23:29

މާސްކު ނަގައިގެން ނުވަތަ ތިރިކޮށްގެން މަގުމަތީ ދުންފަތުގެ އިސްތިއުމާލުކުރަން ތިބުމަކީ މަނާކަމެއްކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވިދާޅުވެއްޖެ.

22:45

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި އާންމު ތަންތަނުގައި އުޅޭއިރު މާސްކް އެޅުމަށް މަޖުބޫރު ކޮށްފައިވާއިރު، އެ އެންގުމާ ޚިލާފު ވެގެން ހަތަރު މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް އެޗްއީއޯސީން ވިދާޅުވެއްޖެ.

22:35

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި ބައެއް މީހުން އައިސޮލޭޝަން ފެސިލިޓީތަކަށް ނުގެންދެވި ފަސް ދުވަސް ވެފައިވާ ކަމަށް އެޗްއީއޯސީ އިން ވިދާޅުވެއްޖެ.

22:27

ކޮވިޑް-19 ޖެހިގެން ރާއްޖޭގެ ހޮސްޕިޓަލްތަކުގައި ފަރުވާދޭ މީހުންގެ އަދަދު 72 އަށް އަރައިފި.

22:22

ރާއްޖެ އިން ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން އައިސީޔޫގައި މިހާރު ހަތް މީހަކަށް ފަރުވާ ދެމުންދާ ކަމަށް އެޗްއީއޯސީ އިން ވިދާޅުވެއްޖެ.

22:15

ރާއްޖެ އިން އިތުރު 156 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

22:07

މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ މައުލޫމާތު އަދި ހާމައެއް ނުކުރޭ.

21:05

މާލޭގައި މަސައްކަތް ކުރާ ހަ ފުލުހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

20:36

ކޮވިޑް-19 އަށް ޕޮލޭންޑުން ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރު ވަމުން އަންނަ ކަމަށް އެ ގައުމުން ހާމަކޮށްފި.

18:30

13:10

ވައިގެ ތެރޭގައި ހުންނަ ކޮވިޑް-19 ގެ ޖަރާސީމްތައް ނައްތާލާ ޑިވައިސް އެއް މާކެޓަށް ނެރުމަށް އިންޑިއާ އިން ތައްޔާރުވެއްޖެ.

13:00

ސްޕޭނުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާން ފެށުމާއި އެކު ކަންބޮޑުވުންތައް އުފެދި، ފިޔަވަޅުތައް ވަރުގަދަ ކޮށްފި.

12:59

އެމެރިކާ އިން އިތުރު ފަސް މީހަކު މަރުވެ، ބަލީގައި މަރުވި މީހުންގެ އަދަދު 156,752 އަށް އަރައިފި. އަދި އިތުރު 170 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 4,706,059 އަށް އަރާފައި.

12:58

އިންޑިއާ އިން އިތުރު 32 މީހަކު މަރުވެ، ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު 36،583 އަށް އަރައިފި. އަދި އިތުރު 42،53 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1,701,307 އަރާފައި.

12:56

މެކްސިކޯގައި އިތުރު 688 މީހަކު މަރުވެ ބަލީގައި މަރުވި މީހުންގެ އަދަދު 46،688 އަށް އަރައިފި. އަދި އިތުރު 8،458 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 424،637 އަށް އަރާފައި.

12:55

ކަޒަކިސްތާންގައި އިތުރު 1،289 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 90،367 އަށް އަރައިފި. މިހާތަނަށް މަރުވީ 793 މީހުން.

12:54

ޗައިނާ އިން އިތުރު 45 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 84،337 އަށް އަރައިފި. މިހާތަނަށް މަރުވީ 4،634 މީހުން.

12:51

ބޮލީވިއާ އިން އިތުރު 83 މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 2،977 އަށް އަރައިފި. އަދި އިތުރު 1،555 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 76،789 އަށް އަރާފައި.

12:50

ބެލްޖިއަމުން އިތުރު އެކަކު މަރުވެ މަރުވި މީހުންގެ އަދަދު 9،841 އަށް އަރައިފި. އަދި އިތުރު 745 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 68،751 އަށް އަރާފައި.

