ޖަލުގެ ސަލާމަތާއި ރައްކާތެރި ކަމާއި މަސްލަހަތު ދެމެހެއްޓުމުގެ ގޮތުން ގައިދީންނާއި ބަންދު މީހުންނަށް ދޭން ޖެހޭ އަސާސީ ހިދުމަތްތަކުގެ ތެރެއިން ގައިދީންގެ ބައެއް ހިދުމަތްތައް ހިފެހެއްޓުމުގެ ބާރު ކޮމިޝަނާ އޮފް ޕްރިޒަންސަށް ލިބިދޭ ގޮތަށް ގައިދީންގެ އަސާސީ ހިދުމަތްތަކާއި އިނާޔަތްތަކާ ބެހޭ ގަވާއިދު އެކުލަވާލައި އާންމުކޮށްފިއެވެ.

ގަވާއިދުގައިވާ ގޮތުން ޖަލުގެ މަސްލަހަތު ދެމެހެއްޓުމުގެ ގޮތުން ނުވަތަ ލިބޭ އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން ނުވަތަ ކުށެއްގެ ގޮތުގައި ޖަލުގައި ބަލާ ކަމެއް ކުރުމުގެ ގޮތުން، ކޮމިޝަނާ އޮފް ޕްރިޒަންސްއަށް ގައިދީއެއްގެ ބައެއް އަސާސީ ހިދުމަތްތައް އެއް މަސް ދުވަހަށް ހިފެހެއްޓޭނެއެވެ. އަދި އެ ގައިދީއަކަށް ލިޔުމުން އެ ކަން އަންގަންވާނެ ކަމަށް ގަވާއިދުގައިވެއެވެ.

ނަމަވެސް ނަމާދުކޮށް ގުރްއާން ކިޔެވުމާއި ކެއުމާއި ބުއިމުގެ އިންތިޒާމާއި، ފެންވެރުމާއި ފާހާނާ ކުރުމުގެ އިންތިޒާމާއި، ބޯކޮށުމާއި ތުނބުޅި ބޭލުމުގެ އިންތިޒާމާއި، ނިދަން ބޭނުންވާ ތަކެތީގެ އިންތިޒާމާއި، ބޭސްފަރުވާގެ ހިދުމަތާއި، ޔުނީފޯމާއި އަންނައުނުގެ ހިދުމަތާއި، ސިޓީ ލިޔާނެ ތަކެއްޗާއި ކިޔާނެ ފޮތް ލިބުމުގެ ހިދުމަތް ހިފަހައްޓައިގެން ނުވާނެ ކަމަށް ގަވާއިދުގައިވެއެވެ.

ހިފެހެއްޓޭނެ ހިދުމަތްތަކުގެ ގޮތުގައި ބަޔާން ކޮށްފައިވަނީ، ކަސްރަތުކޮށް އުޅުމުގެ އިންތިޒާމާއި، އާއިލީ ބައްދަލުވުންތަކުގެ ހިދުމަތާއި، ގާނޫނީ ވަކީލުންގެ ބައްދަލުވުމުގެ ހިދުމަތް ހިފެހެއްޓުމުގެ ބާރު ބާރެވެ. ތަން އަލިކުރުމަށް ބޭނުންވާ ވެންޓިލޭޝަންއާއި ބޮކި ފަދަ ވަސީލަތްތަކުގެ ހިދުމަތް ވެސް ހިފެހެއްޓޭނެ ކަމަށް ގަވާއިދުގައިވެއެވެ.

މިކަމާ ގުޅޭ ގޮތުން ބައެއް ގާނޫނީ ބޭފުޅުން ކަންބޮޑުވުން ވެސް ފާޅުކުރައްވާފައިވެއެވެ. ބައެއް ގާނޫނީ ބޭފުޅުން ފާހަގަކުރެއްވި ގޮތުގައި، ވަކީލު ބައްދަލުވުމާއި އާއިލީ ބައްދަލުވުމުން ގައިދީން މަހްރޫމް ކުރެވޭ ގޮތަށް ހެދުމަކީ ޓޯޗާއެއްގެ އަމަލެއް ކަމަށް އެންޓި ޓޯޗާގެ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ވާހަކަ

    ޔާމީން އަށް ކުރާކަމެއް ތީ... އަބުދުއްލާ ގާޒީ ގެނައި ގޮތަށް ޔާމީން ގެންނަން ޖެހިދާނެ ... މާކަން ބޮޑު ނުކުރާތި : ސަރުކާރު

    31
  2. ޗާލު

    ތިގަވާއިދަކީ ރައީސް ޔާމީނަށް އަމާޒުކޮށް ހަދާފައިވާ އެއްޗެއް. އާޚިރުގަ ތިގަވާއިދު ހެރޭނީ މިސަރުކާރުގަތިބި ވަގުންނަށް. ދެންް ޖަލަށް ދާންޖެހޭނީ މިސަރުކާރުގެ ވެރިން. ޔާމީނުގެ މައްސަލައަކީ ކުރީ ސަރުކާރުގެ ވައްކަން ނުބެލުން ނަތީޖާއަކީ މިހާރުވެސް ހަމަ އެމީހުން ދައުލަތް ފޭރެމުންދާކަން. ރައްްޔިތުންގެ ނޭވާލާ ނިޒާމުން ވައްކަން ކުރިމީހުން

