ބިދޭސީންނަށް ރެސިޑެންޓް ވިސާ ދޭން ހުށަހެޅުމަކީ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ގުޅިގެން ކުރިކަމެއް ކަމަށް ޕީއެންސީގެ ނައިބު ރައިސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާޙިމް ޝުޖާއު ވިދާޅުވިއެވެ.

މިއަދު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝުޖާއު ވިދާޅުވީ އެއީ ހީލަތްތެރި ރޭވުމެއްގެ ދަށުން ހިނގާ ކަމެއް ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.

އިމިގްރޭޝަން ޤާނޫނަށް ގެނައި އިސްލާހު މަޖިލީހަށް ގެނެސް ކޮމިޓީ މަރުހަލާ ނިމުނު ފަހުން ރައީސް ނަޝިދު އިސްނަންވައިގެން ކުރާ އެ މަސައްކަތަކީ ދިވެހިންގެ މިނިވަންކަން ނިގުޅައިގަތުމުގެ ނިޔަތުގައި ކޮށްފައިވާ ކަމެއްކަމަސް ވެސް ޝުޖާއު ވިދާޅުވިއެވެ.

"މިކަމަކީ އަޅުގަނޑުމެންގެ މިނިވަންކަން ނިގުޅައިގަތުމަށް ޕްލޭންކޮށްގެން، އިންޖިނިއަރ ކުރެވިގެން ކުރަމުންދާ ކަމަކަށްވާތީ އަޅުގަނޑު އެގޮތަށް ދެންނެވީ. މަޖިލީހަށް ހުށަހެޅި، ކޮމިޓި މަރުހަލާ ނިންމާ ރިޕޯޓް ފައިނަލް ކުރުމަށް ފަހު އެއަށް އިސްލާހުތަކެއް ގެނެވިގެންނޭ މިކަން ކުރެވޭނީ ވެރިކަން ހިންގާ ޕާޓީގެ ރައީސް ވިދާޅުވުމަކީ ވަރަށް ނުރައްކާތެރި ކަމެއް. މިއީ ރައީސް މުހައްމަދު ނަޝިދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ގުޅިގެން ރާއްޖޭގެ މިނިވަންކަން ނަގާލަން ސީދާ ގަސްތުގައި ހިންގި ކަމެއް ކަމަށް ޤަބޫލު ކުރެވޭތީ އެހެން ދެންނެވީ." ޝުޖާއު ވިދާޅުވިއެވެ.

އިމިގްރޭޝަން ގާނޫނު މިހާރު އޮންނަ ގޮތުން ރެސިޑެންޓް ވިސާ ދެވޭނީ ދިވެއްސަކާ ކައިވެނި ކޮށްގެން އުޅޭ ބިދޭސީންނާއި ސަރުކާރުން ގަބޫލުކުރާ ވިޔަފާރިތަކުގައިި ބޮޑެތި އިންވެސްޓްމަންޓް ކުރާ ބިދޭސީންނަށް އެކަންޏެވެ.

އެކަމަކު، ރައްޔިތުންގެ މަޖިލިހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އަށް ނަޝީދު ހުށަހެޅުއްވީ 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށާއި އެއް ލައްކަ ރުފިޔާ އަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ކުރާ ބިދޭސީންނަށް ވެސް ރެސިޑެންޓް ވިސާ ދޭންޖެހޭ ގޮތަށެވެ. އަދި ދިިވެއްސަކާ ކައިވެނި ކުރާ ބިދޭސީންނަށް ވެސް އެ ވިސާ ލިބޭ ގޮތަށް ބަދަލު ގެނައުމަށް އިސްލާހުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. Anonymous

  ބިދޭސީއަކަށް މިގައުމުގެ އެންމެ ވެލިފުކެއް ވެސް އަމިއްލަ ކުރެވި ގެން ނުވާނެ އެހަދަނީ ގޯހެއް އެއްބަހަކުން ވާހަކަ ދައްކާ އެއްނަސްލެއްގެ އެއްދީނެއްގެ އެއްސަގާފަތެއް ހިއްސާ ކުރާ ދިވެހިން ،ދިވެހިންގެ ތެރޭ ތަފާތު ކުރުންތަކަށް ޖާގަދީ ނަސްލީ ބައިބައިވުން އުފެދެން ޖާގަ ނުދީ ދިވެހިން ހޭލާ މި އީ އެންމެހާ ދިވެހިންގެ ގައުމެއް ވަކި އާއިލާ އަކުން ހިސޯރު ކުރަން ޖެހޭ ގައުމެއްނޫން

 2. علي وحيد

  ސުޖާ ވިދާޅުވި ޔަސް ތިއީ ހަމަ ތެދެއް ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި إبراهيم محمد صالح ބުނެފައޮންނާނެ ކޮންމެ ގޮތެއްވިޔަސް ކޮންމެ ކަމެއްކުރިޔަސް މުޙައްމަދު ނަސީދު އާއި ތިމަންނަ އާއި ވަކިކުރެވޭނެ އެއްވެސް ކަމެއް އެއްވެސް މީހަކަށް ނުކުރެވޭނެއޭ ވެރިކަމުގެ ތެރޭގައި ކިތަންމެ ހިތްދަތިވިޔަސް ކިތަންމެ ހިތްދަތި ކަމެއް ކުރިމަތިކުރުވިޔަސް ނަސީދު އާއި ތިމަންނަ އާއި ދުރުކުރެވޭނެ އެއްވެސް ގޮތެއް ހެދޭނެ އެކަކުވެސް ނުހުންނާނެއޭ އެހެން ވީމާ މިވެރިކަމުގެ ތެރޭގައި ހިމެނޭ އަދި ހިންގާނެ ކޮންމެ ކަމެއްވެސް އެހިނގަނީ ކެނެރީގެ ލާދީނީ ނަސީދު އާއި އިބްރާހިމް މުހައްމަދު ސޯލިޙު އާއި ގުޅިގެން

 3. ދިވެއްސެއް ވީމަ ބުނަމޭ

  ބުއްޅަ ގޮސް ހަދަނީ ދިވެހިން ހޭލާ

 4. ކޮރަކަލި

  އިންޑިއާގެ ފުރެތިކާލުންނާ ބަންގާޅިން ދިވެހިންގެ މައްޗަށް ބަސްބުނެ ދިވެހިން ނިކަމެތި ކޮށް ވަޒީފަާތައް ފޭރިގަންނަން ފުރުސަތު ނުދީ ދިވެހިން ހޭވެރިވޭ ރޭޕިސްތާނަށް ލޮބުވެތި ދިވެހި ގައުމު ވިޔަނުދީ

 5. Anonymous

  އުތީމު ތިންބެއިންނާ ދަންޑަހެލާ އަލި ރަސްގެފާނާއި ދޮންބަންނޑާރައިން ތަކަކަށް ދިވެހި ގައުމު އެދި ގިސްލާ ރޮނީ ނޫކަށި ޒުވާނުން ތެދުވެބަލަ

  8
  1