މާފުށީ ކައުންސިލްގެ ރައީސް އުސްމާން ރަޝީދު ފުލުހަކަށް ހަމަލާދީފިއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އުސްމާން ރަޝީދު ފުލުހަކަށް ހަމަލާ ދިނީ ރޭ ފަތިހު މާފުށީގައި ހިންގި މާރާމާރީއެއް ކޮންޓްރޯލްކޮށް، މީހަކު ހައްޔަރު ކުރަން ފުލުހުން އުޅުމުންނެވެ.

އުސްމާން ރަޝީދަކީ އެމްޑީޕީ އަށް ނިސްބަތްވާ ކައުންސިލަރެކެވެ. އޭނާ ފުލުހަކަށް ހަމަލާދިނީ ރޭ މާފުށީގައި ހިންގި މާރާމާރީގައި އޭނާގެ ކޮއްކޮ ބައިވެރިވުމުން ކޮއްކޮ ހައްޔަރު ކުރަން ފުލުހުން މަސައްކަތް ކުރުމުން ކަމަށް "ވަގުތު" އަށް މައުލޫމާތު ލިބިފައިވެއެވެ.

އުސްމާން ރަޝީދު ފުލުހަކަށް ހަމަލާ ދިން ނަމަވެސް އަދި މިހާތަނަށް ފުލުހުން އޭނާ ހައްޔަރުކޮށްފައެއް ނުވެއެވެ.

ނަމަވެސް އުސްމާން ރަޝީދުގެ ކޮއްކޮ އާއި މާރާމާރީގައި ބައިވެރިވި އެހެން މީހުން ހައްޔަރުކޮށް، މިއަދު ބަންދުގެ މުއްދަތު އިތުރު ކުރުމަށް ފަހު މާލެ ގެނެސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ސޭޓު

  ތި އުސްމާނާ އޭނާގެ ކޮށްކޮއަކީ މާފުއްޓަށް ޖެހިފަ އޮތް ބޮޑު ވަބާއެއް

  38
 2. މޮހޮދު

  ތި ބުނާ އުސްމާނަކަށް ނުވާނެ އެއްކަމެއްވެސް ކުއްވެރިވާނީ ނިކަމެތި ފުލުހުން. ބަލަންތިބޭ???

  72
  1
 3. ބަލާވެރިކަމެއް

  ފުލުންގައި ތެޅުމާއި ދައުލަތުގެ މުދަލަށް ގެއްލުން ދިނުމުގެ ފާސް އޮންނަ ޕާޓީ މެމްބަރެއް.

  52
 4. ާއަހުމަދު

  މިޤައުމު ހަލާކުވެގެން މިދަނީ މިކަހަލަ ކަންތައް ހިގާތީ ...ކުށެއްކޮށްފިއްޔާ އެކަމުގެ އަދަބު ލިބެންޖެހޭނެ އެހެންނޫނީ ފިތުނަފަސާދަ އެތަނެއްގައި އުފެދޭނެ...

  41
 5. ޙަސަނާ

  އަޅެ މީ ކީއްވެގެން އުޅޭ ބައިގަޑެއްތަ ކާކުގެ ބާރެއްގަ ތަ މިމީހުންމިހާފުއްޕަމުންމިދަނީ ފުލުހަކައް ހަމަލާދީފިނަމަ ހަެްޔަރުކުރޭ...ކޮންކައުންސިލްގެރައީސްއެއްތަ..

  43
 6. އެތަކުރު

  ދޫކޮށްފަ ބަހައްޓާކަށް ނުފެނޭ. އަމުދުން ފުލުހަކަށް ހަމަލާ ދީފި މީހަކު އެއީ އެމްޑީޕީއަކަސް އެހެން ޕީއަކަސް ހުއްޓުވާ ހައްޔަރު ކުރަންޖެހޭނެ.

  48
  1
 7. ޖޯން

  ކުއްވެރިވާނީ ފުލުހުން ބަލަން ތިބޭ. ރޫހާނީ ލީޑަރު ނިކުންނާނެ ކައުންސިލަރު ހައްގުގައި

  38
 8. ޢަބްދުލްމުހައިމިން

  ތި ހުރީ ކައުންސިލަރުގެ ފެންވަރު. ފުލުސް މީހާ ރުޅި މަޑު. ރީނދުލެއް ބަރަބޮލެއް ބަލާނެ ކަމެއްނެތް. ތިޔަ ޢުޘްމާނު ސައިޒުކޮށްލަ ބަލަ.

  43
 9. އިބްރާ

  ރައްޔިތުންނޭވެ. ގައުމު ސަލާމަތްކުރަން ބޭނުމިއްޔާ އަވަހަށް އެމްޑީޕީ ސަރުކާރު ބަދަލުކުރޭ. އަދި ދުވަހަކުވެސް ސެކިއުލާ ފިކުރުގެ މީހަކަށް ވޯޓް ނުދެއްވާ

  51
  1
 10. އަހުމަދު

  ތަނަކުން ކުއްވެރިއަކު ފެންނައިރަށް ހައްޔަރު ކޮށްގެން ގެންނަނީ މާލެއަށްތަ، މާލެ ގެނެސް މާލެ ތެރެއަށް ދޫކޮށްލީމަ ދެންވާނީ މާލޭގައި އެވައްތަރު ގިނައެންނު

  27
  • ފާއިޒު

   ބޮޑު ކުށްވެރިޔާ ހުރިހާ ކުށެއްގެ މޭސްތިރި ވެސް ހުރީ މާލޭގައި. މިހާރުވެސް ދަނީ ކުށް ތަކުރާރު ކުރަމުން. ފުރިހަމަ ސެކިއުރިޓީއާއި ފުރިހަމަ ޢިއްޒަތުގައި.

 11. އަޑަފި

  އުސްމާންގެ ކިބައިން، ޕޮލިހުންނާއި، ރައްޔިތުންގެ މަޖިލިހާއި، ރައީސް އޮފީހާއި، ސުޕްރީމް ކޯޓުން މާފަށް އެދެންޖެހޭނެކަމަށް ފެނޭ. އަދި ޚަބަރު ގެނެސްދިން ނޫސްތަކާމެދު ފިޔަވަޅު އަޅަންޖެހޭނެކަމަށްވެސް ފެނޭ.

 12. ދެއުޅި ސަކީނާ

  ޙައްބޯރާހި އަރާ ބަކަރި ކޮށިގެ މަތީ ފަޑީގަ އިނދެ ބުނާނެ އެއީ މައުސޫމު ހުދު ފޮތިކޮޅެކޯ...ޖެހީމަ ހަދަންވީ ގޮތަކީ ޖެހިތާ ޖެހިވަރަށް ޖަހަންވީ.ކީއްކުރަން ހަބަރުގަ ލިޔަނީ...

 13. ސަޅި

  ތިކަން ހަނދާންނައްތާލާ. ޢެޚަބަރު ލިޔުނު ނޫސް ކުށްވެރިވާނީ. ގައުމީސަލާމަތަށް ނުރައްކާވާކަހަލަ ޚަބަރެއްވީމަ

 14. ރރ

  މިއެމްޑީޕީގަމިއުލެނީ ގިނައިން މިކަހަލަ ނުބާ ޖާހިލުން ރޭޕްކުރުމާ ތަޅާފޯލުމާ މިހެންގޮސް ކޮންކަމެއްނުކުރަނީ މިޤައުމު ސަލާމަތްކުރަށްވާންދެވެ