    31
  3. ނ

    ޥަކީލުން. ޥެންޓިލޭޝަން... މިހިރީ އަސާސީ ހައްގު
    ކޮބައިތަ ހިއުމަން ރައިޓް ކޮމިޝަނއ

    18
  4. މާމީ

    ވަކިމީހަކު އަޑީގަހުރެގެން ރައީސް ޔާމީނައް އުނދަގޫ ކުރަން ވެގެން ތިހުރިހާ އެއްޗެއް ތިހަދަނީ މާތްﷲގެ ވާގިފުޅާއެކު މާގިނަ ދުވަހެއް ނުވެ ތިގަވާއިދު ތަކާއެއްޗެހިތިހަދާ މީހުނާ ބައްދަލުކުރާނެ ކުރީފަހަރު ގޭގަހުރެގެން މުއަދަތު ނިއްމާލީ މިފަހަރު ހަނދާން ނައްތާލާ.

    18
    1
  5. ގުއިދައިތަ

    އިމްރާން ކަލޭތީ އަބަދު މަޤާމުގަ ހުންނާނެ މީހެއް ކަމަށް ނުދެކޭތި. އަދި އިރާދަކުރެއްވިއްޔާ ކަލެއަށް ތިކަންކަން ލައްވާލާނެ.

  6. Anonymous

    ތިފަދަ ކަންކަން ކުރަން ތިގޮތަށް ފާސްކުރަމުން ގެންދަނީ ވަކި ސިޔާސީ ކުއްވެރިއަކައް ނުވަތަ ސަރުކާރުން ދަތިކުރުމަށް ބޭނުން ވެއްޖެ ހިނދެއްގައި ވަކިމީހަކަށް އަދަބެއްގެ ގޮތުން ދަތިކުރުމަށްޓަކައި. ތީގެ ހިތްދަތިކަން ބަރުދާސްތު ކުރަން ޖެހޭނީ ފަހު ވަގުތުގައި ޖަލުގަ އޮއްނަ އެންމެ ދެރަނިކަމެތި މީހާއަށް. ކުށެއް ކޮށްގެން ޖަލުގަ އޮތަކަސް އެވެސް ހަމަ އިންސާނުން،ހަމަ ތިޔަފަދަ ދިވެހި ދަރިއެކެވެ ތިކުރެވެނި ވަރަށް ބޮޑު އަނިޔާއެއް. ގައިދީން އުޅޭހާލެއް މިތާ އޭސީ ކޮޓަރިއެއްގައި އޮއްނަވާ ބޭފުޅަކަށް ނޭނގޭނެއެވެ

    3
    1
  7. ތުރާކުނު

    ހަދާނެ ނުހަދާނެޢެއްޗެއް ބޭގި މިހާރު ސަރުކާރު އުޅޭހެއް ހީވާކަހަލަ

  8. މައިމޫނާ

    ތި ޤަވާދުވާނީ ނަސިދު ހެދި ގަވާދަށް މައުމޫނު އަށް ޓާގެޓް ކޮންހެދި ގަވާދު އެއްފަހުން ނަޝީދުއަށް ކަމުނުގޮސްގެއް އުޅެއްޖެހުނީ

  9. ޖާބެ

    ޢިންސާނެއްގެ އަސާސީ ޙިދު މަތްތައް ހަނިކުރު މަކީ އަނިޔާވެރިވުން. މިޢީ ފިރުޢަޢުނުގެ ވެރިކަ މެއްބާ. ޢައްޝޭކް ކިޔައިގެން ހުރި މީހަކު ރާއްޖެގެ ހަރުކަށި އަދަބުތަކެއް މިދެނީ

  10. ޖާބެ

    ތިޔައީ ޓޯޗަރ ކުރުން، ވެންޓިލޭޓަން ނުލިބީ އެ މީހަކު ސާފުވައި ނުލިބި މާރާލުން، ކަސްރަތު ނުކުރެވުން ޖިސްމާނީ އަދި ނަފްސާނިގޮތުން ބަލިކޮށްލުން ، ހަމައަލި ނުލިބި އެކިޒާތުގެ ބަލިވުން. ކޮލަސްޓްރޯލް ނުވަތަ ޑިޕްރެޝަން ހުންނަ މީހަކު ކަސްރަތު ކުރަންޖެހޭ އިންސާނީ ހައްގެ ނިގުޅައި ގަނެގެން ނުވާނެ. ޢެމީހާ ކުއްކުރުމުން އެކަހެރިކޮށްފަ ހުންނަ ހުރުން ފިޔަވައި. ނޫނީ ބޮޑެތި އަދަބު ތައް އިސްލާމީ ހުކުމް އިއްވާ އައްސޭކު އިމްރާން ފިރުޢައުނުގެ ހުކުމް ތިޔަ ތަންފީޒުކުރަނީ