ކ. ކާށިދޫ ފަރަށް ބޯޓެއް އަރައި، އެ ބޯޓުގައި ހުރި ކޮންޓެއިނަރެއް ހަލާކުވެ، އޭގައި ހުރި ރެޑްބުލްތައް ފަޅުތެރެއަށް ދޫވެއްޖެއެވެ.

ހދ. ކުޅުދުއްފުށިން މާލެ އަށް ދަތުރު ކުރި މި ދޯނި ފަރަށް އަރާފައި ވަނީ ރޭގެ ވަގުތެއްގައެވެ. އެ ދޯނި މިހާރު ވަނީ އަޑިއަށް ގޮސްފައެވެ. އެނގިފައިވާ ގޮތުގައި އެ ދޯނީގައި ތިން ކޮންޓެއިނަރުގެ ރެޑްބުލް ހުއްޓެވެ. އެކަމަކު، ހަލާކުވީ އޭގެ ތެރެއިން އެއް ކޮންޓެއިނަރެވެ.

ކޮންޓެއިނަރު ހަލާކުވެ، އޭގައި ހުރި ރެޑްބުލްތައް ފަޅުތެރެއަށް ދޫވުމާ ގުޅިގެން ރައްޔިތުން ނުކުމެ، ރެޑްބުލް ދަޅުތައް ވަނީ ހޮވަން ފަށައިފައެވެ.

ކާށިދޫ ފަރަށް އެރި ދޯނި - ފޮޓޯ: މާން ގްރަފީ

ކާށިދޫން "ވަގުތު" އާ ވާހަކަ ދެއްކި މީހަކު ބުނީ އެ ދޯނީގައި ހުރި ތިން ކޮންޓެއިނަރު ރެޑްބުލްގެ ތެރެއިން، އެއް ކޮންޓެއިނަރު ފަޅައިގެން ގޮސް، އެ ރެޑްބުލް ކޭސްތައް އެރަަަށު ފަޅަށް ދޫވުމުން އެމީހުން އެ ދަޅުތައް ހޮވަން ނިކުތީ ދޯނީގެ ވެރިންގެ ހުއްދަ ހޯދައިގެން ކަމަށެވެ.

އެހެން ނަމަވެސް އެ ދޯނީގެ ވެރިފަރާތުން އެކަން ދޮގު ކުރެ އެވެ. އެ ދޯނީގެ ވެރި ފަރާތުން ބުނަނީ އެ ރެޑްބުލްތައް ނެގުމަށް ހުއްދަ ދީފައި ނުވާނެ ކަމަށެވެ.

ކާށިދޫ ފަޅަށް ދޫވި ރެޑްބުލްތައް އެއްގަމަށް އަރުވާފައި

އޭނާ ބުނީ، އެރަށު ފަޅަށް ރެޑްބޫލް ކޭސްތައް ދޫވެފައިވާ ކަން އެނގުނީ އެރަށުން އޭދަފުއްޓަށް ފުރި ލޯންޗެއްގައި ތިބި ބަޔަކަށް ކަމަށެވެ. އަދި އެ މީހުން އެކަން ރަށު މީހުންނަށް އެންގުމުން ހުކުރުން ފައިބައިގެން ގޮސް މީހުން މޫދަށް އެރިގެން ރެޑް ބުލް ކޭސްތައް ނެގީ ކަމަށް އޭނާ ބުނެފައި ވެެެއެވެ.

ބައެއް މީހުން ރެޑްބުލް ކޭސްތައް ބަލާ ގޮސްފައި ވަނީ ދޯނީގައެވެ. އަދި އެ ކޭސްތައް މިހާރު ވަނީ އެއްގަމަށް އަރުވައިފައެވެ.

އެނގިފައިވާ ގޮތުގައި ރަށުގެ ބައެއް މީހުން ރެޑްބުލް ކޭސްތައް ވަނީ ވިއްކަން ފަށައިފައެވެ. ބައެއް މީހުން 100 އަށް ވުރެ ގިނަ ކޭސް ހޮވާފައިވެއެވެ. ބައެއް ކޭސްތަކާއި ދަޅުތައް އޮޔާއި ވައި ހުރި ގޮތުން ރަށުގެ ފަޅުތެރެއަށް ވަދެފައިވެއެވެ.

މިއީ ކޮން ބަޔަކު މާލެ ގެންދިޔަ ރެޑްބުކް ކޮންޓެއިނަރުތަކެއް ކަން އަދި ސާފުވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޢަހްސަން

    މަށައް ލިބޭނެނަމަދޯ

    23
    15
  2. ޢަލިވ

    ތިއެެންމެން ކޮވިޑައް ޓެސްޓް ކުރުންމުހިންމު

    21
    4
  3. ޏަވިޔަނި

    ދެން އޯވަޑޯޒު ނުވާތި ތިބޮއެގެން... ޖާ ބޭނުްވާނެ ތި ހިތި ސަރުބަތު

    30
    3
  4. މާމީ

    ކުޅުދުއްފުއްޓައް ގެނެސް ކުޑަކޮއް ޑިއުޓީ ދައްކާފަ މާލެއައް އަގުބޮޑު ކޮއްވިއްކަން ގެންނަނިކޮއް ތިހެންތިވީ ގިނައިން ކާންވެގެން އުޅެނިކޮއް....

