ޏ. ފުވައްމުލަކުގައި މީހެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެކަކަކީ ޓީވީއެމް އިން ގެނެސްދިން މޯލްޑިވިއަން އައިޑޮލްގެ ދެ ވަނަ ސީޒަނުގައި ވިދާލި އަހުމަދު ފަރަޝް ކަން "ވަގުތަށް" އެނގިއްޖެއެވެ.

ފުލުހުން ވިދާޅުވީ މިދިޔަ މަހުގެ 28 ވަނަ ދުވަހު މީހެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 25 އަހަރުގެ ދިވެހި ފިރިހެނަކާއި 22 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭގެ ތެރެއިން އެކަކަކީ މޯލްޑިވިއަން އައިޑޮލް އިން އާންމުންގެ މަގުބޫލުކަން ހޯދި ފުވައްމުލަކަށް އުފަން ފަރަޝްއެވެ.

ފަރަޝްއާ އެކު، އޭނާގެ ކޮއްކޮ އިބްރާހިމް ޝިއުޒް ވެސް ހައްޔަރުކޮށްފައިވާ އިރު، ދެ މީހުންގެ ބަންދަށް ފުވައްމުލަކު ކޯޓުން ވަނީ 10 ދުވަސް އިތުރުކޮށްފައެވެ.

އެނގިފައިވާ ގޮތުގައި މާރާމާރީ ހިނގީ ފަރަޝްގެ އަންހެން ކޮއްކޮއަކަށް މީހަކު ގުޅި މައްސަލައެއްގައެވެ. އެ އަންހެން ކޮއްކޮއަށް ގުޅީ ފަރަޝްގެ ފިރިހެން ކޮއްކޮގެ ނަންބަރު ހޯދުމަށް ކަމަށްވެއެވެ. އެކަމާ ހިތްހަމަނުޖެހިގެން ފަރަޝް، ގުޅި މީހާއާ މާރާމާރީ ހިންގި ކަމަށްވެއެވެ.

ފަރަޝް ވަނީ މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ގަދަ އަށެއްގައި ހިމެނިފައެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށި ފަހުން، މާރާމާރީގެ މައްސަލަތައް ފުލުހުންނަށް ހުށަހަޅާ މިންވަރު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އަދި ހާއްސަކޮށް މާލޭގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޅަތީފާ

    ފިސާރަ ވެފަ ހުންނަ ސޮރެއްމީ

    46
    2
  2. ?

    ????

    21
  3. ތާކިހާ

    ފަރަސް ވިޔަސް ޕަރަސް ޓަރަސް ވިޔަސް މާރާރީ ހިންގައިގެންނުވާނެ. ހައްޤު އަދަބު ލިބެންޖެހޭ

    64
    2
  4. ކުދިންނޭ!

    ހެޔޮނުވާނެ ކުދިންނޭ، އަމިއްލަ އަތުން މުސްތަޤްބަލް ހަލާކުކޮށްނުލާށެވެ! ވިސްނުންތެރި ކަމާއިއެކު، ޖަޒުބާތުތައް ކޮންޓްރޯލް ކުރާށެވެ! ބޭނުމެއް ނެތް މީހުން ގުޅިޔަސް ފޯނަށް ޖަވާބު ނެދޭށޭ، ކޮއްކޮ ކައިރީ ބުނާށެވެ! ނުރުހޭ ކަމެއް ވާއިރަށް ގޮސް ތަޅައިގަތުމަކީ ގަޓުހުރި، މޮޅު ކަމެއްނޫންކަން ހަނދާނުގައި ބަހައްޓާށެވެ! މޮޅު ކަމަކީ ރިވެތި އަޚްލާޤުގެ މަތީ ހުރުމެވެ. މިއީ ހަމަ ތިކުދިންނަށް ހެޔޮއެދިގެން އިޚްލާޞްތެރި ކަމާއިއެކު، ބުނާބުނުމެކެވެ! ދެން އެފަދަ ކަމެއް ނުކުރާނެކަމަށް އުންމީދު ކުރަމެވެ.

