ރާއްޖޭގެ ހޮންޑާ ބްރޭންޑްގެ ހަމައެކަނި އޮތޮރައިޒް ޑިސްޓްރިބިއުޓާ ޝީޝާއިން ހޮންޑާ ވިއެޓްނާމާ އެކު ގުޅުން ބަދަހިކޮށް، ޕްރޮޑަކްޓާއި ސާވިސް އޮޕަރޭޝަންސްގެ އިތުރުން ކަސްޓަމަރުންގެ ހިދުމަތް ވެސް ރަނގަޅު ކުރުމުގެ މަސައްކަތް އާ ހަރުފަތަކަށް ގެންދިއުމަށް އަނެއްކާވެސް އިތުރު މަސަައްކަތްތަކެއް ފަށައިފިއެވެ.

ޝީޝާއިން އަބަދުވެސް ގެންދަނީ ހިދުމަތްތައް ރަނގަޅު ކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. މިކަަމަށް އަބަދުވެސް ހޮންޑާގެ އެކި ބައިނަލް އަގްވާމީ މަރުކަޒުތަކުގެ ތަޖުރިބާ މީގެ ކުރިންވެސް ހޯދާފައި ވެއެވެ.

ޝީޝާގެ އިސް ބޭފުޅުން ހޮންޑާ ވިއެޓްނާމަގައި

ހޮންޑާ ސައިކަލު އަދި ޕަވާ ޕްރޮޑަކްޓްސް ސީދާ ހޮންޑާ ފެކްޓަރީން ރާއްޖެ އެތެރެކޮށް ވިއްކަމުގެ ހުއްދަ އޮންނަ ހަމައެކަނި ޝީޝާ ކުންފުނީގެ އިސް ބޭފުޅުން މިހާރު ދަނީ ވިއެޓްނާމްގެ ހޮންޑާގެ އޮފީސްތަކާއި ޑީލާސްތަކަށް ޒިޔާރަތްކޮށް، އެ ކުންފުނީގެ ހިދުމަތްތައް ރަނގަޅު ކުރުމާއި ގުޅޭގޮތުން މަޝްވަރާ އާއި ހިޔާލު ބަދަލު ކުރަމުންނެވެ.

ހޮންޑާ ވިއެޓްނާމްގެ ފެކްޓްރީގެ އެތެރެ

މިގޮތުން ޝީޝާ އިން ވަނީ ހަނޯއީގައި ހުންނަ ހޮންޑާގެ މައި އޮފީހަށް ޒިޔާރަޔްކޮށްފައެވެ. އަދި ހަނޯއީ އަދި ބޭކް ނިންހް ޕްރޮވިންސްގައި ހުންނަ ފަސް ޑީލަރުންނާއިވެސް ބައްދަލު ކޮށްފައި ވެއެވެ.

އަދި މި ދަތުރުގެ ތެރެއިން ވެންހް ފުކް ޕްރޮވިންސްގައި ހުންނަ ސައިކަލު ފެކްޓްރީއަށް ޒިޔާރަތް ކޮށްފައިވާއިރު، އެ ފެކްޓްރީގެ ސްޕެއާ ޑިޕާޓްމަންޓާ ބައްދަލުކޮށް ޝީޝާގެ ސްޕެއާ އޭރިއާތައް އިތުރަށް ރަނގަޅު ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައި ވެއެވެ.

ޝީޝާގެ އިސް ބޭފުޅުން ހޮންޑާ ވިއެޓްނާމްގެ ޓީމާއެކު

ވިއެޓްނާމްއަށް ވަޑައިގެން އުޅުއްވާ ޝީޝާގެ ބިޒްނަަސް ޑެވެލޮޕްމެންޓް މެނޭޖަރ މައިހާ އަހްމަދު ވިދާޅުވީ، މި ދަތުރުގެ ތެރެއިން ލިބެމުންދާ ތަޖުރިބާ އާއި ކުރެވެމުންދާ މަޝްވަރާތަކަށް ފަހު، ޝީޝާއިން ހިދުމަތްދޭ ރަށްތަކާއި ސިޓީތަކުގައި، ޑީލަރުންގެ ފަރާތުން ދަސްކުރި އައު މިންގަނޑުތައް ތަންފީޒު ކުރަމުންދާނެ ކަމަށެވެ.

ޝީޝާގެ އިސް ބޭފުޅުން ހޮންޑާ ވިިއެޓްނާމްގައި

"ހޮންޑާ ވިއެޓްނާމާއި އެ ކުންފުނީގެ ޑީލަރުންގެ އެއްބާރުލުމާއެކު، އަޅުގަނޑުމެންގެ އޮޕަރޭޝަން ރަނގަޅުކޮށް، އަޅުގަނޑުމެންގެ މިންގަނޑުތައް އާ އުސްމިންތަކަކަށް ގެންދާނެ ކަމުގެ ޔަގީންކަން ދެން،". މައިހާ ވިދާޅުވިއެވެ.

މައިހާ ވިދާޅުވިގޮތުގައި ޕީރިއޮޑިކް މެއިންޓެނެންސް ސަރވިސްގައި އާ ޓެކްނޮލޮޖީތައް ހިދުމަތަށް ގެނައުމުގެ ސަބަބުން ކަސްޓަމަރުންނަށް އަވަސް ހިދުމަތެއް ލިބިގެންދާނެއެވެ. އޭގެ އިތުރުން ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތެއް ދިނުމަށް އާ ގޮތްތަކެއް ތަންފީޒު ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.