ލ. މާވަށަށް ހިކި ދިޔައިގައި ވެސް އުދައަރަމުން އަންނާތީ އެ ރަށުގެ ރައްޔިތުން ބިރުވެރިކަމެއްގައި ތިބި ކަމަށް ކައުންސިލުން މިއަދު ވިދާޅުވެއްޖެއެވެ.

މާވަށު ކައުންސިލްގެ ރައީސް އަހުމަދު މޫސާ ވިދާޅުވީ އިއްޔެ އިން ފެށިގެން ވަރަށް ގަދައަށް މާވަށަށް އުދަ އަރަމުން އަންނަ ކަމަށެވެ. އުދަ އެރުމުގެ ސަބަބުން 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި އެ ރަށަށް ނުވާ ވަރަށް ގެއްލުން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވި ގޮތުގައި މިއަދު ހެނދުނު ވެސް އެ ރަށަށް އުދަ އެރި އިރު، އޮތީ ހިކި ދިޔައިގައެވެ. އަދި ހިކި ދިޔައިގައި އުދަ އެރުމުން ރައްޔިތުން ބިރުވެރިކަމެއްގެ ތެރޭގައި ތިބި ކަމަށާއި މިހާރު ދިޔަވަރު ބޮޑުވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ އިން ލަފާ ކުރާ ގޮތުގައި މިއަދު ހަވީރު ދެކުނުގެ ރަށްތަކަށް ދިޔަވަރު ބޮޑުވާނެއެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އެރުމުގެ ފުރުސަތު އޮތް ކަމަށް ވެސް މެޓް އޮފީހުން ލަފާ ކުރެއެވެ.

މާވަށަށް އުދަ އަރައި ގެއްލުންތަކެއް ލިބިފައި. --- ފޮޓޯ: އެމްއެންޑީއެފް

އަހުމަދު ވިދާޅުވީ އުދައިގެ އަސަރުކުރުމުގެ ސަބަބުން މީހުން ނޫޅެވޭ ވަރުވެގެން އެއް ގޭގައި ތިބި މީހުން އެހެން ތަނަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

"އުދައިގެ އަސަރުކޮށް އެއް ގެއިން މީހުން ވަނީ ނިކުމެފައި. އެއް ގެއިން މީހުން ނިކުތް ނަމަވެސް 30 ގޭގައި ވަނީ މީހުން ނޫޅެވޭ ވަރުވެފައި އަސްލު. އެކަމަކު ހުރިހާ ގެއަކުން މީހުން ބަދަލު ނުކުރެވޭނެ،" އަހުމަދު ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ މާވަށަކީ ފުރިފައި އޮންނަ ރަށެއް ކަމަށާއި، އެހެން ކަމުން އަތިރިމައްޗާއި ކައިރީގައި ހުންނަ ގެތައް އެރަށުގައި ގިނަ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އުދަ އަރާ ވަގުތު ތަކުގައި އެގެތަކަށް ވަރަށް ބޮޑަށް ގެއްލުންވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެމްއެންޑީއެފުން މިއަދު މާވަށުގައި. --- ފޮޓޯ: އެމްއެންޑީއެފް

މާވަށަށް އުދަ އަރައި ގެއްލުންތައް ލިބެމުންދާތީ އެމްއެންޑީއެފުން ދަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ.

އަހުމަދު ވިދާޅުވީ ރެއިން ފެށިގެން ފުލުހުންނާއި، އެރަށުގައި ނަރުދަމާ އެޅުމުގެ މަސައްކަތުގައި އުޅޭ އެމްޓީސީސީގެ މަސައްކަތު މީހުންނާއި ރައްޔިތުންނާއި ކައުންސިލުން ގުޅިގެން އުދައިން ރަށަށް ވަމުން އަންނަ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ހާއްސަކޮށް ރަށުގެ ޒުވާނުންނާއި ފުލުހުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުންތައް ފާހަގަކޮށް އޭނާ ވަނީ ޝުކުރު ދަންނަވާފައެވެ.

