ކޮވިޑް-19 އަކީ ބޮޑު ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލިހުގައި ވަކާލާތުކުރި އެންމެން ގައުމުގެ ހާލަތަށް ޒިންމާވާން ޖެހޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި އެގޮތަށް ވިދާޅުވީ ކޮވިޑް-19 އަކީ ނުރައްކާތެރި ބައްޔެއް ނޫން ކަމަށާއި އޭގެ ޒާތުގައި އެއީ ރޯގާއެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވައެވެ.

ޖަމީލް ވިދާޅުވީ ކޮވިޑް-19 ގެ ހާލަތު ރާއްޖެއަށް ދިމާވުމުން ގުޅުންހުރި ވަޒީރުން އަވަސްވެގަތީ ފުރުސަތުގެ ބޭނުން ހިފައި ނާޖާއިޒް ފައިދާ ނަގަން ކަމަށެވެ. ނަމަވެސް އެއީ ކޮން ވަޒީރުންނެއް ކަމެއް އޭނާ ހާމައެއް ނުކުރައްވައެވެ.

ޖަމީލް ވިދާޅުވީ ކޮވިޑް-19 ގެ ހާލަތުގައި ވެސް މަޖިލިސް ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވަނީ، މަޝްހޫރުކަން ހޯދަން ސްޓަންޓް ޖެއްސުމާއި ބަރުލަމާނީ ނިޒާމުގެ ވާހަކަ ދެއްކުމުގައި ކަމަށެވެ.

އަދި ނުރައްކަލަށް ގައުމް ގެނބިގެން ދާއިރު ދެ ދައުލަތެއް ހިންގާ ހެން ހީވާ ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.

އެގޮތުން ސަރުކާރުގެ ބަސް މަޖިލީހަށް ނީވޭ ކަމަށާއި ބަރޯސާވާނެ ސަރުކާރެއް، ރައީސެއް ނެތް ކަމަށް ޖަމީލްގެ ޓްވީޓުގައި ވިދާޅުވިއެވެ.

އެހެންކަމުން އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ކޮންމެ މީހަކު ވެސް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅަން ޖެހޭ ކަމަށް ޖަމީލް ވިދާޅުވިއެވެ.

ދާދި ފަހުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ސަރުކާރަށް އެހީތެރިވުމުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށާއި އެމަނިކުފާނާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހާ ދެމެދު އެއްވެސް މައްސަަލައެއް ނެތް ކަމަށް ވިދާޅުވެފައެވެ.

ނަޝީދު މަޖިލީސް ރައީސް ކަމުގައި ހުންނަވައިގެން ނެތް ބާރެއް ބޭނުން ނުކުރައްވާނެކަން ޔަޤީންވާ ކަމަށާއި އެމަނިކުފާނާއި މެދު ފުރިހަމަ އިތުބާރު އޮތްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް މިހެން ވިދާޅުވެފައިވީ ނަމަވެސް ފަހަކަށް އައިސް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ މެމްބަރުންގެ ފާޑުޗކިޔުން ސަރުކާރަށް ވަނީ އިތުރުވެފައެވެ. ޚާއްސަކޮށް ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް މެމްބަރުން ދަނީ ފާޑު ކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރައްޔިތުން

    އެމީހުންނާއި މެދު ޖިނާޢީ ދައުވާކޮށް އަދި މި ބަލީގައި މަރުވި މީހުންގެ މަރުގެ މަރަށް ހިފަން ޖެހޭނެ މިހާރުން މިހާރުން އެމީހުން ތިބި މަޤާމު ތަކުން ހިފާ ހައްޔަރުކޮށް ހުރަގެ ތަކަށް ލާންޖެހޭ
    އަދީ މިގައުމު މިބަލިން ސަމާތް ކުރުމަށް ހަރުދަނާ ފިޔަވަޅުތައް އަޅަންޖެހޭ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރޭ

  2. ސުންކު ސައީދު

    ސަރުކާރަށް ވެރިކަން ކުރާ ޕާޓީން ފާޑު ކިޔުމަކީ ދެ ސަރުކާރެއް ހިނގާ ހެން ހީވާން ވީ ކަމެއް ނޫން. ފާޑު ކިޔުންތައް އައީ މަ އިނގޭނީ ރަނގަޅު ކުރަން ޖެހޭ ކަންތައް. ޕީޕީއެމް ސަރުކާރުގައި މަޖިލީހުގައި ތިބޭ މީހުން ދިޔައީ ޔާމީން ބޭނުން ވީމަ އެވަގުތަކު ގާނޫން މޮޑެ ބަދަލު ކުރަމުން، އޭނަ އަދި އޭނަގެ އައުވާނުންނަށް މަގު ކޮށައި ދިނުމުގެ ބޭނުމުގައި.

    1
    1
  3. އަހްމަދު

    ވަރަށް ރަނގަޅުވާހަކައެއް! ނަމޫނާ ދައްކަން ތިބި މީހުންގެ ފަރާތުން ފެނުނީ ޒިންމާދާރު ކުޑަ ޢަމަލުތަކެއް! ނަޝީދު މާސްކުއަޅަން ގޮވާލި އިރު ހުރީ މާސްކު ނާޅާ!. މަޖްލީސް މެންބަރުން މާލެ މަގުތަކުގައި އުޅެނީ މާސްކު ނާޅާ! ދެންކިހިނެއްތޯ މިކަން ރަނގަޅުވަނީ! މިލިބޭ ހުރިހާ ގެއްލުމަކުގެ ޒިންމާ މަޖްލީސްގެ ޒިންމާދާރު ކުޑަ މެންބަރުން ނަގަންޖެހޭ!

  4. އޮޅުވާލި ވޯޓު

    މިހާރުވެސް އެމީހުނައްބޮޑުކަމަކައް ވެގެނެނޫން ރައްޔަތުން ބަދެފަބާތިއްބަންވެގެން
    ރިސޯޓުތަކުގަ ތިބޭމީހުނައް މިލިބެނީ 15 ދުވަސް 14 ދުވަސް ކަރަންޓީނުވާންއެބަޖެހޭ މީތޯ ރިސޯޓުތަކުގެ މަސަކަތް ކުރާދިވެހިންނައް ހައްގުވާމިންވަރަކީ ކިހާބޮއެއްތޯ

  5. އޮޅުވާލި ވޯޓު

    ހެޔޮނުވާނެ ޖަމީލު އަހަރުމެން ގޮވާގެން މަގުމައްޗަނިކުމެދީ މި ނާގާބިލުސަރުކާރު ގާނޫނީ އިމުގެތެރެއިން ވައްޓާލުމަ

  6. މުހައްމދު

    އިދިކޮޅު ފަރާތްތަކަށްވެސް ނޭގުނު މީ ކިހާވަރެއްގެ ކަމެއްކަން ، މުޒާހަރާ ކުރި މީހުން ޒިންމާވާން ޖެހޭ

    1
    1