ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލެއް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން ސަރުކާރުން ބީލަމަށްލައިފިއެވެ.

ފިނޭންސް މިނިސްޓްރީން ކުރި ވަނީ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ތިނަދު އާއި ކުޅުދުއްފުށީގައި ޓާޝިއަރީ ހޮސްޕިޓަލެއް އެޅުމަށް ބީލަން ހުޅުވާލާފައިވާ އިރު، ދެ މަޝްރޫއުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 2.3 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ.

މަސައްކަތަށް ޝަރުތު ހަމަވާ މީހުން ހޯދުން ކުރިއަށް ގެންދަނީ އިއުލާނުގައިވާ ގޮތުން އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އުސޫލުގެ މަތިން ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ކުރި އިއުލާންގައިވެއެވެ.

ކުޅުދުއްފުއްޓާއި ތިނަދޫގައި އިމާރާތްކުރާ ޓާޝަރީ ހޮސްޕިޓަލްގެ ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާއިރު ކަމަށް ވެސް އިއުލާންގައިވެއެވެ.

ކުޅުދުއްފުއްޓާއި ތިނަދޫގައި މިހާރު ވެސް ހޮސްޕިޓަލެއް ހުރެއެވެ.

މި ސަރުކާރުން ވަނީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޒަމާނީ ފެންވަރުގެ ޚިދުމަތްތަކާ އެކު ހޮސްޕިޓަލް އިމާރާތް ކުރަން ނިންމައިފައެވެ. އަދި ބައެއް ހެލްތު ސެންޓަރުތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. މީޒްލީ

  އަނެއްކާ އަނެއް ކޮރަޕްޝަން + މިދެރަށުގެ ރައްޔަތުން ވާވައްދަން އިޢުލާން ކުރާ ޕްރެޖެކްޓްސް، ކޮންތާކުން ހޯދާ ލާރިއެއް؟ ތިޖޫރީގައި ހުރި ހުސް ކަރުދާސް، އިންޑިޔާ ކިޔާ ގެރިކަލާގެ ހަދައިގެން އުޅޭބައެއް މިތަނަށް ފާކޮއްފެން ލާރިކޮޅެއް ދީފާނެ! ބޮޑަށް ބުރަވެވެނީ ކައުންސިލް އިނތިހާބާއި ގުޅިގެން ޖައްސާ ސްޓަންޓެއްހެން!

  14
  1
 2. އަވާ

  ޗަކޮޔާ މަމެނނަށް އަވާމެންދުރުދެއްކޭނީވަކިވަރަކަށް ކުޅުދުއްފުއް ކޮށްދެއވަންބުނި ކަންކަން ކޮށްދެއްވީ ޔާމީންސަރުކާުގަ ދެންވެސް ކޮށްދެވޭނީ އެމަނިކްފާނަށް ތިޔައީދޮގުވަޢުދުވާ ދޮގުހަދާ ބައިގަޑެއް

  15
 3. ޢޭދަފުށި

  ކޮބާ އޭދަފުށި ދެއްކި ކުރެހުން ކުނި ވަށީގަތަޥީ އަނެއްކާ ވެސް ވަލުވައްދަނީ... އިންޑިޔާއައް ދީބަލަ.. ހުރިހާ ދިވެހިން ރަގަޅުވާނެ.....

 4. އަބްދޫ

  އިމާރާތް ކޮށްދޭނެ ބަޔަކު ކީއްކުރަން މިހާރު ހުރިހޮސްޕިޓަލް އަޕްގްރޭޑް ކޮށް ހުރިހާވަސީލަތެއް ގާއިމް ކޮށްދީބަލަ ބޭކާރު ވާހަކަ ނުދައްކާ ބޭރު ބަޔަކު އައިސް ތިދެރަށު ހޮސްޕިޓަލް އަޅައިގެން ހިންގަން ހަވާލެއްނުވާނެ. އިންޑިޔާ އެޕޯލޯ އަށް އައިޖީއެމްއެޗް ނަސީދު ދިނީމަ އެކަމުން ނަފާ ނުލިބޭތީ ނުކޮށް ދޫކޮށްލީ އަމުދުން މިހާރު ދަވްލަތުގަ ފައިސާނެތީމަ ދަވްލަތަށް ކުރެވެންނެތް.ފައިދާނުވާނެތީ ބޭރު ބަޔަކު އެކަން ނުކުރާނެ.ހުސްވާހަކަ ކުރަންއުޅޭވާހަކަނުދައްކާ މަސައްކަތްކުރާބަޔަކާހަވާލުކޮށްބަލަ.

 5. ވައިހޭ މުހައްމަދު

  އަނެއްކާ އަނެއް ގުބޯހެއްދުން، ކޮންޓުރެކްޓާ ފައިނޭންސްއުސޫލުން ހޮސްޕިޓާ ހަދަން އިއުލާން ކުރުމަކީ އަދި ޕުރޮޖެކްޓް ފެށުމެއްނޫން، ތިކަހަލަ ކިތައް ޕުރޮޖެކްޓްތޯ ތިގޮތަށް ސޮއިކޮށްފަ އޮޅުވާލީ، ތީގަ ތިއޮތީ ޝައުގު ވެރި ވާ ބަޔެއްހޯދުން ދޯ؟ ނެތްދޯ ބަޔަކަށް މަސައްކަތް އެވޯޑް ކުރި ވާހަކަޔެއް، ތިނަދޫ މީހުން އެމްޑީޕީ ކުރީގެ ވެރިކަމުގައިވެސް، ތިޔަގޮތަށް ގުބޯހެއްދި ، ތިނަދޫ މީހުނަށް ތިޔަ ކާންދިނީ ރާކަނި މަސް، ތިބޭ އަތްޖަހަން، އެފްބީ ގަ އިސްތިހާރު ކުރާލެއް އަދި ތަންކޮޅެއް މަދު، އަދި ގިނަކޮށްލާ ، ތިޔަކަމެއް ކުރުމުގެ ގާބިލް ކަމެއް އަދި މިސަރުކާރުގައި ނެތް، ވަރަށް ސަލާން،

 6. ކަމަނަމެޓާ

  ގިނަ ގިނައިން ތިކަހަލަ ހެޑްލައިންތަށް ވާވައްދަން ޖަހަންވާނެ! ޙުސްގުބޯކަމަށްދޮތަ ތިޔަ ހީކުރަނީ!