މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެދިވަޑައިގަންނަވައިފިއެވެ.

ނައިބް ރައީސް ފައިޞަލް މިގޮތަށް އެދިވަޑައިގަންނަވާފައި ވަނީ، ނޭޝަނަލް ޑްރަގް އޭޖެންސީ (އެން.ޑީ.އޭ) ގެ ބޯޑާއިއެކު މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.

ނައިބް ރައީސް ފައިސަލް ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި އެންޑީއޭއަކީ ވަރަށް ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ އިދާރާއެއް ކަމަށެވެ.

އެގޮތުން ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) އާއި އެއްގޮތަށް ޒުވާނުންނަށް ފަހި ފުރުޞަތުތައް ހޯދައިދިނުމުގައި ވެސް މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ ޖީލެއް ބިނާކުރުމަށް އިސްކަންދެވިފައިވާނޭ ކަމަށް ނައިބް ރައީސް ފައިސަލް ވަނީ ފާހަގަކުރައްވާފައެވެ.

ނައިބު ވަނީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާންހުރި ދޮރުތައް ބަންދުކުރުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ.

އެގޮތުން އެން.ޑީ.އޭ.ގެ ބަޖެޓާއި ވަޞީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، އެ އިދާރާގެ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމާއި، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދިނުމާއި، ފަރުވާއަށްފަހު މުޖުތަމަޢާއި އަލުން ގުޅޭ ޒުވާނުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމުގައި ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙައުލާ

    ރައީސުލް ޖުމްހޫރިއްޔާ އާ ނައިބު ރައީސްގެ މަސްއޫލިއްޔަތު ޤނާނޫނު އަސާސީގައި ބަޔާން ކޮށްފައިވަނިކޮށް އެއިން ކަމެއް ނުކޮށް، މިގައުމުގެ ރައީސް އާ ނައިބު ރައީސް ކުރައްވާ މަސައްކަތަކީ ރިސާޗް ހެއްދެވުން. ނައިބު ރައީސްގެ މިފަހަރުގެ ދިރާސާއިން ދެއްކީ މަސްތުގެ ވަބާގައިތިބި މީހުންނަށް ފަރުވާގެ ނިޒާމު ހަރުދަނާކުރަންޖެހޭކަމަށް. އެކަން ކުރާނީ ކާކު؟ ބިލްގޭޓްސް؟ އިނގިރޭސި ކްއީން އެލިޒަބަތު؟ ނޫނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްތަ؟

  2. ބޮލުރޮނދި

    މިޤައުމަށް ބޭރުޤައުމުތަކުގެ ބޯޑުފަހަރަށް މުދާހިފައިގެން އެތެރެވާ ކޮންމެ ދަތުރަކީ އަބަދު ހަމައިގައި ތިބެން ނުޖެހޭނެކަމަށް ޤަބޫލުކުރާކުދިންނަށް ލިބިގެންދާ އުފާވެރިޚަބަރެއްބާ

  3. ނަސްރީނާ

    ޢެހެއްވެގެން ދޯ ތިޔަ އިންޑިޔާގެ ފެރީ ދަތުރުތަް ތި ފެށި އެކުދީން ހަމާގަ ބައިތިއްބަން

  4. ފަރީދާ

    މަސްތުގެ ވަބާގައި ޖެހިފައިވާ މީހުންގެ ފަރުވާގެ ނިޒާމު ހަރުދަނާކުރަން ޖެހޭ އެހެއްވެތޯ އިންޑިޔާ ފެރީގެ ޚިދުމަން ތިޔަ ފެެްޓެވީ ވާވާ ގަދަ ފައިސަލް

  5. މޮޔަސޮރު

    ކިހިނެތް ތޯ ތިކަން ޙައްލުކުރާނީ، މަނިކުފާނުގެ ޢާއިލާ ނުންތޯ ރަށުގައި އެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަނީ