ޗައިނާއިން ރާއްޖެއަށް ދޫކޮށްފައިވާ ލޯނުތަކާއި އެހީތަކަކީ "ދަރަނީގެ މަޅިއެއް" ކަމަށް ސިފަ ކުރައްވާ ބައެއް ބޭފުޅުން ދައްކަވަމުން ގެންދަވަނީ "ހިޔާލީ ވާހަކައެއް" ކަމަށް އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާގެ އެހީއާއި ލޯނު އެހީގައި ގާއިމްކޮށްފައިވާ އުމްރާނީ ތަރައްގީތަކާ ގުޅޭ ގޮތުން "ބީބީސީ" ގައި ޝާއިއު ކުރި ރިޕޯޓަކަށް ދެއްކެވި އިންޓަވިއުއެއްގައި ޗައިނާގެ ސަފީރު ވިދާޅުވީ އެ ގައުމުން ލޯނުގެ އެހީ ދޫކުރަނީ ވަކި ކަންކަމަކަށް ޝަރުތުކޮށްފައި ނޫން ކަމަށެވެ.

"ޗައިނާ އިން ދިވެހިރާއްޖެ އަށް އަދި ތަރައްގީވަމުން އަންނަ އެހެން ގައުމަކަށް ވެސް އެ ގައުމަކުން ނޭދޭ ކަމަކަށް މަޖުބޫރެއް ނުކުރަން،" ސަފީރު ވިދާޅުވިއެވެ.

ބީބީސީގެ އެ ރިޕޯޓަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ސަރުކާރަށް ދީފައިވާ ލޯނުތަކާއި ސަރުކާރުގެ އެކި ކުންފުނިތަކަށް ދީފައިވާ ލޯނުތަކާއި ސަރުކާރުން ގެރެންޓީ ދީގެން އަމިއްލަ ކުންފުނިތަކަށް ދީފައިވާ ލޯނުތަކުގެ ޖުމުލަ އަދަދު 3.1 ބިލިއަން ޑޮލަރަށް އަރާ ކަމަށެވެ.

މަޖިލީހުގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ނަޝީދު ވިދާޅުވީ، ޗައިނާއިން ހިންގާފައިވާ މަޝްރޫއުތަކުގެ އަގަކީ ވެސް އޭގެ ހަގީގީ އަގަށް ވުރެ ދެ ގުނަ ބޮޑުކޮށް ހުރި އަގެއް ކަމަށެވެ. އަދި އެ މަޝްރޫއުތަކުން ދަރަނީގެ ޖުމުލަ މިންވަރު އަދާ ކުރެވޭނެ އާމްދަނީއެއް ލިބޭނެ ކަމާ މެދު ވެސް އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ.

"މި ޕްރޮޖެކްޓްތަކުން، ދަރަނި އަދާކުރެވޭ ވަރުގެ އާމްދަނީއެއް ލިބޭނެތަ؟ މިއިން އެއްވެސް ޕްރޮޖެކްޓެއްގެ ބިޒްނަސް ޕްލޭނަކުން ނުފެނޭ އެ ކަމެއް، ލޯނު އަދާކުރެވޭ ވަރުގެ އާމްދަނީއެއް ހޯދިދާނެ ކަމަކަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޗައިނާ ސަފީރު ވިދާޅުވީ، ޗައިނާގެ ލޯނުތަކަކީ ދަރަނީގެ މަޅިއެއްގެ ގޮތުގައި ސިފަ ކުރައްވައި ދައްކަވަނީ "ހިޔާލީ ވާހަކައެއް" ކަަމަށެވެ. އަދި ޗައިނާއަށް ދައްކަން ޖެހެނީ އެއް ބިލިއަން ޑޮލަރުގެ ލޯނެއް ކަމަށާއި ނަޝީދު ދައްކަވަނީ މިނަށް ވުރެ ބޮޑު އަދަދެއްގެ ވާހަކަ ކަމަށް އޭނާ ވިދާޅުވިއެވެ.

"މަޖިލީހުގެ ރައީސް [މުހައްމަދު ނަޝީދު] އަށް ފަހަރެއްގައި ރަނގަޅު މައުލޫމާތު ލިބިވަޑައިގެންފައި ނުވަނީ،" ޗައިނާ ސަފީރު ވިދާޅުވިއެވެ.

ބީބީސީގެ ރިޕޯޓްގައި ވެސް ފާހަގަކޮށްފައިވާ ގޮތުގައި ޗައިނާގެ ލޯނުގެ ޖުމުލަ އަދަދަކީ 3.1 ބިލިއަން ޑޮލަރު ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް އެ ކަމަށް ސާބިތު ކުރެވޭ ވަރުގެ ލިޔެކިއުމެއް ނަޝީދަށް ދެއްކެވިފައެއް ނުވެއެވެ. ނަޝީދު ވެސް ވިދާޅުވަނީ ލިޔެކިއުމުން ފެންނަން އޮތް ވަރަކީ 1.1 ބިލިއަން ޑޮަލަރު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ރައްޔިތުން

    ދުވަހަކުވެސް މީގެ ކުރިންވެސް ރާއްޖޭގެ މައްޗަށް އަތްގަދަކޮށް ކަންކޮށްފަ ޗައިނާއަކުން ނެތް އެކަމަކު އިންޑިއާ އޮތީ އެކަން ކޮށްފަ އަދިވެސް ކުރާހިތުން، ޗައިނާ އަކީ މި ދިވެހިންނަށް ނުހަނު އުފާވާ ބައެއް ދިވެހިން ދިވެހިންގެ ގޮތުގައި އެމީހުންގެ ގައުމުގައި އާރާ ބާރުގައި ބޭއްތިއްބުމަށް ހިތްވަރުދޭ ބައެއް