އެމްއެންޑީއެފުން މިއަދު މާވަށުގައި. --- ފޮޓޯ: އެމްއެންޑީއެފް

އަހުމަދު ވިދާޅުވީ ހުރިހާ މުއައްސަސާތަކާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރަމުން އަންނަ މަންޒަރު ފެނުމުން ހިތްހަމަ ޖެހޭ ކަމަށާއި، މާވަށަށް މިވަގުތު ދިމާވެފައި އޮތް ހާލަތުން އަރައިގަތުމަށް މަސައްކަތް ކުރަމުން އަންނަ އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސަފަރު ކައްދަގެ ތިއްތިބެ

    އަސްލު ވަރަށް ދެރަވެއްޖެ. އިންޝާﷲ ރަނަޅުވާނެ. ރައޔިތުންނަށް ކެތްތެރިކަން ދެއްވާށި! މިފަދަ ޚައްސާސް ދަނޑިވަޅެއްގައި އިތުރަށް ބުނެލަން ބޭނުންވަނީ ކޮއްކޮމެން ދެންވެސް އަމިއްލަ ރަށާއި ދާއިރާއަށް ދިމާވާ މިފަދަ މައްސަލަތައް އަވަހަށް ޙައްލުކޮށް ގެއްލުންތައް ކުޑަކުރަން ބޭނުންވާނަމަ ދެންވެސް ދާއިރާގެ ގޮނޑިއަށް ހޮވަންވާނީ ވެރިކަން ކުރާޕާރޓީގެ މީހެކޭ. މިބުނީ ވަކި ކުލައެއް މިކަމުގައި ޖެހިގެނެއްނޫން. ހެޔޮއެދޭތީ!

    16
    40
    • ޙެހެ

      ސީދާ ކުލަ ޖެހިގެން ތިބުނަނީ .... އެކަމަކުތީބޮޑުވަރު ކަލޭމެންގެ

      20
      2
  2. ސުބޭ

    އެއީ ތިތަން ހިއްކާފަ އޮތްގޮތުން!

    13
    5
  3. ނީމް

    ވަކި މީހަކު ހުރެގެނެއްނޫން މިކަހަލަ ކަންކަމުގަ ސަރުކާރުގެ އެހީތެރިކަމާ، ހައްލުހޯދަން ކުރެވެންހުރި މަސައްކަތް ކުރަންޖެހޭނީކީ.

    17
    3
  4. އަލިބެ

    ޢެމެރިކާގެ ބޮޑެތި މަނަވަރު ތަކުގެ ރާޅު ބާނިތަކުން މިގައުމަށް ހުރިހާ ގެއްލުމެއް. އިރުމަތީ އިންޑިއާ ކަނޑުގެ އަސްކަރީ ތަމްރިނުތައް ވަގުތުން ހުއްޓާލުމަށް ގޮވާލަން. ޢަދި ޗައިނާ ކަނޑުގެ ޖަޒީރާތަކަށް ޑިޒާސްޓަރ އެޓޭކް ކުރަން އެމެރިކާ ތަޖުރިބާ ކުރާ ބޮންތައް ޓެސްޓް ކުރާ ތަނަކަށް ރާއްޖެ ނެހެުދުމަށް ގޮވަން. ރާއްޖެއަށް ލިބެމުން ދާ ގެއްލުމުގެ ބަދަލު އެމެރިކާ އަތުން ހޯދުމަށް ގޮވާލަން.