12:48

ހޮންޑޫރާސް އިން އިތުރު 25 މީހަކު މަރުވެ، ބަލީގައި މަރުވި މީހުންގެ އަދަދު 1،337 އަށް އަރައިފި. އަދި އިތުރު 588 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 42،014 އަށް އަރާފައި.

12:45

އަރްމޭނިއާ އިން އިތުރު 11 މީހަކު މަރުވެ މަރުވި މީހުންގެ އަދަދު 749 އަށް އަރައިފި. އަދި އިތުރު 291 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 38،841 އަށް އަރާފައި.

12:44

އަފްގާނިސްތާނުގައި އިތުރު 11 މީހަކު މަރުވެ މަރުވި މީހުންގެ އަދަދު 1،283 އަށް އަރައިފި. އަދި އިތުރު 35 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 36،710 އަށް އަރާފައި.

12:30

ކިރިގިސްތާނުގައި އިތުރު 19 މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 1،397 އަށް އަރައިފި. އަދި އިތުރު 494 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 36،299 އަށް ވަނީ އަރާފައި.

12:30

އުޒްބަކިސްތާންގައި އިތުރު ދެ މީހަކު މަރުވެ މަރުވި މީހުންގެ އަދަދު 143 އަށް އަރައިފި. އަދި އިތުރު 295 މީހަކު ފައްސިވެ ބަލި ޖެހުނު މިހުންގެ އަދަދު ވަނީ 24،304 އަށް އަރާފައި.

12:29

އޮސްޓްރޭލިއާ އިން އިތުރު ހަތަރު މީހަކު މަރުވެ މަރުވި މީހުންގެ އަދަދު 201 އަށް އަރައިފި. އަދި އިތުރު 377 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 17،282 އަށް އަރާފައި.

12:28

ދެކުނު ކޮރެއާ އިން އިތުރު 31 މިހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 14،336 އަށް އަރައިފި. މިހާތަނަށް މަރުވީ 301 މީހުން.

12:28

ހެއިޓީން އިތުރު 12 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 7،424 އަށް އަރައިފި. މިހާތަނަށް މަރުވީ 161 މީހުން.

12:27

ހަންގޭރީ އިން އިތުރު އެކަކު މަރުވެ މަރުވި މީހުންގެ އަދަދު 597 އަށް އަރައިފި. އިތުރު 21 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 4،526 އަށް އަރާފައި.

12:27

ތައިލެންޑުން އިތުރު ދެ މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 3،312 އަށް އަރައިފި. މިހާތަނަށް މަރުވީ 58 މީހުން.

12:26

ހޮންގްކޮންގް އިން އިތުރު ދެ މީހަކު މަރުވެ މަރުވި މީހުންގެ އަދަދު 29 އަށް އަރައިފި. މިހާތަނަށް ފައްސިވީ 3،273 މީހުން.

12:25

ނިއު ޒިލެންޑުން އިތުރު ދެ މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 1،562 އަށް އަރައިފި. މިހާތަނަށް މަރުވީ 22 މީހުން.

12:25

ލެޓްވިއާ އިން އިތުރު ހަތް މީހަކު މަރުވެ މަރުވި މީހުންގެ އަދަދު 1،238 އަށް އަރައިފި. މިހާތަނަށް މަރުވީ 32 މީހުން.

12:24

ޖަމައިކާ އިން އިތުރު 14 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 878 އަށް އަރައިފި. މިހާތަނަށް މަރުވީ 10 މީހުން.

12:24

ވިއެޓްނާމުން އިތުރު އެކަކު މަރުވެ، މަރުވި މީހުންގެ އަދަދު ތިނަކަށް އަރައިފި. އަދި އިތުރު 12 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 558 އަށް އަރާފައި.

12:23

ޓައިވާނުން އިތުރު ހަތް މިހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 474 އަށް އަރައިފި. މިހާތަނަށް މަރުވީ ހަތް މީހުން.

12:23

ކެމްބޯޑިއާ އިން އިތުރު ފަސް މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 239 އަސް އަރައިފި. މިހާތަނަށް މީހަކު މަރެއް ނުވޭ.

12:16

ދިވެހި މާބަނޑު އަންހެނަކު ކޮވިޑް-19 އަށް ފައްސިވެ، އޭނާ އުޅެން ޖެހުނު ދަތި ހާލު "ވަގުތަށް" ވަނީ ކިޔައިދީފައި.

