ރާއްޖެ އަށް ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ އަށް އަވަސް އަދި ދާއިމީ ހައްލެއް ހޯދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހުގެ ބިލެތްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) މަޖިލިހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.
ހަލީމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ ރާއްޖެ އަށް ގަވައިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން އެތެރެވެފައިވާ ގޮތް ބަލައި އެކަމާ ގުޅޭ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރާއި ދައުލަތުގެ އިދާރާތަކަށް ގޮވާލާ ކަމަށެވެ.
އަދި ގަވައިދާ ހިލާފަށް އެތެރެވެފައިވާ ބިދޭސީން ރާއްޖޭގެ ސަލާމަތަށް ނުރައްކާކޮށް، ސަލާމަތީ ބާރުތަކާއި މީހުންގެ މުދަލަށް ގެއްލުން ދެމުންދާތީ އެކަންކަން ކުށްވެރި ކުރާ ކަމަށް ވެސް ހަލީމް ހުށަހެޅުއްވި ކުއްލި މައްސަލައިގައިވެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި ދެ މައްސަލައެއް ހުށަހެޅިއެވެ. ކުއްލި ދެ މައްސަލަ އޮތުމުން ކުރިއަށް ގެންދާނެ ކުއްލި މައްސަލަ ކަނޑައެޅީ ގުރުއަތު ނަގައިގެންނެވެ. ގުރުއަތުން ހޮވިފައި ވަނީ ހަލީމް ހުށަހެޅުއްވި ކުއްލި މައްސަލައެވެ. އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ބަލައިގަނެ ބަހުސަށް ހުޅުވާލަން ފާސްކުރީ 35 މެންބަރުންގެ ވޯޓުންނެވެ.
މިއަދުގެ ޖަލްސާ އަށް ދެން ކުއްލި މައްސަލަ ހުށަހެޅުއްވީ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ. އޭނާ ހުށަހެޅުއްވި ކުއްލި މައްސަލައަކީ ކޮވިޑް-19 އާ ގުޅިގެން ކުރީ ސަފުގައި މަސައްކަތް ކުރާ މީހުންނަށް އެލަވަންސް ނުލިބޭ ކަމަށް ބުނެއެވެ.
ބިދޭސީންނާ ގުޅޭ ގޮތުން ކުއްލި މައްސަލައެއް ހުށަހެޅި އިރު، ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ބިދޭސީންނަށް މުސާރަ ނުދީގެން އެ ރަށުގައި ހަމަނުޖެހުން ހިންގައި އެ ރަށުގައި މަސައްކަތް ކުރަމުންދިޔަ 12 ދިވެއްސަކު ރަހީނު ކުރިއެވެ.
އަދި އެ ރަށަށް ދިޔަ ބައެއް ފުލުހުންނަށް ހަމަލާދީ، ބައެއް ފުލުހުން ޒަހަމްވެސްކޮށްލިއެވެ.
ދެންތިތާގަ ތިބެގެން ވާކަމެއްބުނެބަލަ ތިތާއެތެރޭގަ މާރާމާރީ ހިންގުން ހަޅޭލެވުން ޖަހައިގަނެގެން މެމްބަރުކަމަށް އާދެވުނީމާ ރައްޔިތަކަށް ކަމެއްނުކޮށްދެވުނު ހާލަތު ބަދަލްކުރަން ރައްޔިތުން ނުކުންނަންވެއްޖޭ
ތިވާހަކަ ދައްކަން މާ ރީއްޗެއްނޫން ރާއްޖޭގެ މުއްސަދި މީހުން ބިދޭސިން އެތެރެ ކުރަނީ ކަމުނުދިޔައިމަ ގަވައިދާ އެއްގޮތައް ފޮނުވާ ނުލާ މާލެ ތެރެއަށް ދޫކޮށްލަނީ އެހެންވެ އިންސަާނުންނަކީ އިންސާނުންކަމަށްވާތީ އެހެން ބޮޑުމީހާ ހޯދަނީދޯ ކާންޖިހެނީ ބަނޑުހައިވަނީދޯ ނިދަން ބޭނުންވަނީ ދޯ ސީ ލަން ހީސް ލަން ބޭނުންވަނީދޯ ކޮންމެސްމީހަކު މަކަރުން އެވެރިން ލައްވާ މަސައްކަތް ކުރުވަން ގެންދަނީމަ އޭނަ ދާންޖެހެނީ ދޯ އޭތި ކަޑައޭ ހިޔުމަން ޓްރެފިކިންގ ވެސް ބޮޑުތަނުން ކަޑައޭ އަލީ ރިޒާ ވެސް ކަޑައޭ ދިވެހިން ދިވެހިންގެ ބިމުގައި ރަހީނު ކުރުން ބޮޑުތަނުން ކަޑައޭ ބަލައި ގަނެގެން ނުވާނެ އެވެރިން ސައިޒް ކުރަންޖިހެއެވެ އެކަމަކު ވެސް އިންސާނީ ވަގުފާރި ހިޔުމަންޓްރެފިކިންގ ޓޯޗާ ކުރުން ބަލައިގަނެގެން ނުވާނެ އެއީ ވެސް ޖަރީމާއެއް ބިދޭސީންނަކީވެސް އިންސާނުން މުސާވެސް ލިބެން ޖެހޭ ގެންނަ ފަރާތް ޒިންމާދާރު ކުރުވަންޖެހޭ
މަޖިލިހަކީ ކޮމްމެކަމްއްގެ ހައްލުތޯ ދެންކިހާދެރަކަމެ މަޖިލިހަކީ ތަހުގީގީމުއައްސަސާއެއްނޫން