އިދިކޮޅު ޕީޕީއެމްގެ މެންބަރަކު ފުލުހުންގެ ގަޔަށް ހައްޕުނޑު ނުޖަހާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ޝަހީމް އެގޮތަށް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ އިސްތިއުފާ އަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލައި ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖަހާފައިވަނިކޮށެވެ.

ޝަހީމް ކުރެއްވި ޓްވިޓެއްގައި ވިދާޅުވެފައި ވަނީ ފުލުހުންގެ ގަޔަށް ހައްޕުނޑު ޖެހުން ކުށްވެރި ކުރައްވާ ކަމަށެވެ. އަދި ޕީޕީއެމް މެންބަރުން އެފަދަ ކަމެއް ނުކުރާނެ ކަމުގެ ފުރިހަަމަ ޔަގީންކަން އެބައޮތް ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ. ޕީޕީއެމަކީ ފުލުހުންނަށް އިހްތިރާމް ކުރާ ތަހުޒީބު ޕާޓީއެއް ކަމަށާއި، އެ ނާތަހުޒީބު އަމަލު ހިންގި މީހެއް ހޯދައި ފިޔަވަޅު އެޅުމަށް ޝަހީމް ވަނީ ގޮވާލައްވައިފައެވެ.

https://twitter.com/Mohamedshaheem1/status/1288361341003194370?s=20

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ މި ނާތަހުޒީބު އަމަލު ކުށްވެރި ކުރާ ކަމަށާއި މިކަންކުރި ފަރާތް ހޯދައި ގާނޫނީގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ފުލުހުން ކުރަމުން ގެންދާ ކަމަށެވެ.

ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވެސް ވަނީ ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖަހާފައިވާ ކަމަށް ވިދާޅުވެ އެކަން ކުށްވެރިކޮށްފައެވެ. ކޮމިޝަނަރު ވަނީ ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާކަން ފާހަގަ ކުރައްވައި މިފަދަ ބަލިމަޑުކަމެއްގެ ތެރޭގައި މިފަދަ އަމަލެއް ކުރި މީހުން ހޯދައި، އެމީހުންނާ ދޭތެރޭގައި ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ދެއްވައިފައެވެ.

މި މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ އެ ފަރާތްތަކުން އެފަދަ ކަމެއް ކުރުމަށް ހިތްވަރު ދީފައި ނުވާނެ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ރާކަނި

    އެއީ މާ މާތް ބަޔަކީތޯ؟ ޕީޕީ އެމް އިސް ސަފުން ތިބުނާ ދީންވެރި އަމާނާތްތެރިޔަކު ނަން ވިދާޅުވެ ދައްކަވާ! އެކަކީ އަހުމަދު އަދީބު އަތުން 50 މިލިއަން ރުފިޔާ ރައީސް ޔާމިން ވެރިކަމުން އަޒުލްކުރަން މެމްބަރުންނަށް ދިނުމަށް ނަގާ ގޯނި ގެއަށްގެންގޮސް ރައްކާކޮށްފައި ޔާމީން އަރިހަށް ތެޅެމުންގޮސް އަދީބް މަނިކުފާނު އަޒުލް ކުރަން އެބައުޅެޔާ އަވަހަށް ހައްޔަރުކުރާށޭ ބުނިމީހާ. ދެންތިބި މީހުންގެ ވާހަކަ..................؟

    18
    9
  2. ުއުނދުޅި

    ނުކުރާނެ ވައްކަމެއްވެސް ނުކުރާނެ މަގުމައްޗަކައްވެސް ނުނުކުންނާނެ ކުޅުވެސް ނުޖަހާނެ މުޒާހަރާ ވެސް ނުކުރާނެ އެވާނީ ބަންގުލަދޭސް ކުދިންކޮޅަކަށް

    20
    6
  3. އިމްރާމް

    އަސްލުވެސް ވަރަށް ރަނގަޅު ބަސްފުޅެއް. ތިއީ އެމްޑީޕީ މީހުންނަށް ހަޖަމް ނުވެގެން ޖައްސާ ސްޓަންޓް. އިރާދަކުރެއްވިއްޔާ ބަލިކަށިވެފައިޥާ މި ނުކުޅެދޭ ސަރުކާރުގެ ނިމުން ވަރަށް ހިތިވާނެ. ރައްޔިތުން ނުރައްކަލަށް ލާފަ އަންބޮނޑިއަށް އަޅާނެ ރުފިޔާ ހޯދަން ފޫގަޅާފަ ތިބިތިބުން ދޫކޮށް އެވިދާޅުވި އޯގާތެރިކަން ދައްކަބަލަ ހިތްވަރެއް ހުރިއްޔާ. ނުވަތަ މިކަން ކުރާކަށް ނޭންގެއޭ ކިޔާފަ ދޫކޮށްލާފަ ދޭބަލަ. އާދޭސް މިކުރަނީ ދިވެހި ޤައުމާއި ރައްޔިތުންގެ ހަައްޤުގަ.