12:02

ޖަޕާނުން ހުކުރު ދުވަހު ރެކޯޑް އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ. ޖަޕާނުން ހުކުރު ދުވަހު 1579 މީހަކު ކޮވިޑް-19 އަށް ފައްސިވެ ފަސް މީހަކު މަރުވި. އިއްޔެ އަކީ މިހާތަނަށް ޖަޕާނުން އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަސް.

09:51

ކ. މާފުށީގެ ގެއެއްގައި ކަރަންޓީންގައި ހުރި ދެމަޔަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

09:49

ވެކްސިނެއް ލިބުމުގެ ކުރިން އިތުރު ތިން ފަރުވާ ކޮވިޑް-19 އަށް ލިބިދާނެ.

09:37

އޭދަފުށިން ބިދޭސީއަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

05:43

05:06

05:02

އެމެރިކާއިން އިތުރު 70033 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 1454 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 4705018 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 156739 މީހަކު ވަނީ މަރުވެފައި.

05:02

އިންޑިއާ އިން އިތުރު 57704 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 765 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 1697054 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 36551 މީހަކު ވަނީ މަރުވެފައި.

05:01

ބްރެޒިލް އިން އިތުރު 52509 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 1191 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 2666298 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 92568 މީހަކު ވަނީ މަރުވެފައި.

05:01

ދެކުނު އެފްރިކާ އިން އިތުރު 11014 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 193 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 493183 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 8005 މީހަކު ވަނީ މަރުވެފައި.

05:01

ކޮލަމްބިއާ އިން އިތުރު 9488 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 295 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 295508 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 10105 މީހަކު ވަނީ މަރުވެފައި.

05:00

މެކްސިކޯ އިން އިތުރު 7730 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 639 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 416179 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 46000 މީހަކު ވަނީ މަރުވެފައި.

05:00

އާޖެންޓީނާ އިން އިތުރު 5929 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 102 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 191302 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 3543 މީހަކު ވަނީ މަރުވެފައި.

05:00

ރަޝިޔާ އިން އިތުރު 5482 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 161 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 839981 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 13963 މީހަކު ވަނީ މަރުވެފައި.

05:00

ފިލިޕީންސުން އިތުރު 4063 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 40 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 93354 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 2023 މީހަކު ވަނީ މަރުވެފައި.

05:00

އިރާގުން އިތުރު 3346 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 70 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 124609 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 4741 މީހަކު ވަނީ މަރުވެފައި.

04:59

ސްޕެއިން އިން އިތުރު 3092 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 2 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 335602 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 28445 މީހަކު ވަނީ މަރުވެފައި.

04:59

ބަންގްލަދޭޝް އިން އިތުރު 2772 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 28 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 237661 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 3111 މީހަކު ވަނީ މަރުވެފައި.

04:59

އީރާނުން އިތުރު 2674 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 197 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 304204 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 16766 މީހަކު ވަނީ މަރުވެފައި.

04:59

ޗިލީން އިތުރު 2131 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 80 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 355667 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 9457 މީހަކު ވަނީ މަރުވެފައި.

04:58

އިންޑޮނީޝިއާ އިން އިތުރު 1750 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 32 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 4821 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 83 މީހަކު ވަނީ މަރުވެފައި.

04:58

ޑޮމިނިކަން ރިޕަބްލިކުން އިތުރު 1734 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 14 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 69649 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 1160 މީހަކު ވަނީ މަރުވެފައި.

04:58

ބޮލީވިއާ އިން އިތުރު 1700 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 86 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 75234 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 2894 މީހަކު ވަނީ މަރުވެފައި.

04:58

ސައުދީ އަރަބިއްޔާ އިން އިތުރު 1686 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 24 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 275905 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 2866 މީހަކު ވަނީ މަރުވެފައި.

