ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، ސަރުކާރު އޮފީސްތައް ނުހުޅުވާ ގޮތަށް ހަމަޖައްސާފައި ވަނީ މާދަމާ އިން ފެށިގެން މި މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އެހެންކަމުން ސަރުކާރުގެ އޮފީސްތައް ހުޅުވާނީ އޮގަސްޓް ނުވައެއް ވާ އާދީއްތަ ދުވަހުއެވެ.

މި މުއްދަތުގެ ތެރޭގައި ގޭގައި ތިބެގެން ކުރަން ހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށް ރައީސް އޮފީހުން ވަނީ އަންގާފައެވެ.

އަދި ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހުރިހައި ޚިދުމަތްތަކެއް އޮންލައިންކޮށް ދެމުން ގެންދިއުމަށް ރައީސް އޮފީހުން ވަނީ އަންގާފައެވެ.

ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައި މިވަނީ، މާލެ ސަރަަހައްދުގައި ހަލުވިކަމާ އެކު، ކޮވިޑް-19 ފެތުރެމުން ދަނިކޮށެވެ. ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މި ފަހަކަށް އައިސް ހުރީ 100 އަށް ވުރެ މަތީގައެވެ.

ކޮވިޑް-19 އަށް އިއްޔެ އެކަނި ވެސް 215 މީހަކު ފައްސިވި އިރު، އޭގެ ތެރޭގައި 149 ދިވެހިން ހިމެނެއެވެ. މި ފަހުން، ރާއްޖެ އިން ފައްސިވާ ގިނަ މީހުންގެ ތެރޭގައި ދިވެހިން ހިމެނެއެވެ.

ކޮވިޑް-19 ޖެހިގެން އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު ވެސް ވަނީ މައްޗަށް އަރަން ފަށައިފައެވެ.

ރާއްޖެ އިން މިހާތަނަށް 4،164 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ 2،085 ދިވެހިންނާއި 2،079 ބިދޭސީންނެވެ. މި ބަލިން ރަނގަޅުވެފައިވަނީ 2،643 މީހުންނެވެ. އަދި މި ބަލީގައި 18 މީހަކު ވަނީ ނިޔާވެފައެވެ.

ރާއްޖެ އިން ކޮވިޑް ފެނުމާ ގުޅިގެން، މާޗު 12 ގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިއުލާން ކުރެއްވި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތަކާ އެކު، މިދިޔަ ޖުލައި 5 އާ ހަމައަށް ސަރުކާރުގެ އޮފީސްތައް ބަންދު ކުރިއެވެ. އެކަމަކު، ކޮންމެހެން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ބައެއް ދުވަސް ދުވަހު އޮފީސްތައް ހުޅުވައިގެން ހިދުމަތް ދީފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ސުމާ

    ށިފްޓް ޑިއުޓީކުރާ ކުދިންނަކަށް ނެއްދޯ އެއްވެސް ރައްކާތެރިކަމެއް. ޢެއްވެސްކަމެއްނުކޮށް ތިބޭމީހުން ހަމަ އަރާމުގަ ގޭގަ... ޔަގީން ރައީސްޔާމިނު ނަމަ ބުނާނެ މިކަންނިމެންދެން ހުރިހާކުދިން ގޭގަ މަޑުކޮށްލާށޭ ... އަދި ފުލް މުސާރަވެސް ދިނީސް... ރައީސް ޔާމިންނެތީމަ ވަރަށް ދެރަ.. މަވެސްމީ އެމްޑިޕީމީހެއް.. އެކަމަކު މީހާރަކު އެއްވސްތާއީދެއް ނުކުރަން..

    86
    8
    • ޔާމީން

      މަވެސް އެމްޑީޕީ، އެކަމު އަބަދުވެސް ވަގުން ވަރަށް ކަމުދޭ.

      3
      42
      • ލަލަލާ

        މޑޕ ގަ ތިބީ ހުސް ވަގުން. އައްނި ކަލޭގެ އެއީ ބޮޑު ވަގު. ދެން ތިބޭ ކޮސް ގޮވަން. ?

        6
        1
      • ޙުސެން

        ކަލެއަށްފެނުނީތަ ތިކިޔާ ބަޔަކު ވައްކަންކުރަނިކޮށް؟ ހެހެހެ ހޮހޮހޮ ޕަކާސް....ޕޮސް....

        3
        3
  2. މަރީ

    ދެތިން ދުވަހަށް ސަރުކާރު ބަންދު ކުރީމަ ކޮވިޑް ގައުމުން ފިލާތަ

    70
    1
  3. ތަމެންދޯ

    ކުރިއަށް އޮތް ތިން ދުވަހު ސަރުކާރުގެ އޮފީސްތައް ބަންދު ކުރުން މީ ހިތާމަ ކުރަން ޖެހޭ ކަމެކޭ އޮންލައިން ކޮށް ޚިދްމަތެއް ދެވެނީއެއް ނޫން ފޯން ކޮށްގެން މައުލޫމާތެއް ސާފުވަނީ އެއް ނޫން މިގޮތަށް ގައުމެއް ނުހިންގޭނެއޭ ކޮވިޑަށް ބިރުން އުޅެން ހަދައިގެން މީގައި މަމެންނަށް ހީވަނީ ކޮވިޑް ފެތުރޭ މިންވަރަށް ވުރެން ބޮޑަށް ސަރުކާރުން އިދިކޮޅު ސިޔާސީ ފަރާތް ތަކުން މާލޭގެ މަގުމަތީގައި މުޒާހަރާ ކުރާތީވެ އެކަން ހަޖަމް ނުކުރެވިގެން އުޅެނީކަމަށް ބޮޑަށް ބެލެވެނީ ދޯ...

    47
    9
  4. ?

