ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަަމަށް ޑރ. މުހައްމަދު އިބްރާހިމާއި، އަލްއުސްތާޒް އަލީ ރަޝީދު ހުސައިން އައްޔަން ކުރުމާއި ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ މަޝްވަރާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އެދިވަޑައިގެންފިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް، ހދ. ކުޅުދުއްފުށި، ފިނިފެންޖަންބުގޭ ޑޮކްޓަރ މުޙައްމަދު އިބްރާހިމާއި، ދަފްތަރު ނަންބަރު ރސ 2302، އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން، އައްޔަންކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ މަޝްވަރާއަށް އެމަނިކުފާނު މިއަދު ފޮނުވާފައިވާ ކަމަށެވެ.

މި ދެ ބޭފުޅުންގެ ތެރެއިން ގާޒީ އަލީ ރަޝީދު ހުސައިން އަކީ ކުރީގެ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރެއްވި ފަނޑިޔާރެވެ.

ޑރ. މުހައްމަދު އިބްރާހިމަކީ އިސްލާމިކް ކޮމާޝިއަލް ލޯ ދާއިރާއިން ޔުނިވާސިޓީއިން އޮފް މެލޭޝިއާއިން ޑޮކްޓަރު އޮފް ފިލޯސޮފީ އާއި އިންޓަނޭޝަނަލް އެންޑް ކޮމާޝަލް ލޯގެ ދާއިރާއިން އިނގިރޭސިވިލާތުން މާސްޓާސް ހައްދަވާފައިވާ ބޭފުޅެކެވެ.

ސުޕްރީމް ކޯޓުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ހަތް ފަނޑިޔާރުންނަށް ބެންޗު ވަނީ ބަދަލުކޮށްފައެވެ. މިހާރު އެ ކޯޓުގައި ތިއްބެވީ ފަސް ފަނޑިޔާރުންނެވެ. ހުސްވެފައިވާ ދެ މަގާމަށް މީގެކުރިން ރައީސް ސޯލިހު އައްޔަން ކުރެއްވުމަށް މަސައްކަތް ކުރެއްވީ ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒާއި ހައިކޯޓުގެ ފަނޑިޔާރު ރައޫފެވެ.

ނަމަވެސް އެ ދެބޭފުޅުންނާއި ގުޅޭ ގޮތުން ތަފާތު މައްސަލަތަކެއް ފެންމަތިވުމުން ދެބޭފުޅުންނަށް ޖޭއެސްސީން ލަފައެއް ނުދިނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. Anonymous

  އިސްތިއުފާ.. ވައުދު ނުފުއްދާ ރައްޔިތުން ފެލާ ސަރުކާރު

  12
 2. ޢަލީ

  ބޮޑު އިނާމެއް ތިދެނީ، އިންޝާﷲ ކޮންމެކަމެއްގެ ނިމުމެއް އޮންނާނެ.

 3. އަލީ

  ފޮޓޯއިން އެފެންނަނީ މައުމޫނު ދިރިއުޅެން ވެގެން ރައްޔިތުންގެ ފައިސާއިން ޙަރަދުކޮށް ހަދައިފައިހުރި ގަނޑުވަރުގެ ފޮޓޮއެއް.