04:04

02:48

02:15

01:51

00:40

00:30


ބިރުވެރި އިންޒާރުތަކަކާއި އެކު އޮގަސްޓް މަސް ފެށުނީއެވެ. ރާއްޖޭގެ ހާލަތު މިހާރު އޮތް ގޮތުން އޮގަސްޓް މަހު އެވްރެޖްކޮށް ކޮންމެ ދުވަހަކު 200 މީހުން ކޮވިޑް-19 އަށް ފައްސިވެދާނެ ކަމުގެ އިންޒާރު ކަމާބެހޭ ތަޖުރިބާކާރުން ދަނީ ދެއްވަމުންނެވެ. އެހާލަތު ކުރިމަތިވެއްޖެނަމަ ހޮސްޕިޓަލްތައް ފުރި، އެކަށީގެންވާ އަދަދަކަށް ޑޮކްޓަރުންނާއި ނަރުހުން ނުލިބި ވޭންދެނިވި އެތައް ކަމެއް ތަހައްމަލް ކުރަން ޖެހިދާނެއެވެ. އެތައް ބަޔަކު އަޅުގަނޑުމެންނާއި ވަކިވެގެން ހިނގައިދާނެ ފަދަ ހާލަތެއް ކުރިމަތިވެެދާނެއެވެ.

އެހެންކަމުން އެކަމުން ސަލާމަތް ވުމަށް ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ޤަވައިދުން އަޅާށެވެ. މާސްކް އަޅައިގެން އަބަދުވެސް ހުންނާށެވެ. އިޖުތިމާޢީ ގައިދުރުކަން ކޮންމެ ތަނެއްގައި ވެސް ހިފަހައްޓާށެވެ. ގިނަގިނައިން އަތް ދޮވުމަށް އިސްކަންދޭށެވެ. ބައްދަލުވާ މީހުންގެ އަދަދު މަދުކުރާށެވެ. ކޮންމެހެން ގެއިން ނިކުންނަން ޖެހިގެން ނޫން ގޮތަކަށް ގެއިން ނުނިކުންނާށެވެ. އިރުއިރުކޮޅުން ފިހާރައަށް ދިއުމުގެ ބަދަލުގައި ގެއަށް ބޭނުންވާ ތަކެތި އެއްފަހަރުން ގަނެ، ފިހާރަތަކަށް ދިއުން މަދުކުރާށެވެ.

ކޮވިޑް-19 އަކީ ނުރައްކާތެރި ބައްޔެކެވެ. ބަލި ޖެހުމުން ނުރައްކާތެރި ހާލަތަކަށް ދަނީ ހަމައެކަނި އުމުރުން ދުވަސްވީ މީހުންނެއް ނޫނެވެ. އަދި ބޮޑެތި ބަލިތަކަށް ބޭސް ކުރާ މީހުން އެކަންޏެއް ވެސް ނޫނެވެ. ކޮވިޑް-19 ޖެހިގެން ދުނިޔެ އިން ނިޔާވެފައިވާ މީހުންގެ ތެރޭގައި ވެސް ޒުވާނުންނާއި ކުޑަކުދިން ވެސް ހިމެނެއެވެ.

އަދި އެންމެ ބޮޑު ނުރައްކަލަކީ ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެ، ހޮސްޕިޓަލްތައް ފުރިއްޖެ ހާލަތެއްގައި އެތައް ބަޔަކަށް ފަރުވާ ނުދެވިގެން އެތައް ބަޔަކު ދޫކޮށްލަން ޖެހިދާނެ ފަދަ ހާލަތެއް ވެސް ކުރިމެތިވެދާނެ ކަމުގެ ބިރެވެ. އެފަދަ ކަންތައްތައް ދުނިޔޭގެ އެތައް ގައުމަކުން ތަޖުރިބާކޮށްފިއެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ﷲ އިންސާނުން އިމްތިހާނު ކުރައްވަނީ މުސީބާތްތަކާ ދަތި އުދަނގޫ ހާލަތްތަކާ ލޯބިވާ މީހުން ބީވެ ދިއުން މެދުވެރި ކުރައްވައެވެ އިރާދަ ކުރައްވާމިންވަރަކަށް ހިސާބެއްނެތި ރަހުމަތްލައްވާ އޯގާވަންތަ އިލާހަށް މަދަދަށް އެދި ދަންނަވާށެވެ އިންސާނުންގެ އެއްވެސް ބާރެއް ނެތެވެ އިންސާނާގެ އެއްވެސްބާރެއްވާނަމަ މޮޅެތި ޑޮކްޓަރުން ބަލީގައި މަރުނުވީހެވެ ބިރުވެތިވެ ވަކީލުކުރާށެވެ ޝިފާ ބާވާލައްވަނީﷲއެވެ