ހޮންޑާ ސައިކަލް އޮތޮރައިޒް ޑިސްޓްރިބިއުޓަރު ޝީޝާއިން ކޮންމެ އަހަރަކުވެސް ކުރިޔަށް ގެންދާ ސައިކަލް ތާސްޓްގެ މި އަހަރު ޕްރޮމޯޝަން ފަށައިފިއެވެ.

މިއީ ޝީޝާ އިން ރޯދަ އަށް ޚާއްސަކޮށް ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ 12 މެއި 2018 އިން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ.

ޝީޝާގައި ވިއްކަން ހުރި ސައިކަލްތަކެއް – ވަގުތު އިމޭޖްސް: އަމީން ފަހްމީ
ޝީޝާގައި ވިއްކަން ހުރި ސައިކަލްތަކެއް – ވަގުތު އިމޭޖްސް: އަމީން ފަހްމީ

މި ޕްރޮމޯޝަންގެ ދަށުން ހުރިހާ ސައިކަލަކުން ވަރަށް ޙާއްސަ ޑިސްކައުންޓެއް ލިބޭނެއެވެ. ޝީޝާ އިން ބުނީ، މި ޕްރޮމޯޝަންގެ ދަށުން އެ ކުންފުނިން ވިއްކާ ކޮންމެ ސައިކަލަކުން ގާތްގަނޑަކަށް 5000 ރުފިޔާ އާއި ހަމައަށް ޑިސްކައުންޓް ލިބިގެން ދާނެ ކަމަށެވެ. އިންސްޓޯލްމެންޓަށް ފައިސާ ދައްކާ ގޮތަށް ސައިކަލް ގަންނަ ފަރާާތްތަކަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.

ޝީޝާގައި ވިއްކަން ހުރި ސައިކަލްތަކެއް – ވަގުތު އިމޭޖްސް: އަމީން ފަހްމީ
ޝީޝާގައި ވިއްކަން ހުރި ސައިކަލްތަކެއް – ވަގުތު އިމޭޖްސް: އަމީން ފަހްމީ

މީގެ އިތުރުން، މި ޕްރޮމޯޝަންގެ ތެެރެއިން ބައެއް ސެލެކްޓެޑް ސައިކަލުތަކުން ޑައުންމޭންޓަަށް އެއްވެސް ފައިސާއެއް ނުދައްކާ ގޮތަށް ސައިކަލް ނެގޭނެއެވެ. އަދި އެ ސައިކަލްތަކުގެ ޑައުންޕޭމަންޓަށް އެ ސައިކަލުގެ އަގުގެ 10 ޕަސެންޓް ދައްކާ ފަރާތްތަކަށް އިންސްޓޯލްމެންޓް ޗާޖު ވަރަށް ކުޑަކޮށްފައިވާކަމަށް ޝީޝާ އިން ބުންޏެވެ. އެ ފަރާތްތަކަށް އިންސްޓޯލްމެންޓް ޗާޖަކީ %1 އެވެ.

މި ޕްރޮމޯޝަން ޝީޝާގެ މާލެ، އައްޑޫ، ކުޅުދުއްފުށި، އަދި ހުޅުމާލޭގެ އައުޓްލެޓްތަކުގައި ކުރިއަށްދާނެއެވެ.

މި ޕްރޮމޯޝަންގައި މޯލްޑިވްްސް އިސްލާމިކް ބޭންކް އަދި އެމްއެފްއެލްސީގެ ދަށުން ސައިކަލް ނަގާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.