    16
  5. ލ.ގަމު

    ވެ ރިކަން ކު ރާޕާޓީމިހުން ތިބި. ދާއި ރާގެ ރަށްތަކަކަށް އުނދައެއް ނާ ރާނެދޯ އަނިޔާވެ ރިކަމަކުން ކު ރިމަތިވާމުސީބާތްމީ ދޮގުވެ ރިން ހައްދުފަހަނަޅައި ދިޔައީމަ ވާނީމިހެން މިވެ ރިކަން ދެމިއޮތްހާހިދަކު ހިޔެއްނުވޭ ރަޢްޔިތުނަށް ހަޖެހިލައި ގެންއުޅެވިދާނެހެނެތް ވިސްނާލަބަލަ ހަނދާންވޭތަ މިވެ ރިކަމުގައި ކު ރިމަލާން ޖެހުނުވަ ރަށް މުސީބާތް ތަކާއިކު ރިމަތިލާން ޖެހިފަވޭތަ ދޮގުހެނދުމާއި ނުބައިކަންތައް ކު ރުމުގައި ވެސް މިސަ ރުކާ ރިއިންތިހާ އެނމެ ދުވަހެއް އެބަދޭތަ ހިތާމަވެ ރި ކަމަކާއި ކު ރިމަނުވާ އަދިވެސް ނުވިންނެނީތަ ވެ ރިކަން ވެސްހަވާލުކު ރަން ވާނީ ވެ ރިކަން ކު ރެވޭ ވަ ރުގެ ޤާބިލް ހުނަ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ ރުހު ރި ފެންވަ ރުގެ މީހުނާ ހަމަ ތަނަކުހު ރި ވަދުބުޑި ނުކަނޑާހު ރި ބީތާއަކާއި ގަދަކަނޑެއްގައި ދަތު ރުކު ރާ ދޯއޏެއްގެ ހުންގާނު ހަވާލުކު ރުމުން ވާނެގޮތްވަމުން މިހާ ރުމިދަނީ ގަބޫލު ކު ރިޔަސް ނުކު ރިޔަސް ހަގީގަތް ވާނީހަމަ ހަގީގަތަށް އަދިވެސް ރީނދޫފިކު ރުގައި ތިބިމީހުން ތިބީ ގޮތްދޫކު ރާގޮތަކަށް ނޫން މުޅި ރާއްޖެ އަޑިޔަށްދިޔަޔަސް އެމީހުންގެ ފިކު ރަކީ އިންސާނީ ފިކު ރު ބާއޭ މަހިތަށްއަ ރާ ވެ ރިކަންލިބި މަޖިލީސް ލިބި ހު ރިހާބާ ރުތަކެއް ލިބި ރައީސްޔާމީން ވަގަކަށް ހަނދައި ޖަލަށްލައި މިސަ ރުކާ ރު ބޭނުން ހު ރިހާކަމެއް ކު ރެވެންއޮވެމެ ރައްޔިތުން. ނަށް ރަށްކާތެ ރިކަން ހޯދަދެވޭނީ ސަ ރުކާ ރަށް މެޖޯ ރިޓީލިބުމުންކަމަށް ބުނެ ވެ ރިކަމަށްއައި ސަ ރުކާރއްކޮޅުގައި ތިބިމީހުން މިހާ ރު އެދާއިރާއޭކިޔައި ތައިނަށް އަނގައި ރީމަ އޭތިކަނޑަ އެއްނޫންތޯ ކެންޕޭނުގައި ނުބުނުއް ވަމުނޫންތޯ ތިމަންނަމެން ޕާޓީ މީހަކު ދާއި ރާއަށް ނުހޮވައިފި ނަމައރދާއި ރާއަކަށް އެއްވެސް ކަމެއްނުކޮށްދޭނެކޭ މިހާ ރު ކަމެއް ނުކު ރެވުނީމަ ކު ރަން ނޭވުނީމަ ތިމާމެން ގައިގަ އެހާފެންވަ ރުވެސް ނެތީމަ އެހާގާބިލް ކަންނެތީމަ އަނގަ އޮތީމަ ކާޅު ތަކެއްހެން ކާ ކާ ކާ ތިލައްވަނީ ގޮތްހުސްވެ ފެއިލްވީމަ އިސްތިއުފާދޭންވެސް ލަދުން އަދިވެސް ތަނެތް އޮތިޔާ ބޯކޮށްޕަންވާނެ ގް ރޭޑް10ގެ ފެވަ ރުނެތަސް ރައްޔިތުން ގުބޯހައްދައި ގެން ފެ ރިކަމަށް އައިސް ދެންވެސް ކާޅުތަކެއްހެން ކާ ކާ ނުލައްވައި ރައްޔިތުންނަ ކަމެއް ކޮށްދެވޭތޯ އުޅުނިޔާ މާތާހިރުވާނެ އަނގައޮތިއްޔަކާޅެއް ނުކާނެ

