ފިލްމީ ތަރި މުހައްމަދު ޔުނާންގެ ދަރިފުޅު، ޔޫން މުހައްމަދުގެ ސިއްހީ ފަރުވާ އަށް އިންޑިއާ އަށް ފުރައިފިއެވެ.

އެ އާއިލާ ފުރަތަމަ ފުރަން ހަމަޖެހިފައި އޮތީ މިއަދު ހެނދުނު އެވެ. އެހެން ނަމަވެސް އެމީހުން ފުރަން އޮތް ބޯޓުން އިންޑިއާއަށް ދާން އުޅުނު މީހަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން ފުރުން އޮތީ ފަސްކޮށްފައެވެ.

ފަހުން އެ ބޯޓުން ދަތުރު ކުރަން އޮތް ފަސް މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

"ވަގުތު" އަށް އެނގިފައިވާގޮތުން، ޔޫންގެ އާއިލާއިން ބޭސްފަރުވާއަށް ފުރާފައި ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ.

ޔޫންގެ ހިތުގެ އޮޕަރޭޝަނެއް ކުރުމަށް އިންޑިއާއަށް ފުރަން ބޭނުންވެ،ނުފުރިގެން ޔުނާން އާއި އަނބިމީހާ، ރިހުލާ އަދި ޔޫންވެސް ގޮވައިގެން މުލިއާގެ ކައިރީގައި އެ ދެމަފިރިން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި އަޑު އުފުލައިފައެވެ. ޔޫން ދައްކަން އާއިލާއިން ބޭނުން ވަނީ އޭނާގެ ފުރަތަމަ އޮޕަރޭޝަން ކުރި ޑޮކްޓަރު ސުނިލްއަށެވެ. ސުނިލްއަކީ މިހާރު ކޮޗިންގެ ލިސީ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑޮކްޓަރެކެވެ.

ނަމަވެސް އެ ހޮސްޕިޓަލަަކީ އާސަންދަ ލިބޭ ހޮސްޕިޓަލެއް ނޫން ކަމުން، އާސަންދައިން ޔޫންގެ ފަރުވާގެ ކަންކަން ހަމަޖެއްސީ ކިމްސް ހޮސްޕިޓަލުންނެވެ. ނަމަވެސް، ކިމްސް ހޮސްޕިޓަލަކީ ޔޫން އަށް ފަރުވާ ލިބޭނެ ތަނެއް ނޫން ކަމަށް ވާތީ އާއިލާ އިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އޭގެ ފަހުން އާސަންދަ އިން އަންގާފައި ވަނީ އިންޑިއާގެ ލީސް ހޮސްޕިޓަލަށް ގޮސް ޔޫންގެ އޮޕަރޭޝަން ކުރުމަށެވެ. އަދި އެކަމުގައި އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީން ކަން އާސަންދަ އިން ދީފައިވާ ކަމަށް ވެސް އާއިލާ އިން ވަނީ ބުނެފައެވެ.

އާއިލާއިން އިންޑިއާއަށް ފުރާފައި ވަނީ، ވިޔަފާރިއެއްގެ އެހީތެރިކަން ޔޫންގެ އޮޕަރޭޝަނަށް ލިބޭނެ ކަމުގެ ޔަގީންކަމާއިވެސް އެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކުދުވާނޑި މުހުންމާ

    ޔޫން އަށް އަވަސް ޝިފާއެއް ދެއްވާށި އާމީން.

    49
  2. ކޮތަރު

    ތުއްތު ޔޫން އަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި. އާމީން.

    43
    1
  3. ލޮލް

    އަވަސް ޝިފާއެއް ދެއްވާށި.އާާމީން.

    31
  4. ކާފަރު

    ދެން ހުރޭ ހެވިފަ.. އިންޑިއާގަ ވެސް ފިލްމް ކުޅެލާތި..

    2
    19
  5. Anonymous

    ކުޑަ ކުޑަ ލޯބިއަށް އަވަސް ޝިފާ މިންވަރު ކުރައްވާށި އާމީން.

    21
    2
    • ނަން

      ޑިސްލައިކް ކުރި މީހާއަށް ހެޔޮ ވިސްނުން ދެއްވާ ބޮޑާ ކަމާއި ކިބުރުވެރި ކަމުގެ ސިފަ ފިއްލަވާންދޭއެވެ.

      19
      1
  6. ބަކަރިބޭ

    "ކާފަރު" ނަމާއި އެއްގޮތަށް ކޮމެންޓް ކޮށްފި.

    3
    2
  7. އައްޒަަ

    ހެެޕީ ހޮލިޑޭޒް

  8. ހަގީގަތް

    ޔޫން ޔޫން އަބަދުވެސް ޔޫން އެނޫނި ބަލިކުއްޖެއް ނެތީތަ ހަބަރުގަ ޔޫން ހީލިޔަސް އެވާހަކަ ޖަހާނެ ހަބަރުގަ ތި ދެއްކުން ތެރިކަން