ލ. މާވަށުގައި މިނިސްޓްރީ އޮފް ޕްލޭނިން، ހައުސިން އިންފްރާސްޓްރަކްޗަ އިން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ ބަނދަރު ހެދުމުގެ މަޝްރޫގެ 37 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ހާމަކޮށްފިއެވެ.
އެމްޓީސީސީ އިން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ މި މަޝްރޫއުގެ ތެރެއިން ކުރިން ހަދާފައިވާ ބަނދަރާއި ނެރުގެ މެއިންޓަނަންސް މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ކީ ވޯލް ޖެހުމަށް ބޭނުންވާ ބްލޮކްސް ބެހެއްޓުމުގެ މަސައްކަތް މިމަހުގެ 15 ވަނަ ދުވަހު ފަށާފައިވާ ކަމަށް ކުންފުނިން ވިދާޅުވިއެވެ.
ލ. މާވަށް ބަނދަރު ހެދުމުގެ މަސައްކަތުގެ 37 ޕަސެންޓް ނިމިއްޖެ. މި މަޝްރޫޢުގެ ތެރެއިން ކުރިން ހަދާފައިވާ ބަނދަރާއި ނެރުގެ މެއިންޓަނަންސް މަސައްކަތްވަނީ ނިމިފައި. އަދި ކީ ވޯލް ޖެހުމަށް ބޭނުންވާ ބްލޮކްސް ބެހެއްޓުމުގެ މަސައްކަތްވަނީ 15 ޖުލައި 2020 ގައި ފަށާފައި. (1/2) pic.twitter.com/bpNRzJIxY2
— MTCC Plc (@MTCCPlc) July 19, 2020
މި މަޝްރޫޢަކީ 27.3 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރު އޭޕްރީލް 7 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ މަސައްކަތް 330 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެއެވެ.
މި މަޝްރޫއުގެ ދަށުން އެ ރަށުގެ ބަނދަރުގެ ބޭރު ތޮށި ހެދުމާއި 110 މީޓަރުގެ އެތެރެ ތޮށި ހަދައި، ބަނދަރާއި، ނެރު ފުން ކުރާނެއެވެ.
އެމްޓީސީސީގެ މަސައްކަތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަލުވިކަމާއެކު ދަނީ ކުރަމުންނެވެ.
ދިހަ އަހަރު ތެރޭ ދެވަނަ ފަހަރަށް ފަހަރަކު ޗިހި ތިރީސް މިލިޔަން..ކޮބާ އެހެން ރަށްރަށުގައި ދިރިއުޅޭ މީހުންގެ ހައްޤު؟
މާވަށަ ކީ ސަރު ކާރުން މާބޮޑު ޚަރަދު ކުރާ ރާށެއްނޫން....އެއްވެރި ކަމެއްވެސް.....އެހެންވީމާާ މާވަށަ ނުބެހީ ހުރެއި
މާވަށަ ކީ ސަރު ކާރުން މާބޮޑު ޚަރަދު ކުރާ ރާށެއްނޫން....އެއްވެރި ކަމެއްވެސް.....އެހެންވީމާާ މާވަށަ ނުބެހީ ހުރެއި