ކުރީގެ ރައީސް މުހައްމަދު ނަޝީދު "ވަގުތަށް" އިންޓަވިއުއެއް ދެއްވަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ރިޔާސީ ނިޒާމަކީ ދިވެހިންނާއި ގުޅޭ ނިޒާމެއް ނޫންކަން ކަށަވަރުވެފައިވާކަމަށާއި، ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ޤާއިމްކޮށް، ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކުރެއްވުމަށް ހުށައަޅުއްވާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވައުދުވެ ވަޑައިގެންފިއެވެ.

ރައީސް ނަޝީދުގެ މިވައުދު އިއުލާން ކުރެއްވީ އެމަނިކުފާނު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ފެއްޓެވުމުގެ ގޮތުން އައްޑޫ ސިޓީގައި ބޭއްވި ޖަލްސާއަކަށް ފޮނުއްވެވި ވީޑިއޯ މެސެޖެއްގައެވެ.

ރައީސް ނަޝީދުގެ ކެމްޕޭން މިރޭ ފެށީ "ޖަޒީރާ ރައީސް" ގެ ނަމުގައެވެ.

ރައީސް ނަޝީދު ވިދާޅުވީ ސިޔާސީ ނިޒާމް ދިވެހިން ހިޔާރުކުރީ އަދާވަތްތެރި ސިޔާސީ ނިޒާމެއް ދުށުމުގެ ނިޔަތުގައި ނޫން ކަމަށެވެ.

ރައީސް ނަޝީދު ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ޤާއިމްކުރަންޖެހޭކަމަށާއި، އަދި އެ ސަރުކާރަކީ އެ ސަރުކާރުގެ މުއްދަތުގެ ތެރޭގައި ވަގުތީ ސަރުކާރެއް ހިންގާނެ އިންތިޒާމްތަކަކާއެކު ޤާއިމްކުރެވޭ ސަރުކާރަކަށްވާންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ނަޝީދު ވިދާޅުވިގޮތުގައި އުފައްދާ ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގެ މުއްދަތަކީ 6 އަހަރު ކަމަށެވެ.

"މި ހަ އަހަރުގެ ފުރަތަމަ ދޮޅު އަހަރު ދިވެހިންގެ ތެރޭން، ގެއްލުމާއި، ހިތާމައާއި، އަނިޔާ ލިބި ތިބި މީހުންގެ ހިތްތަކަށް ފިނިކަން ގެނެސްދޭންޖެހޭ. ބަދަލުވުމަށް ބޭނުންވާ ހިތްހަލާސްކަން ހޯދައިދޭނެ އަދާލަތު ނުވަތަ ޓްރޭޝިޝަނަލް ޖަސްޓިސްގެ މަސައްކަތް ހިންގާ ފަނޑިޔާރުގެތަކަށް ރައްޔިތުންގެ އިތުބާރު ލިއްބައިދޭނެ ބަދަލުތައް ގެނެސް ޖިނާއީ އަދުލުގެ ނިޒަމާއި، ފުލުހުން އަދި ސިފައިންގެ މުއައްސަސާ ހަރުދަނާކޮށް،މ ުސްތަޤީލް މުއައްސަސާތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ހިފޭނެ ހަމަތަކަކަށް އެ މުއައްސަސާތައް ބަދަލުކުރަންޖެހޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖެއަށް ސިޔާސީ ހަމަޖެހުން ހޯދުމަށް ވެރިކަމުގެ ނިޒާމް ބަދަލުކުރަންޖެހޭ ކަމަށެވެ. އަދި ދިވެހިރާއްޖެއާއި މި ރިޔާސީ ނިޒާމް ނުގުޅޭކަން ކަށަވަރުވެއްޖެކަމަށާއި، ބާރުގަދަ ރައީސުލްޖުމްހޫރިއްޔާއަށް މުޅި ނިޒާމް ގަނޑުބަނޑުކުރެވޭކަމީ ފެންނަން އޮތް ހަޤީޤަތެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަންޖެހޭކަމަށެވެ.

