ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ނުޙައްޤުން ޖަލަށް ލެވުނު ކިތަންމެ ބަޔަކު އެބަތިއްބެވެ. ހައްޔަރުކޮށް އެތައް ދުވަހަކު ބޭތިއްބުމަށް ފަހު ދައުވާއެއް ނުކޮށް އަދި ތަޙްޤީޤުގައި ސުވާލެއް ވެސް ނުކޮށް އެތައް ބަޔަކު ދޫކޮށްލިއެވެ. އެމީހުންގެ ހަޔާތުން ގެއްލިގެން އެދިޔަ ދުވަސްތަކުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެއް ނުލިބެއެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި ކުށެއް ނުކުރަނީސް ޖަލަށް ލެވުނު މީހުންގެ ވަރަށް ގިނަ ވާހަކަތައް ހުންނާނެއެވެ. މިއީ އޭގެތެރެއިން އެންމެ މީހެއްގެ ވާހަކައެވެ.

އައްޑޫ ސިޓީ އަށް ނިސްބަތްވާ އަބްދުލް ސަލާހް ހަސަން ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި އޭނާގެ ފުރާވަރު ދުވަސްވަރު ރައީސް މައުމޫންގެ ވެރިކަމުގައި މާލެ އިން އޭނާ ހައްޔަރު ކުރީ ރާއްޖޭގައި އޭރު ހިނގަމުންދާ ނާއިންސާފު ކަންތައްތައް ރިޕޯޓް ކުރުމުންނެވެ.

"ރައީސް މައުމޫނެވެ. އަޅުގަނޑުގެ ހަނދާނަށް މިހާރު އަންނަނީ މަނިކުފާނުގެ ވެރިކަމުގައި އަޅުގަނޑުގެ ފުރާވަރު ދުވަސްވަރު ޖަލުގައި ހޭދަކުރަން ޖެހުނު ދުވަސްތަކެވެ. ދޫނިދޫ އާއި މާފުށީ ޖަލުގައި އޭރު އަޅުގަނޑު ދުވަސްތައް ހޭދަކުރަން ޖެހުނީ އެންމެ ކަމެއް ވެގެންނެވެ. އެއީ މަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގައި ހިނގަމުންދާ ނާއިންސާފު ކަންތައްތައް ރިޕޯޓް ކުރުމުންނެވެ." ސަލާހް ލިޔެފައި ވެއެވެ.

އޭނާ އިތުރަށް ބުނީ ފަސް ވަރަކަށް އަހަރު އެމައްސަލައިގައި އޭނާ ޖަލުގައި ހޭދަކުރަން ޖެހުނު ކަމަށެވެ.

"އަޅުގަނޑު ގާތްގަނޑަކަށް ފަސް ވަރަކަށް އަހަރު ޖަލުގައި ހޭދަކުރީމެވެ. އަޅުގަނޑުގެ ތައުލީމު ހޯދަން ކުރި އުއްމީދާއި، އަޅުގަނޑުގެ ހުވަފެންތަކާއި، މުސްކުޅިވެފައިވާ އަޅުގަނޑުގެ މައިންބަފައިންގެ ހުވަފެންތައް ވިއްސިވިހާލިވެގެން ދިޔައީއެވެ. އަޅުގަނޑަށް އޭރު އެއްވެސް މީހެއްގެ އެހީއެއް ނުލިބެއެވެ. އެއްވެސް މީހަކު އަޅުގަނޑު ދޫކޮށްލާކަށް ގޮވައެއް ނުލައެވެ." ސަލާހް ބުންޏެވެ.

