ރައްޔިތުން މަޖިލިހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ މެންބަރުކަމުން ވަކިވެފައިވާ ކަމަށް ކަނޑައަޅައިދިނުން އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ޕީޕީއެމްގެ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވާ ކުރީގެ ފިލްމީތަރި ޤާނޫނީ ވަކީލު އަސްޢަދު ޝަރީފެވެ. ދާންދޫ ދާއިރާގެ މެންބަރު މަޖިލީހުގެ މެންބަރުކަމުން ވަކިވެފައިވާ ކަމަށް ނިންމައިދިނުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ، ޔަޢުޤޫބު އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިޤާލީ ކައުންސިލުގެ މެންބަރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެންނެވެ. އެ މަޤާމުން ފަހުން އޭނާ އިސްތިއުފާދެއްވިއެވެ. ނަމަވެސް މަޤާމާ ހަވާލުވެވަޑައިގެން މަޤާމުގެ ފަތްކޮޅާވެސް ޔަޢުޤޫބު ހަވާލުވެވަޑައިގަތެވެ.

ޤާނޫނު އަސާސީގެ 73 ވަނަ މާއްދާގައި ރައްޔިތުން މަޖިލިހުގެ މެންބަރުންގެ ޝަރުޠުތައް ބަޔާންކޮށްފައިވާއިރު، އެ މާއްދާގައި ބުނެފައިވަނީ ޤާނޫނުއަސާސީ ގައި ކަނޑައަޅައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެމަޤާމުގައި ހުރެ ދައުލަތުގެ ވަޒީފާތަކުން ކުރެ ވަޒީފާއެއް އަދާކޮށްގެނެއް ނުވާނެ ކަމަށެވެ.

ޔައުގޫބުގެ މެންބަރުކަމާއި މެދު ބައެއް ވަކީލުން ސުވާލު އުފައްދަން ފެށުމުން ޔައުގޫބު ވިދާޅުވީ ވަކީލުންނާއި ވާހަކަ ދެއްކެވުމުން އެކި ހިޔާލުތައް ލިބިވަޑައިގެންނެވި ކަމަށާއި އެގޮތުން އެ މަގާމުގައި އޭނާ އަށް ހުރެވިދާނެ ކަމަށް ބައެއް ވަކީލުން ވިދާޅުވިއިރު އެ މަގާމުގައި އޭނާ އަށް ނުހުންނެވޭނެ ކަމަށް ބައެއް ވަކީލުން ވިދާޅުވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެކަމުގައި އޭނާ ގަބޫލުކުރާ ގޮތުގައި އެ މަގާމުގައި ނުހުރެވޭންވީ އެއްވެސް ސަބަބެއް ނެތް ކަމަށާއި ނަމަވެސް ލަފާ ދެއްވި ވަކީލުންގެ ހިޔާލުތައް ތަފާތުވުމުން އެ އިދާރާއިން ވަކިވާން ނިންމެވީ ކަމަށެވެ.

މިއީ 19 ވަނަ ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ މެންބަރުކަމާއި މެދު ސުވާލު އުފެދުނު ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. މިމިމި

    އަހަރެންނަށް ބޮޑަށް ފާހަގަ ކުރެވުނު ކަމަކީ ހަމަ އަސްލުގައިވެސް ޔައުގޫބަކީ އޯޑިޓް މަސައްކަތުގައި މީގެ ކުރިން އުޅުނު މީހެއްބާއޭ.
    އޭނާގެ ފެންވަރާޢި ދޭތެރޭ ސުވާލު އުފެދޭ.

    މަޖިލިސް މެމްބަރުކަމުން ވަކިވުން ، ނުވުން އަދި އެއީ އެހެން ކަމެއް.

    37
    1
  2. ބަދުރީ

    ޢަދުލުވެރިކަމާއެކު ތިމައްސަލަ ބަލައިފިނަމަ ޔަޢުޤޫބު ގޮނޑި ގެއްލޭނެ! ޤާނޫނުގައި މިކަން ވަރަށް ސާފް!

    50
    2
  3. ސަޒާ

    ތީ ބޭކާރުކަމެއް. ތި ނިމޭނީ ޔައުޤޫބާ އެއްކޮޅައް. ޔައުޤޫބަކީ އެމް.ޑީ.ޕީ މީހެއް ސްޕްރިމް ކޯޓުގައިވެސް ތިބީ އެމް.ޑީ.ޕީ މީހުން. ތިމައްސަލަ ނިމޭނެގޮތް ވަރަށް ސާފު

    51
  4. ނަޖީ

    ސާބަހޭ ދަރިއާ ގައުމަމްޓަކާ ތިޔަކޮއްދެއެވާމަސައްކަތައް ލާދީނީ ބައިގަޑުން މިގައުމު ސަލާމަތް ކޮއްދެއްވާށި އާމީން

    37
    2
  5. ކިޔުންތެރިއެއް

    ތިކަމެއް ބަލައެއް ނުގައްނާނެ. ސަބަބަކީ ކޯޓުތައް މާބޮޑަށް މިނިވަންވެފައޮތީމަ.

