އެމްއެމްޕީއާރްސީ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ވެސް ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމެވި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު އެ މައްސަލައިގައި ހުކުމް ކުރެއްވުމުގައި އަމަލު ކުރެއްވި ގޮތް ބައްލަވާ ދެއްވުމަށް އެދި ޖުޑީސަލް ސަރވިސް ކޮމިޝަން ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ އަދީބުގެ ަމއްޗަށް ކުރާ ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމެވީ އަދީބުގެ ފަރާތުން ހުށަހެޅި ކަންތައްތަކަކަށް ބިނާކޮށްގެން ނޫން ކަމަަށެވެ. މި މައްސަލައިގައި ކޯޓުން ނިންމެވި ނިންމުމަކީ ފަނޑިޔާރަށް ފެނިވަޑައިގަތް ކަންތަތަކަކަށް ބެއްލެވުމަށް ފަހު ނިންމެވި ނިންމެވުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ހުކުމްގައި އޮތީ އެންމެ ތިން ފޮޅުވަތް ކަމަށާ، އޭގައި އެ ހުކުމް ނިންމުން ނިންމެވި ސަބަބު ހިމަނާފައި ނުވާތީ ޕީޖީ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

އަދި އަދީބު ހައްޔަރުގެ ލިޔުންތައް ޝަރީއަތަށް ހުށަހަޅާފައި ނުވަނީސް އެ ލިޔުންތަކަށް ފަނޑިޔާރުގެ ނިންމެވުމުގައި އިޝާރާތް ކުރެއްވި ކަމަށާ، އެ މައުލޫމާތުތައް ފަނޑިޔާރު ހޯއްދެވި ގޮތެއް އެނގިވަޑައި ނުގަންނަވާކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ހިއްސާ ނުކުރާ ލިޔުންތަކެއް ހުކުމްގައި ހިމެނޭ ސަބަބެއް އެނގިވަޑައި ނުގަންނަވާކަމަށް އޭނާ ވިދާޅުވިއެވެ.

" އަޅުގަނޑުމެންނަށް ފަނޑިޔާރަކު ހެއްވާ ގޮތަކަށް ކަމެއް ކުރައްވާފައި އޮތް ކަމަށް ފެންނަންޏާ އަޅުގަނޑުމެންގެ ޕޮޒިޝަނަކީ އެ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅުމޭ. ކޮންމެހެން މި ފަނޑިޔާރަށް ވެގެނެއް ނޫނޭ. އެއްވެސް ފަނޑިޔާރަކު އިނގޭތޯ އެއްވެސް ފަނޑިޔާރަކު އަޅުގަނޑު ޤަބޫލު ކުރަނީ ތަނެއްގައި އަލިފާން ރޯވެގެން އުޅޭކަމަށް ޤަބޫލުކުރެވެންޏާ ޖެހެނީ ފަޔަރަށް ގުޅަން. ދެން ފަޔަރުން އައިސް ބަލާފަ އެތަނުގައި ނެތިއްޔާ ނެތް ކަމަށް ކަނޑައަޅާނީ. އަޅުގަނޑުމެންގެ ކަމެއް ނޫން އަލިފާން ނެތް ކަމަށް ކަނޑައެޅުމަކީ. މި ފަނޑިޔާރަސް އެހެން ފަނޑިޔާރަކަސް ކޮންމެ މީހަކަސް. " ޝަމީމް ވިދާޅުވިއެވެ.

މީގެ އިތުރުން ގައިދީންގެ ބޭސްފަރުވާއަކީ ޕީޖީގެ ޒިންމާއެއް ނޫން ކަމަށް ގާޒީ، އަދީބުގެ މައްސަލަ އާއި ގުޅިގެން ވިދާޅުވެފައި ވާއިރު، ގައިދީންގެ ބޭސްފަރުވާގެ ކަންކަން ހިނގާ ގޮތް ސާފުކުރަން ލިޔުމުން ކްރިމިނަލް ކޯޓުން ޕީޖީ އޮފީހުގައި އަހާފައިވާކަން ޝަމީމް ފާަހަގަކުރެއްވިއެވެ. އެހެންކަމުން ގައިދީންގެ ބޭސްފަރުވާ އާއި މެދު ގާޒީ ދެއްކެވި ވާހަކަތައް ހަމަނުޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

އަދީބުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލާފައި ވަނީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ އަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމުގެ ދައުވާއެކެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ އަދީބާއި އެކު ޕްރޮސެކިއުޓަރ ޖެނެރަލް ސޮއި ކޮށްފައިވާ އެއްބަސްވުމަކީ ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ އެއްބަސްވުމެއް ނޫން ކަމަށެވެ. އަދި އަދީބާއި އެކު ޕްރޮސެކިއުޓަރ ޖެނެރަލް ގާއިމުކުރި އެއްބަސްވުމަކީ ގާނޫނު ދަންނަ އެއްބަސްވުމެއް ނޫން ކަމަށް އެ ހުކުމްގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހުދު ފޮށާ

    ފީޖީ ހަމަ ބޮޑު އަގައެއް ދޯ މިއޮންނަނީ..

    ދައުވާތައް ފުލުން ދިޔައީ.. ޤާނޫނީ ފުންނާބު ވަރަށް އުހޯ..ލަ.؟ ފުނާބުގެ ދަށުން ދައުވާތައް އެދިޔައީ..

    ޕީޖީއަށް އިނގެންވާނެ ދޯ ކޯޓުންބޭރުގައި ނަގާ ހެކި އެއްބަސްވުން އެއީ ޗެލެންޖް ކުރެވޭނެ އެއްޗެހިކަން..