ސަލާހް ދެން ކޮށްފައި ވަނީ ސުވާލެކެވެ. އޭނާ ބުނީ އޭނާގެ ހުވަފެންތަކަށް ހުރަސްއެޅި ވަޒީފާގެ ފުރުސަތުތައް ގެއްލުވާލާ ޔުނިވަސިޓީއެއްގައި ކިޔަވަން ކުރި އުއްމީދުތައް ފުނޑާލުމުގެ ޒިންމާ ނަގަން ޖެހޭނީ ކާކު ހެއްޔެވެ؟

ސަލާހް ރައީސް މައުމޫނާއި އެމަނިކުފާނުގެ އާއިލާ އަށް ރައްދުކޮށް ބުނެފައި ވެއެވެ. "މިހާރު މަނިކުފާނުގެ އުމުރު ތިވަނީ 80 އަހަރަށް ވުރެ މަތި ވެފައެވެ. އެދުވަހު އަޅުގަނޑުގެ ބައްޕަގެ އުމުރަކީ ވެސް ތިއީ އެވެ. މިއަދު މަނިކުފާނުގެ ދަރިފުޅު ވެސް އެއޮތީ ޖަލުގައެވެ. އަޅުގަނޑާއި އަޅުގަނޑުގެ އާއިލާ އިން އަޅުގަނޑު ޖަލަށްލި ދުވަހު ކުރި އިހްސާސްތައް މިހާރު ހަނދާނަށް ގެންނަވާށެވެ. ﷲ މުއްސަނދިކަމާއި ބާރު މީހުންނަށް ދެއްވަނީ އިމްތިހާން ކުރެއްވުމަށްޓަކައެވެ."

ރައީސް މައުމޫންގެ ވެރިމުގައި ނުޙައްޤުން އަނިޔާ ލިބުނު ޖަވާހިރު ވާދީ އިލްޔާސް ފަދަ ބޭފުޅުން ލިޔުއްވާފައިވާ ލިޔުއްވުންތަކުން މިހާރު ވެސް ރައީސް މައުމޫންގެ ވެރިކަމުގައި ޝަރީޢަތް ކުރިއަށް ދިޔަ ގޮތާއި މީހުން ޖަލުގައި ބަންދުކުރެވުނު ގޮތްތައް ފެންނަން އެބަހުއްޓެވެ. އަދި އެދުވަސްވަރުގެ ކަންކަން އަމިއްލަ އަށް ތަޖުރިބާކުރި ކިތަންމެ ބަޔަކު މިހާރު ވެސް އެވާހަކަ އެބަ ކިޔައިދެއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ާބޫސުފުޔާން

    ތިވާހަކާަގެ ސަބަބުން އަޅުގަނޑުގެ ހިތުގާ އިތުރައް ނަފުރަތުކަން އުފެދިއްޣެ

  2. އަމޭ

    ދެން ކީއްވެތޭ ތަމަން މަޢުމޫނު ކުރިން ޖަލައްނުލީ...

  3. ރާއްޖެތެރޭމީހާ

    ކިޔާނެއެއްޗެއް ނެތިގެން ތަމެންތިއުޅެނީ މައުމޫނުވަރުގެ އަދުލުވެރިޔަކު ނެތް!

  4. ނާޝް

    އަހަރެންގެން ފިރިމީހާވެސް 28ދުވަސް ވަންދެން ދޫނިދޫޖަލައްލާފައިބެހެއްޓި އެއްވެސް ކުށެއް ނުކޮށް ހުއްޓައި މާލެެގައި އުޅެނިކޮން ރާއްޖެތެރޭ ގެރަށެއްގައި ހިނގި ކަމެއް ގެތެރޭގައި ފިރިމީހާއަށް އެއްވެސް ކަމެއް ނޭންގޭ ކަމެއްގެ ތެރެއަށް ލައިގެން ތެޅުވީ ވަރަށް އަނިޔާ ވެރިކޮން ކަންތައް ކުރީ އެއްވެސް މީހަކަށް ދެރައެއްދީފަ އަނެކަކަށް އުފަލަކުނޫޅެވޭނެ އިންޝާﷲ މިއޮތީ އެދުވަސް އައިސް ބޯމަތިވެފާދޯ؟