    13
    17
  4. ސަކީންތަ

    އެޖެހީދޯ. ޕީޕީއެމް މީހަކު ކޯދިވެފައި މީހެއްގެ މޫނަށް އެކުޅު ފެންވެސް ނުޖަހާދޯ؟ ކޮވިޑް އިންތިހާއަށް ފެތުރޭއިރު ޕީޕީއެމް މީހުން މުޒާހަރާ ވެސް ނުކުރާނެ.

    16
    7
  5. ޝަރޯގު

    ޕީޕީއެމް ގެ މީހުން ކުޅިވެސް ނުކުޅޭނެ އޭ ޕީޕީއެމް މީހުން މީހުންގެ އަބިންނާއިވެސް ނުބެހޭނެއޭ ޕީޕީއެމް މީހުން ހަކުރު ވެސް ނުވިއްކާނެއޭ ޕީޕީއެމް މީހުން ވައްކަންވެސް ނުކުރާނެއޭވގޮވިދޯ؟؟ އެކަމަކު ފެންނަނީ މުޅިން އެހެން މަންޒަރެއް. ދުނިޔޭގަ ލެއްވިހާ ނުބައިކަމެއް ނުބައިކަމެއް ކުރާ ބައެއް ޕީޕީއެމްގެ މީހުންނަކީ،

    17
    8
  6. ވާފިރު

    މަލާއިކަތުންތަ ޕީޕީއެމް ގެ މީހުންނަކީ؟؟

    13
    6
  7. ލާސާނީ

    ޕީޕީއެމް މުޒާހަރާތެރެއިން ނުޖަހާނެޔޭ ބުންޔަސް އެއޮތީ ޖަހާފަ މިހާރުން މިހާރަށް ފިޔަވަޅު އަޅަން ގޮވާލަން.

    16
    10
  8. ވަގު

    ޕީޕީއެމް މެންބަރަކު ވައްކަމެއްވެސް ނުކުރާނެ

    17
    4
    • ހަސަން

      އެހެންވީމަ ޖަލުގަ އޭނީ ޕީޕީއެމް މީހެއް ނޫން ދޯ

  9. ކަދުރު

    ބަލާލަން ހާ ދަ އިނޮސެން.

    7
    4
  10. ހަނި

    މަށަ ވެސް ޔަގީން ސަހީމް

  11. ނަރީޝް

    ހައްޕުޑުޖެހީ ކައުންސިލްމެމްބަރު ނަރީޝް

  12. Anonymous

    ހޫން އެމީހުން މުނަތް ބޮނަކުއަރ ފެން ކިޔަވާފަ ޖެހީ

    2
    1
  13. ރިހި ރާންބާގަސް

    ޕީޕީއެމްގެ މީހަކު ކިތަންމެ ނުބައިކަމެއްކުރިޔަސް މިއަދު ކަލޯއަކަށް ނުފެންނާނެ! ކަލޯތިޔަވަނީ ޔާމީނަކަށް ވިކިގެންގޮސް ހަލަކުވެފަ! ޔާމީނުކުރާ ނުބައިކަންކަމުގެ ދިފާއުގަ މިއަދު ކަލޯ ތިޔަ އަނގަ ހުޅުވަމުންދާއިރު އެއީ އަމިއްލަ ނަފްސަށް ކުރެވޭ މަލާމަތެއްކަންވެސް އިހްސާސއްނުވޭ!

    3
    1
  14. ޖަވާދު

    ފުލުހުން ގަޔަށް ހައްޕުޑު ޖެހީ މުއިއްޒު ބުނެގެންނޯ. މުއިއްޒު އުޅެނީ ރައީސް ޔާމީނަށާއި ޕީޕީއެމް އަށް ލަނޑުދޭން. ހެޔޮނުވާނެ މުއިއްޒު ޕީޕީއެމްގައި ބަހައްޓާކަށް.

    3
    2
  15. ވަގު ޔާނު

    ޕޕ މެންބަރަކު ބޮނަކުއާ އެއްވެސް ނުބޮއި މީ ހަމަ ތަންދޮރުދަންނަ ޖާހިލެއް

    1
    2
  16. އަލީ

    ކުޅު ޖެހީ ޕީޕީއެމް މީހެއް ނޫން. ކުޅު ޖެހީ ޕީއެންސީ އަދުރޭ

    2
    1
  17. ޖަލީލު

    ޑރ. ޝަހީމަށް ކިހިނެއްތޯއެނގި ވަޑައިގަތީ ތިހާ ދުރުގަ ހުނަވަިގެންހައްޕުނޑު ޖެހީ ޕީ.ޕީ އެމް މެމްބަރެއް ނޫންކަން. އެހެން ނޫނަސް ތިމާއަށް ނޭގޭ ކަންތަކުގާ ބާރުލާފާ ބަސް ބުނުމަކީ އެމީހަކު ދައްކާނުވަތަ ދައްކަފާނެ ވާހަކައަކާ މެދު މީހުން ޝައްކު އުފައްދާނެ ކަމެއް ނޫންތޯ. މިވަރުގެ ކޮމެންޓެއްވެސް ވަގުތު ގާ ޖަހާކަށް ނުކެރޭނެ.!!