ގެސްޓު ހައުސް އެސޯސިއޭޝަން މޯލްޑިވްސްގެ ރައީސް މޫސާ ނަސީހު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މޫސާ ނެރުއްވި ބަޔާނެއްގައި ވަނީ ޖޫން 23 ވަނަ ދުވަހު ހުށަހެޅާފައިވާ މަސައްކަތުގެ މާހައުލުގައި ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް އެ އެސޯސިއޭޝަނުގެ އިންޓާނަލް ކޮމެޓީއިން ބެލުމަށްފަހު ހިންގާ ކޮމެޓީއަށް ހުށަހެޅުނު ކަމަށާއި، ނަމަވެސް އެ މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ މާހައުލެއް ނެތް ކަމަށް ކަނޑައެޅުމުން އިތުރަށް އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމުގައި ހުރިމަކީ ޒަމީރު ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ފަރާތުން މިނިސްޓްރީގެ ބައެއް މުވައްޒަފުންނަށް ޖިންސީ ގޯނާ ލިބުނު ވާހަކަތަކާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް އަންގަވައިފައެވެ.

ރާއްޖޭގައި އެކި ތަންތަނުން އަންހެނުންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ. މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މިހާތަނަށް އެތައް ޖިންސީ ގޯނާގެ މައްސަލައެއް ފުލުހުންނަށް އަދި ކަމާބެހޭ އެހެން އިދާރާތަކަށް ވަނީ ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޖޮބޭ

    ހެހެ އަދިވެސް ފޮނިވާހަކަ ދައްކާ ތިޔައީ ހަޖަމް ބޭސް ދޭން ޖެހިފައިވާ މީހެއް.

  2. އިބޫ

    ވެރިކަމެއްގެ ދައުރެއްގައި ދިވެހިން ނުދެކޭ ވަރުގެ ކަޅު އަހަރެއްމީ

    19
    1
  3. ޏެހެރާޒު / ޒެންނާރު

    އެސޯސިއޭޝަން ތަކުން އަމިއްލައަށް ކޮމިޓީ ހަދައިގެން މައްސަލަ ބަލާނީ ކިހިނެއްތަ؟ ތަހުގީގީ އިދާ ރާއަކުން މައްސަލަ ޖެހޭނީ އަލުން ބަލަން

    11
  4. ތުރާކުނު

    އަލީ ވަހީދުގެ ސްލޮޓް ލިބުނީބާ؟؟؟

  5. ހއޕ

    ތިއީ ޙައްލެއްނޫން... މައްސަލަ ހުއްޓެންޖެހުނު ހިސާބު ނުވަތަ މީހާ އެނގެންބޭނުން. އަދި އެމީހަކަށް އެބަޔަކަށް ފިޔަވަޅު އަޅަންޖެހޭނީ. ޒިންމާނުނަގަން އަވަހަށް އިސްތިއުފާ... ދެން ޙަވާލުވާ މީހަކުވެސް ހަމަ ތިގޭމް. ހިންގާ ކޮމެޓީ ހަމައެގޮތުގައި ހިންގާލަ ހިންގާލަ

  6. ޖަލީލާ

    ތިއޮތީ ސަރުކާރުގެ ނުފޫޒް ތިތަނަށްވެސް ވަދެފަ! އިބްރާހީމް މުޙައްމަދު ޞާލިޙަކީ ނުޞައްޙަ ގޮތެއްގައި ވެރިކަމަށް އައި މީހެއްވީމާ މުޞީބާތްތަކާ ޢާފާތްތައް ޖެހިޖެހިގެން މިދަނީ ސަރުކާރަށް އަންނަމުން! އިސްވެދިޔަ ޖީލުތަކަށް ވިސްނާލީމާ އެބައެނގޭ މާތްﷲ ސުބުޙާނަހޫ ވަތަޢާލާ މިފަދަ ކަންކަމަށް ނިމުން ގެންނެވި ގޮތް! މިހާރު ދެން އިބްރާހީމް އިސްތިޢުފާދިނުން ރަގަޅުވާނީ!

    13
    1
  7. ރާކަނި

    މިނިސްޓަރުކަމަށް ފައިނެގުނީތާ!

  8. ޢލަި

    ސާބަސް ތ ކަހަލަ ދަރިން ބޭނުމީ

    8
    2
  9. މޮލަ

    މީ އަލީވަހީދުގެ ޓުވިންސްތަ؟

  10. ކެޔޮޅު

    މިހުރިހާ ޖިންސީ ގޯނާތަކާއި ފުރައްސާރަތަކުގެ ޒިމްމާ އުފުލަން ޖެހޭނީ ރައީސް ސޯލިހު!

  11. މާސޭ

    އިސްތިއުފާ ދެއްވި ނަމަވެސް ޓުވަރިޒަމް މިނިސްޓަރު ކަމެއް ނުލިބޭ ރައީސް މައުމޫނު ހުރީ ފާރިސް އަށް ތިމަގާމުހޯދަންފައިވިއްދާފަ