    1
    1
  6. ލ.ގަމު

    ވެ ރިކަން ކު ރާޕާޓީމިހުން ތިބި. ދާއި ރާގެ ރަށްތަކަކަށް އުނދައެއް ނާ ރާނެދޯ އަނިޔާވެ ރިކަމަކުން ކު ރިމަތިވާމުސީބާތްމީ ދޮގުވެ ރިން ހައްދުފަހަނަޅައި ދިޔައީމަ ވާނީމިހެން މިވެ ރިކަން ދެމިއޮތްހާހިދަކު ހިޔެއްނުވޭ ރަޢްޔިތުނަށް ހަޖެހިލައި ގެންއުޅެވިދާނެހެނެތް ވިސްނާލަބަލަ ހަނދާންވޭތަ މިވެ ރިކަމުގައި ކު ރިމަލާން ޖެހުނުވަ ރަށް މުސީބާތް ތަކާއިކު ރިމަތިލާން ޖެހިފަވޭތަ ދޮގުހެނދުމާއި ނުބައިކަންތައް ކު ރުމުގައި ވެސް މިސަ ރުކާ ރުއިންތިހާ އެނމެ ދުވަހެއް އެބަދޭތަ ހިތާމަވެ ރި ކަމަކާއި ކު ރިމަނުވާ އަދިވެސް ނުވިންނެނީތަ ވެ ރިކަން ވެސްހަވާލުކު ރަން ވާނީ ވެ ރިކަން ކު ރެވޭ ވަ ރުގެ ޤާބިލް ހުނަ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ ރުހު ރި ފެންވަ ރުގެ މީހުނާ ހަމަ ތަނަކުހު ރި ވަދުބުޑި ނުކަނޑާހު ރި ބީތާއަކާއި ގަދަކަނޑެއްގައި ދަތު ރުކު ރާ ދޯއޏެއްގެ ހުންގާނު ހަވާލުކު ރުމުން ވާނެގޮތްވަމުން މިހާ ރުމިދަނީ ގަބޫލު ކު ރިޔަސް ނުކު ރިޔަސް ހަގީގަތް ވާނީހަމަ ހަގީގަތަށް އަދިވެސް ރީނދޫފިކު ރުގައި ތިބިމީހުން ތިބީ ގޮތްދޫކު ރާގޮތަކަށް ނޫން މުޅި ރާއްޖެ އަޑިޔަށްދިޔަޔަސް އެމީހުންގެ ފިކު ރަކީ އިންސާނީ ފިކު ރު ބާއޭ މަހިތަށްއަ ރާ ވެ ރިކަންލިބި މަޖިލީސް ލިބި ހު ރިހާބާ ރުތަކެއް ލިބި ރައީސްޔާމީން ވަގަކަށް ހަނދައި ޖަލަށްލައި މިސަ ރުކާ ރު ބޭނުން ހު ރިހާކަމެއް ކު ރެވެންއޮވެމެ ރައްޔިތުން. ނަށް ރަށްކާތެ ރިކަން ހޯދަދެވޭނީ ސަ ރުކާ ރަށް މެޖޯ ރިޓީލިބުމުންކަމަށް ބުނެ ވެ ރިކަމަށްއައި ސަ ރުކާރއްކޮޅުގައި ތިބިމީހުން މިހާ ރު އެދާއިރާއޭކިޔައި އަނގައި ރީމަ އޭތިކަނޑަ އެއްނޫންތޯ ކެންޕޭނުގައި ނުބުނުއް ވަމުނޫންތޯ ތިމަންނަމެން ޕާޓީ މީހަކު ދާއި ރާއަށް ނުހޮވައިފި ނަމައރދާއި ރާއަކަށް އެއްވެސް ކަމެއްނުކޮށްދޭނަމެކޭ މިހާ ރު ކަމެއް ނުކު ރެވުނީމަ ކު ރަން ނޭގުނީމަ ތިމާމެން ގައިގަ އެހާފެންވަ ރުވެސް ނެތީމަ އެހާގާބިލް ކަންނެތީމަ އަނގަ އޮތީމަ ކާޅު ތަކެއްހެން ކާ ކާ ކާ ތިލައްވަނީ ގޮތްހުސްވެ ފެއިލްވީމަ އިސްތިއުފާދޭންވެސް ލަދުން އަދިވެސް ތަނެތް އޮތިޔާ ބޯކޮށްޕަންވާނެ ގް ރޭޑް10ގެ ފެވަ ރުނެތަސް ރައްޔިތުން ގުބޯހައްދައި ގެން ފެ ރިކަމަށް އައިސް ދެންވެސް ކާޅުތަކެއްހެން ކާ ކާ ނުލައްވައި ރައްޔިތުންނަ ކަމެއް ކޮށްދެވޭތޯ އުޅުނިޔާ މާތާހިރުވާނެ އަނގައޮތިއްޔަކާޅެއް ނުކާނެ

    1
    1
  7. ލަކީ

    ހެހެ ގިނަ ފަހަރަށް ހީވަނީ ސަރުކާރުން ހެން މިކަން މިކުރަނީ ރާޅު އެރުމާ ބިން ހެލުމާ މިކަން ތަކީ ސަރުކާރު ތަކުން ކުރާ ކަމެއް ނޫން

    5
    2