    46
    1
  2. ސަންފައްތަ

    ޗައިނާގެ ލޯނަކީ ދަރަނީގެ މަޅިޔެކޭ ކިޔައިގެން އަޑުއަރުވާއިރު ފައިނޭންސް މިނިސްޓަރު އެވިދާޅުވީ ޗައިނާއިން ލޯނު ނަގާފައިވަނީ 2% އިންޓަރެސްޓްގައި ކަމާއި، ގްރޭސްޕީރިއަޑް 5 އަހަރުކަމާއި، ލޯނު އަނބުރާ ދައްކަން ޖެހެނީ 20 އަހަރުން ކަމަށް.
    މިސަރުކާރުން އިންޑިއާއިން ލޯނުނަގާފަ އެވަނީ 5% އިންޓަރެސްޓްގަ. ދެން މިދައްކަނީ ކޮންވާހަކައެއްތޯ؟

    48
    1
  3. ސޮމެޮނެ

    ކިހާދެރަ، ހިދުކޮޅުގެ ވަގުތެއްގައި ުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުބނެވުނު އެއްޗެއް.

    30
  4. ހަސަންބޭބެ

    ރައީސް ނަޝީދަކީ މިގައުމަށް ހުރި ނުރައްކަލެއް!

    46
    1
  5. ތަމެންދޯ

    ކެނެރީގެ ނަޝީދު ކިތަންމެ ވަރަށް އިންޑިއާ އަތުން ސުޕާރީ އަތުލައިގެން އިންޑިއާ އިން ދޭ ހިލޭ އެހީ އާއި ލޯން އެހީ ޗައިނާ އަށް ވުރެން ރަނގަޅުވާނެއޭ 1000 ފަހަރު ބުނި ނަމަވެސް ނުވާނެއޭ ރަނގަޅު ފުރަތަމަ ކަމަކީ އިންޑިއާ ލޯން ނަގަނީ ޗައިނާ އަތުން ނަގައިގެން އެލޯނަށް އިންޓަރެސްޓް ލުމަށް ފަހު ދިވެހިރާއްޖެ އަށް ދެނީ އިންޑިއާ އަކީ އަދިވެސް ފަގީރު ގައުމެއް ކުރިއަށް އޮތް ތަނުގައި އަދި އިތުރަށް އިންޑިއާ ފަގީރުވާނީ އިންޑިއާ އެވަނީ އެގައުމު ބޭންކްރަޕްޓްސީ އިއުލާންކޮށްފައޭ

    39
    1
  6. ޖައުފަރު ރަޝީދު

    ތީ އެންމެ ދަންނަ ހަގީގަތެއް. ތިމާމެން ކުރާ ވައްކަމާއި އިންޑިއާ އުނގަށް ވެއްޓިގެން އަޅުންނަށް ވެގެން އުޅޭ ވާހަކަ ހުއްޓޭތޯ އަދިވެސް ދަރަނި ދަންތުރައެއްގެ ވާހަކަ ދައްކަނީ. މެމްބަރުކަން ގެއްލުނީތަ؟ ދަރަނި ދަންތުރަވެސް ދިވެހިންނަށް އެބައެނގޭ.
    #އިންޑިއާ އައުޓް!

    41
    1
  7. އިންޑިއާ އައުޓް

    އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

    19
  8. މައިކް

    ބޭނުމަކީ ރައިތުންނައް އޮޅުވާލުން. ޔެލޫބައިގަޑީ އަބަދުވެސް އޮޅުވަލުމާ މަކަރާ ހީލަތުގެ ބަޔެއް

    22
    1
  9. ހަސަންރަހާގެ ތުއްތު

    މީގެ ހެއްވާކަމަކީ ވަކި ގައުމަކުން ލޯނު ނެގީމަ ދަރަނީގެ މަޅި.. ބޮޑު އިންޓަރެސްޓް ރޭޓުގައި ތިމާ ރުހޭ ގައުމަކުން ނެގީމަ އެވަނީ އެހީޔަށް..

    ރޯމާދުވާލު މިފަދަ މަޤާމުތަކުގައި ތިބެގެން މިވަރު ބޮޑު ދޮގު ހަދާއިރު ވެސް ދިވެހީން މިތިބެނީ ދެއަތްޖަހާ ސާބަސްދޭން..

    މޮޔައިންތަކެއް ހެން ދިވެހީންނާއި މެދުގައި ޓްރީޓްކުރާއިރުވެސް އޭނާވަރުގެ ހެޔޮލަފާ މީހަކުނެތް..

    25
    1
  10. ސަރުކާނު

    ދެއުޅިއެއްނުވާ މީހަކު ވެރިއަކަސް ލައިގެން ހިތާ ހިތުގެ ގުޅުން އުފެއްދީމާ ދެންވާނީ މާލޭގެ ލޮނުޒިޔާރަތްކޮޅު ދުނގެތި ވަލުގަ ކިރުކެޔޮ ކޭވާހަކަ އަޑުއަހާލީމާ އެވީގޮތަށް، ދެރަދުން ލިޔުނުމީހާ ގާތު އަހާބަލަ ކިހިނެތްތޯ އެކަންވީ. ސަރުކާރު ޚަބަރުގަ އޮންނާނެ އެވާހަކަ.

  11. ނަސީދު

    ޗައިނާ އެދައްކަނީ ވަރައްވެސް ތެދު ވާހަކައެއް ، ދަރަނި ނުދެއްކިއްޖިއްޔާ ދެން ކުރެވޭނެ ކަންތައްވެސް ލިޔެވިފައި އޮންނާނެ