    ތިހެން ހެދީމަ އަލައް އުފަން ވާކުދިންނަށް ސެޓްފިކެޓު ހައްދަން ހާދަ އުނދަގޫ ވާނޭ.
    ޑޮކްޓާރ އަދައްކަން ވެސް އުނދަގު ވާނޭ އައިޑީ ކާޑު ނެހެއްދެންޔާ.ސަރުކާރަކައް ނޭނގޭނެ ރައްޔަތު މީހުންނަށް އުނދަގު ވާނެކަމެއް.??

    39
    8
  5. ކާފަރު

    "ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފިއެވެ." "ސަރުކާރު އޮފީސްތައް ނުހުޅުވާ ގޮތަށް ހަމަޖައްސާފައި ވަނީ މާދަމާ އިން ފެށިގެން މި މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ." ލޮލް.. އެހެން ވީމަ ހަތްވަނަ ދުވަހުން ފަށައިގެން ކޮވިޑް އޮންނާނީ ކޮންޓްރޯލް ވެފަ ދޯ.. ލޮލް.. ގަޅި ސަރުކާރު.. ތިހާ ވަރުގަދަ ހަރުކަށި ފިޔަވަޅެއް ކޮވިޑް އާ ދެކޮޅަށް އެޅީތީވެ ވަރަށް ބޮޑަށް ޝުކުރިއްޔާ.. ޤާތިލު ސަރުކާރު..

    52
    2
  6. ޜިފާ

    ބޭނުމަކީ ކޮބާ ރައީސްގެ އަމިއްލަ އެދުމެއް އޮތީތަ ނޫނީ މިދުވަސްވަރު މީހުންގެ ސަމާލުކަން ހޯދުމަށް ކުރެއްވި ކަމެއްތ؟

    43
    2
  7. ޓޮންނަ

    ބަންދެއް ނުކުރެ....ނުހުޅުވާ ގޮތަށް ހަމަޖެއްސީ...

  8. އިސްތިއުފާ

    މިސަރުކާރަކީ ދެން މަސައްކަތެއް ނުކޮށް ސަރުކާރު މުވައްޒަފުންނަށް މުސާރަ ދޭ ސަރުކާރެއް ވިއްޔާ ސަރުކާރު މަސައްކަތް ނުކުރާނަމަ އޭގެ ނުބައި އަސަރު ދިގު މުއްދަތެއް ގައި ކުރާނެއޭ ރާއްޖެ އަށް މަމެން އުއްމީދު ކުރަމޭ ސަރުކާރު ބަންދު ކަމުގައިވީ ނަމަވެސް ރައްޔިތުންގެ މަޖްލީހުގެ އިދާރާ ހުޅުވައިގެން މަޖްލީސް ހިންގާނެ ކަމަށް ރާއްޖެ މީހުން ކަންނެތް ކުރަން އަދި ބިރުގަންނުވަން ވެގެން ކުރާ ކަމެކޭ ކޮވިޑް ބައްޔޭ ކިޔައިގެން ކޮންމެ ރެއަކު ޓީވީން ދެން ކޮން ހާސަރެއްތޭ ތިޔާ ދަމަނީ ތަމެން ހެލްތް މިނިސްޓަރު އިސްތިއުފާ ދޭންވީއޭ ދެން ހެލްތް މިނިސްޓަރު އަމީން އިސްތިއުފާ ދޭންވީއޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

    1
    3
  9. ރަނގަޅުގޮތް

    ސުރުޚީގައި އިންގޮތް ރަނގަޅުކޮށްލައްވާ! ނުހުޅުވާ ގޮތަށް ހަމަޖެއްސުމާއި ބަންދުކުރުމާ ހާސްބައި ތަފާތު.

  10. މިމީހާ

    ހޮޓާ ތައް ބަންދު ކޮށްގެން ތި ކަމެއް ވާންއޮތީ

    37
    3
  11. ޙހހހ

    ބަންދު ކުރީމަ ގޯހޭ ، ދެން ޕާޓީ ކުރަމުން މީހުން ދުވެ ނަގާނެ ، އަނެއް ކާ މުސާރަވެސް ލިބިފަތިބީ ، އަޅޭ މަހުގެ ފަހު ކޮޅަށް ތި ކަން ކުރިނަމަ ، ލާރި ކޮޅެއް ސޭވްވިސް ، ކުރަންޏާ ގޭބަންދު ކުރަންވީ

    1
    1
  12. ސަރީ

    ބައެއް މެމްބަރުންގެ ދަރިން ޗުއްޓީއަށް ދިޔަގޮތަށް މާލެއާ ހަމަޔަށް ވާސިލްވަނީ ހަވަނަ ދުވަހު އެހެންވެ

  13. ނަގޫރޯޅި

    ރަނގަޅައް ވިއްޔާ އާއިލީ ބޭފުޅުންކޮޅެއް އީދައް ދިޔަގޮތައް އަދި މާލެ ނާންނަނީ. ހުސްހީލަތާ މަކަރު

    18
    1
  14. އައްޑޫ ލެއި

    ކޮވިޑް ނެއް ރައްރަށުގަ އޮފީސްތައް ހުޅުވުން ކިހިނެއް ވާނެބާ.

  15. އެމަންޖެ

    މިސަރުކާރު މިއުޅެނީ ގަނނާނެ ގަނޑެއް ނޭނގިގެން.

  16. އާދަނު

    ޖުޑިސަރީގެ އޮފީސްތަކަކީ މިހާރު ސަރުކާރު އޮފީސްތަކެއް ނޫން.... އެހެންވީމަ އެއްނޫން ސަރުކާރު ބަންދަސް އޮފީހަށް ނުކުމެ މަސައްކަތް ކުރުމަށް އަންގާނީ......