ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ލޮލުގެ ސިއްހީ ހާލަތު ގޯސްވެ ރާއްޖޭން ބޭރުން ފަރުވާ ހޯދުމަށް ދެވަނަ ޑޮކްޓަރަކު ލަފާ ދެއްވާފައިވާ ކަމަށް އާއިލާއިން ބުނެފިއެވެ.

އަދީބުގެ ލޮލުގެ ފެނުން ދަށްވެ ގްލޮކޮމާ ޖެހިފައިވާ ކަމަށް މީގެ ކުރިންވެސް ޑޮކްޓަރުން ބުނެފައިވާކަމަށް އާއިލާ އިން ބުނެއެވެ. އަދީބުގެ ލޮލުގެ ފެނުން އެއްދުވަހުން އަނެއް ދުވަހަށް ދަށްވަމުން ދާތީ ރާއްޖޭން ބޭރުން ފަރުވާ ހޯދުމަށް ޑޮކްޓަރު މީގެ ކުރިންވެސް ލަފާ ދެއްވިކަމަށް ވެސް އާއިލާ އިން ބުނެއެވެ.

އަދީބުގެ އަންހެނުން މަރިޔަމް ނަޝްވާ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އަދީބުގެ ލޮލުގެ ފެނުން ދުވަހެއް ދުވަހަކަށް ދައްވާތީވެ، އެތައް ފަހަރެއްގެ މަތީން ލޮލުގެ ޑޮކްޓަރަކަށް ދެއްކުމަށް އެދުމުން ދޫނިދޫއަށް ޑޮކްޓަރެއް ގެންގޮސް އަދީބުގެ ލޯ ދައްކާފައިވާ ކަމަށެވެ. އަދި ޑޮކްޓަރު ވަނީ ވީ އެންމެ އަވަހަކަށް އަދީބު ބޭރަށް ފޮނުވައިދީ، ގްލޮކޮމާ ސްޕެޝަލިސްޓަކަށް ދެއްކުމަށްވެސް ލަފާދީފައިވާ ކަމަށް އޭނާ ބުންޏެވެ. މިއީ އަދީބުގެ ލޮލުގެ ހާލަތު ގޯސްވެ ބޭސްފަރުވާ އަށް ބޭރަށް ފޮނުވުމަށް ލަފާދިން ދެވަނަ ޑޮކްޓަރު ކަމަށާއި އަދީބު ބޭސްފަރުވާއަށް ބޭރަށް ފޮނުވުމަށް ކޮރެކްޝަނަލް ސާވިސް އިން މިހާރު ހުރަސް އަޅައިގެން ނުވާނެ ކަމަށް ނަޝްވާ ބުނެއެވެ.

 

މިކަމާއި ގުޅިގެން ކަރެކްޝަނަލް ސާވިސް އަށް ގުޅުމުން ވިދާޅުވީ އަދީބު ހުރީ ކަރެކްޝަންގެ ބެލުމުގެ ދަށުގައި ނޫން ކަމަށެވެ. ފުލުހުންގެ ބަހެއް ހޯދުމަށް ގުޅުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކަމާއިބެހޭ އެއްވެސް ތަފްސީލެއް މިވަގުތު ދެވެން ނެތް ކަމަށެވެ.

އަދީބުގެ ލޮލުގެ ހާލަތު ގޯސްވެ އެކަށީގެންވާ ބެސްފަރުވާ ނުދޭ ކަމަށް ބުނެ ސިވިލް ކޯޓަށް އަދީބުގެ ފަރާތުން ހުށަހެޅި މައްސަލަ މިދިޔަ ހަފްތާތެރޭގައި ވަނީ އިޖުރާއަތުތައް ފުރިހަމަ ނުކުރާ ކަމަށް ބުނެ ބޭރުކޮށްލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރަށްދު

    ޢާއިލާ ވަރަށް އަސަރުކުރާނެ

  2. ސޯދިގު

    ނުޖެހޭނެ ބޭރަށް ފޮނުވާކަށް. އަމިން ޑީޑީ މިގައުމުގެ ފަޚުރު ޖަލުގައި ހައްގު ނޫން އަދަބެއް ލިބި އަވަހާރަވީ ރުއްގަލު ބޭސް ކުރައްވަނިކޮށް. ދެން ބޮޑު މުޖްރިމެއް ޖެހޭތަ ބޭހަށް ރާއްޖެ ފޮނުވަން. ނުޖެހޭނެ!

  3. އަބްދުއްލާ

    ލަފާ ދިނީ ބޭރުގާ ތިބި 2 މީހުން އައިމާފޮނުވަން.

  4. ހުސޭނުބޭ

    ޑަކްޓަރަށް ކިތަށް މިލިއަން ހުށައެޅިބާ! މައިބަދައިގެ ޑަކްޓަރަކުވެސް ތިކަހަލަ ނުލަފާ ދިން. ހާޓްއެޓޭކް ޑަކްޓަރު ވަކި ސަހަލެއްނޫން. އަނެއްކާ އަނެއް ގޮލަޔަކު ވަރުވާއޭ ކިޔާފައި ތެޅެއަރުވަން ފެށީދޯ.