ބަރުލަމާނީ ނިޒާމެއް ގެންނާނެ ކަމަށް ރައީސް ނަޝީދު ވައުދުވެ ވަޑައިގެންނެވި އިރު ރާއްޖޭގެ ޤާނޫނު އަސާސީ ރިޔާސީ ނިޒާމެއްގެ ސިފަތައް ހިމަނައިގެން ފާސްކޮށްފައި ވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ނިންމަވާފައި ވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. 13 އަހަރު ފަހަށް އަހަރުމެން މަޑުކުރާނަން... އޭގެފަހުންތާ ތިބޭފުޅާޔަށް ތިކަންތަށް ހުށަހެޅީނީ

  2. ބުއްޅޭ ފޮނިނުކަނޑާބަލަ. ކަލެއަށް ވެރިކަމަށް ކުރިމަތިލެވެންއޮތީވެސް މިޤާނޫނު އަސާސީ ބަދަލުކޮށްގެން. ދެން ކިހިނެއް އެކަން ނުކޮށް އެހެން ކަންކަން ކުރަނީ

  3. އަސްލުހާލަތު

    ތި އައްޑޫ ރައީސެއްތަ؟ މީނާގެ ހުރިހާކަމެއް އައްޑޫގަ އައްޑޫ އައްޑޫ ދަރުރުގަ ހިނއގި ބޮޑެތި ހުރިހާކަމެއްވެސް އައްޑޫގަ..އަހަރެމެން ބޭނުމީ މުޅި ޤައުމުގެ ރައީސްއެއް

  4. މަޖިލިސްގެ އުނދަގޫ ބޮޑުވެގެން ހުރިހާ ވަޒީރުން ލައްވާ އިސްތިޢުފާާ ދެއްވަން ޖެއްސެވީ އެހެންވެގެންތޯ؟

  5. ބުނެލަން އޮތީ ތިބޭފުޅާގެ ނަމެއް ވޯޓުކަރުދާހުގައި ނުހިމަނާ ވާހަކަ

  6. އަބްދުއްލާ

    މިކަލޭގެ އަކަށް ދެކޮޅުޖެހޭ ވާހަކައެއް ދައްކާކަށް ނޭގޭނެ . މިގައުމަށްއެކަށޭނަ ނިޒާމަކީ ރިޔާސީ ނިޒާމް . ތިބޭފުޅާއާ ތިބޭފުޅާގެ ޕާޓީ އަކުނޫޅޭ އެއް ނިޒާމެއްވެސް ކަމުދާނެ ބަޔެއް އެއީ ކަމެއް ކުރަން ނުދަންނާތީ އެގެނީ މުޒާހަރާ ކުރުން އެކަނި ވެރިކަމުގާ ހުރެގެންވެސް ކުރީ މުޒާހަރާ ތިޔަ ހިޔާލީ ފޮލާކައްކާނެކަމެއްނެތް ތިޔަކަމެއްނުވާނެ.

  7. ޢަނެއް ކަންތައް

  8. ަައައްޑޫބެއްޔާ

    އަންނިގެ އެމްޑީޕީ ރިޔާސީ ޕްރައިމަރީ ފެއްޓެވުމުގެ ޖަލްސާއަށް ހާދަބަޔަކު ގޮސް އޮތޭދޯ؟ މަހަމަ ހައިރާންވެއްޖެ! މިފަހަރު ޕްރައިމަރީ ކާމިޔާބުކޮށް އަނެއްކާ ވެރިކަމަށް އަންނާނެ ކަމުގެ ކޮޅުމަތި މިރެއިންމިރެޔަށްވެސް ފެނިއްޖެ.

