އަވަށްޓެރި އިންޑިއާ އިން ރާއްޖެ އަށް ދިން ލޯންތަކާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ނައިބު ރައީސް ކަން ކުރެއްވި ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަރުގަދަ ސުވާލުތަކެއް ސަރުކާރަށް ކުރިމަތިކުރައްވައިފިއެވެ.

އިންޑިއާ އިން ބަޖެޓު ސަޕޯޓުގެ ގޮތުގައި 250 މިލިއަން ޑޮލަރު (3.9 ބިލިއަން ރުފިޔާ) ލިބިފައިވާ އިރު، މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ބްރިޖު މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ވަނީ ލިބިފައެވެ. ބްރިޖު މަޝްރޫއަށް އިންޑިއާ ސަރުކާރުން ދޭ 500 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖްގައި ލޯން އަދި ހިލޭ އެހީގެ ކޮމްޕޯނަންޓް ހިމެނޭނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރުން ނަގާ ލޯންތައް ދެއްކޭނެ މިންވަރުގެ އާމްދަނީއެއް ސަރުކާރަށް ކުރިއަށް އޮތް ދުވަސްތަކުގައި ލިބޭނެތޯ ސުވާލު ކުރައްވައިފައެވެ. ލޯން ނުދެއްކިއްޖެ ނަމަ، މިފަހަރު ވިއްކަން ހުށަހަޅާފައި ވަނީ ކޮން ރަށްތަކަކާއި ހަރުމުދަލެއްތޯ އޭނާ ސުވާލު ކުރެއްވިއެވެ.

"ދަރަނިވެރިވެ، އެސެޓް ވިއްކައިގެން ވިޔަސް ކޮންމެހެން ބްރިޖު އެޅުން ވާޖިބުވީ ކީއްވެތޯ؟ ކޮންމެ ފަހަރަކު މުސާރަ ދިނުމަށް ލޯން ނެގުން ނޫން ވިސްނުމެއް ނެތީތޯ؟ އައްޑޫ ގަން އިނގިރޭސިންނަށް ދިން ގޮތަށް ރާއްޖޭގެ ރަށްތައް ބޭރުގެ ބާރުތަކަށް ދޭން ފަށަނީތޯ؟" ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ޓެގް ކުރައްވައި ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ރައްޔިތުންގެ ވެރިކަމެއް ނަމަ، ފޮރުވައިގެން ކަންތައްތައް ނިންމަނީ ކީއްވެތޯ ސުވާލު އުފައްދަވައިފައެވެ.

"ދިވެހިންނަކީ ކޮންމެ ބައެއްގެ ވެސް އިހްސާންތެރިކަމަށް ޝަކުރުވެރިވާ ބައެއް. ނަމަވެސް ކުރާ އެއްވެސް ކަމަކުން ގައުމުގެ މިނިވަން ގެއްލި އަޅުވެތިވެގެން ނުވާނެ،" ޖަމީލް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން، އަވަށްޓެރި އިންޑިއާއާ ވަރަށް ގާތް ގުޅުމެއް ވަނީ އުފެދިފައެވެ. އަދި އިންޑިއާ އިން ވަނީ ރާއްޖެ އަށް މިހާތަނަށް އައިއިރު ބޮޑެތި އެހީތަކެއް ދީފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު ގުޅުން ވަރަށް ބޮޑަށް ގޯސްވިއެވެ. ކުރީގެ ސަރުކާރުން އެންމެ ގާތް ގުޅުމެއް ބޭއްވީ ޗައިނާއާއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި ބޮޑެތި މަޝްރޫއުތަކެއް ޗައިނާ އިން ހިންގިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރަސްބަރިީ

    ޗައިނާއިން ޖަމީލުމެން ނެގި ލޯނުތައް އަދިއަދަށްވެސް މިސަރުކާރުން އެބަ ދައްކާ..

    9
    28
  2. ނޭނގެ

    ޢެހެންވީމަ ކުރިން ނެގި ލޯނު ނުދެއްކިއްޖެނަމަ ރަށްތަކެއް ދޭގޮތައް އޮތީތާ؟؟

    6
    11
    • Anonymous

      ބެލޫންތަކަށް ސިކުނޑި އެއް ދެއްވި ކަމަކު ބޭނުން ކުރާ ތަނެއް ހަމަ ނުފެނެޔޭ. އެ ވަރަށް ބޮނޑިބަތް ކެވުނީބާ؟ ނޫނީ ހަމަ ސިކުނޑީގެ މައްސަލަތައް ގިނަ ޕާޓީއަކީ ބާ؟

      4
      3
  3. ރިހި ރާންބާގަސް

    ސިޔާސީ މައިދާނަށް ނިކުމެ ހަޅޭފަޅޭޖަހަން ކަލޭ ކުފޫހަމައެއްނުވޭ! ތިޔަކަމަށް އެކަށީގެންވާ މީހަކުނިކުމެ ތިޔަ ސުވާލުތައްކުރޭ! ކަލެއަކީ ސިޔާސީމައިދާނުގަ ހަޑިހާވަމުންދާ ގޮލައެއް! ޔާމީނާއެކު 2ދެދުވަހު ހުރެފަ ދެންނިކުތީ ޔާމީނާދެކޮޅަށް ! ތިޔަކަލޯ ތިއުޅެނީ ރައީސްކަން ލިބޭނެގޮތެއް ހޯދަން މީހުންގެ ސަމާލުކަން ލިބޭތޯ ! ޗީ ޗީ

    2
    4
    • ޗަކޯ

      ނޫން ޔާމީނާ ދެކޮޅުވެރިވީ އޭރުގަ ކަންކަން ހިނގާދިޔަގޮތުން. އޭރުގަ އަދީބު މެންދުރުގެ އިރު ދައްކާފަ މީ ހަނދޭ ބުނެފިއްޔާ ޔާމީނު ގަބޫލުކުރޭ އެއީ ހަނދުކަމަށް. އެގޮތަށް ހިނގާދިޔަކަމެއް އެއީ.... އެއީ އަސްލު ޔާމީނު އަދީބަށް މާބޮޑަށް އިތުބާރު ކުރީމަ އޭގެ ނާޖާއިޒް ފައިދާ އަދީބު ނެގީ...

  4. ނޫން

    ނޫން. އެހެނެއް ނޫން! އެފަދައިން އެމީހުން އެކަމަށް، ޗައިނާއިން ދިން ލޯނަށް އެގޮތަށް ތުޙުމަތު ކުރާތީ ހަމަ އަހާލީ....