    • އައްސޭރި

      މައުމޫން ޒަމާނުގަ ގާނޫން އަސާސީ އޮތީ މިހާރުގޮތަކަށް ނޫން. އޭރުގެ ސިޔާސަތު ބައްޓންވެފަ އޮތީ އޭރުގެ ގާނޫންގެމައްޗަށް 3ބާރު އެކަކަށް. ނަމަވެސް އެމަނިކުފާނު ވަރަށްވެސް އަދުލުވެރި. 30 އަހަރަކީ މަދު ދުވަސްތަކެއްނޫން. ވަރަށް ގިނަ ކަންތައް ހިނގާފަހުންނާނެ. އެހެނަސް މިހާރު މިދެކޭ ވެރިންނަށް ގަދަކަމުންވެސް އެއްޓާމްވެސް ހަމަކުރެވޭ ވަރެއްނޫން. މައުމޫނަކީ އަބަދުވެސް ހިތްތަކުގެ ރައީސް.

      • ބޮލުރޮދި

        ކަލެއަށް ތިހިރީ މައުމޫނު އެނގި ދަސްވެފަ. ޢެއީ މައުމޫނެއް ނޫން. މަލްޢޫނެއް..!

      • ކެޔޮޅު

        އިންސާފާ ޢަދުލުވެރިކަމަކީ ކޮންމެހެން ޤާނޫނު އަސާސީއަކުން އަންނަންޖެހޭ އެއްޗެއްނޫން. އޭރުވެސް މިހާރުވެސް އޮތީ އިންސާފާ ޢަދުލުވެރިކަމުގެ ދީން ކަމުގައިވާ އިސްލާމް ދީން

  5. ނިހާން

    މައުމޫނު ކުރިއްޔާ ދެން މިހާރު ކުރަން ޖެހޭތަ.

    • ޙ

      .މައުމޫނަށް ވެސް އިހްސާސް މިހާރު ކުރެވޭނެޢޭ ދޯ އެބުނީ.

  6. ޢަލިބެ

    ތިއީވެސް ތެދެކެވެ. ޢެކަމަކު ދެރަކަމަކީ އެއަނިޔާލިބުނު ބައެއް މީހުން މައުމޫނާ އެއްކޮޅަށް ތިބިކަމެވެ.

  7. ނަޖީ

    އަޅުގަނޑަކީ ވެސް ތިޔަފަދަ އަނިޔާ ލިބުނު މީހެއް . ހައްޤުން ކަމަކާނުލާ

  8. ނާށް

    އަޅުގަނޑު ވެސް އެބަހުރިން ކިޔާދޭން ބޭނުން

  9. ވަށަފަރު

    މައުމޫން ކުރީމަ ކުރަނީކީ ނޫން. ޤާނޫންގެ ކުރިމަތީ އެންމެން ހަމަހަމަ ވާންޖެހޭނެ. ޖަލުހުކުމް ތަންފީޒު ކުރަމުން އެދަނީ އެކަމުގެ ހައްގު އަދަބް ވެރިން. ޢިންސާފަށް ލޯބިކުރައްވާ

  10. އެދުން

    މި ރައީސް ކޮޕީ ކުރަނީތާ!

