ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ދެންމެ ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

އައިޖީއެމްއެޗްގެ އޮފިޝަލަކު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަލީ ހަމީދު ހޮސްޕިޓަލުން ދޫކޮށްލަން މިއަދު ހެނދުނު 07:50 ހާއިރު ޑޮކްޓަރުން ލަފާދެއްވި ނަމަވެސް އަނެއްކާ އިތުރު ދެގަޑިއިރު ހޮސްޕިޓަލްގައި ބާއްވަން ޑޮކްޓަރުން ލަފާ ދެއްވުމުން ދެގަޑިއިރު ބޭއްވުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

އައިޖީއެމްއެޗްގެ އޮފިޝަލަކު ރޭ "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަލީ ހަމީދު ހޮސްޕިޓަލަށް ގެންދިޔައީ މޭގައި ރިއްސާތީ ކަމަށެވެ. ރޭ އަލީ ހަމީދުގެ ޓެސްޓްތަކެއް އައިޖީއެމްއެޗްގައި ވަނީ ހަދާފައެވެ. ނަމަވެސް ޓެސްޓްތަކުގެ ނަތީޖާ އާއި ބެހޭ މައުލޫމާތެއް ނުލިބެއެވެ.

އަލީ ހަމީދުގެ ޤާނޫނީ ވަކީލުން ރޭ ވިދާޅުވީ އަލީ ހަމީދު ހޮސްޕިޓަލަށް ގެންދިޔައީ ނޭވާ ލާން އުނދަގޫ ވެގެން ކަމަށެވެ.

އަލީ ހަމީދުގެ ހާލު ރޭ ގޯސްވީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލައިގައި ޙުކުމް އިއްވަން ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައި އިންނަވަނިކޮށެވެ.

އަލީ ހަމީދުގެ ހާލަތު ގޯސްވުމުން ރޭ ޙުކުމް ކުރަން ތާވަލް ކުރި ޝަރީޢަތް ފަހުން ވަނީ ކެންސަލް ކޮށްފައެވެ. އެމައްސަލައިގައި ޙުކުމް އިއްވުން މިހާރު ވަނީ މިއަދު 14:00 އަށް ތާވަލް ކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢަލީ

    ދީބަލަ ރުފިޔާ ކޮޅެއް އަލީ ހަމީދާ!

  2. ތަކުރުބޭ

    ނޭވާ ހާސްވަނީ ބިރުގަންނަނީ މަރުވަނީ ގިޔާމަތް ހަދާންވަނީ ކަރުނަ އަންނަނީ ބޯގޮވަނީ މެޔަތް ތަދުވަނީ އަނބުރައި ގަންނަނީ ހީސްލަވަނީ ސީލަވަނީ މި ހައަތަހާވެސް ވާނެ ކަންތައްތައް.މުޅި ޖުޑިޝަރީ ފުނޑާލާ މީސްމީހުންނަށް ހިތައް އެރި ހުކުމެއް ކޮށް ހެދީ މި އަދު ފެނޭބާ ވާގޮތް ތިމާމީހާއަށް ކަމެއްޖެހުނީމާ ތެޅޭވަރު އޭރުވެސް ރަށްޔިތުން ގޮވީ އިންސާފުން ހުކުމް ކުރާށޭ ރަނގަޅަށް ހުކުމްތައް ކުރިނަމަ މިއަދު ތިހާލުގަ އުޅެންޖެހޭނެބާ ވިސްނާ ބަޔަކަށް ބޮޑުވެގެންވާ އިބުރަތެއް.........ވައްލޯހު އައުލަމް.

  3. އަލީ

    ހަމަ ކޯޓައް ގެންދާއިރަށް ނޭވާ ހާސްވާނެ.

  4. ޙަފްޞާ / މާލެ

    ރުފިޔާގެ ދަހިވަތިކަމުގައި ހެއްދެވުނު ގޯސްތައް ހިތަށް އެރުމުން އެކަމުގެ މުޤާބިލް ތިމާޔަ ބައްދަލުކޮށްފާނޭ ގޮތެއް ވިސްނަންފެށުމުން ގޮތްގޮތްވުމަކީ އާދައެވެ.

  5. ޚަސަނު

    މިޔަދު ވިސްނޭނެ ލާރިއަކައް ދެކުރޮޅި ވިއްކިދުވަސް މަތިން