    އެއްކޮޅުން އޭޖީ ބަދަލު ދިނުމުގައި..

    އަނެއްކޮޅުން ޕީޖީ ފައިސާ ނެގިމީހުން ދޫކުރުމަށް މަގުފަހިކޮށްދެނޭ..

    ސާބަސް.. ޚަޒާނާ ހުސްކުރަން ފުރުސަތު ދީފަ ބަހއްޓާ.. ވާވާ..! ގާނޫނު ބޯލައިގެން ތިބި ފުންނާބީންތައްކާއެވެ.

    29
  2. ޙަހަ

    ކިހިނެއް ތިހަދަނީ ހެދި ޑީލްތައްވެސް އޮޅުން ބޮޅުން އަރާފި

    29
  3. އަހުމަދު

    ޔާމީނުގެ މައްޗަށް މި ސަރުކާރުން ދަޢުވާކޮށް ޙޫކުމްކުރީ އިންސާފަކުންނޫނޭ ރައްޔިތުންނަށް ބުނެވެނީވެސް ތިޔަސަބަބުތައްހުރީމާ، އަންނި އާސާލިހު ބޭނުންގޮތަކަށް ހުކުމް ކުރަނީ

    37
  4. ޢަދުލޭ

    ތިޔަށް ކިޔާނީ ގާޒީންނަށް ބިރު ދެއްކުން

    34
    2
  5. ހަސަނުގެދަރި

    ތިބުނާ ތަނަ ކަށް ހުށައެޅީމަ ވާނީ ކީއް މިހާރުވެސް މަމެން ނަށް އެގޭ މައްސަލަނިމޭނެ ގޮތް ސަރު ކާރުގެއިސްވެރިޔާ އާ މަތިފަޑީގަ ތިބި އެންމެ ނަށް އަދީބުވަނީ ޞަދަޤާތް ކޮށްފަ ކަމަށް ބުނާ އަޑުތަ ކެއް އިވޭ އެހެންވީމަ ތިޔަބުނާ ތަނެއްގަވެސް ތިބީ އެބައި ގަނޑު ކުރެވޭނީ ކޮން ކަމެއް ތިމާ މީހާއަށް ވެސް އެބަ އެނގޭ ހަމައެއް ކަމެއް ވެސް ނުވާނެ ކަން އެ ކަމަ ކު ރައްޔި ތުން ހައްދާލަން އެބަ ޖެހޭ ދޮއްތަ

    13
  6. ކިނބޫ

    ޕީޖީގެ މަގާމުގަ ހުރި ކުރީގެ ރައީސް ޔާމީނު ޫ ޫ. ޝަރުއީ ދާއިރާއަށް ބިރު ދައްކާ ނުފޫޒު ފޯރުވަނީ ތި. ހަމަ މިހާރު ތިކަން ހުއްޓާލާ.

  7. Anonymous

    މީ މީނާގެ ކަމަކީ ތިމާ ތަންކޮޅެއް ތަންދޮރު ދަންނަންވެއްޖެއެއްނު. ތިމާއަށް މިސްޓޭކެ ނެހެދޭކަމަށްތަ ތި ހީކުރަނީ. ކިތަންމެ ހެއްކެއް ހުއްޓަސް ގޯސް އިޖްރާއާތެއްގެ މައްޗަށް ދަޢުވާބިނާވެފައިވާކަމަށް ހުކުމުގައިއޮތީ. ކުރަންޖެހޭ ކަމަކީ އިސްތިއުނާފްކުރުން. މަމޮޅުވުމަކީ އެ މައްސަލައެއް ބަލާ ފަނޑިޔާރު ގޮވައިގެން ޖޭއެސްސީއަށް ދުވުމެއްނޫން. މީނަ މިއުޅެނީ ފަނޑިޔާރުނަށް ބިރުދައްކަންތަ. މީނާކުރާހާ ދަޢުވާއެއް ސާބޮތުވާންވީޔޯ. ފުންނާބުއުސް ބޫޓަކަށް އަރަންވީ

    16
  8. ޛކ

    ވަޔައްޔަގަޔު.. ކައޭމެން ބޭޔުންނުއާ ނިންމުޔެއް ނިންމާ ކޮންމެ ފަޑިޔާރަ ކަށް ދެދުނިޔެ ދައް ކައިލާތި..

  9. ހުސެން

    މިއީ އަދީބު ގެ ކުރީ ވަކީލު ،މިއީ އެމްޑީއެން ޟަހިންދާގެ ކުރީގެ ފިރިމީހާ.ދެން ދެނޯ .ނިކަން ފައްކާ ސަޅިބައިސާ ކަނޑާ މީހެއް މިއީ

    14
  10. ހުސެން

    ބަލަގަ އަދީބު އޭ ކިޔާ ފަނި މިވައްކަން ކުރަން ފޮނުވި މީހާ ގެ ދުލުން އެއޮތީ ތިމަންނަ ފޮނުވި ފަނިއެކޭ ބުނެފަ ދެން ކަލޭ ކީއްތިކުރަނީ ޕީޖީ.މަހަށް ދިޔަސް މާ ބޯކޮށް ލާރި ލިބޭނެނުންތޯ؟

  11. އަނބިހި

    ބަލަ ޕީޖީ ކަލެއަކައް ނޭންގޭތަ ފަނޑިޔާރަކު ހުކުމްކުރާގޮތަުން ކަލެއެއްކަމަކު އެހުކުމާދޭތެރޭ އެއްޗެއްނުކިޔޭނެކަން ކަލެއައްކުރެވޭނެކަމަކީ އެހުކުމް އިސްތިއުނާފުކުރުން އެކަންކުރޭ ބޭނުންނެތް އަނގަނުތަޅުވާ