    85
    1
  5. ީހިޔާލު

    އަޖައިބެއް މީހަކު ހޯދަން ގުޅީމަ އެވަރު އަރުވަން ޖެހޭތަ..ަ

    55
    3
  6. ހާމިދު ޝާހިދު

    އަންހެން ކޮށްކޮއާ އެގޮތައް ގުޅާ އުނދަގޫކޮށް ޖެއްސުން ކުރާކަމަށްވަނީނަމަ ތިކަހަލަ ކަންކަން ވެދާނެ. ބައެއް ދިވެހިންގެ ހުންނަ ފިނޑި ސިފައަކީ، ތަނަކުން މީހުކު ފެންނައިރަށް ނަމްބަރު ހޯދައިގެން ގުޅުން. މީހަކު ދެކެ ވަރަށް ލޯބި ވެއްޖެނަމަ، އޭނާއާ ފޭސްޓް ފޭސް ދިމާވާނެ ގޮތެއް ވާންޖެހޭ. އެގޮތް މެދުވެރި ނުވެއްޖެނަމަ ދެން ދޫކޮށްލާ. އެހެންނޫނީ ވަރަށް ދެރަގޮތެއްވާނީ. ތިމާގެ އަތްފޯރާ ފަށުގައި ތިބި ތިމާއަކީވެސް ކާކުކަން އިނގޭ އަންހެންކުދިންނާ ވާހަކަ ދެއްކޭތޯ ބަލަންޖެހޭނީ. އެހެންނޫނީ، މިކަހަލަ މާރާމާރީތަކާ ކުރިމަތި ލާންޖެހޭނީ.

    18
    32
    • ލޮލް

      ލޯބި ވަންޏާ އެކަމާއި ގެން އުޅުމަކު ނެތް މައްސަލައެއް..ސްޓޯކް ނުކުރާހާހިނދަކު..އަންހެން ކުއްޖާ ނޫނެކޭ ބުނީމަ ވާނެ ހަޖަމްވާންވެސް

      24
  7. ޢަހްމަދު

    އަސްލަ ކީ މައްސަލަ ސޯލްވް ކުރަން ދިޔައީ
    ދިޔާމަ ތަޅާގަތް މީހާގެ ދައްތަ ބުނީ އެމިހުން އެތިބީ ހަމަޔަ ކު ނޫނޭ ފަހުން އަންނާށޭ
    ނައްޓާލަން އުޅެނި ކޮށް ފަރަޝް ގައިގަ ޖެހީ
    ދެން ވީ ކަމެއްވީ

    13
    2
  8. އަޙްމަދު

    ތިޔަކަހަލަމީހުންގެވިދުންފަނޑެއްނުވާނެ

    11
    2
  9. ޝީޒާ

    ތީ ބޮޑު ޕާޓޭއެއް

    16
    2
  10. އަޙްމަދު ޒަކީ

    މީނައަށް މީހަކު ގައިގައި ޖަހަންކެރޭނެތަ؟ އަބަދުވެސް ރޮވިފަ ހުންނަ ސޮރެއް! އެހެޔޮ ކޮންމެ މީހަކު ކެޓިޔަސް. ހިހީ...

    1
    1
  11. ޢާި

    އަދި ނުބާ ބަޔަކާ ނުޖެހެނީ. ޢަންހެއން ކޮއްކޮޔޯ. ޢޭ ބޮމް ބާސްތިކެއް ހުރިކޮތައްހުރި. ޢެންމެނައް އެގޭނެ އެކުއްޖާގރ ފރންވަރު

  12. ޟާދިޔާ

    ފަރަޝް އޭ ކިޔައިގެން ޕޮލިސްގައި މައްސަލަ ޖެއްސީ ބޮޑު ޕަޓެެޭން ތަކެއް.މުޅި ފުވައްމުލައް ދަންނާނެ އެމީހުން. ކަމުގެ ހަގީގަތް ބަލާފަ ވާހަކަ ނޫހުގަ ޖަހާބަލަ.

    10
    2
  13. ދިރާސާ

    ދާންދޫ ގައި ހުރި ގޮތަށް ހުރި ނަމަ މާ ރަނގަޅޭ ހިތަށް އަރާނެ މިހާރު

    1
    2