައްޔިތުން ވެސް ނޭދޭ މައްސަލަ ބަލާފައި އަނެއްކާ ވެސް އެ ބާއްވާފައި ސުރުހީއަކަށް ވެގެން ދާކަށް. މައްސަލަ ބަލާފައި އަޅުގަނޑުމެންނަށް ހައްލު ބޭނުންވޭ،" ރާއީ ވިދާޅުވިއެވެ.

ނޭކުރެންދޫގައި އޮންނަ ކަނޑޫފާ

ރާއީ ވިދާޅުވި ގޮތުގައި ކަނޑޫފާ އިން ލިބެންވާ މަންފާ ނުލިބެން ރައްޔިތުން ބޭނުމެއް ނުވާނެއެވެ. އެހެންވެ، މި ކަނޑޫފާ ހިމާޔަތް ކުރުމަށާއި އެހެން ނޫނީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް ވެސް ރާއީ ވިދާޅުވިއެވެ.

ރާއީގެ ވާހަކަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ފެހި ކުލަ އިން ފެންނަ ކަނޑޫއަކީ ރަނގަޅަށް ހުންނަ އިރުގެ ކަނޑޫ ކަމަށާއި މަޑު މުށިކުލައިގެ ކަނޑޫއަކީ މިހާރު ނޭކުރެންދޫ އިން "ހިތާމައާ އެކު" ފެންނަ ކަނޑޫ ކަމަށެވެ.

ނޭކުރެންދޫގައި އޮތް އެންމެ ބޮޑު ކަނޑޫފާ 2008 ވަނަ އަހަރު ވަނީ ހިމާޔަތްކޮށްފައެވެ. ކުޅިއަކާއި ބޮޑު ޗަސް ބިމެއް ހިމެނޭ އެ ސަރަހައްދުން ގަސް ކެނޑުން ފަދަ ގެއްލުން ލިބޭ ފަދަ އެތައް ކަމެއް ވަނީ ހުއްޓާލައިފައެވެ. އެ ފަލުގައި ކަނޑުލުގެ އިތުރުން ބުރެވި ގަހާއި ބޮޑަވަކި ގަހާއި ތެލަ ގަހުގެ އިތުރުން ތަކަފަތި ގަސް ހުރެއެވެ. އެކަމަކު، ރަށުގައި މަރުވެގެން ދަނީ މުޅިން ހެން ކަނޑޫ ގަހެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ގުއިދައިތަ

    ރައްޔިތުންގެ ހައްޤުގަ އެއްޗެއް ބުނަން ކެރިއްޖެ ދޯ؟ އެވެސް އަމިއްލަ އަށް މިކަން އެނގިގެނެއް ނޫން. ކޮންމެވެސް ނޫހެއްގަ އެކަނޑޫފަލުގެ ވާހަކަ ލިޔެފައި އޮށްވާ ފެނިގެން. މިމީހުންގެ އަމިއްލަ ސިކުނޑިއަކު އެއްވެސް ތެތްކަމެއް ނެތް.

  2. ތުއްރަވާސް

    ތީ ހަމަ ދެއްކެން އުޅޭ މެމްބަރުން.....

    3
    2
  3. ސާކިރު

    ތިޔަޔަ ކަމައްވުރެ މާ މުހިންމް ކަން ކަން ރައްޔަތުން ނައް ކޮއްދެން އެބަހުރި.. ބޭފުޅާ ބުނި ކޮވިޑް އަކީ އާދައިގެ ރޯގާ އެކޭ..ތިޔަކަން ވެސް އެންމެ ބޮޑައް އެގޭނީ ހަމަ ބޭފުޅާ އައް.

