ރާއްޖޭގައި ޖިންސީ ފުރައްސާރައިގެ މައްސަލަތައް މިފަހަކަށް އައިސް އިތުރުވަމުން އަންނައިރު އެފަދަ ގިނަ މައްސަލަތަކެއް ސިޔާސީ ބޭނުންމަކަށްޓަކައި "އޮއްބާލަމުން" ދާކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ޖިންސީ ފުރައްސާރަ ކުރުމާއި ރޭޕް ކުރުމުގެ މައްސަލަތައް ރާއްޖޭގައި މިފަހަކަށް އައިސް އިތުރުވަމުން އަންނަ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ތުހުމަތު ކުރެވެމުން އަންނަ ކަމަށް ހީނާ ވަނީ ފާހަގަކުރެއްވިއެވެ. ވިދާޅުވީ އެފަދަ ބޭފުޅުންނާއި މެދު އަޅަންޖެހެ ފިޔަވަޅުތައް އެޅިގެން ނުދާ ކަމަށެވެ. އެގޮތުން ޙިނާ ވަނީ ބައެއް މައްސަލަތަކުގައި ތުހުމަތު ކުރެވޭ ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ނަންތައް ހާމަ ކުރައްވާފައެވެ.

"ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރަށް އެބަ ތުހުމަތުތަކެއް ކުރެވިފައި އެބަވޭ. އަދި ކަމާބެހޭ މުއައްސަސާތަކަށް މި މައްސަލަ ރިޕޯޓު ކުރެވިފައިވާ ކަމަށް އެފަރާތުން [ޖިންސީ ފުރައްސާރަ ލިބުނު ފަރާތް] އޭގެތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް އޭސީސީ މޯލްޑިވްސް ޕޮލިސް ސާވިސް، މި ފަރާތްތަކަށް މި މައްސަލަ ހުށަހެޅިފައިވާ ކަމަށް އެބަވޭ. އެހެން ނަމަވެސް މިހާތަނަށް އެ މައްސަލައިގެ ތަހުގީގު ކުރިޔަށް ނުގެންދެވޭ ކަމަށް އަޅުގަނޑުމެން ހިތާމަ އާއި އެކުގައި ފާހަގަކުރަން،" ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ ރައީސް އޮފިހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރަށް ތުހުމަތު ކުރެވިފައިވާ މައްސަލައިގެ ތަފްސީލީ މައުލޫމާތުތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަރުވާފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް ފިޔަވަޅެއް ތުހުމަތު ކުރެވޭ ފަރާތަށް އެޅިފައި ނުވާތީ އެ ކޯލިޝަނުން ކަންބޮޑުވާ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

ހީނާ ވަނީ ދާދިފަހުން ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި އަންހެނަކު ރޭޕްކުރި މައްސަލާގައި ހައްޔަރުކުރި މީހުން ދޫކޮށްލާ ސިޔާސީ ނުފޫޒުން މައްސަލަ "އޮއްބާލާފައިވާ" ކަމަށް ވިދާޅުވެ، ސަރުކާރުގެ އެ އަމަލަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އޭނާ ވިދާޅުވީ އެކަމުގައި ތުހުމަތު ކުރެވޭ މީހުން ދޫވެފައި ތިބުމަކީ އަންހެނުންގެ ހައިސިއްޔަތުން މިއަދު ކަންބޮޑުވާނެ ކަމެއް ކަމަށެވެ.

"މިކަމުގައި ރޭޕް ކުރެވުނު ފަރާތަށް އޭނާގެ ހައްގުތަކަށް އެއްވެސް ކަހަލަ އިންސާފެއް ލިބިފައި ނުވާކަން އަޅުގަނޑުމެން ހިތާމައާ އެކުގައި ފާހަގަކުރަން،" ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ ޖިންސީ ފުރައްސާރަ ކުރުމާއި ޖީން ގޯނާ ކުރުން ފަދަ މައްސަލަތައް މި ސަރުކާރުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ނުނަގާ ކަމަށެވެ. ކޮންމެ ކަމެއްގައިވެސް އޮންނަނީ އާއްމު ރައްޔިތުންގެ ޕްރެޝަރު ކަމަށާއި އެމައްސަލަ ބޮޑުވުން ކޮންމެވެސް ފިޔަވަޅެއް އަޅާ ކަމަށް ހީނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނާޒިމް

    ދުވަސްގަޑަކައްފަހު ހީނާ ފެނުނީމަ ހިތައް ފިނިކައް ލިބިއްޖެ.. ކުރިއައް ވަޑައިގަނަނާ ﷲ ނަސްރު ދެއްވާނެ... ސުކުރިއޔަ

    35
    6
  2. ތުނިޔަ

    ހުރިހާ ދީނަކަށް ފުރުސަތުދޭނަމޭ ބުނެ ފައްޅިތަކުގެ މުޖުރިމުން އަތުން ބޯކޮން އެހީ. އާއި މަދަދު ހޯދަވައިގެން އައިސަރުކާރަކުން މިމަންޒަރުފެނުމަކީ ހައިރާން ވާންޖެހޭކަމެއްނޫނެވެ.އެމް.ޑީ. ޕީ ގެގިނަ މީހުންނަށް މިކަންކަން ސާފުވާނެ. މިމީހުންގެ ފުރަތަމަ ވެރިކަމުގައިވެސް އަށްޑޫގާ ބުދު ބެހެއްޓީމާވެސް ެެަެެެެަެެެަެެެެަެެަެެެެަެެެަެެެެެެަެެެެަެެެަެެެެަެ އަތްޖެހީ. ވެސް އެމް.ޑީ.ޕީ މީހުން މިއީ ހަގީގަތް މިގައުމު ސަލާމަތް ކޮއްދޭނެ ބަޔަކު މިގައުމުން ނެރެދެއްވާންދޭވެ. އާމީން

    29
    4
  3. ސާކިރު

    ?

    10
    2
  4. ޙަހާ

    ޙީނާމެންގެ ހާލަކީ ކޮބާ ...

  5. ލަކީ

    ހެހެ ހީނާ މެން ދެން ހަމަ ކޮންމެވެސް އެއްޗެއް ކިޔަނީ