  9. ކަމަނަ މުހައްމަދު

    ވީޑިއޯ މެސެޖުންނާ އޯޑިއޯ މެސެޖުން ވެރިކަން ކުރެވޭތަ. ސިކުނޑީގަ މައްސަލައެއް އުޅޭތޯ ބެލުމުގެ ބަދަލުގަ، މީނަގެ ސިކުނޑިއެއް އިންތޯ ޓެސްޓް ހަދަންވީ.

  10. ގާނޫނު އަސާސީ ކުޅެން ތިއުޅޭ ހަމައެކަނި މަގުސަދަކީ އެގާނޫނު އަސާސީގައި އޮތް މުސްލިމް ލިޔެފައިވާ ހުރިހާ ތަނެއް އޭގެން ނަގަށް. ބޮޑު އިބިލީހަށް އެކަން ހާސިލްވާނީ އިދިކޮޅުގަ ތިތިބި ގަމާރުންނާ ލާދީނީ މީހުންގެ އެހިގަކަން މިކަލޭގެއަށް އެނގޭ.

  11. ހައިވާނު މިހާރު ފެށީދޯ ގާނުނު އަސާސީގަ އޮތް ދިވެންގެ ދީނަކީ އިސްލާމް ދީނޭ ބުނާ މާއްދާ ނެގުމުގެ މަސައްކަތް. އަޅެ މިޝައިޠާނު މުސީބާތުން ދިވެހިން ސަލާމަތް ކުރައްވާނަމަ. 7 އަހަރުވީ މި މުސީބާތުގަ އުޅޭތާ. ޔާ ﷲ ކެނެރީގޭ ބޮޑު ޝައިޠަނުގެ ނުބައިކަމުން މި މުސްލިމް އުއްމަތް ސަލާމަތް ކޮށްދެއްވާނދޭވެ. އާމީން.

  12. ޏަޝީދަކީ ދީނާއި ޤައުމުގެ ދުޝްމަނެއް، އަބަދުވެސް ދައްކާނީ ދެކޮޅު ނުޖެހޭ ވާހަކަ، އަދި ދަެްކާ ވާހަކަ ނިމުމުގެކުރިން އެދައްކަނީ ތާކުންތާކު ނުޖެހޭ ވާހކައެއްކަން އަދުއަހާމީހައަށް އެނގޭވަރު ކުރާނެ، އެހެންވެ ބުނަން ޖެހެނީ މި ނަޝީދުގެ ފަހަތުގައި އުޅެގެން އެއްވެސް މީހަކަށް ހެވެއް ނުލިބޭނޭ

  13. މީއަޅެ ގަމާރެއްތަ. ރައްޔިތުންކުރެ ނާހާ އަބަދުވެސް މޮޅުވާހަކަ ދައްކައިގެން ތިމާ ބޭނުންވާގޮތައް ހުރިހާ ކަމެއް ކުރަނީ. ޑިމޮކްރަސީގަ އޮންނަނީ ތިމާ ބޭނުންވާ ގޮތެއްނޫން އިނގޭތޯ. ރާއްޖޭގެ މެޖޯރިޓީ ބޭނުންވާގޮތް.

  14. މީހަމަ ބޮޑު ރޯގާއެއް ދުވަހަކު ހިތްހަމަ ޖެހިގެން ނުހުންނާނެ އަބަދުވެސް ފޮނި ދެއްކުން ރަސްކަލަކަށް ވާންވީނުން

  15. އަދިވެސް މިކަލޭގެކިބައިގައި ހުންނަ ބޮޑާ ކިބުރުވެރިކަމެއް ނުކެނޑެޔޭދޯ. ކަލެއާ ކަލޭގެ ފަހަތުގަތިބި މުނާފިގުން ގެކިބައިން މާތްވެގެންވާ އިސްލާމްދީނާ، މިބިމާ، އެންމެހާ ދިވެހި ރައްޔިތުން ސަލާމަތްކޮށް ދެއްވުން އެދި ދަންނަވަނީ ބާރުވެރި ވަންތަ މާތްﷲ ގެ ޙަޟްރަތުން.