    4
    1
  4. ސަންތިމަރިޔަބު

    މަނިކުފާނަށް އެގުނީ ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާހަލާކުވާކަން ދޮތަ މިގައުމުގާއި ﷲ ގެދީނަށް ފުރައްސާރަކޮށް ރަސޫލް(‎ޞޢވ) ފުރަށްސާރަކޮށް ހަދަމުން ދާކަން މަނިކުފާނުގެ ދެލޮލުގެ ކޮއިގާވެސް އަޅާނުގަތް ދެއްތޯ މަހުޝަރުދުވަހެވެ އެދުވަހުދެބިރުވެރިކަމެވެ. އެދުވަހަށް ކުރާންޖެހޭ އިންތިޒާރުގެ ދިގުކަމެވެ ކަށްވަޅެވެ ކަށްވަޅުގެ ބިރުވެކަމެވެ. ސިރާރާތުމަގެވެ އެމަގުގެ ހަނިކަމެވެ އެމަގަށް ކުރާންޖެހޭ އިންތިޒާރުގެ ދިގގުކަމެވެ.
    އޭ ލޮބުވެތި އަހާއެވެ. ﷲ ގެ މަގަށް ރުޖޫއަވެ އެކަލާންގެ ޝަރިއްޔާއާއި ރަސޫލް (ޞޢވ) ގެ ސުންނަތް މިލޮބުވެތި ފަސްގަނޑުގާއި ހިންގުމަޓަކާއި މަސައްކަތް ކުރެއްވުމުގެ ބަދަލުގާއި ދުނިޔެއާރާސްތުކޮށް ދުނިޔެއަށް ޓަކާއި އާހިރަތް ވިއްކާލަށް ވަނީއެވެ
    ﴿3﴾ الَّذِينَ يَسْتَحِبُّونَ الْحَيَاةَ الدُّنْيَا عَلَى الْآخِرَةِ وَيَصُدُّونَ عَن سَبِيلِ اللَّهِ وَيَبْغُونَهَا عِوَجًا ۚ أُولَٰئِكَ فِي ضَلَالٍ بَعِيدٍ

    އެއުރެންނީ، آخرة އަށްވުރެ ބޮޑަށް ދުނިޔޭގެ ދިރިއުޅުމަށް ލޯބިކުރާ މީހުންނެވެ. އަދި اللَّه ގެ މަގުން (މީސްތަކުން) އެއްކިބާކޮށް، އެ މަގު ގުދުވުމަށް އެދޭ މީހުންނެވެ. އެއުރެންވަނީ، ދުރުވެގެންވާ މަގުފުރެދުމެއްގައެވެ.

    [ އިބްރާހީމް ސޫރަތުގެ 3 ވަނަ އާޔަތް]

  5. ފާތުމަ.

    ކަލޯ ކަނޑޫ ފާ ހުރެގެން ކަލެއަށާ ކަލޭ ދާއިރާ އަށް ވީ ކަމެއް ބުނެބަލަ.

  6. ހަލީ

    ކަނޑޫ ނުދަންނަ ބަޔަކަށް ކަނޑުލުގެ ވާހަކަދެއްކޭނީ ކިހިނެއް

  7. ފާޠުމަ

    ކުދިންނޭ ފެހިކުލާގެ ކަނޑުލަކީ ރޯކަނޑޫ މުށި ކުލާގެ ކަނޑުލަކީ ދޮންކަނޑޫ ކަނޑުލުގެ މައުލޫމާތު ރަގަޅަށް ސާފުކޮށްފަ ވާހަކަ ދައްކަވާ

  8. ފަގީރުވުން

    ކަނޑޫފާތަކަށްވެސް ކޮވިޑް-19 ޖެ ހުނީކީނޫންބާ!؟

  9. ޝިޔާމް

    ކަނޑޫފާ ހަލާކުވިޔަސް ދިވެހިން ދީނީ ވަހުދަތު ހިމާޔަތް ކުރަން ރާއީމެން ކުރަނީ ކޮން ކަމެއް.

  10. ހުސްނުވި ސޫދު

    ތިޔަ ކަނޑޫފާލަށްވުރެން އިސްލާމް ދީން. މާ މާ މާ މާ މުހިންމު. އެވާހަކަ ދައްކަބަލަ