އެފްއޭއެމްގެ އިންތިހާބާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަރަށް ހަޑި ކަންތައްތައް ކުރައްވަން އުޅުއްވި ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި އެފްއޭއެމްގެ އިންތިހާބު ނުހުއްޓުވި ސަބަބާ ގުޅޭ ގޮތުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ކުރެއްވި ސުވާލުގެ ޖަވާބުގައި މަހްލޫފް ވިދާޅުވީ އެފްއޭއެމްގެ އިންތިހާބުގެ މައްސަލައިގައި އިޖުތިމާއީ ކޮމިޓީން ވަކި ގޮތެއް އަންގަން ދެން އިންތިހާބު ފަސްކޮށް ދިނުމަށް އެދުނު އިރު، ކޮމިޓީގެ ނިންމުން އެފްއޭއެމްއާ ހިއްސާ ކުރެއްވި ކަމަށެވެ.
އެކަމަކު، އެފްއޭއެމް އިންތިހާބު ހުއްޓާލަން އެންގި ނަމަ، އެއީ ގާނޫނާ ހިލާފަށް ކުރެއްވި ކަމެއް ގޮތުގައި ކަނޑައެޅުނީސް ކަމަށް މަހްލޫފް ވިދާޅުވިއެވެ.
"ސަބަބަކީ ވަަޒީރަކަށް ހުންނަ މީހާއަކަށް އެއްވެސް ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ އިންތިހާބު ހުއްޓުވައި އެއަށް ބާރު ފޯރުވައި ހެދުމުގެ އެއްވެސް ހައިސިއްޔަތެއް ނޯވޭ. އެ ބާރު އޮންނަނީ އަޅުގަނޑުމެންގެ ސްޕޯޓްސް ކޮމިޝަނާގެ ދަށަށް،" މަހްލޫފް ވިދާޅުވިއެވެ.
"އަޅުގަނޑު ވަރަށް ދެރަވޭ، ޕީޖީ ލީޑަރު އަލީ އާޒިމް މިކަންތަކުގައި ކުރައްވާ ގޮތް. ހަމަ ވަރަށް ދެރަވޭ. ދެރަވާ ސަބަބަކީ އެންމެ ރަނގަޅަށް މިކަން އެނގިވަޑައިގެން ހުންނަވައި އަޅުގަނޑު ލައްވައި ވަރަށް ހަޑި ކަންތައްތަކެއް ކުރައްވަން މަސައްކަތް ކުރައްވާތީ،"
މަހްލޫފްގެ އެ ވާހަކަތަކާ ގުޅިގެން ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އޭނާގެ ވާހަކަތައް ހުއްޓުވައިފައެވެ. ނަޝީދު ވިދާޅުވީ، އެ ގޮތަށް މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ފުރުސަތު ވަޒީރަށް ނުދެއްވޭނެ ކަމަށެވެ.
އަދި މެމްބަރުން ކުރައްވާ ސުވާލުތަކުގެ ޖަވާބު ދެއްވުމަށް ނަޝީދު ވަނީ މަހްލޫފަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
މަހްލޫފް، އާޒިމަށް އިޝާރާތް ކުރައްވައި ވިދާޅުވީ އާޒިމްގެ އެ މަސައްކަތް ސިފަ ކުރެއްވުނީ އެމްޑީޕީން އެންމެ ފަހުން ބޭއްވި ރިޔާސީ ޕްރައިމަރީގައި ނަޝީދަށް ވޯޓުލައްވަން ނިކުންނެވީމަ، އެ އިންތިހާބު ހުއްޓުވަން ފުލުހުން ނުކުތް ގޮތަށް ކަމަށެވެ.
މީގެ ހަތަރު މަސް ކުރިން އެފްއޭއެމްގެ އިންތިހާބަކަށް ގޮވާލީމަ، ވާދަ ކުރާނެ މީހަކު ވެސް ނެތް ކަމަށް މަހްލޫފް ވިދާޅުވިއެވެ.
"އޭގެ ހަތަރު މަސް ފަހުން ވަޒީރަކަށް ހުންނަ މީހާގެ ކައިރީގައި ބުނެގެން ފުލުހުން ފޮނުވައިގެން ގައުމީ ކުޅިވަރު އެސޯސިއޭޝަންގެ އިންތިހާބު ހުއްޓުމަކީ ހަޑި ކަމެއް. އެކަން ކުރެވޭނީ އޭގެ މެމްބަރުންނަށް،" މަހްލޫފް ވިދާޅުވިއެވެ.
