ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްްގައި ހޮންޑް ބްރޭންޑް ސައިކަލު އެތެރެކޮށް، ވިއްކަމުން އަންނަ ޝީޝާއިން އައު އަހަރާއި ދިމާކޮށް 2022ލިމިޓެޑް އޮފާގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ޝީޝާއިން މިހާރު ކުރިއަށްގެންދާ ސައުރަތިރީސް ޕްރޮމޯޝަނާއެކު، ނިއު އިޔާއަށް ލިމިޓެޑް އޮފާއެއް ކުރިއަށްގެންދާއިރު، މިއީ ކަސްޓަމަރުންނަށް ޑިސްކައުންޓް މައްޗަށް ޑިސްކައުންޓް ލިބިގެންދާނެ ހާއްސަ ފުރުސަތެކެވެ.

ޝީޝާއަކީ ހޮންޑާ ސައިކަލުގެ ރާއްޖޭގެ އޮތޮޒައިޒް ޑިސްޓްރިބިއުޓަރއެވެ.

ޝީޝާއިން ބުނީ، މިވަގުތު ޝީޝާ އިން ކުރިއަށްގެންދާ ސައުރަތިރީސް ޕްރޮމޯޝަންގެ އިތުރުން، އާ އަހަރުގެ އޮފާ ކުރިއަށްގެންދާއިރު، ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ސައިކަލު ލިބިގެންދާނެ ކަމަށެވެ.އެގޮތުން މި އާ އަހަރުގެ އޮފާ އަކީ އެންމެ 6 ދުވަހަށް ކުރިއަށްދާ ލިމިޓެޑް އޮފާއެކެވެ.

ހޮންޑާ ބްރޭންޑްގެ އެންމެ ފަހުގެ ސައިކަލުތަކުގެ ސްޓޮކް ލިބޭނެ ކަމަށް ޝީޝާ އިން ބުންޏެވެ.ޝީޝާ އިން މައުލޫމާތުދޭގޮތުގައި، މިހާރު އެ ކުންފުނީގެ އައުޓްލެޓްތަކުގައި އެއާ ބްލޭޑް 125 ބްލެކްޑް އެޑިޝަން، ވިނާ އެކްސް 150، ރެބެލް 300،، ވޭވް 125އައި، ޕީސީއެކް160، އޭޑީވީ 150ގެ ހިމެނެއެވެ. މި ސައިކަލުތަކުގެ ގިނަ ކުލަތަކެއް މިހާރުވެސް ޝީޝާއިން ލިބެން ހުންނާނެ ކަަމަށް އެ ކުންފުނިިން މައުލޫމާތު ދެއެވެ.

"ޕްރޮމޯޝަން ކުރިއަށްދާއިރު، ވަަރަށް ބޮޑު ޑިސްކައުންޓަކާއެކު މިހާރު ސްޓޮކްގައި ހުރި ސައިކަލުތައް ލިބޭނެ".

މީގެ އިތުރުން ޝީޝާ އިން ބުނީ، ހޮންޑް ސްކޫޕީ 2022 މޮޑެލްގެ ޝިޕްމެންޓް ރާއްޖެ އައުމަށް މިހާރު ފުރާފައިވާ ކަމަށެވެ. އަދި ޖެނުއަރި މަހު ފަހުކޮޅު އެންމެ ފަހުގެ މި ސްކޫޕީ ސައިކަލުތައް ލިބޭނެ ކަމަށް ޝީޝާ އިން ބުންޏެވެ.

ހޮންޑާ ބްރޭންޑްގެ ސައިކަލަކީ ރާއްޖޭގައި އަބަދުވެސް އެންމެ މަގްބޫލު ސައިކަލު ބްރޭންޑެވެ. މި ބްރޭންޑުގެ އެންމެ ފަހުގެ ސައިކަލުތައް ލިބޭނީ ޝީޝާ އިންނެވެ. ޝީޝާއިން ވަނީ ކަސްޓަމަރުންނަށް ފަސޭހައިން ސައިކަލު ނެގޭނެ ގޮތް ހަމަޖެއްސުމުގެ ގޮތުން އިންސްޓޯލްމެންޓަށްވެސް ސައިކަލު ނެގޭނެ ގޮތް ހަމަޖައްސާފައެވެ. އެގޮތުން ޝީޝާ އިންސްޓޯލްމެންޓް ޕްލޭން އަދި އިސްލާމިކް ބޭންކްް މެދުވެރިކޮށް ޝީޝާއިން ސައިކަލު ނެގޭނެއެވެ.

ޝީޝާގެ މި ހާއްސަ ދެ ޕްރޮމޯޝަން ހުރިހާ އައުޓްލެޓެއްގައި ކުރިއަށްދާނެއެވެ. ޝީޝާގެ އައުޓްލެޓްތައް ހިންގާ ރަށްތަކުގެ ތެރޭގައި ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ، ގދ. ތިނަދޫ، ގއ.ވިލިނގިލި ލ. ގަން އަދި މާލެ އާއި ހުޅުމާލެ ހިމެނެެއެވެ.