  16. އައްޑޫގައި ތިޔަހަދަންއުޅޭ ސަރުކާރު ތިޔަބުނާގޮތައް ހަދާލަންފެނޭ އެއީ އައްޑޫމީހުންނަކީ، ކަލޭވަރުގެ މީހަކުނެތިގެން އުޅޭބައެއް. ކަލޭ ޖަހާހާ ބެރަކަށް އެމީހުން ނަށާނެ.

  17. "ބަނޑުއަޅާލާ" ނިޒާމަކަށް ދިވެހިރާއްޖެ ބަދަލު ކުރަންވެސް ކެލެއަކަށް މިދިވެހިރާއްޖެ ނެރޭނެ!
    އޮޅިގެން އެރިޔަސް ހަމަ ޖަލަށް ލާނީ
    ان شاءالله.

  18. ގަލޮޅުގަ އުޅޭނެ އާބިދާ ކިޔާ އަންހެނެއް .އޭނައައް ގުޅާފަ ތިޔަފަތިވަރު ދަމާ ބަލަ. އަހަރެމެން ފޫހިވެއްޖެ ތިޔަ މޮޔަގަޑު ދެކެ، ރައީސް ޔާމީން ރޭގަ ޖަލުސާގަ އެވިދާޅުވި ގައިދީންނައް ފުރުސަތެއް ނެތޭ، ދެންތިޔަ ހުވެފެން ދެކުން ހުއްޓާލާ،އަހަރެމެން ބޭނުމެއްނުން ދެވަނަ ސުރިލަންކާއައް ވީހެން ވާކައް ތަރައްގި ފަހަތައްސޮއްސާލާކައް،،

  19. ކަލެއަށް ރިޔާސީ އިންތިޚާބުގައި ކުރިމަތި ލެވޭނެ އެއްވެސް ޖާގައެއް ނެތޭ ކަލޯ އުސާމާބިން ލާދިންގެ ވައްތަރަށް ފިލާ އޮވެގެން ވީޑިއޯ ފޮނުވުން ނޫން ކަމެއް ކަލެއަކަށް ނުކުރެވޭނެ ތީ ބޯ ބުރާންތި ވެފަ ހުރިމީހެއް

  20. އަންނި އަކީ ދުވެއްސެއްތަ؟ ކޮންމެ ކޮންމެ މީހަކަށް މިޤައުމުގެ ވެރިކަން ހިންގާ ނިޒާމް ބަދަލު ކުރެވޭނެތަ؟ ޖަލު ޙުކުމް ތަންފީޒު ކުރަން ނުކެރޭ މީހުންނަށް ޤައުމުގެ ވެރިކަމާއި ތޮޅެން އެނގޭތީ ހިތާމަ ކުރަން

  21. ވަކަހަންގަނޑު

    މި ވަހުޝީ ޝައިތާނު އެހެން މޮޔަގޮވާތީ އުފާކުރަން... އަދި އަދައްވުރެ ކަޅު ދުވަސްތަކެއް މިކަލޭގެ އަށް ދައްކަވާ އެގޮތުގަ ނިމިދާށި... ހިއަތް ފިނިކަމޭ.. ގެއްލުމުގެ ބަދަލޭ... މިކަލޭގެ ޤައުމަށް ޤައްދާރުވޭވޭ އެހުންނަނީ... ހުސް ބުޅީގަ ބާނާ ކަނޑު މަސް ބާނަނީ އެން ޖަހާގެން... އެހެންވީމާ ބުނެލަން އޮތީ އެމަސް ކެޔަސް ދިވެހީންނަކީ ކަލޭ ކަހަލަ މޮޔައިންނެއްނޫނޭ... ކެނެރީ އާއިލާއަށް ވެސް މިކަލޭގެޔާހެދި ހުތުރު... ފޫހި އާއިލާއެއް... ގިނައީ ޚާއިނުން، ޤައްދާރުން، ހިއްޕަވާ މީހުން، ޖުވާގެ ބޮޑުން