    68
    6
  5. އަރީ

    އެޗްޕީއޭއިން އަވަހަށް ބުނޭ އެއީ ކޮވިޑޭ. ކާށިދޫއަށް މީހުން އަރާފޭބުން މަނާކުރޭ އަވަހަށް

    27
    3
  6. ލަދު

    ބަޔަކަށް ތިޔަވަރުގެ ގެއްލުންވުމުން އެ ހޮވާފަ ވެރިފަރަތާ ހަވާލުކޮށް ދިނަމަ ކިހާ ސަވާބު ލިބޭނެ.

    52
  7. ކަނބުލޯ

    މުދަލުން ޒަކާތް ނުދޭތީ ވީ ގޮތެއްކަން ނޭނގޭ

    19
    5
  8. އަލިބެ

    ކަލޯ ހަލާލެއް ހަރާމެއް ނުބަލާ ވިއްކާލީ ތަ؟ ތީ ހަމަ ދިވެހިންތަ؟ ނޫނީ ކަނޑުފޭރޭ ބައިގަނޑެއްތަ؟ ޢެތަކެއްޗަކީ ކަނޑުން އުފެދިގެން ލެއްގި އެއްޗެއް ނޫންކަން އެނގިތިބެ ބައެއްގެ މުދާ ބޭނުން ކޮށްލަން ފަސްނުޖެހޭހާ އީމާންކަން ބަލިކަށި ބައެއްދޯ؟

    57
    2
    • ކާށިދޫ

      އެއްމެން ގައިގަ ނާޅުވާ
      އަހަރެން ހަމަ ގައިމުވެސް ނުހޮވަން

      18
  9. މިއަދު

    މާމި ތިބުނީ 100% ގެ ވާހަކައެއް

    13
  10. ޑިމޮކްރަޓިސްޓް

    މުޅިން މަކަރާ ހީލަތުން ކުރާކަންކަން. ޑިއުޓީ ބޮޑުކުރީމަ އެހެން ޕޯޓްތަކަށް ކުޑަ ޑިއުޓީއެއް ދައްކައިގެން ކުލިއަރކޮށްގެން މާލެގެނެސް ބޮޑުފައިދާގަ ވިއްކަނީ، ޑިއުޓީ ބޮޑުކުރިތަންކޮޅު ލާފަ. މަކަރާ ހީލަތް ހެދުމުގަ އަރާތިބި ދިވެހިން. ސިނގިރޭޓް އެތެރެކުރާމީހުންވެސް ކުރަނީ ހަމަ ތިކަންތައް، ސައިކަލު އެތެރެކުރާ ބޮޑެތި ވިޔަފާރުތަކުންވެސް ކުރަނީ ހަމަ ތިކަންތައް. އައްޑޫ، ކުޅުދުއްފުށި ޕޯޓަށް ކުލިއަރ ކޮށްގެން މާލެގެނެސް ބޮޑު ފައިދާގަ ރައްޔިތުންނަށްވިއްކުން.

    24
    3
  11. ސުޢޫދު

    ޑިއުޓީ ކުޑަވާނީ ތިވަރައް ،،،

  12. ދާލި

    ތީ މިއުޅޭ ނަޝީދު ގެ ބެސްޓް ފްރެނޑްގެ ވިޔަފާރި ރެޑްބުލް ، އަދި ސިގިރޭޓްވެސް އެތެރެކުރާނެ ...ކުޅުދުއްފުއްޓައް ގެނެސް ކުޑަކޮއް ޑިއުޓީ ދައްކާފަ މާލެއަށް ...ނަޝީދު އަޑީގަ ހުރެގެން ބޮޑު މަންފާހޯދަން ކުރި ކަންތަ .....އެކަން ތިވީ ހަމަ ކޯފާ އަކަށް ދޯ..

    10
    1
  13. އަހުމަދު

    67،392 ދަޅު ކޮންޓޭނަރެއްގަ.

  14. ވަހުތާނު އަހުމަދު

    ޖާބިރުގެދީލަތިއެހީފުޅެއްތޯއްޗެ ؟ ގާފަރަށްވެސް ބައެއްއަޅަންފެނޭ ؟

    4
    1
  15. ހަސަން ފޭދޫ

    ރާއްޖެ އަށް 3 ކޮންޓެއިނަރ ރެޑްބުލް ގެނެވޭނީ ކޮންބަޔަކަށް ކަން ވަގުތަށް ނޭންގުމުން އަންތަރީސް ވެއްޖެ

  16. އަލީ

    މީރޭވިގެން ކުރާކަން ތައް މިހާރުވެސް ސިގިރޭޓު އަގު ބޮޑުވާތީވެ އެދުވަހުގެ ކުރިން ގެނެސްފަހުރި ސިގިރޭޓު ކޮންޓޭނާ ތައް އެހެރީ އަދިވެސް ނުނެރެ އެމްޕީއެލް ސަރަހައްދުގަ މިހާރުދިއަޔަސް ފެންނާނެ ކިތައްކޮންޓޭނާކަން ހުރީ ހަމައެގޮތައް ރެޑުބުލްވެސް މީހަމަ ރޭވިގެން ހިންގާޖަރީމާ މި2 ބާވަތްވެސް އެތެރެކުރަނީ ސަރުކާރު ހިންގާ މައިޕާރޓީގެ ބޭފުޅުން ވީމާ ކުރިއައް ހުރިހާ ޕޫލޭނެއްލިބޭ

  17. އީދުބެ

    ނައިފަރަށް ވެސް ތީގެން ބައެއް ލިބިއްޖެ ކޭޭހެއްގެއަގު ޮއުުޅނީ 100 އާއި 300 އަށް ބޭނުންވާ ފަރާތް ތަކުން ދެކުނު ފަރާތު ބޮޑު މަގަށް އައިސް މައލޫމާތު ހޯދާ