ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ހުސްވެފައިވާ މެމްބަރު ކަމަށް އައްޔަން ކުރަން 17 ބޭފުޅެއްގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

އެންއައިސީ އަށް އާ މެމްބަރުން ހޯދަނީ، އެ ކޮމިޝަންގައި ކުރިން ތިއްބެވި ތިން ބޭފުޅަކު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެންއައިސީ އަށް މެމްބަރުން އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްކަން ދެއްވާ ތަރުތީބު މަޖިލިހާ ވަނީ ހިއްސާ ކުރައްވައިފައެވެ.

ރައީސް އިސްކަން ދެއްވާ ތަރުތީބަކީ:

  1. ހަދީޖާ މޫސާ، މާފަންނު، ބަޝީރީ ހިޔާ
  2. އަލްއުޞްތާޒް ޝުއައިބު އަބްދުއްރަހުމާން، ދަފްތަރު ނަމްބަރު ރސ، 1188
  3. އާޝިޔަތު ޝިއުނާ، ގަލޮޅު، ދޫރެސްވިލާ
  4. އަހުމަދު މޫސާ، ހ.އަމްސާވިލާ
  5. އަލީ މުހައްމަދު މަނިކް، ދަފްތަރު ނަމްބަރު ރސ، 1851
  6. އައިޝަތު ހުސެއިން މަނިކް، ހ.ރީނދޫ ކޮކާގެ
  7. އަލްއުޞްތާޒް މުހައްމަދު އަލީ، ރަތްފުސްގެ، ހއ.ހޯރަފުށި
  8. އައިމިނަތު ޝާދިޔާ، މ.ޕިސްތާގެ
  9. އިސްމާއިލް ސާޖިދު، މއ.ވިލާރޮދި
  10. ހަދީޖާ ނައީމް، މ.ރަންވަރު
  11. އައިމިނަތު އަޒްލިފާ، ގުލާބީގެ، ރ.ރަސްގެތީމު
  12. ހާރިސް މުހައްމަދު، ދަފްތަރު ނަމްބަރު 4289
  13. ޑރ.އިބްރާހިމް ޝިޔާމް، މ.ހަފިޔާވިލް
  14. އަލީ ނިޒާމް، މ.މޮޑާންކޮމެންޓް
  15. އަލްއުޞްތާޒް އަލީ ނަޖީބު، ހުޅުމާލެ ފްލެޓް ނަމްބަރު 137-1-3
  16. މުހައްމަދު ޝަރީފް، ފުސްތުޅާގެ، ގދ.ތިނަދޫ
  17. އަލްއުޝްތާޒް އަލީ މަޖީދު، މަތަރަސްމާގެ ގއ.ދާންދޫ

އެންއައިސީގެ ތިން މެންބަރަކު އިސްތިއުފާ ދެއްވީ ޖުލައި 12 ވަނަ ދުވަހުއެވެ.

އިސްތިއުފާ ދެއްވާފައި ވަނީ އެ ކޮމިޝަނުގެ ނާއިބު ރައީސް ހައްސާން ހަމީދާއި އެންއައިސީގެ މެންބަރު ހަދީޖާ އަބްދުﷲގެ އިތުރުން ކޮމިޝަންގެ މެންބަރު އަހުމަދު އަމީންނެވެ. މި ތިން ބޭފުޅުން ވަނީ އިސްތިއުފާ ދެއްވި ކަމުގެ ސިޓީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފޮނުއްވާފައެވެ.

އެ ކޮމިޝަނުގެ ތިން މެންބަރަކު އިސްތިއުފާ ދެއްވާފައި މިވަނީ އެންއައިސީގެ ހަތަރު މެންބަރަކު ވަކި ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މި މަހުގެ 8 ވަނަ ދުވަހު ނިންމާފައި ވަނިކޮށެވެ. އޭގެ ފަހުން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ރައީސް އަހުމަދު ސުލައިމާން ވަނީ މަގާމުން ވަކިކޮށްފައެވެ.