ފިލްމީ ތަރި މުހައްމަދު ޔުނާންގެ ދަރިފުޅު، ޔޫން މުހައްމަދުގެ ސިއްހީ ފަރުވާ އަށް އިންޑިއާ އަށް ފުރަން އޮތް ފްލައިޓުން އިތުރު ބަޔަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ޔުނާންގެ ދަރިފުޅު ޔޫން މުހައްމަދު ޔުނާން އާއި އިތުރު ބައެއް ބަލި މީހުންނާއި އެކު މިއަދު ހެނދުނު އިންޑިއާ އަށް ދާން އޮތް ފްލައިޓުގެ ފުރުން ލަސްކުރީ އެ ފްލައިޓުން ފަސިންޖަރަކު ކޮވިޑް-19 އަށް ފައްސިވުމުންނެވެ.

މިހާރު އެ ފަލައިޓުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ފަސް ފަސިންޖަރުންނެވެ.

އެ ފްލައިޓް ޝެޑިއުލްކޮށްފައި އޮތީ މިއަދު ހެނދުނު 10 ޖަހާ އިރަށް ކަމަށްވީ ނަމަވެސް ފްލައިޓް ފުރަން ކައިރިވެފައި ވަނިކޮށް ފްލައިޓުގައި ތިބި ބަޔަކު ފައްސިވި ކަން އެނގުމާ ގުޅިގެން އެ ފްލައިޓް ފުރުން ހުއްޓުވައި ފްލައިޓަށް އެރި މީހުން ވަނީ ބާލައިފައެވެ.

އެ ފްލައިޓްގެ ފުރުން 02:45 އަށް ލަސްކޮށްފައި ވާއިރު އަދި ފްލައިޓް ފުރާފައެއް ނުވެއެވެ. ނަމަވެސް ފްލައިޓުގެ ފުރުން އިތުރަށް ލަސްވިކަން، ބާކީތިބި ފަސިންޖަރުންނަށް އަންގާފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި އެ ފްލައިޓުގެ ފުރުން ލަސްވުމުން، އެ ފްލައިޓުން ފުރަން ހަމަޖެހިފައި އޮތް މީހުންގެ ކެއުން ސަރުކާރުން ވަނީ ހަމަޖައްސައިދީފައެވެ.

ޔުނާންގެ އާއިލާ އަށް ބޭރަށް ފުރޭނެ ގޮތް ނުވެގެން، އަނބިމީހާ އާއި ދަރިފުޅު ގޮވައިގެން މުލިއާގެ ކައިރީގައި އެ ދެމަފިރިން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި އަޑު އުފުލައިފައެވެ. ޔޫން ދައްކަން އާއިލާއިން ބޭނުން ވަނީ އޭނާގެ ފުރަތަމަ އޮޕަރޭޝަން ކުރި ޑޮކްޓަރު ސުނިލްއަށެވެ. ސުނިލްއަކީ މިހާރު ކޮޗިންގެ ލިސީ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑޮކްޓަރެކެވެ.

ނަމަވެސް އެ ހޮސްޕިޓަލަަކީ އާސަންދަ ލިބޭ ހޮސްޕިޓަލެއް ނޫނެވެ. އަދި ފަހުން ކިމްސް ހޮސްޕިޓަލުން ޔޫން ދެއްކޭނެ ގޮތް ހަމަޖެއްސި ނަމަވެސް، ކިމްސް ހޮސްޕިޓަލަކީ ޔޫން އަށް ފަރުވާ ލިބޭނެ ތަނެއް ނޫން ކަމަށް ވާތީ އާއިލާ އިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އޭގެ ފަހުން އާސަންދަ އިން އަންގާފައި ވަނީ އިންޑިއާގެ ލީސް ހޮސްޕިޓަލަށް ގޮސް ޔޫންގެ އޮޕަރޭޝަން ކުރުމަށެވެ. އަދި އެކަމުގައި އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީން ކަން އާސަންދަ އިން ދީފައިވާ ކަމަށް ވެސް އާއިލާ އިން ވަނީ ބުނެފައެވެ

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދެރަ

    ތި އަދި އަހަރުން ނުދައްނަ ފިލްމީ ތަރިއެއް.. ނަމާދު ކޮއްގެން ގިނަ ގިނައިން ދުއާ ކުރޭ.. އިންޝާ ﷲ ރަނގަޅުވާނެ ހުރިހާ ކަމެއް ވެސް. އިސްލާހުވެ ހެޔޮ އަމަލު މަތީ ދެމި ތިބެންވީ އެންމެންވެސް.

    30
  2. ޕިސް ޕިސް

    އެ ކުއްޖާ ބޮލުގަވެސް ކުލަ ޖައްސާ ފުރާފަ.. ކީކޭ ބުނާނީ ދޯ..

    34
    1
    • Anonymous

      އަސްލުވެސް..ތެދު ވާހަކައެއް...މަވެސް ވަރަށް ވިސްނައިފިން

      1
      1