ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ އަތުލިއުމުގެ ސާމްޕަލެއް ނަގަން ފުލުހުން ތައްޔާރުވެއްޖެއެވެ.

ފުލުހުން މިހާރު ވަނީ ޔުމްނާގެ އަތުލިއުމުގެ ސާމްޕަލެއް ނަގަން މާދަމާ ފުލުސް އޮފީހަށް ހާޒިރު ވާން އޭނާ އަށް އަންގާފައެވެ. ފަނޑިޔާރުންނާއި ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އިއްޔެ ފުލުހުން ވަނީ ޔުމްނާގެ ބަޔާނެއް ވެސް ނަގާފައެވެ.

އަތުލިއުމުގެ ސާމްޕަލެއް ދޭން ފުލުހުން އިއްޔެ އެދުމުން ޔުމްނާ ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ. ޔުމްނާ އިއްޔެ ފުލުހުން އަރިހު ވިދާޅުވީ އަތުލިއުމުގެ ސާމްޕަލް ދޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އެހެންކަމުން މާދަމާ ޔުމްނާ ފުލުސް އޮފީހަށް ހާޒިރު ކުރަނީ ކޯޓު އަމުރެއްގެ ދަށުން އޭނާގެ އަތުލިއުމުގެ ސާމްޕަލް ނަގަން ކަމަށް ބެލެވެއެވެ.

ޤާނޫނާއި ހިލާފަށް ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތު ޔުމްނާގެ މައްޗަށް ވެސް މިހާރު ކުރެވޭ އިރު އޭނާގެ ފިރިކަލުން މުހައްމަދު ނަދީމް ވެސް ހުންނެވީ އެތުހުމަތުގައި ހައްޔަރު ކުރެވިފައެވެ. އަދި ބައްޕާފުޅު މައުމޫނާއި ކޮއްކޯފުޅު ފާރިސްގެ މައްޗަށް ވެސް އެތުހުމަތު ކުރެވި ވަނީ ހައްޔަރު ކުރެވިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙަފްޞާ / މާލެ

    މައުމޫނު ހާދަހަދޯ ނުބަޔޭ! ތިމާއާ ތިމާގެއިތުރުން ދަރިންވެސް ކާޅުކޮށްފި!

  2. ރާވެރިޔާ

    މި ހަފުސާ މިއީ ވަގުފައިސާއިން ހާދަ ބައެއްއަޅާ މަންޖެއެކޭދޯ!

  3. ޢަފްލާ

    ޢަޅުގަނޑުގެ ސުވާލަކީ އަތުލިއުމެއް ނަގަން ނުވަތަ ދޭން ދެކޮޅު ހަދަންވީ ކޮން ސަބަބަކާ ތޯއޭ ކޯޓް އަމުރަކުން އަތުލިޔުން ދޭން ޖެހޭނީ ކޮންމެވެސް ސަބަބެއް އޮތީމަޔޭ މަނަމަ ހަމަ ހާސް ކަނޑާލާފަ ދިނީމުސް

  4. ހަސަން

    ފަހުގެ ތަޅާލުން

  5. ކާފަ

    މައުމޫން ތަ ނުބައިވެގެން މިއުޅެނީ ؟