މަހްލޫފް ވިދާޅުވީ މިހާރު ބޭނުންވިޔަސް، ފުރަތަމަ ޑިވިޝަންތަކުގެ ކުލަބުތަކުން ސޮއިކޮށްފައި އިތުބާރު ނެތް ކަމުގެ ވޯޓު ނިމުނީމަ، އެކަން ނިމުނީ ކަމަށާއި އެ ވަރު އެނގިވަޑައިގަންނަވާ ބޭފުޅުން މަޖިލިހުގައި އެބަތިއްބެވި ކަމަށެވެ.
"އަޅުގަނޑުމެންގެ ފަރާތުން ގާނޫނީ އިމުގެ ތެރެއިން ދޭން ޖެހޭ އެއްބާރުލުމެއް މިކަމަށް ދޭނަން،" މަހްލޫފް ވިދާޅުވިއެވެ.
އެފްއޭއެމުން އިންތިހާބު ބޭއްވީ ގަވާއިދާ ހިލާފަށް ކަމަށާއި އިންތިހާބު ބާތިލްކަމަށް މަހުލޫފު ވިދާޅުވާން ޖެހޭ ކަމަށް އާޒިމް ވަނީ ދާދި ފަހުން ވިދާޅުވެފައެވެ. އެފްއޭއެމް އިން ދާދި ފަހުން ވަނީ ކޮންގްރެސް ބާއްވައި ރައީސަކަށް އަނެއްކާ ވެސް ބައްސާމް އަދީލް ޖަލީލް ހޮވައިފައެވެ.
އެފްއޭއެމްގެ ހިންގާ ގަވާއިދާއި ކުޅިވަރު ގާނޫނާއި އަދި ފީފާގެ ހިންގާ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް މިނިސްޓްރީ އަށް އެންގުމަށާއި އެ ކަންކަމަށް އަމަލުކުރުމަށް ފަހު މެނުވީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެންގުމަށް އަދި ވަގުތުން ވަގުތަށް މިކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އާޒިމް ވަނީ ރައްޔިތުންގެ މަޖިލިހަށް ކުރިން ގާރާރެއް ވެސް ހުށަހަޅުއްވައިފައެވެ.
އެފްއޭއެމުން އެކަން ފީފާގެ ސަމާލުކަމަށް ގެނުމާ އެކު، ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ އިން ވަނީ އެފްއޭއެމް އަށް ތިން ވަނަ ފަރާތެއްގެ ނުފޫޒު ވަންނަ ނަމަ، ދިވެހި ފުޓްބޯޅަ އަށް ސަސްޕެންޝަނެއް އަތުވެދާނެ ކަމުގެ އިންޒާރު ދީފައެވެ.
މަ ހީކުރީ އެހެންކަހަލަ ހަޑި ކަމެއްކަމައް
ބުއްޅަބޭ މަހޭހުއްޓުވާލިޔަސް އެއޮތީބުނެވިފަ ނުފޫޒުފޯރުވިވާހަކަ ދެން ލަލަލާ
ތިސޮރު ޤާނޫނުގެ ވާހަކަ ދައްކަން ލަދުނަންނަންޖެހޭނެ! ކަންކަން ކުރެވޭނީ ޖީބަށް ބަރުވާ ގޮތަށޭ ބުނެބަލަ! މާ ތާހިރުވާނެ!
ބަލަގަ އާޒިމަކީ މަޖިލީހުގައިހުރި ފަންޏެއް ނައިފަރު ދާއިރާގެ މެންބަރަށް މީނަ މަޖިލީހުގައި ހުރެ ކުރިއަނިޔާ ދެކުންތަ.
ޘިީހަޑިހާވާުމިހުން
މިމީހުންގެ މެދުގައި ވަރަށް ބޮޑު މައްސަލަގަނޑެއް އެބައުޅޭ
ސާބަސް ! މަހޭ..... ރާއްޖޭގައި އޮތީ މަޖިލިސް އެކަނި ކަމަށް ހަދަން އުޅޭ ތި ބައިގަނޑު މިހާރު ބޭރުކޮށް އާބާތުރަ ފިލުވަން ވެއްޖެ މިހާރު... އަހަރުމެން މަހޭ އާ އެކުގަ މި ތިބީ.
ތި 2 މީހުންނަކީވެސް ހަޑިކަންކަމާ ކަރަޕްޝަނާ ޖާހިލުކަމާ ނުލަފާކަމުން އަރުންވައިގަނެފައި ތިބި 2 މީހުން އެކެކަން ދޫކުރާނެ އަނެކަކުނެތް
އަވަހަށް ޖެންޑާ މިނިސްޓުރީއަށް ހުށަހަޅުއްވާ.