މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރެން ފެށިފަހުން، އިދިކޮޅު ކޯލިޝަންއަށް ނިސްބަތްވާ މެންބަރުން މާލޭގައި ބޭއްވި މުޒާހަރާތަކުގައި ބައިވެރިވި މީހަކު ކޮވިޑް-19 އަށް ފައްސިވި ކަން އެނގިފައެއް ނުވާ ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަނުން މިހެން ބުނެފައި ވަނީ، މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ވޭދަނަތައް އިތުރުވެގެން ގޮސްފައިވަނީ ސިއްހީ އެއްވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ނެތި އިދިކޮޅު ކޯލިޝަނުން މުޒާހަރާކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) މިއަދު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ.

އިދިކޮޅު ކޯލިޝަންގެ ފަރާތުން ވާހަކަދައްކަމުން އިދިކޮޅު ކޯލިޝަންގެ މީޑިއާ ކޯޑިނޭޓަރު ހަމްދާން ޝަކީލު ވިދާޅުވީ، ހަސަންޓޭގެ ވާހަކަ އަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އެ ކޯލިޝަނާއި، އަދި ކޯލިޝަންގައި ހިމެނޭ ދެ ޕާޓީން ވަކިން ވެސް މުޒާހަރާއެއް ކޮށްފައި ނޯންނާނެ ކަމަށެވެ.

ޝަކީލް ވިދާޅުވީ، އަމިއްލަ ފަރުދުންތަކެއް ބޭއްވި މުޒާހަރާތަކެއްގައި ޕާޓީގެ ޒުވާނުން ކޮޅެއް ބައިވެރިވެފައިވާނެ ކަމަށެވެ.

އެ މުޒާހަރާގައި އިދިކޮޅު ކޯލިޝަންގެ އިސް ބައެއް ބޭފުޅުން ވަނީ ބައިވެރިވެފައެވެ.އޭގެ ތެރޭގައި އެ ކޯލިޝަނަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނެއެވެ.

ޝަކީލް އިތުރަށް ވިދާޅުވިގޮތުގައި، ދެ ޕާޓީގެ ތެރެއިން އެއްވެސް ބަޔަކު މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައެއް ނުވެއެވެ. އަދި ފައްސި ނުވާ ބަޔަކަށް ފެތުރޭނެ ބައްޔެއް ނޯންނާނެ ކަމަށް ޝަކީލް ވަނީ ފާހަގަކުރައްވާފައެވެ.

އިދިކޮޅު ކޯލިޝަންގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވީ، ރައްޔިތުންް ކުރި މުޒާހަރާގެ ބައިވެރިއަކު ކޮވިޑް-19 އަށް ފައްސިވި ކަމެއްވެއސް އެނގިފައި ނުވާ ކަމަށެވެ.

"އޮޕޮޒިޝަން އިން، ޕީޕީއެމް އާއި ޕީއެންސީ އިން ދެތިން ރެއަކުން ކުރި ކަމަކުން މުޅި މާލެ ތެރޭގައި މި ފެތުރިގެން ދިޔައީ، ކޮންޓްރޯލް ވެފައި އޮއްވައި އެ ބޭފުޅުންގެ ސަބަބުން މާލޭގައި އިތުރަށް ފެތުރިގެން ދިޔައީ، މިއީ ހަގީގަތް،" އެޗްޕީއޭގެ ބައެއް ފިޔަވަޅުތަކުގެ ސަބަބުން އާންމު ފަރުދުންނާއި ވިޔަފާރިތަކުގެ މާލީ ހާލަތު ގޯސްވަމުންދާތީ، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަން ހަސަންޓޭ މިއަދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަޝަން

    ހަމްދާން ޝަކީލު ވިދާޅުވީ، ހަސަންޓޭގެ ވާހަކަ އަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އެ ކޯލިޝަނާއި، އަދި ކޯލިޝަންގައި ހިމެނޭ ދެ ޕާޓީން ވަކިން ވެސް މުޒާހަރާއެއް ކޮށްފައި ނޯންނާނެ ކަމަށެވެ.

    ޝަކީލް ވިދާޅުވީ، އަމިއްލަ ފަރުދުންތަކެއް ބޭއްވި މުޒާހަރާތަކެއްގައި ޕާޓީގެ ޒުވާނުން ކޮޅެއް ބައިވެރިވެފައިވާނެ ކަމަށެވެ. ހަމަ އަސްލަށްވެސް ތި ހައްދަވަނީ ތެދުފުޅެށްތޯ؟ ދެން ކިހިނެއް ތި މީހުންނަށް އިތުބާރު ކުރާނީ،މުޒާހަރާ އިއުލާންކޮށް މެސެޖްކޮށް ސޯސަލް މީޓިޔާގަ ޕްރޮމޯޓްކޮށްފަވެސް ތިކިޔަނީ އެހެންބަޔެކޭ މުޒާހިރާ ކުރީ

    4
    6
    • Anonymous

      އާނ. ނުކުރެވޭނެ. ހަމައެކަނި ލާދީނީ ޕާޓީއަށް އިތުބާރު ކުރެވޭނީ. އެތާގަ ދޮގުހަދަން ދަންނަ މީހަކުވެސް ނުހުރެޔޯ. ކޮވިޑުންވެސް އޮޅިގެންނޯ ދިރުވާލެވުނީ.

  2. މަންޖެ

    ކޮވިޑް މިރާއްޖޭގައި ފެތުރުނީ ޕީޕީ އެމުން ކުރި މުޒާހަރާއަކުންނޫން. އެމުޒާހިރާގައި ބައިވެރިވި އެއްވެސް މީހަކު އަދި ކޮވިޑަށް ޕޮސިޓިވް ވެފައެއްނެތް. ތީ ހުސްދޮގު. ކޮވިޑް މިރާއްޖޭގައި ފެތުރުނީ އެމްޑީޕީގެންގުޅޭ ދޯހޮޅި ސިޔާސަތުގެ ސަބަބުން.ހަރުދަނާކަމެއްނެތް ޤާބިލް ކަމެއްނެތި ކަންތައް ކުރުމުން.މިރާއްޖޭގެ ވެރިކަމުގައި މީގެ ކުރިން ތިބި ސަރުކާރުގައި އުޅެފައި ތިބި ތަޖްރިބާ ކާރު މީހުން އެކަހެރިކޮށް އެއްވެސް ވައްޓަފާޅިއެއް ސިޔާސަތެއް ނެތި ތަނެއްބުޑެއް ނޭގި މަގުމަތީގަ ހަޅޭލަމުން ދިޔަ އެކްޓިވިސްޓުންތަކަކަށް ސަރުކާރު ހިންގަން ލިބުމުން ވަމުން ދާގޮތް މީ.މިހާރު ތިޒިންމާ ޕީޕީ އެމް ބޮލުގައި އަޅުވަން އުޅުނަސް ނެއެޅުވޭނެ.