ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ވާޗުއަލްކޮށް ބޭއްވި ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ތައިލެންޑް ބަހުން ވާހަކަ ދައްކަވައިފިއެވެ. މިއީ، ވަރަށް މަދުން ނޫނީ މިނިސްޓަރުންގެ ފަރާތުން ނުފެންނަ މަންޒަރެކެވެ.

މި ރެސެޕްޝަންގައި ޝަރަފްވެރި މެހްމާނަކަށް ބައިވެރިވެވަޑައިގަތީ ތައިލެންޑްގެ ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ދުސިތު މަނަފަންއެވެ.

ބައްދަލުވުމުގައި ރާއްޖެ އިން ތައިލެންޑަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ޖިނާހު ވަނީ ދެ ގައުމުގެ މެދުގައި އޮންނަ ގުޅުން، ހާއްސަކޮށް ވިޔަފާރީގެ ދާއިރާ އިން އޮންނަ ގުޅުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ. އަދި ކޮވިޑް-19 އިން އަރައިގަތުމަށް ތައިލެންޑް ސަރުކާރާއި ވިޔަފާރިތަކުން ރާއްޖެ އަށް ވެދެއްވާ އެހީތެރިކަމަށް ޖިނާހު ވަނީ ޝުކުރު އަދާ ކުރައްވައިފައެވެ.

ތައިލެންޑް އެމްބަސީގެ ބޭފުޅުން ފޮޓޯއަކަށް ހުއްޓިގެން.

ރާއްޖޭގެ މިހާރުގެ ހާލަތާ ބެހޭ ގޮތުންނާއި ކޮވިޑް-19 އިން އަރައިގަތުމަށް ތައިލެންޑް ފަދަ އެކުވެރި ގައުމުތަކާއި އަދި ބައިނަލްއަގްވާމީ މުޖްތަމައުން ރާއްޖެއަށް އެހީތެރިކަން ބޭނުންފުޅުވާކަން ފާހަގަކުރައްވައި، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ޚާއްސަ ވީޑިއޯ މެސެޖެއް ވަނީ ދައްކާލައިފައެވެ.

ޝާހިދު ވިދާޅުވީ ރާއްޖެއިން މިނިވަންކަން ހޯދިއިރު ރާއްޖެއަކީ އެންމެ ކުޑަ އަދި އެންމެ ފަގީރު އެއް ގައުމު ކަމަށެވެ. އަދި މިސަބަބުތަކާ ހުރެ ގައުމެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މައިދާނުން ބަލައިގަތުމަށް ކުރި މަސައްކަތް އުނދަގޫވި ކަމަށް ޝާހިދު ވިދާޅުވިއެވެ.

ނަމަވެސް، އެކުވެރި ގައުމުތަކުގެ އެހީއާއެކު މިނިވަންކަން ހޯދިތާ އެންމެ ދެ މަސްދުވަހުގެ ތެރޭގައި އދ.ގެ 117 ވަނަ ގައުމަކަށް ރާއްޖެ ވުމަކީ، ރާއްޖެއިން އެކުވެރި ގައުމުތަކާއެކު އޮންނަ ގުޅުން ހާމަކޮށްދޭ ކަމެއް ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

މި ރިސެޕްޝަންގައި ތައިލެންޑްގައި ތިއްބަވާ އެކި ގައުމުތަކުގެ ސަފީރުންނާއި، ތައިލެންޑް ސަރުކާރުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޝަރޫފާޒިލް

    ފެނޭނުން ބެންކޮކަށް ގޮސް އުޅޭ ބޭފުޅުން

    11
  2. ނާސިރު

    ކާބަފައިން ހޯދި މިނިވަންކަން މީގެ ދެ އަހަރު ކުރިން އިންޑިއާއަށްވަނީ ވިއްކާލާފަ. ރާއްޖޭގެ ދެކޮޅުގަ އިންޑިއާ ސިފައިންވަނީ ގަދަވެ ގަނެފަ. ގިނަދުވަހެއްނެތި އުތުރުގައި ދުވަހަކު ފައިބައިގެން ނުދާގޮތަށް އުމުރަށް މިލިޓިރީ ބޭސްއެއް މިސަރުކާރުން ހަދައިދެން ތައްޔާރުވަނީ. ދެން ދިވެހިން ކުރާނެ އެއްވެސް ކަމެއްނެތް. އޮތީ އެމްޑީޕީއިން އިންޑިއާ ކުންފުނިތަކުން ރުފިޔާނަގައިގެން ވޯޓަށް ރުފިޔާދިނީމަ އެމީހުންނަށް ވޯޓްދިނުން. ނިކަމނެތިކަމުންގޮސް އެމީހުންގެ ފައިބުޑަށް ދިވެހިން ވެއްޓި ހެދިކޮންމެގޮތެއް އޯކޭ އޭ ބުނުން. މޮޓޯއަކީވެސް ރަށުމީހުން ރަށަށްގޮސް މަހަށްދިއުން. ނޫނީ ބޯކަށިކެޔޮފެން ބޮއިގެން މާލޭ ބޭފުޅުންނަށް ސަލާން ޖެހުން.

    10
    1
  3. ދިދަ

    މިނިވަން ދުވަހުވެސް... ޜީނދޫ ކުލައިގެ ޓައީއެއް
    ޢަޅައިގެން އިނުމުން ވަރަށް ހުތުރު ގައުމީ ލޯބި ހަމަ ނެތީ
    ގައުމު ތަމްސީލް ކުރާއިރުވެސް ޕާޓި ރޫހު
    މިއުވާނު މިކަން ވަޒީރަށް ހަނދާން ކޮށްދީބަލަ

    11
  4. މ

    ކުޑަވެސް ލޯތްބެއް ގައުމާ މެދު އޮތްނަމަ
    ގައުމީ ދިދައިގެ ކުލަތައް .. ޓައީގާ ހުންނާނެ

    10
    1
  5. މޭކްއިޓް

    ކޮވިޑްގެ އަޑު ތައް ގަދަވެފައި އެވަނީ އެއީ ރާއްޖޭގެ މެޑިކަލް ކޮމިއުނިޓީ އަކީ އެއީ ވަރަށް ޕަބްލިސިޓީ ބޭނުންވާ ބަޔެއް ކަމަށްވާތީއޭ

  6. އަހްމަދު

    މިހާރުތިފާޑުފާޑުގެ ބަސްތަކުންވާހަކަދެއްކިއެއްކަމަކު މާބޮޑުފައިދާއެއްނުކުރާނެ މޯދީބޭދިންއެއްޗެއްކާލައިގެން ބޯލައިގެންއުޅުންނޫންގޮތެއްނެތް

  7. ޒުލޭޚާ

    މީނަގެ ގޮތްހުރިކަން ވަރަން ރަގަޅަން އެގޭ ތީމުގެ ހަދާ ނިމުމުގެ ކުރިން އަމިއްލަ ގޭ ހަދާލީ އެހެއްވީމަ މީ ކިހާ ގޮތްހުރި މީހެއް