  11. އަފީފާ

    ބަދަލައްބަދަލުހިފާކައް މާތްﷲއައްގަވާފަކައިނެއް

    އެމައުމޫނުކުރިޔަސް އަދިއެހެންމީހަކުކުރިޔަސް

    އެމީހަކުކުރިކަމެއްއެމީހަކައް

  12. ބަދަންގެ އިލްޔާސް

    ސަލާހް ތިދައްކަވާ ވާހަކައަށް ތާއީދު. މައުމޫން ވަނީ އޭނަގެ ރަން އެހެނަސް ޖަހަންނަމައިގެ ދުވަސްވަރު އެތައް ބައްޕައަކު އެތައް މަންމައަކު އެތައް ޒުވާނުންނެއް ކަމަކަށް ނުވާ އެހެނަސް ތިމާގެ ވެރިކަން ފީވެ ފަޅާގެން ދާނެ ނުވަތަ ވެރިކަމުގެ ހައިބަތާއި ގަދަރުގާ ރޮގެއް އެޅިދާނެ ފަދަ ކަމެއް ކަމަށް ބަލާ 5 އަހަރު 6 އަހަރު 3 އަހަރު މީހުން ޖަލުގާ ބަންދުކޮށްގެން ގެންގުޅެފާ. އެމީހުންގެ އާއިލާތަކުން ކެނޑިނޭޅި ރައީސަކަށް ހުރި މީހާއަށާ މިނިސްޓަރުންނަށް ސިޓީ ފޮނުވާ ރޮއި އާދޭސް ކުރިއަސް ކަހާތަން ހިރުވާ ވެސް ނުލާ. މިއަދު ބަންދޭ ކިޔާފަ ދެކޮޓަރި ސިޓިންގ ރޫމް އެޕާރޓްމަންޓެއް ދީފަ ގެއިން ނަސްރީނާ ކައްކާ އެއްޗެހި ކޮންމެ ވަގުތަކު އެތާ އިދެގެން ކެވޭ ގޮތް ވެފަ. ކޮންމެ 2 ދުވަހަކުން 1 ދުވަހު ޝާހީ އިއްޒަތުގަ ގެންގުޅުނު އާއިލާއާ ބައްދަލުވެފަ. ދެގަޑިން ދެގަޑިން ވަކީލާ ބައްދަލުވިޔަސް އޭރު 6 މަސް 7 މަސް ވެގެން ހޮސްޕިޓަލްގެ ހާލު ދެރަވެގެން އެޑްމިޓް ކޮށްފަ އޮތަސް އާއިލާއަށް އަންގާނުލާނެ. އެހެންވެ އަދި ފެންނަތަން ކުޑައެއްނު

  13. ޢަލިޔާ

    ހައްގު ކަމަކާނުލާ އަނިޔާ އެއް ޖަލަކަށް ނުލާނެ، އޭރުވެސް މިހާރުވެސް ކުށެއްކޮށްގެން ޖަލަށް ލާފިއްޔާ އެއޭ ވެރިއަކަށް ހުރި މީހެއްގެ މައްސަލަ ކުއްކުރި މީހާގެ ޢާއިލާއަށް އަދި އެމީހާއަށްވެސް ގޯސްވާނީ.. ވެރިއކަށް ހުރި ފަރާތެއް. މީ އަސްލު ހަޤީގަތަކީ..

  14. މީރާ

    ބުނަންވާހަކައެއް... ޗައިނާ ރަޝިޔާ އަކީ އދ. ގެ ސަލާމަތީ މަޖިލީހުގެ ވީޓޯކުރުމުގެ ބާރު އޮތް ދެގައުމު ދެއްތޯ؟ އެކަން މިއުޅޭ ގަްއްދާރުންނަން ނޭނގުނީމާ އަންތަރީސް ވެއްޖައީމް. ހަމަ ކަރުން ނާރު ނަގާފަ ބޭކާރު ހުސް ގޮވިލި ގޮވަގޮވާ ތިބެންޖެހޭނީ. މާޔަހޫދީ ގައިދީ ގަންޖާމާނުގެ މަކަރުވެރި ބަހަށް ހެއްލޭ އެންނެނަން ލިބޭނީ އިންތިހާ ދެރަވަރުކަން، ބަލަމާބަހީ...

  15. ޙަމީދު

    އަހުރެންވެސް މައުމޫނު ވެރިކަމުގަ 45 ދުވަހު ޖަލުގައި އޮތިން
    ރިޕޯޓުކުރީ ކާކުކަންވެސް އަދި އަހުރެން ޖަލުގައި އޮތްކަން ވެސް މައުމޫނަކަށް ނޭގޭނެ .
    މިޔަދު މައުމޫނު ކުށެއްނެތި ޖަލުގައި އޮތްކަން އަހުރެނަށް އެނގޭ ! އެކަމާ އަހުރެން ދެރަވަން ! ހިތާމަވެސް ކުރަން

  16. ކުއްޖެއް

    ޢަޅުގަނޑުގެ ބައްޕަވެސް އެއްވެސް ކުށެއް ނެތި ޖަލުގަ އޮތް އެތައް އްހަރެއް ވަންދެން މައުމޫން ގެ ވެރިކަމުގަ

