ރާއްޖޭގެ ހޮންޑާ ބްރޭންޑްގެ ހަމައެކަނި އޮތޮރައިޒް ޑިސްޓްރިބިއުޓާ ޝީޝާ އިން ކޮންމެ ރަމަޟާން މަހާ ދިމާކޮށް ކުރިއަށްގެންދާ "ރޯދަ ރޯޅި"ގެ މި އަހަރުގެ ޕްރޮމޯޝަން ފަށައިފިއެވެ.

މިއީ ބޮޑެތި ޑިސްކައުންޓްތައް ލިބޭ ގޮތަށް، ޝީޝާއިން ވަރަށް ކާމިޔާބު ކަމާއެކު ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ ޕްރޮމޯޝަނެއްކަން ފާހަގަކޮށްލެވެއެވެ. މި ޕްރޮމޯޝަންގައި އެންމެ ހާއްސަ އެއް ކަަމަކީ ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި ހޮންޑާ ސައިކަލެއް ގަނެގެން އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ލިބިގެން ދިއުމެވެ.

ޝީޝާ ރޯދަ ރޯޅި ޕްރޮމޯޝަންގެ ޕޯސްޓަރު

މިގޮތުން މިފަހަރުވެސް ޝީޝާގެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ޝޯވރޫމާއި އައުޓްލެޓްތަކުން ލިބެން ހުންނަ ހުރިހާ މޮޑެލްތަކުގެ ސައިކަލުތަކުން 6،000ރ. އިން ފެށިގެން ގޮސް 15،000ރ. އާ ހަމައަށް ޑިސްކައުންޓް ލިބިގެން ދާނެއެވެ.

މީގެ އިތުރުން މި ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި ޝީޝާ އިންސްޓޯލްމެންޓް ޕެކޭޖްތަކާއެކު ވަކިން ހާއްސަ ޒީރޯ ފައިނޭންސް ޕެކޭޖެއް ވަނީ ބައެއް ސައިކަލުތަކަށް ތައާރަފް ކޮށްފައެވެ. އެގޮތުން އެއާބްލޭޑް 160 ސްޕެޝަލް އެޑިޝަން، އެއާބްލޭޑް 125 ބްލެކް އެޑިޝަން އަދި ވިޝަން 110 އަށް %50 ޑައުންޕޭމެންޓްގެ ގޮތުގައި %50 ދެއްކުމަށްފަހު ބާކީ 12 މަސް ދުވަހަށް އެއްވެސް ޗާޖެއް ނާރާ ގޮތަށް ބަހާލެވޭނެއެވެ.

ޝީޝާ މެދުވެރިކޮށް މޯލްޑިވްސް އިސްލާމިކް ބޭންކް ފައިނޭންސިންގ މެދުވެރިކޮށް ވެސް ސައިކަލު ނެގޭނެެއެވެ.

ޝީޝާގެ މާލޭގެ އައުޓްލެޓް

ޝީޝާގެ މި ހާއްސަ ރޯދަ ޕްރޮމޯޝަނާއެކު ސައިކަލެއް ގަނެލަން މިއީ ރަނުގެ ފުރުސަަތަކަށް ވެގެން ދާނެއެވެ. ޝީޝާގެ ހުރިހާ އައުޓްލެޓެއްގައި ވެސް ސައިކަލުގެ ސްޓޮކް ލިބެން ހުންނާނެއެވެ.

ޝީޝާގެ އައުޓްލެޓެއް

ޝީޝާއަކި ރާއްޖޭގައި ހޮންޑާ ސައިކަލު އަދި ޕަވާ ޕްރޮޑަކްޓްސް ސީދާ ހޮންޑާ ފެކްޓަރީން ރާއްޖެ އެތެރެކޮށް ވިއްކަމުގެ ހުއްދަ އޮންނަ ހަމައެކަނި ކުންފުންޏެވެ.

އެ ކުންފުނީގެ އައުޓްލެޓްތައް މާލެ އާއި ހުޅުމާލޭގެ އިތުރުން، ފުވައްމުލައް ސިޓީ، އަައްޑޫ ސިޓީ، ލ. ގަމާއި، ގއ. ވިލިނގިލީގެ އިތުރުން ކުޅުދުއްފުށި ސިޓީގައިވެސް ހުންނާނެއެވެ.