ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރެއްވި ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސައިން ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ފޮނުވީ އެ ހުކުމް ކުރުމުގެ އިނާމެއްގެ ގޮތުން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ގާޒީ އަލީ ރަޝީދު ސުޕްރީމް ކޯޓަށް އައްްޔަން ކުރެއްވުމަށް ލަފައަކަށް އެދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޖޭއެސްސީއަށް ފޮނުވީ މިއަދު އެވެ.

އެކަމާއި ގުޅިގެން އަދުރޭ ވިދާޅުވީ، ރައީސް ޔާމީނަށް ނުހައްގު ހުކުމް ކުރި ފަނޑިޔާރު އަލީ ރަޝީދަށް ސްޕްރީމް ކޯޓުގެ ގޮނޑިއެއް ދިނުމަށް ރައީސް ސާލިހް ނިންމެވީ އެ ހުކުމް ކުރުމުގެ އިނާމަކަށްކަމަށެވެ. އަދި ރައީސް ސާލިހު މިނިންމެވުމުންވެސް ރައީސް ޔާމީނުގެ ޙުކުމަށް ރައީސް ސާލިހު ނުފޫޒު ފޯރުވި މިންވަރު ޔަގީންވެގެން ދިޔަކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްސަލަ އެންމެ ފުރަތަމަ ބެއްލެވީ އޭރު ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް ހުންނެވި އަހުމަދު ހައިލަމްއެވެ. ނަމަވެސް މިދިޔަ އަހަރުގެ ނަސްރުގެ ދުވަހާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ހައިލަމް ޕޯސްޓު ކުރެއްވި ފޮޓޯއަކާއި ގުޅިގެން ޖޭއެސްސީ އިން ހައިލަމްގެ މައްސަލަ ބަލާ ހައިލަމް ކުރެއްވި އަމަލަކީ ފަނޑިޔާރުންގެ ސުލޫކަށް އަސަރު ކުރާ ފަދަ ކަމެއް ކަމަށް ނިންމިއެވެ. އަދި އެއާއިއެކު ހައިލަމް މަގާމުން ވަކި ކުރެއްވުމަށް ނިންމިއެވެ. އޭގެކުރިން ހައިލަމް ވަނީ އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ހައިލަމް އިސްތިއުފާ ދެއްވުމުން ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގެވުމާއި ހަވާލު ކުރެއްވީ ގާޒީ އަލީ ރަޝީދަށެވެ. އަދި ރައީސް ޔާމީންގެ މައްސަލަ ވެސް ފަހުން ބެއްލެވީ ގާޒީ އަލީ ރަޝީދެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އިއްބެ

  އަދުރޭ އަށް ވެސް އިނާމެއްގެ ގޮތުން ޖަލުން ގޮޅިއެއް ދޭންވީ މާލޭގަ ކޮވިޑް ފެތުރީމަ.

  9
  31
 2. ބޮކި

  އަދުރޭ ތަމެން މާ ރީޗެއްނޫން ވާހަކަ ދައްކާކަށް
  ކަލޭވެރިކަން ކުރީ ހުކުމް ކުރި ހުރިހާ ގާޒީން ހަދިޔާދީގެން !

  6
  19
 3. އިންސާފު ކޯދުލަނީ

  އިންސާފު ގާއިމްކުރަން ކޯޓުތަކަށް ހަޖޫޖެހި ބައިގަނޑަށް ވެރިކަންލިބުނީމަ އިންސާފް ކޯދުލާ އަރަނީ މިއޮށް....

  9
  1
 4. މަންމާފުޅު އަދުރޭ

  ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވީ ކްރިމިނަލް ކޯޓުގެ ގާޒީ އަބުދުލް ބާރީ ޔޫސުފާއި އަބުދުﷲ ދީދީ އާއި ސުޖާއު އުސްމާނެވެ. ރައީސް ނަޝީދު ކުށްވެރިވާކަމަށް އެ ތިން ފަނޑިޔާރުން އިއްތިފާގުވެ ހުކުމް ނެރުނެވެ. ހުކުމް ކުރެއްވި ފަނޑިޔާރުންނަށްވީ ގޮތް ބައްލަވަމާ ހިންގަވާށެވެ.

  ރައީސް ޔާމީން ވެރިކަމުގައި ފަނޑިޔާރު އަބުދުﷲ ދީދީ އަށް ދެއްވީ ސުޕްރިމް ކޯޓުގެ ފަނޑިޔާރު ކަމެވެ. ސުޕްރިމް ކޯޓަށް އަބުދުﷲ ދީދީ އައްޔަނު ކުރަން ނިންމެވީ ރައީސް ޔާމީނެވެ. ރައީސް ޔާމީނުގެ ނިންމެވުމާ އެއްގޮތަށް މަޖިލީހުން އަބުދުﷲ ދީދީ އަށް ރުހުން ދިނުމުން އެންމެ މަތީ ކޯޓުގެ ފަނޑިޔާރުކަމަށް އަބުދުﷲ ދީދީ އައްޔަނު ކުރެއްވީ ރައީސް ޔާމީނެވެ.

  މިހާ ހިސާބުން މި ބަލާލަނީ ބުރާސްފަތި ދުވަހު އަބުދުއް ރަހީމް ވިދާޅުވި ވާހަކަ އަށެވެ. ރައީސް ޔާމީނަށް ހުކުމް ކުރި ފަނޑިޔާރު އަލީ ރަޝީދު، ސުޕްރިމް ކޯޓް ބެންޗަށް ގެނައުމަށް ޖޭއެސްސީގެ ލަފައަކަށް އެދިވަޑައިގެން ރައީސް ސޯލިހު ފަނޑިޔާރުގެ އަލީ ރަޝީދުގެ ނަން ފޮނުއްވުމުން، ރައީސް ޔާމީން ޖަލަށް ލުމަށް ރައީސް ސޯލިހު ނުފޫޒު ފޯރުވިކަން ސާބިތުވެއްޖެކަމަށް އަބުދުއް ރަހީމް ނިޔާ ކަނޑައެޅުއްވުމުން ނިކުންނަ ނަތީޖާ އަބުދުއް ރަހީމަށް އެނގިވަޑައިގަންނަވާތޯ އެވެ. އަބުދުއް ރަހީމް އެ އިއުތިރާފުވެވަޑައި އެގަންނަވަނީ ރައީސް ނަޝީދަށް ހުކުމް ކުރެއްވުމުގައި ރައީސް ޔާމީން ނުފޫޒުފޯރުއްވިކަމަށް ނޫންތޯ އެވެ.

 5. ޙަލީލް

  މީދޯ އެއްކަލަ ބަސްމަގު ރިވެތި މަޖިލީހުގެ އަގު ވައްޓާލިމީހާ

  2
  2