  17. ފަހީމު އީސާ

    އަހަރެން މައުމޫނުގެ ދައުރުގައި 2000 ގެ ކުރީކޮޅު ހައްޔަރުކުރީ ޚަބަރެއް ލިޔެގެން. ސުވާލު ކޮށްލާފައި ދޫކޮށްލާނެކަމަށް ބުނެ ބަހައްލައިގެން ގެންދިޔަ ގޮތައް 10 ރޭ ވަންދެން ގޮޅީގައި ބޭއްވި. 5 ދުވަސް ކޮށްފައި ފުރަތަމަ ސުވާލެއްވެސް ކުރީ. އެހީ ގަސްތުގައި ވެރިންނަށް ނޭންގި ދޮގު މަޢުލޫމާތެއް ބޭރުކުރީ ކީއްވެގެން ކަމަށް. އެކަމާ އިންކާރު ކުރަމުން ގޮސް އެންމެފަހުން ގަދަކަމުން ލިޔުއްވި ބަޔާނުގައިވެސް އެކަމަކަށް އެއްބަހެއް ނުވަން. ބަޔާނުގައި ސޮއިކުރުވީ، ފުރަތަމަ ސުވާލު ކުރިތާ 5 ދުވަސް ވަހުން. ދެން ހަމަ އެ ގޮޅީގައި ހުރީ. އެހުރި އިރު، މައްޝޫރު އީވާން ނަސީމު އާއި، އަޒްލީނާ މަރާލި ޒުހައިރާ، ސަގަރު ލުތުފީ އާ ދިމާވި. އަދި އެނޫން ބައެއް ބޮޑެތި ކުއްވެރިންނާ ދިމާވި.
    އޭގެ ތެރެއިން ދިމާވި، އެކަކީ، ރ. އަތޮޅު ރަށެއްގެ މުދިންކަން ކުރި ޒުވާނެއް. އެރަށުގެ ކޯޓުގެ ތުޖޫރި ދަންވަރު ގެއްލުމުން، އެކަން އެޅުވީ މުދިމުގެ ބޮލުގައި، އެހެނީ އޭނާ ޢާންމު ގޮތެއްގައި ފަތިސް ނަމާދަށް ދާން ވެގެން އެންމެ ކުރިން ގެއިން ބޭރަށް ނުކުނަނީ މުދުމު ކަމަށް ބުނެފައި. އެކަމަށް އެއްބަސް ނުވެގެން އެފަކީރުގެ މޮއްކޮޅު ވެލިގަނޑުގައި ކާތާ، އަދަބު ދީ ދީ މުޅިން ހުރީ ކުރަލާ ފާރުވެފައި. އެވަރަށް އަނިޔާއާ ކުރިމަތިލާން ޖެހުނު ހަމައެކަނި އޭނާއަށް. އަދި ނިކަމެތި އަޅުގަނޑުގެ ކުށެއް ނެތި 10 ރޭ ވަންދެން ގޮޅީގައި ބަންދުކޮށް ޝަރީއަތެއް ކުރުމެއް ނެތި، އިތުރު 3 މަސް ދުވަސްވަންދެން ގޭ ބަންދުވެސް ކުރި. އަޅެ އަޖައިބެއް ނުވާނެތަ، މައުމޫނު މިއަދު މި އުޅޭ ވައްތަރަކުން އަދި ޖަހާ ސަކަރާތަކުން.

  18. ޑިއެގަ

    ހަމަ އެނަނިކުފާނުގެ ޒައާމަތުގައިި އަޅުގަނޑު ފުލުސް އޮފީހަށްގެންގޮސް ދެހަފްތާވާންދެންދެމީ ޗާންދަނީމަގުގައޮތް ކްރޯސް ލައިނުނޫންް ތަނަކުން މަގުހުރަސް ކުރީމަ.އެވެސް ދުވަހެއް.

  19. ޥިސްނާ

    ތީނަ ރިޕޯޓު ކުރި 1.ނާއިންސާފު ޢަމަލު ލިޔެލަ ދީބަލަ. ޢެއްޗެކޭ އަދި ތިހެން ލިޔެލުމަކުން ކިހިނެއް ޤަބޫލު ކުރާނީ