    37
  6. ސީމާ

    ޔަޢުގޫބުގެ ގޮނޑި ގެއްލިއްޖެކަމަށް ސަޕްރީމްކޯޓުން ކަނޑައަޅައިފިނަމަ އެނގިހުރެ ޤާނޫނަށް އަރައިގަތްކަމުގެދަޢުވާ އޭނގެމައްޗަށް ކުރެވެންވާނެ! އެހެނީ ސާފްބަހުން އެއޮތީ މަޖްލިސްގެ މެމްބަރަކަށް އެހެން މަޤާމެއް އަދާނުކުރެވޭނޭކަމަށް! މަޤާމާ ޙަވާލުވެ ދެން އިސްތިޢުފާދިނަސް ކުށް ވާނީ ކުށަށް!

    38
    2
  7. ދާންދޫ ތެއްތެއްޔާ

    މާއްކޫ އޮޑިޓަރު.. މާއްކޫ ހޫހު ކައުއްޓެކެ.. ހުސް އެއްތެކެ.. އަދިޔަސް މާއްކޫ އޮޑިޓަރު އޯ ކެޔަހަ އަގެޔާ ލަވަންތި..

    31
  8. ބެއްޔާ

    މިދައުރާއި މަޖްލިސްގެ ދައުރު ނިމެންދެން ތީތީ އޮންނާނީ ސްޕރީންކޯޓުގައި ތާށިވެ ނުނެއްތޭވަރުވެފަ. އެތާއެތިބެނީ އެމްޑީޕީގެ ސިޔާސީ ވަރުގަދަ ފަހުލަވާނުން. އެމްޑީޕީގެ މަގުމަތީ ޤާނޫނަށް އެމީހުން ތަބާވާނީ. ކޮންމެވެސް މޮޅުވާހަކެއް ދައްކާނީ.

    33
    1
  9. މައުގޫބް

    ޔައުޖޫޖު މައުޖޫޖު ޔައުގޫބު މީއެއްކަހަލަ ބައެއް. ގޮނޑިއް ނުގެއްލޭނެ ފަސޭހަ ރަހުމަތަކުން ޤާނޫނުގަ ކޮންމެ އެއްޗެއް އޮތަސް. ސުއޫދު މޮޅު ހިބަރުވަދުގެ ޙުމެއް ނެރެލާނެ.

    28
  10. ައދ

    ޔައުގޫބުގެ މެންބަރުކަމާ ދޭތެރޭ ސުވާލުއުފެދުމުން މިވަގުތައް
    ރަނގަޅުގޮތަކީ މަޖިލިސް ޖަލްސާތަކުގައި ބައިވެރިވެވަޑައި
    ނުގަތުމެވެ އަމިއްލަފުޅަށް އެކަމަކީ މައްސަލައެއްނޫ ކަމަށް ނިންމެވުން ރަނގަޅެއްމޫނެވެ.

    26
  11. ރާއްޖެ ބޯއީ

    އުޑެއް ބުޑެއް ނުދަންނަ ރާއްޖެތެރޭ ގަރުން ގެނެސް މަޖުލީހަށްލީމަ ވާނެ ހާއެއްޗެއް މިފެންނަނީ.

    6
    4
  12. ޢަހުމަދު

    މީނަގެ މެންބަ ރުކަމުގެ ގޮނޑި އެވަނީ މިހާ ރު ގެއްލިފާ އެހެން މަގާމެއްގެ މަސް އޫލިއް ޔަތެއް ވަގުތުކޮޅަކަށް އަދާކޮށްފިނަމަވެސް ގޮނޑިގެއްލޭނެ އެހެން މިކަލޭގެ ގޮނޑި މިއީ ރު ސައްހަނުވާނެވެ އެއީ ގެއްލިފައިވާ ގޮނޑިއެކެވެ

    10
  13. ފާތުން

    😂👍👍

  14. މުޒާހިދު

    ހިތިރިކޮއްގެން ވާހަކަދެއްކުމަށް ނަޝީދު އަށް އިލްތިމާސްކުރަން

  15. މުޒާހިދު

    ހިތްތިރިކޮއްގެން ވާހަކަދެއްކުމަށް ނަޝީދު އަށް އިލްތިމާސްކުރަން